Monday, October 3, 2011

ކުދިލުނބޯ

ކުދިލުނބޯ
ކުދި ލުނބޯ އަކީ  ހުތްމޭވާގެ އާއިލާއަށް ނިސްބަތްވާ މަދުން ނަމަވެސް ކައިއުޅޭ އެއްޗެކެވެ. މިއީ ތަތްކަމެއް ހުންނަ އެއްޗެއްކަމުން ތެރަސްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ކުދި ލުނބޯ ބޭނުންކުރާކަން ފާހަގަކުރެވެއެވެ. އަދި މިއީ މޭވާއެއްގެ ގޮތުގައި ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ކައްކައިގެންނާއި، ޖޭމު ތައްޔާރުކޮށްގެން ވެސް ބައެއް ހިސާބުތަކުގައި ކުދި ލުނބޯ ބޭނުންކޮށް އުޅެއެވެ.
ދިވެހި ނަން : ކުދި ލުނބޯ
އިގިރޭސި ނަން : Limeberry
ޢިލްމީ ނަން : Triphasia Trifolia
ނޯޓް:ލުނބޯ،ކުދިލުނބޯ،ގްރޭޕްފުރުޓް،ކުދި އޮރެންޖު،އޮރެންޖު،ދޯޅަނބު،ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު،އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.









ކުދި ލުނބޯއިން ލިބޭ ޞިއްޙީ ފައިދާތައް
·         ތަފާތު ވައްތަރުގެ ލުއި ބުއިންތައް އުފެއްދުމުގައި ކުދި ލުނބޯ ބޭނުންކުރެއެވެ.
·         ކުދި ލުނބޯ ގަހުގެ ފަތް:-
o       ބޭރަށްހިންގުން ކުޑަކުރުމަށް ފަތް ގައިގައި އުގުޅައެވެ.
o       ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ފަތް ގައިގައި އުގުޅައެވެ.
o       ބަނޑުގައި ރިހުމަށް ފަރުވާ ކުރުމަށް ވެސް ފަތް ގައިގައި އުގުޅައެވެ.
o       ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ފަންގަސް ތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       އެރޯމެޓިކް ބާތު އުފެއްދުމަށް ބޭނުން ކުރެއެވެ.
o       ކޮސްމެޓިކްސް ތައްޔާރުކުރުމަށް ވެސް ބޭނުން ކުރެއެވެ.
·         ކަރުތެރެ ހަލާކުވުން، އަދި ކެއްސުން ފަދަ އުދަނގޫތައް ކުޑަކޮށް ލުއިކުރުމަށް ކުދި ލުނބޯ ބޭނުން ކުރެއެވެ. އެގޮތުން ތޮށި ނޮޅުމަށްފަހު، އެއްރޭ ވަންދެން ލުނބޯ ފެނުގައި ބަހައްޓާފައި، އަނެއް ދުވަހު، ދޮވެ ސާފުކޮށް، 1 ޖޯޑް ފެނާއި، ½ ޖޯޑް ހަކުރު އެއްކޮށްގެން ފެނު ކައްކާށެވެ. އެގޮތަށް ދެފަހަރު ނުވަތަ 3 ފަހަރު ވެސް ތަކުރާރުކޮށް ކެއްކިދާނެއެވެ. އެއަށްފަހު ސަރުބަތުގެ ގޮތުގައި އެބޭނުންކުރާށެވެ. ކެއްސުމާއި ކަރުތެރެ ހަލާކުވުމުގެ މައްސަލައަށް މިކަމުން ލުއިކަން ގެނެސްދޭނެ އެވެ.
·         ދިރާސާތަކުން ވަނީ ފީނޯލިކް ކަމްޕައުންޑް ގެ ތެރޭގައި ހިމެނޭ ހާރޕީޒް ސިމްޕްލެކްސް ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާ ތަފާތު 13 "ކިއޯމެރިންސް" ކުދި ލުނބޯ އިން ފެނިފައެވެ. މިދިރާސާއިން އެނގިފައިވަނީ ކުދި ލުނބޯ އިން ފެނުނު މާއްދާތަަކަކީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް އާއި ދެކޮޅަށް ބޭސް އުފެއްދުމުގައި ބޭނުންކުރެވިދާނެ މާއްދާތަކެއް ކަމެވެ.
·         ކުދި ލުނބޯ ގަހުގެ ފަތާއި މުލުން ވަރަށް ފަހުން ވަނީ "ބައިކިއޯމެރިން" ގެ އާވައްތަރެއް ފެނިފައެވެ.
މައުލޫމާތު:-

No comments:

Post a Comment