Tuesday, December 24, 2013

ދިގުތިޔަރަ ފަތް

ދިގުތިޔަރަ ފަތް
ދިގު ތިޔަރަ ފަތަކީ ކެއުމުގައި ބޭނުންކުރެވޭ ފަތްޕިލާ ވެލީގެ ބާވަތެކެވެ.
ދިވެހި ނަން : ދިގުތިޔަރަ ފަތް
އިގިރޭސި ނަން : Coffee senna leaf
ޢިލްމީ ނަން : Senna occidentalis





ދިގުތިޔަރަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ގަދީމީ ބޭސްވެރިކަމުގައި ދިގުތިޔަރަ ފަތުގެ ސައި ބަނޑުގެ ރިހުން ލުއިކުރުމަށް ޕެނަމާގައި ބޭނުންކޮށްފައި ވެއެވެ.
-          ދިގުތިޔަރަ ފަތަކީ ބަނޑު ފަސޭހަކޮށްދޭ އެއްޗަކަށްވުމުން ބަނޑުހިކުމުން ރައްކާތެރިވެ ހުރުމަށް މިއީ ބޭނުންތެރި ފަތެކެވެ
-          ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި އުކުޑިކޮށްޓުން ލުއިކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި އެފްރިކާގެ ބައެއް ގައުމުތަކުގައި މޭގަނޑު ދުޅަވުމަށް ފަރުވާކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ޕެނަމާގައި ބަނޑުގައި އުފެދޭ ފަނި ބޭރުކުރުމަށް ދިގުތިޔަރަ ފަތް ދީފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި އަރިދަފުސް ރޯގާ، ވައިނޮޅީގެ ކަފި ދުޅަވުން، ހޯއްގޮވާ ކެއްސުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި ހުންތިރިކުރުމަށް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރި ކަމުގައި ކުޑަކަމުދާ ނިޒާމުގެ ތަފާތު ބަލިތަކަށް ފަރުވާ ކުރުމަށް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި މާބަނޑުވުމަށްފަހު ކުރިމަތިވާ ލޭމަދުވުން ރަގަޅުކޮށްދީ، ވަރުބަލިކަމާއި ވާޅުކަން ފިލުވައިލުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ބްރެޒިލްގައި މައްސަރުގެ އުދަނގޫތައް ލުއިކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ހަމުގެ ތަފާތު މައްސަލަތަކަށް ފަރުވާ ކުރުމުގައި ދިގުތިޔަރަ ފަތުގެ ބޭނުންކޮށްފައި ވެއެވެ. އެގޮތުން ފަންގަސް، ޕެރަސައިޓް ފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް ދިގުތިޔަރަ ފަތުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
-          ދިރާސާތަކުން ދައްކާގޮތުގައި ދިގު ތިޔަރަ ފަތުގައި:-
o       ބެކްޓީރިޔާ އަދި ފަންގަސް ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައިވެއެވެ.
o       ދުޅަތައް ތިރިކުރުމުގެ ބާރު އެކުލެވިފައިވެއެވެ.
o       މޭގަނޑު ރައްކާތެރި ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       މެލޭރިޔާއާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ދިފާއީ ނިޒާމު ރަގަޅުކޮށް ހަރުދަނާ ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ހުންތިރިކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
o       ތަދުކެނޑުވުމުގެ ބާރު އެކުލެވިފައި ވެއެވެ.
މައުލޫމާތު :

No comments:

Post a Comment