Tuesday, October 4, 2011

ޖަނބުރޯލު


ޖަނބުރޯލު
ޖަނބުރޯލަކީ ހުތް ފޮނި މޭވާއެކެވެ. ޖަނބުރޯލްގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ފެހިކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަނބުރޯލު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަނބުރޯލް ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމުގައި ޖަނބުރޯލު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ޖަނބުރޯލު
އިގިރޭސި ނަން : Wax Apple / Java Apple / Wax Jambu
ޢިލްމީ ނަން : Syzygium Aqueum / Syzygium Samarangense
ޖަނބުރޯލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
25 ކިލޯކެލޮރީ
ސޯޑިއަމް
0 މިލިގްރާމް
ކާބޯހައިޑްރޭޓް
5.7 ގްރާމް
ޕޮޓޭސިއަމް
123 މިލިގްރާމް
ޕްރޮޓީން
0.6 ގްރާމް
މަޢުދަންތައް
ފެޓް
0.3 ގްރާމް
ކެލްސިއަމް
29 މިލިގްރާމް
ފައިބަރު
1 ގްރާމް
ކޮޕަރ
0016 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.07 މިލިގްރާމް
ފޮލިކް އެސިޑް
-           
މެގްނީޒިއަމް
5 މިލިގްރާމް
ނިއެސިން
0.8 މިލިގްރާމް
މެންގަނީޒް
0029 މިލިގްރާމް
ޕެންތޮނިކް އެސިޑް
-           
ފޮސްފަރަސް
8 މިލިގްރާމް
ޕައިރިޑޮކްސިން
-           
ސިލެނިއަމް
-           
ރައިބޯފްލެވިން
0.03 މިލިގްރާމް
ޒިންކް
12.6 މިލިގްރާމް
ތިއެމިން
0.02 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
339 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
23.3 މިލިގްރާމް
ކެރޮޓީން ބީޓާ
-           
ވިޓަމިން އީ
-           
ކްރިޕްޓޯޒެންތިން ބީ
-           
ވިޓަމިން ކޭ
-           
ލޫޓީން-ޒިއެޒެންތިން
-           


ލައިކޯޕީން
-           

ޖަނބުރޯލުން ލިބޭ ޞިއްޙީ ފައިދާތައް
·         ފެން ގިނައިން ހުރުން : ޖަނބުރޯލުގައި ފެން ވަރަށް ގިނައިން ހުރެއެވެ. ކޮންމެ 100 ގުރާމް ޖަނބުރޯލްގައި 93 ގްރާމަކީ ފެނުގެ ބައެވެ. އެހެންކަމުން ޖަނބުރޯލް ކެއުމުން ހަށިގަނޑަށް ފިނިކަމެއް އިހްސާސް ކުރެވޭނެ އެވެ. އެހެންކަމުން، ގުރުދާގެ މައްސަލަތައް ހުންނަ މީހުން ވެސް ބޭނުންކުރަން މިއީ ރަގަޅު މޭވާއެއް ކަމަށް ބެލެވެއެވެ.
·         ވިޓަމިން އޭ ހުރުން : ޖަނބުރޯލްގައި ވިޓަމިން އޭ ވެސް އެކަށޭނަ ވަރަކަށް ހުރެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، ދިފާޢީ ނިޒާމްގެ މަސައްކަތްތައް ފުރިހަމަކޮށްދޭ ލޭގެ ހުދު ސެލްތައް އުފެއްދުމުގަޔާއި، ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެއްދުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ވިޓަމިން ސީ ގިނައިން ހުރުން : ޖަނބުރޯލްގައި ޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-
o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o       ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o       ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o       ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o       އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.
·         ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުގެ ބާރު : އެޖަނބުރޯލު މަލަކީ "އެސްޓްރިންޖެންޓް" އެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ. އެހެންކަމުން ޓައިވާނުގައި ބޭރަށްހިންގުން ހުއްޓުވުމަށާއި، ހުން ތިރިކުރުމަށް ޖަނބުރޯލު މަލުގެ ބޭނުން ހިފައެވެ. ދިރާސާކުރާ ފަރާތްތަކުގައި ހޯދާފައިވާ ގޮތުގައި ޖަނބުރޯލު މަލުގައި ހުންނަ އަސާސީ މާއްދާ އަކީ "ޓެނިން" އެވެ. މީގެ އިތުރުން އެކުލެވޭ މާއްދާތަކުގެ ތެރޭގައި "ޑެސްމެތޮކްސީމެޓެޔުސިނޯލް"(Desmethoxymatteucinol)، "5-0-މީތައިލް-4- ޑެސްމެތޮކްސީމެޓެޔުސިނޯލް"(5-0-methyl-4-Desmethoxymatteucinol)، "އޮލިއެނިކް އެސިޑް" އަދި "ބީ-ސައިޓޯސްޓީރޯލް"(B-sitosterol) ހިމެނެއެވެ. މިބަޔާންކުރި މާއްދާތަކުގައި ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. އެގޮތުން "ސްޓެފައިލޯކޯކަސް ޔޫރިއަސް"(Staph.Aureus)، "މައިކޯބެކްޓީރިއަމް ސްމެގްމޭޓިސް"(Mycobacterium smegmatis)، އަދި "ކެންޑިޑާ އެލްބިކަންސް" ކިޔާ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބުނެވެއެވެ.
·         ކަރުތެރެ ހަލާކުވުމާއި، އަނގަފާރު : އަނގައިގެ ތެރޭގަޔާއި، ތުންފަތުގައި އަދި ދުލުގައި އުފެދޭ ފާރު ޖަނބުރޯލު ކެއުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ. މިހެން ދިމާވަނީ އޭގައި ހިމެނޭ ވިޓަމިން އޭ ގެ ސަބަބުންނާއި، އަދި ފެން ގިނައިން އެކުލެވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ކަރުތެރެ ހަލާކުވުން، ކަރުތެރެ ރަތްވެ ފާރުވުން ފަދަ ހާލަތްތަކުގައި ޖަނބުރޯލު އަދި އޭގެ ފަނި ބޭނުންކުރުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ.
·         ހަކުރު ބަލި : ޖަނބުރޯލަކީ ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. މިއީ "ގްލައިސިމިކް އިންޑެކްސް" ދަށް ކާނާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.
ނޯޓް:- ޖަނބުރޯލް އަދި ޖަންބަކީ އެއް އާއިލާއަކަށް ނިސްބަތްވާ ދެމޭވާ އެވެ. އެހެންކަމުން މިދެމޭވާގެ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ގާތްކަމެކެވެ. ވީމާ ކޮންމެ މޭވާއެއްގެ ޞިއްޙީ ފައިދާ ވެސް މިތަނުގައި ބަލާލުން މުހިއްމެވެ.
މައުލޫމާތު :


No comments:

Post a Comment