Friday, January 3, 2014

ޗިޗަންޑާ

ޗިޗަންޑާ
ޗިޗަންޑާ އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ޗިޗަންޑާ
އިގިރޭސި ނަން : Snake gourd
ޢިލްމީ ނަން : Trichosanthes Anguina
ޗިޗަންޑާގެ އެންމެ ސާރވިންގ އެއްގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
86.2 ކިލޯކެލަރީ
ސޯޑިއަމް
33 މިލިގްރާމް
ކާބޯހައިޑްރޭޓް
12.5 ގްރާމް
ޕޮޓޭސިއަމް
359.1 މިލިގްރާމް
ޕްރޮޓީން
2.0  ގްރާމް
މަޢުދަންތައް
ފެޓް
3.9 ގްރާމް
ކެލްސިއަމް
%5.1
ފައިބަރު
0.6ގްރާމް
ކޮޕަރ
%4.4
ވިޓަމިންތައް
ދަނގަޑު
%5.7
ފޮލިކް އެސިޑް
%5.6
މެގްނީޒިއަމް
%6.7
ނިއެސިން
%3.8
މެންގަނީޒް
%12.5
ޕެންތޮނިކް އެސިޑް
%3
ފޮސްފަރަސް
-     %5
ރައިބޯފްލެވިން
%2.7
ސިލެނިއަމް
12 %2.1
ތިއެމިން
%5.2
ޒިންކް
%7.2
ވިޓަމިން އޭ
%9.8
ވިޓަމިން ސީ
%30.5
ވިޓަމިން އީ
%1.1























ޗިޗަންޑާ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ޗިޗަންޑާގައި ކާބޯހައިޑްރޭޓް، ފެޓު،ޕްރޮޓީން، އަދި ފައިބަރު ހުރެއެވެ. މީގެ އިތުރުން ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ބީގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ނިއެސިން، ރައިބޯފްލެވިން، އަދި ތިއެމިން ހުރެއެވެ. ކެރޮޓީންގެ ވައްތަރުތައް ވެސް ޗިޗަންޑާ ގައި ހުރެއެވެ. ޗިޗަންޑާގައި ކެލްސިއަމް، ފޮސްފަރަސް، ދަގަނޑު، އަޔޮޑިން، އަދި މެގްނީޒިއަމް ފަދަ ތަފާތު މައުދަން ތައް ވެސް ހުރެއެވެ.

ޗިޗަންޑާ އަކީ ހަށިގަނޑުގައި އުފެދޭ ދުޅަ ތިރިކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ދުޅަތިރިކުރުމަށް އަމާޒުކުރެވިގެން ތައްޔާރުކުރެވޭ ކާނާގެ ލިސްޓުގެ ތެރޭގައި ޗިޗަންޑާ ހިމެނިފައި ހުރެއެވެ.
ޗިޗަންޑާ އަކީ ހަކަތަ މަދު، ސަރުބީ ނުހުންނަ، ފެންގިނަ ބާވަތަކަށްވުމުން މިއީ ހަކުރު ބަލީގެ މީހުންނަށް ވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ބާވަތަކަށް އޮންނަނީ ވެފައެވެ. އަދި މިއީ ބަރުދަން ލުއިކޮށް، ހިކުމަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. ޗިޗަންޑާގައި ފައިބަރު ހުރުމަކީ ހަކުރު ބަލީގެ މީހުންނަށް ވެސް ޗިޗަންޑާ ބޭނުންކުރުމުން މަންފާއާއި، ފައިދާ ލިބިދެނިވި ކަމެކެވެ.

ޗިޗަންޑާގައި ފައިބަރު ހުރުމަކީ ބަނޑު ފަސޭހަކޮށްދީ، ހަޖަމުވުން ހަލުއިކޮށްދީ، ބަނޑު ހިކުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ކަރާއި، މޭގެތެރޭގައި ތަތްލައި ހަރުލާފައި ހުންނަ އަރިދަފުހާއި، ދަވަ ބޭނުންކުރުމަށް ޗިޗަންޑާ އަކީ ބޭނުންކުރެވިދާނެ ބާވަތެކެވެ. ޗިޗަންޑާއަކީ އުރަމަތި އަދި ފުއްޕާމޭގައި އުފެދޭ ޓިއުމަރުގެ އަސަރު ކުޑަކޮށްދީފާނެ ބާވަތެއްކަމަށް ޗައިނާ މެޑިސިންގެ މާހިރުން އެއްބަސްވެލައްވައެވެ. އަދި މިއީ މައިމީހާގެ އުރަމައްޗަށް ކިރުއެރުވުމަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. މީގެ އިތުރުން ރީނދޫވުމާއި، ހިތުގެ ވިންދު މަތިވުން ފަދަ މައްސަލަތަކަށް ފަރުވާ ކުރުމަށް ވެސް ކުރީ ޒަމާނުގައި ޗިޗަންޑާ ބޭނުންކޮށްފައި ވެއެވެ.  
ޗިޗަންޑާ ޖޫސް ބޭނުންކޮށްގެން ބޯ މަސާޖުކުރުމުން ބޮލުގައި ހަންފޮޅުން ހުއްޓި، ބޮލުން އިސްތަށި ފޭބުން މަދުކޮށްލައެވެ. ޗިޗަންޑާގައި ފެން ގިނައިން އެކުލެވޭތީ، ހަށިގަނޑަށް ފިނިކަމާ ތާޒާކަން ގެނައުމަށް ޗިޗަންޑާ ބޭނުންކުރެވިދާނެ އެވެ. ލޭދައުރުވުން ރަގަޅުކޮށްދީ، ހަށިގަނޑުގައި އުފެދޭ ވިހަތައް ބޭރުކޮށް، ލޭސާފުކޮށްދިނުމުގެ ބާރު ޗިޗަންޑާއަށް ލިބިގެން ވެއެވެ.
ޗިޗަންޑާ ކާއިރު އޭގެ އޮށް މާގިނައިން ކެއުމަކީ ރަގަޅު ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ބަނޑު ގޯސްވެ، މޭނުބައިކޮށް، ހޮނޑުލެވި، ބޭރަށްހިންގުމަކީ ވެދާނެ ގޮތެކެވެ.

މައުލޫމާތު :
·         .....

No comments:

Post a Comment