Thursday, January 7, 2016

ހެދިބޮޑުވުން - ދެވަނަ މަހުގައި

ކުޑަ ދަރިފުޅުގެ ހެދިބޮޑުވުން : ދެވަނަ މަހުގައި
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ އުމުރުން އެންމެ 2 މަހުގައި ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ. 


މިއުމުރުގައި ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ ހުނަރު / އާތިފީ ހުނަރު :
o       ހީލުމުން ރައްދުގައި ހީލުން (މީހުންނަށް ބަލާފައި ހިނިތުންވުން)
o       އަމިއްލަ ނަފުސަށް ހަމައަކަށް އެޅުން (އަތް އަނގަޔަށް ލައިގެން ބޮއިދާނެ އެވެ)
o       މަންމަ، ބައްޕަ އާއި ދިމާލަށް ބަލަން (ގެންގުޅޭ މީހުން ދެނެގަންނަށް) މަސައްކަތްކުރުން
ބަސްމޮށުންތެރިކަމުގެ ހުނަރު / މުޢާމަލާތުގެ ހުނަރު :
o       އާދައިގެ އަޑުއަޑު ލެއްވުން
o       އަޑު އިވޭ ދިމާލަށް ބޯއެނބުރުން (އެކި ކަހަލަ އަޑުއިވުމުން ބޯއަނބުރައި ބެލުން)
ވިސްނުމުގެ ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o       އެކި މީހުންގެ މޫނަށް ސަމާލުކަން ދިނުން
o       ހަރަކާތްކުރާ ތަކެއްޗަށް ކަޅި ހިންގުން  
o       ކުރަމުންދާ ކަމެއް ބަދަލުނުވާނަމަ (އެއްކަމެއް ކުރާނަމަ) ފޫހިކަން މޫނުމަތިން ފެނުން
ހަރަކާތްކުރުމުގެ ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o       ބޯއުފުއްލައިގެން ހިފެހެއްޓުން، ބަންޑުން އޮވެ ފައިން ކޮށްޕުން
o       އަތް ފައިން ކުދިކުދި ހަރަކާތްތައް ކުރުން
ސަމާލުވެލައްވާ :
އަންނަނިވި ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         ބާރުއަޑަށް އިޖާބަ ނުދިނުން
·         ކުރިމަތީގައި އެއްޗެތި ހަރަކާތްކުރާއިރު އެދިމާލަށް ނުބެލުން
·         މީހުންގެ މޫނަށް ބަލާފައި ހިނިތުންނުވުން
·         އަނގަޔަށް އަތްނުލުން
·         ބަންޑުން ބޭއްވުމުން ބޯމައްޗަށް އުފުލައި ނުހިފެހެއްޓުން
މައުލޫމާތު :


No comments:

Post a Comment