Monday, December 23, 2013

ލެޓަސް ފަތް

ލެޓަސް ފަތް
ލެޓިސް ނުވަތަ ލެޓަސް ފަތަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތްޕިލާ ވެލީގެ ބާވަތެކެވެ. ލެޓިސް ފަތުގެ ވަރަށް ގިނަ ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ލެޓިސް ފަތް
އިގިރޭސި ނަން : Lettuce
ޢިލްމީ ނަން : Lactuca sativa
ލެޓިސް ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
15 ކިލޯކެލަރީ
ސޯޑިއަމް
28 މިލިގްރާމް
ކާބޯހައިޑްރޭޓް
2.79 ގްރާމް
ޕޮޓޭސިއަމް
194 މިލިގްރާމް
ޕްރޮޓީން
1.36  ގްރާމް
މަޢުދަންތައް
ފެޓް
0.15 ގްރާމް
ކެލްސިއަމް
36 މިލިގްރާމް
ފައިބަރު
1.3 ގްރާމް
ކޮޕަރ
0.029މައިކްރޯގްރާމް
ވިޓަމިންތައް
ދަނގަޑު
0.86 މިލިގްރާމް
ފޮލިކް އެސިޑް
38 މައިކްރޯ ގްރާމް
މެގްނީޒިއަމް
13 މިލިގްރާމް
ނިއެސިން
0.375 މިލިގްރާމް
މެންގަނީޒް
0.250 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.134 މިލިގްރާމް
ފޮސްފަރަސް
-     29 މިލިގްރާމް
ޕައިރިޑޮކްސިން
0.090 މިލިގްރާމް
ސިލެނިއަމް
12 -
ރައިބޯފްލެވިން
0.080 މިލިގްރާމް
ޒިންކް
0.18 މިލިގްރާމް
ތިއެމިން
0.070 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
7405 އައިޔޫ
ކެރޮޓީން އަލްފާ
4443މައިކްރޯގްރާމް
ވިޓަމިން ސީ
9.2 މިލިގްރާމް
ކެރޮޓީން ބީޓާ
-
ވިޓަމިން އީ
0.29 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
126.3މައިކްރޯގްރާމް
ލުޓީން-ޒިއެޒެންތިން
1730މައިކްރޯ ގްރާމް
























ލެޓިސް ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ދުޅަ ތިރިކުރުމުގެ ބާރު ހުރުން : ލެޓިސް ފަތުގައި ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކޮށްދިނުމުގެ ބާރު އެކުލެވިފައި ވެއެވެ. ތަޖުރިބާ ކުރުމުގެ ގޮތުގައި ކޮށްފައިވާ ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި "ކެރެޖީނަން"، އަދި "ލައިޕޯއޮކްސިޖިނޭޒް" ފަދަ ބައޯކެޓަލީސްޓް ތަކުގެ ސަބަބުން އުފައްދާ ދުޅަތައް ތިރިކުރުމުގެ ބާރު ލެޓިސް ފަތް ބޭނުންކުރުމުން ދަށްވެގެން ދެއެވެ.

(ށ) - ނާރު ސެލްތައް ރައްކާތެރިކުރުން : ނާރު ސެލްތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ހިންގުމުގައި ބައިވެރިވާ ސެލްތަކެކެވެ. ބައެއް ކަހަލަ ނާރު ސެލްތައް މަރުވެ ހަލާކުވުމަކީ އަލްޒައިމާ ބަލި ފަދަ ބަލިތައްޖެހުމާއި، ހަދާންނެތުން ފަދަ ކަންކަން ކުރިމަތިވާނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ލެޓިސް ފަތް ބޭނުންކުރުމަކީ ނާރުތަކުގެ މަސައްކަތް ހަލުވިކޮށްދީ، ނާރުތަކަށްޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ނ) - ސަރުބީ ދަށްކުރުން : ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުމުގައި ލެޓިސް ފަތް ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. ހަށިގަނޑުގައި ނުރަގަޅު ސަރުބީގެ މިންވަރު އިތުރުވުމަކީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. މީދާ ބޭނުންކޮށްގެން (ލެޓިސް ފަތް ކާންދީގެން) ހަދާފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި ލެޓިސް ފަތް ކާންނުދޭ މީދާތަކަށްވުރެ، ބޮޑަށް ލެޓިސް ފަތް ކާންދިން މީދާތަކުގެ ހަށިގަނޑުގައި ސަރުބީ ދަށްވެގެން ގޮސްފައި ވެއެވެ.

(ރ) - ނިދިއަންނަގޮތް ހެދުން : ޔޫނާނީ މެޑިސިންގައި ލެޓިސް ފަތް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ނިދިޖެއްސުމަށެވެ. މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ނިދިޖެއްސުމުގެ ބާރު ލިބިފައިވާ ކެމިކަލް ތައް ލެޓިސް ފަތުގައި ހުރެއެވެ. ލެޓިސް ފަތް ކޮށާއިރު ހުދުކުލައަށް ހުންނަ ދިޔައަށް ކިޔަނީ "ލެކްޓުކޭރިއަމް" އެވެ. މިއީ މީހާ ހަމައަށްއަޅުވައި، ނިދިޖެއްސުމުގެ ބާރު ގެނެސްދޭ ކެމިކަލް އެކެވެ.


(ބ) - އެންޓިއޮކްސިޑެންޓް ތައް ހުރުން : ދިރާސާތަކުން ދައްކާގޮތުގައި ފްރީރެޑިކަލް ތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓް ތައް ލެޓިސް ފަތުގައި ހުރެއެވެ. އެންޓިއޮކްސިޑެންޓް ތަކަކީ މެޓަބޮލިޒަމްގެ މަސައްކަތުގައި އުފެދިގެން އަންނަ ފްރީރެޑިކަލްތަކަށް ހުރަސްއަޅާ މާއްދާ ތަކެކެވެ. ފްރީރެޑިކަލް ތަކަކީ ޓިޝޫތަކާއި، ސެލްތަކަށް ހަމަލާދީ، އެތެރޭގައި ހުންނަ ޑީއެންއޭ ހަލާކުކޮށްލާ މާއްދާ ތަކެކެވެ. މިގޮތަށް ވުމުގެ ނަތީޖާއަކީ ތަފާތު ބަލިތައް އުފަންވެގެން އައުމެވެ. އެންޓިއޮކްސިޑެންޓް ތަކަކީ ކުރިން ވެސް ބުނިހެން މިބީދައިން ހަށިގަނޑަށް ފްރީރެޑިކަލްތަކުން ލިބޭ ގެއްލުމުން ހިމާޔަތްކޮށްދޭނެ އައްޑަނަ ތަކެކެވެ.

(ޅ) - ހިތްހަމަނުޖެހުމާއި ނުތަނަސްކަމާއި ހާސްކަން ފިލުވައިލުން : ދިރާސާތަކުން ދައްކާގޮތުގައި ލެޓިސް ފަތުގައި ހާސްވުމާއި، ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަމާއި، މާޔޫސްކަން ފިލުވައިލުމުގެ ބާރު އެކުލެވިފައި ވެއެވެ.

(ކ) - ކެންސަރުން ރައްކާތެރިކޮށްދިނުމުގެ ބާރު ހުރުން : ލެޓިސް ފަތަކީ ތަފާތު ވައްތަރުގެ ކެންސަރުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ފަތެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ލޭގެ ކެންސަރުގެ ސެލްތަކާއި، އުރަމަތީގެ ކެންސަރުގެ ސެލްތައް ލެޓިސް ފަތުގެ އެހީގައި ކޮންޓްރޯލް ކުރެވިދާނެ އެވެ.

(އ) - ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން : ލެޓިސް ފަތުގައި ފައިބަރު އަދި ސެލިއުލޯސް ހުރެއެވެ. ފައިބަރަކީ ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސެއް ގެނެސްދީ، ހަޖަމުކުރުން ރަގަޅުކޮށްދޭ މާއްދާ އެކެވެ. ދިގުމުއްދަތަކަށް ހަށިގަނޑުގެ ބަރުދަން އެއްހަމައެއްގައި ބެހެއްޓުމަށް ލެޓިސް ފަތް ބޭނުންކުރުން އެހީއަކަށް ވެގެންދެއެވެ. ފައިބަރަކީ ބައިލް ސޯލްޓް ހަށިގަނޑުން ބޭރުކުރުމަށް ވެސް އެހީތެރިދޭ މާއްދާ އެކެވެ. ހަށިގަނޑުން ބޭރުވުމަށްފަހު އަނެއްކާ ވެސް ހަށިގަނޑުގައި ބައިލް ސޯލްޓް އުފެދޭ އުފެދުމުގެ ތެރޭގައި ސަރުބީ ބައިބައިކޮށްލާނެ އެވެ. ލެޓިސް ފަތުގައި ހަކަތަ މަދުން އެކުލެވުމަކީ ވެސް މިފަތް ބޭނުންކުރުމުން ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
(ވ) - ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ލެޓިސް ފަތުގައި ހިމެނޭ ވިޓަމިން ސީ އަދި ބީޓާ ކެރޮޓީން ގުޅިގެން ކޮލެސްޓްރޯލް އޮކްސިޑޭޓްވުމަށް ހުރަސްއަޅައެވެ. މިހެންވުމުން ލޭހޮޅިތަކުގެ ތެރޭގައި ކޮބަޑިގަނޑެއްގެ ސިފަޔަށް ސަރުބީ ޖަމާވުމަށް ހުރަސްއަޅައެވެ. ކޮބަޑި ގަނޑެއްގެ ސިފަޔަށް ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވެ، ލޭހޮޅި ބެދުމަކީ ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމަށް މަގުފަހިކުރާނެ ކަމެކެވެ.

(މ) - ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން : ލެޓިސް ފަތުގައި ގިނަ އަދަދަކަށް ފައިބަރު ހުރުމަކީ ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ބަނޑު ފަސޭހަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފައިބަރަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ގޮހޮރުގައި ހުންނަ ތަކެތި ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ ހަޖަމު ރަގަޅުކޮށްދޭ މާއްދާ އެއްވެސް މެއެވެ.

(ފ) - ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : ލެޓިސް ފަތުގައި ގިނަ އަދަދަކަށް ދަގަނޑު އެކުލެވިގެންވުމަކީ ލޭމަދު މީހުންނަށް ލެޓިސް އަކީ ފައިދާހުރި ބާވަތެއްކަން ސާބިތުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ލެޓިސް ފަތުގައި ފޮލިކް އެސިޑް ގިނައިން ހުރުމަކީ ވެސް ލޭގައި ދަގަނޑުގެ ބައި އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ދ) - އެހެނިހެން ފައިދާތައް :
·         ހަކަތަ މަދުން ލިއްބައިދިނުން
·         ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން ގިނަ އަދަދަކަށް ހުރުން
·         ވިޓަމިން ބީގެ ވައްތަރުތައް ގިނަ އަދަދަކަށް ހުރުން
·         ވިޓަމިން ކޭ ގިނަ އަދަދަކަށް ހުރުން
·         ވިޓަމިން ސީ ގިނަ އަދަދަކަށް ހުރުން
·         ޒިއެޒެންތިން ކިޔާ ކެރޮޓިނޮއިޑް އެއް ގިނަ އަދަދަކަށްހުރުން
·         ދަގަނޑު، ކެލްސިއަމް، މެގްނީޒިއަމް، އަދި ޕޮޓޭސިއަމް އެކަށޭނަ މިންވަރަކަށްހުރުން
·         ބޮލުގެ ރިހުން ކެނޑުވުން
·         ޖިންސީ ވަޅޯކަން ފިލުވައިލުން
މައުލޫމާތު :


No comments:

Post a Comment