Saturday, December 28, 2013

ވިފުކު މިރުސް

ވިފުކު މިރުސް
ވިފުކު މިރުހަކީ ތޮޅި މިރުހުގެ ބާވަތެކެވެ. މިއީ ވަރަށް ކުދިކޮށް ހުންނަ ކުޅި މިރުހެކެވެ.  
ދިވެހި ނަން : ވިފުކު މިރުސް
އިގިރޭސި ނަން : Birds eye chilli
ޢިލްމީ ނަން : Capsicum minimum
ވިފުކު މިރުހުގެ ކޮންމެ 5 ގުރާމްގައި
ހަކަތަ
3 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
0.5 ގްރާމް
ޕްރޮޓީން
0.1  ގްރާމް
ވިފުކު މިރުހުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ގަދީމީ ބޭސްވެރިކަމުގައި ރާއްޖެބަލި، ހުޅުތަކުގައި ރިހުން ފަދަ ކަންކަމަށް ފަރުވާކުރުމަށް ވިފުކު މިރުސް ބޭނުންކޮށްފައި ވެއެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ވައިގެ އުދަނގޫ ކުޑަކުރުމަށާއި، ދަތުގައި އުފެދޭ ރިހުން ކެނޑުވުމަށް ވެސް ވިފުކު މިރުހުގެ އެހީ ހޯދާފައިވާކަން ފާހަގަ ކުރެވެއެވެ.

·         ގަދީމީ ބޭސްވެރިކަމުގައި މަދިރި، މެހި ފަދަ ތަކެތި ގަޔާއި ކައިރިވިޔަ ނުދިނުމަށް ވެސް ވިފުކު މިރުސް ފެނަށް އަޅައިގެން ވަކި ގޮތަކަށް ބޭނުންކޮށްފައި ވެއެވެ.
·         ވިފުކު މިރުހަކީ ކާހިތްޖެއްސުމުގެ ބާރު އެކުލެވިފައިވާ މިރުހެކެވެ.
·         ވިފުކު މިރުހުގައި މިރުހުގެ އެހެން ވައްތަރު ތަކުގައި ވެސް ހުންނަ ކެޕްސައެސިން ހުރެއެވެ. މިއީ ސަރުބީ ދަށްކޮށްދީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ގަދީމީ ބޭސްވެރިކަމުގައި ލޭއަރާފައި ހުންނަ ތަންތަނާއި، ހަށިގަނޑުގައި ދުޅަވެފައި ހުންނަ ތަންތަން ރަގަޅުކުރުމަށް ވިފުކު މިރުހުގެ ބޭނުން ހިފާފައި ވެއެވެ.
މައުލޫމާތު :

No comments:

Post a Comment