Wednesday, October 5, 2011

ނާސްޕާތީ


ނާސްޕާތީ 
ނާސްޕާތީ އަކީ އާފަލް އާއި ވައްތަރު ގޮތެއް ހުންނަ މޭވާ އެކެވެ. މިއީ ވެސް ހުހަށް މޭވާގެ ގޮތުގަޔާއި، ފަނިގިރައިގެން އަދިވެސް ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކޮށްގެން ބޭނުންކުރާ މޭވާ އެކެވެ. ހަށިގަނޑަށް ފައިދާހުރި ތަފާތު އެތައް ކާނާގެ ބާވަތެއް ހިމެނިފައިވާ މިމޭވާގެ ތަފާތު ކުލަ ތަކާއި ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ.

ދިވެހި ނަން : ނާސްޕާތީ
އިގިރޭސި ނަން : Pear
ޢިލްމީ ނަން : Pyrus Communis
ނާސްޕާތީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
58 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
0.12 ގްރާމް
ޕޮޓޭސިއަމް
119 މިލިގްރާމް
ޕްރޮޓީން
13.81 ގްރާމް
މަޢުދަންތައް
ފެޓް
0.38 ގްރާމް
ކެލްސިއަމް
9 މިލިގްރާ
ފައިބަރު
3.10 ގްރާމް
ކޮޕަރ
0.082މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
1.60 މިލިގްރާމް
ފޮލިކް އެސިޑް
7 މައިކްރޯ ގްރާމް
މެގްނީޒިއަމް
7 މިލިގްރާމް
ނިއެސިން
0.157 މިލިގްރާމް
މެންގަނީޒް

ޕެންތޮނިކް އެސިޑް
0.048 މިލިގްރާމް
ފޮސްފަރަސް
11 މިލިގްރާމް
ޕައިރިޑޮކްސިން
0.028 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.025 މިލިގްރާމް
ޒިންކް
0.10 މިލިގްރާމް
ތިއެމިން
0.012 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން ސީ
4.2 މިލިގްރާމް
ކެރޮޓީން އަލްފާ

ވިޓަމިން އޭ
23 އައިޔޫ
ކެރޮޓީން ބީޓާ
12 މައިކްރޯ ގްރާމް
ވިޓަމިން އީ
0.12 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
2 މައިކްރޯ ގްރާމް
ވިޓަމިން ކޭ
4.5 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
45 މައިކްރޯ ގްރާމް


ލައިކޯޕީން
-           

ނާސްޕާތީ އިން ލިބޭ ޞިއްޙީ ފައިދާތައް
·         ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުން: ނާސްޕާތީ ގައި އެންޓިއޮކްސިޑެންޓް އަދި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއް ކަމުގައިވާ "ގުލޫޓެތިއޯން"(Glutathione) ހުރެއެވެ. މިބުނި މާއްދާތަކަކީ ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލިތަކާއި، ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ހަރުވުން އަދި ސްޓްރޯކް ޖެހުމުން ހިމާޔަތްކޮށް، ދުރުކޮށްދޭ މާއްދާ ތަކެކެވެ.  ނާސްޕާތީގައި ހިމެނޭ ވިޓަމިންސީ އަކީ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. މިއީ ފްރީ ރެޑިކަލް ތައް ނިއުޓްރަލައިޒްކޮށް، ހިތުގެ ބަލިތަކާއި ސްޓްރޯކްޖެހުން ދުރުކޮށްދޭ މާއްދާ އެކެވެ. ފްރީ ރެޑިކަލް އަކީ ލޭހޮޅީގެ ފާރު ހަލާކުކޮށް އެތަނުގައި ސަރުބީ ޖަމާވެ، ކޮބަޑި ގަނޑެއްގެ ސިފައިގައި ލޭހޮޅީގައި އާލާވުމަށް ބާރުއަޅާ އެއްޗެކެވެ. މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ހަރުލުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވާނެ ކަމެކެވެ.  މީގައި ހިމެނޭ ވިޓަމިން ކޭ އަކީ ކަށީގެ ދުޅަހެޔޮކަމަށާއި، ލޭގަނޑުވުމުގެ މަސައްކަތަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ފައިބަރު އަކީ ސަރުބީ ވިރުވައި ދަށްކޮށްދޭ އެއްޗަކަށް ވުމުން ހިތުގެ ބަލިތަކާއި، ލޭހޮޅީގެ ބަލިތަކުން ދުރުކޮށްދެއެވެ. ކޮޕަރ އަކީ ވެސް ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. ނާސްޕާތީ ގައި ހިމެނޭ "ޕެކްޓިން"(Pectin) އަކީ ވެސް ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އާފަލަށްވުރެ ޕެކްޓިން ނާސްޕާތީ ގައި ގިނައެވެ.
·         ހަކުރު ބަލީގެ އަހުލުވެރިންނަށް އެހީތެރިވުން: ނާސްޕާތީ އަކީ "ގްލައިސިމިކް އިންޑެކްސް" (Glycemic Index)ދަށް މޭވާ އެކެވެ. ގްލައިސިމިކް އިންޑެކްސް ދަށް ކާނާ އަކީ ލަހުން ހަޖަމުވެ، ހަށިގަނޑަށް ނެގުން ލަސް ބާވަތްތަކެކެވެ. މިހެންވުމުން އެފަދަ ކާނާ ކެއުމަށްފަހު ލޭގެ ހަކުރުގެ މިންވަރު އަދި އިންސިޔުލިންގެ މިންވަރު މައްޗަށްދަނީ ވަރަށް ލަސްލަހުންނެވެ. އެހެންކަމުން ހިތުގެ ލޭހޮޅިތަކުގެ ބަލިތަކާއި، ފަލަބަލި އަދި ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ބޮޑަށް އެދެވިގެންވަނީ ގްލައިސިމިކް އިންޑެކްސް ދަށް ކާނާގެ ބާވަތްތައް ބޭނުންކުރުމެވެ.
·         ކެންސަރުން ރައްކާތެރިކޮށްދިނުން: ނާސްޕާތީގައި ވިޓަމިން ސީ އަދި ކޮޕަރ އެކުލެވެއެވެ. މިއީ އެންޓި އޮކްސިޑެންޓް ތަކެކެވެ. މިމާއްދާ ތަކަކީ ފްރީ ރެޑިކަލްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭ މާއްދާ ތަކެކެވެ. ގަވާޢިދުން ނާސްޕާތީ ކެއުމަކީ ގޮހޮރުގެ ކެންސަރުން ވެސް ދުރުކޮށްދޭ ކަމެކެވެ.އަދި އަންހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުންވެސް ކުޑަކޮށްދޭ ކަމެކެވެ. ގޮހޮރުގެ ތެރޭގައި، ކެންސަރު ޖައްސަނިވި ވިހަތަކާއި، ކެމިކަލްތަކުގައި ފައިބަރު ތަތްވެ، ގޮހޮރުގެ އެތެރޭގެ ދުލިފަށްތަކަށް މިދެންނެވި މާއްދާތަކުގެ ސަބަބުން އަނިޔާވުން ކުޑަކޮށްދެއެވެ. ގަވާޢިދުން ނާސްޕާތީ ފަދަ ފައިބަރު ގިނަ މޭވާ ކޮންމެ ދުވަހަކު ބޭނުންކުރާނަމަ، އިއްދައިން ކެނޑިފައިވާ އަންހެނުންނަށް، އުރަމަތީ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީފާނެ ކަމަށް ދިރާސާތައް ބުނެއެވެ. ނާސްޕާތީގައި ހިމެނޭ "ހައިޑްރޮކްސީސިނެމިކް އެސިޑް"(Hydroxycinnamic acid) އަކީ މައިދާގެ ކެންސަރުން ހިމާޔަތްވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ބަނޑުހިކުން :  ނާސްޕާތީ ގައި ހިމެނޭ "ޕެކްޓިން" އަކީ ކުޑަކަމުދިއުން ފަސޭހަކޮށްދޭ އެއްޗެކެވެ. އަދި ބޮޑުކަމުދިއުން ވެސް ކޮންމެވެސް ވަރަކަށް ފަސޭހަކޮށްދެއެވެ. ގަވާޢިދުން ނާސްޕާތީ ފަނި ބުއިމަކީ ގޮހޮރުގެ ހަރަކާތްތައް ކޮންޓްރޯލްކޮށް، ތަންޒީމުކޮށް ހަމައަކަށް އަޅުވައި، ބޮޑުކަމުދިއުން ފަސޭހަކޮށްދޭނެ ކަމެކެވެ. ނާސްޕާތީ ގައި ހިމެނޭ ފައިބަރު އަކީ ވެސް ބަނޑުހިކުން ފަސޭހަކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ނާސްޕަތީގައި ގިނަ އަދަދަކަށް "ސޯރބިޓޯލް"(Sorbitol) ހުރުމާއި ފައިބަރު ގިނަވުމަކީ ބަނޑުހިކުން މެދުވެރިވެފައިވާ މީހުންނަށް ނަމޫނާ ކާއެއްޗަކަށް މިމޭވާ ވެގެންދާ ކަމެކެވެ.
·         ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން: ނާސްޕާތީ ޖޫސް ތައްޓެއް ބޯލުމަކީ ވަރަށް އަވަހަށް ހަށިގަނޑުގައި ވަރުޖެހި، ބާރުޖެހޭނެ ކަމެކެވެ. ސަބަބަކީ ނާސްޕާތީ ގައި ގިނައަދަދަކަށް " ފްރަކްޓޯސް" އަދި "ގުލްކޯޒް" ހުންނާތީ އެވެ. މީގެ އިތުރުން މިމޭވާގައި ކާބޯހައިޑްރޭޓް ވެސް ގިނައިން ހުރުމަކީ ހަށިގަނޑަށް ހަކަތަ ލިބުމަށް އެހީތެރިވެދޭ ކަމެކެވެ.
·         ހުންއައުން: ހުންއައުމުން ނާސްޕާތީ ޖޫސްތަށްޓެއް ބޯލުމުން ވަރަށް ފަސޭހައިން ހުންތިރިވާ ކަމަށް ބުނެވެއެވެ. އެއީ ނާސްޕާތީ ގައި ހަށިގަނޑުގައި ފިނިކަން އުފެއްދުމުގެ ނުވަތަ ހޫނުކަން ދަށްކުރުމުގެ ބާރެއް ހުންނާތީ އެވެ.
·         ކަށިފީވުން : ނާސްޕާތީ ގައި "ބޯރޯން"(Boron) މަތީ މިންވަރަކަށް ހުރެއެވެ. ހަށިގަނޑުގައި ކެލްސިއަމް ހިފެހެއްޓުމަށް، ބޯރޯން އެހީތެރިވެދެއެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމުން ރައްކާތެރިކޮށް ހިމާޔަތްކޮށް ދެއެވެ. ބޯރޯން އަކީ ކަށީގައި ހިމެނޭ ކެލްސިއަމް އަދި މެގްނީޒިއަމްގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ނާސްޕާތީ ގައި ކޮޕަރ އަދި ވިޓަމިން ސީ ހިމެނުމަކީ ވެސް ކަށީގެ މަސައްކަތަށް ފުރިހަމަކަން ގެނެސްދޭނެ ކަމެކެވެ.
·         މާބަނޑު ދުވަސްވަރު: ނާސްޕާތީގައި ފޮލިކް އެސިޑް ވެސް ވަރަށް ގިނައިން ހުރެެއެވެ. ފޮލިކް އެސިޑް އަކީ ނާރުތަކުގެ ނިޒާމްގައި އުފެދުމުގައި ހުންނަ ޢައިބުތަކުން ރައްކާތެރިކޮށް ހިމާޔަތްކޮށްދޭނެ މާއްދާ އެކެވެ.
·         އަރުތެރޭގެ މައްސަލަތައް: ހޫނު ދުވަސްވަރު ހެދުނާއި ހަވީރު ނާސްޕާތީ ޖޫސް ބުއިމަކީ އެކަމުގެ ސަބަބުން ހަށިގަނޑުގެ ހޫނުކަން ދަށްކޮށްދޭނެ ކަމެކެވެ. އަދި މިއީ ކަރުތެރޭގައި އުފެދޭ ދަވަ، ސާފުކޮށް، ކެއްސުން ލުއިކޮށްދީ، ކަރުތެރޭގައި އުފެދޭ މައްސަލަތައް ރަގަޅުކޮށްދޭ ކަމެކެވެ.
·         ފުއްޕާމޭގެ ބަލިތައް: ކޮންމެ ދުވަހެއްގެ ކެއުމުގައި ނާސްޕާތީ ހިމެނުމަކީ ފުއްޕާމޭގެ މަސައްކަތްތައް ރަގަޅުކޮށް، ހަރުދަނާކޮށްދީ، ނޭވާހިއްލުމުގެ އުދަނގޫތައް ކަމުގައިވާ ކެއްސުމާއި، ނޭވާކުރުވުން ކުޑަކޮށް ލުއިކޮށްދޭ ކަމެކެވެ. އަދި މިއީ ކަރުތެރޭގައި އުފެދޭ ދަވަ ސާފުކޮށްދޭ އެއްޗެކެވެ. އޮސްޓްރޭލިޔާގައި ހަދާފައިވާ ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި ނާސްޕާތީ ކެއުމުގައި ބޭނުންކުރާ މީހުންނަށް ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު ކުޑައެވެ.
·         ޑައެޓްރީ ފައިބަރު ހުރުން: ނާސްޕާތީގައި ޑައެޓްރީ ފައިބަރު ހުރެއެވެ. ފައިބަރު އަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދީ، ހަޖަމުކުރުމުގެ ނިޒާމް ރަގަޅަށް ބަހައްޓައިދޭ މާއްދާ އެކެވެ. މީގެ އިތުރުން ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީ، ބަނޑުހިކުމުން މިންޖުކޮށްދީ، އަދި ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ޚާއްޞަކޮށް ގަވާޢިދުން ނާސްޕާތީ ފަދަ ފައިބަރު ގިނަ މޭވާ ކޮންމެ ދުވަހަކު ބޭނުންކުރާނަމަ، އިއްދައިން ކެނޑިފައިވާ އަންހެނުންނަށް، އުރަމަތީ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދީފާނެ ކަމަށް ދިރާސާތައް ބުނެއެވެ.
·         އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތައް: އާންމުކޮށް ނާސްޕާތީ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލައެއް ކަމުގައިވާ "މެކިޔުލަރ ޑިޖެނެރޭޝަން'' ކުރިމަތިވުމުން ކުޑަކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ. މެކިޔުލަރ ޑިޖެނެރޭޝަން އަކީ އުމުރުން ދުވަސްވީ މީހުންގެ ލޮލުގެ ފެނުމަށް ބަދަލުގެނުވާ އެންމެ އާންމު އެއް ސަބަބެވެ.
މަޢުލޫމާތު:-

No comments:

Post a Comment