Friday, January 3, 2014

ކަދޫ

ކަދޫ
ކަދޫ އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ފަލަމަޑީގެ ބާވަތެކެވެ. މިއީ ވެލެއްގައި އަޅާ ފުފޫ ފާނޑުގެ ތަރުކާރީ އެކެވެ.
ދިވެހި ނަން : ކަދޫ
އިގިރޭސި ނަން : Bottle gourd / Calabash
ޢިލްމީ ނަން : Lagenaria Siceraria / Lagenaria Vulgaris
ކަދޫގެ(ކައްކާފައިހުރި) ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
15 ކިލޯކެލަރީ
ސޯޑިއަމް
2 މިލިގްރާމް
ކާބޯހައިޑްރޭޓް
3.69 ގްރާމް
ޕޮޓޭސިއަމް
170 މިލިގްރާމް
ޕްރޮޓީން
0.6  ގްރާމް
މަޢުދަންތައް
ފެޓް
0.02 ގްރާމް
ކެލްސިއަމް
24 މިލިގްރާމް
ފައިބަރު
1.2 ގްރާމް
ދަނގަޑު
0.25 މިލިގްރާމް
ވިޓަމިންތައް
މެގްނީޒިއަމް
11 މިލިގްރާމް
ފޮލިކް އެސިޑް
4 މައިކްރޯ ގްރާމް
މެންގަނީޒް
0.066 މިލިގްރާމް
ނިއެސިން
0.39 މިލިގްރާމް
ފޮސްފަރަސް
-     13 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.144 މިލިގްރާމް
ޒިންކް
0.24 މިލިގްރާމް
ޕައިރިޑޮކްސިން
0.038 މިލިގްރާމް
ރައިބޯފްލެވިން
0.022 މިލިގްރާމް
ތިއެމިން
0.029 މިލިގްރާމް
ވިޓަމިން ސީ
8.5 މިލިގްރާމް






















ކަދޫ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ތަފާތު މާއްދާތައް ހުރުން : ކަދޫ އިން ހަކަތައާއި ސަރުބީ ލިއްބައިދެނީ ވަރަށް މަދުންނެވެ. ކަދޫގެ 96 އިންސައްތަ އަކީ ފެނެވެ. މިއީ ފައިބަރުން މުއްސަދި، ތަފާތު ވިޓަމިންތަކާއި މައުދަންތައް އެކުލެވޭ ތަރުކާރީގެ ބާވަތެކެވެ. ކަދޫގައި ހިމެނޭ ވިޓަމިން ތަކުގެ ތެރޭގައި ވިޓަމިން ސީ، އަދި ވިޓަމިން ބީގެ ވައްތަރުތައް ހިމެނެއެވެ. ކަދޫގައި ހިމެނޭ މައުދަން ތަކުގެ ތެރޭގައި ޒިންކު، މެގްނީޒިއަމް، ދަގަނޑު، ސޯޑިއަމް އަދި ޕޮޓޭސިއަމް ހިމެނެއެވެ.

ހަޖަމުކުރުމަށް އެހީތެރިވުން : ކަދޫގައި ފެން އަދި ފައިބަރުގެ ވައްތަރުތައް ހުރުމަކީ ކަދޫ ބޭނުންކުރުމުން ކާތަކެތި ހަޖަމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަޖަމުކުރުމާ ގުޅުންހުރި ބަނޑުގައި ވައިހެދުން، ވައިބޭރުވުން، އަދި ބަނޑު ހިކުން ފަދަ މައްސަލަތަކަށް ކަދޫ ކެއުމުން ލުއިކަން ގެނެސްދެއެވެ. މީގެ އިތުރުން ފައިބަރަކީ ފުރަގަސް ފަރާތް ފޭބުން ފަދަ ކަންކަމަށް ވެސް ލުއިކަން ގެނައުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ހަށިގަނޑަށް ފިނިކަން ގެނެސްދިނުން : ކަދޫ ބޭނުންކުރުމަކީ އޭގައި ފެން ގިނައިން ހިމެނޭތީ އެބޭނުންކުރުމުން ހަށިގަނޑަށް ފިނިކަމާއި ތާޒާކަން ގެނެސްދޭނެ ކަމެކެވެ. އެހެންކަމުން ހޫނު މޫސުމުގެ ތެރޭގައި އަދި ހޫނު މާހައުލުތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަދޫއަކީ ބޭނުންކުރަން ރަގަޅު ބާވަތެކެވެ. އެހެނީ ކަދޫ ބޭނުންކުރުމުން ދާހިއްލުމުގެ ތެރޭގައި ބީވެގެންދާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދައިދީ، ހޫނުވުމުގެ ސަބަބުން އަނބުރައިގަތުން ފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ.


ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން : ކަދޫގައި ކުޑަކަމު ނަޖިސް ބޭރުކުރުމުގެ ބާރު ހުރެއެވެ. މިހެންވުމުން ކަދޫ ބޭނުންކުރުމުން ހަށިގަނޑުގައި އިތުރުވެފައި ހުންނަ ފެނުގެ ބައި ބޭރުކޮށް މަދުކޮށްލަ ދެއެވެ. ކަދޫ ފަނި ތައްޓަކަށް ސައިސަމުސަލެއްގެ ލުނބޯހުތް އެއްކޮށްގެން ބޭނުންކުރާށެވެ. މިގޮތަށް ބޭނުންކުރުމުން އެސިޑް މަތިވެފައި ހުންނަ ކުޑަކަމު ނަޖިހުގެ ސަބަބުން ކުޑަކަމުދާއިރު އުފެދޭ ދިލައާއި ރިހުން ކަނޑުވައިދޭނެ އެވެ.

ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން : ކަދޫގައި ސަރުބީ އަދި ހަކަތަ ހުންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކުރަން ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. ކަދޫ ބޭނުންކުރުމަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު ވެސް ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ފެނާއި ފައިބަރު ވެސް ގިނަ އަދަދަކަށް ކަދޫގައި ހުރެއެވެ. ކޮންމެ ދުވަހަކު ހެދުނު ހައިބަނޑާހުރެ ތާޒާ ކަދޫ ޖޫސް ތައްޓެއް ބޯލާށެވެ. މިއީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.


ބޮލުގައި ނުރަޖެހުމުން ރައްކާތެރިކޮށްދިނުން : އަޔުރެވެދިކް ބޭސްވެރިން ބުނާގޮތުގައި ކޮންމެ ދުވަހަކު ހެދުނު ގަވާއިދުން ކަދޫ ފަނި ތަށްޓެއް ބޭނުންކުރުމަކީ ބޮލުގައި އަވަހަށް ނުރަޖެހުމުން ދުރުކޮށް، ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކަދޫ ބޭނުންކުރުމަކީ ހަންގަނޑު ސާފުކޮށްދޭނެ ކަމެކެވެ. މިއީ ހަމުގެ ފަށަލައިގެ ތެރެއިން ބޭރަށް ތެޔޮދޫކުރުން އެއްހަމަ އެއްގައި ހިފަހައްޓައިދީ، އޮށާޅައާއި ބިހިނެގުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި ކަދޫ ބޭނުންކުރުމަކީ ހަމުގެ ތަފާތު އިންފެކްޝަން ތަކުން ދުރުކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ނިދުމަށް އެހީތެރިވެދިނުން : ކަދޫ ޖޫސް ތަށްޓަކާއި ، ތިލެޔޮ އެއްކޮށްގެން ބޭނުންކުރުމަކީ ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ކަދޫ ވެލުގެ ފަތް ކައްކައިގެން ބޭނުންކުރުމަކީ ވެސް ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހަށިގަނޑުން ފެން ހުސްވިޔަނުދިނުމަށް އެހީތެރިވުން : ބޭރަށްހިންގުން، ހުންއައުން، ފަދަ ހަށިގަނޑުން ފެންހުސްވުން ދިމާވެދާނެ ހާލަތްތަކުގައި ކަދޫ ޖޫސް ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. އެހެނީ އެފަދަ ހާލަތްތަކުގައި ބީވެގެންދާ ފެނުގެ ބައި ކަދޫ ޖޫސް ބޭނުންކުރުމުން އަނބުރާ ލިއްބައިދޭނެ އެވެ. އަދި މިއީ ހަކުރު ބަލީގެ މީހުންނަށް ދިމާވާ ވަރުބަލިކަން ފިލުވާލުމަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. ކަދޫ ބޭނުންކުރުމަކީ ވަރުބަލިކަމާއި ވާޅުކަން ފިލުވާލުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

"އޮބްސެސިވް ކަމްޕަލްސިވް ޑިސްއޯޑަރ" ގެ އުދަނގޫތައް ލުއިކޮށްދިނުން : ގަދީމީ ބޭސްވެރިކަމުގައި ގަބޫލުކުރެވިފައިވާ ގޮތުގައި ކަދޫ އަކީ "ނާރވް ޓޮނިކް"(nerve tonic) އެކެވެ. މިހެންވުމުން "އޮބްސެސިވް ކަމްޕަލްސިވް ޑިސްއޯޑަރ"(OCD) ފަދަ ނާރާއި ގުޅުންހުރި ނަފްސާނީ ބަލި ޖެހުމުން ކަދޫ ބޭނުންކުރުމުން އެބަލީގެ އުދަނގޫ ލުއިކޮށްދެއެވެ. މިގަބޫލުކުރުން ފަހުން ހަގީގަތަކަށްވެފައިވަނީ ހެދިފައިވާ ތަފާތު ދިރާސާތަކަށްފަހު ގައެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކަދޫގައި "އެންޓި ކަމްޕަލްސިވް އެކްޓިވިޓީ"(anti-compulsive activity)އެކުލެވިގެން ވެއެވެ. ނަމަވެސް އެއީ ކިހިނެއްކަމެއް އަދި ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ.

ހަކުރު ކޮންޓްރޯލްކުރުން : ކަދޫ ބޭނުންކުރުމަކީ ހަށިގަނޑުގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކު ކަދޫ ޖޫސް ބޭނުންކުރުމަކީ ހަކުރު ބަލީގެ މީހުންނަށް ފައިދާހުރި ކަމެކެވެ. ގުލްކޯޒު އަދި އެއާއި ގުޅުންހުރި ކަމްޕައުންޑްތައް ކަދޫގައި ނުހުރެއޭ ބުނާ މިންވަރަށް މަދެވެ. މިހެންވުމުން މިއީ ހަކުރުބަލީގެ މީހުންނަށް ރައްކާތެރިކަމާއި އެކު ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތަކަށް ވެގެންދެއެވެ.
އެހެނިހެން ފައިދާތައް :
-          ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން
-          މޭގަނޑުގެ މަސައްކަތް އެއްހަމަ އެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުން
-          "އޮބެސެސިވް ކަމްޕަލްސިވް ޑިސްއޯޑަރ"ގެ އުދަނގޫތައް ލުއިކޮށްދިނުން
-          ހަކުރު ބަލީގެ މީހުންނަށް ފައިދާހުރި އެއްޗަކަށްވުން
-          ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުން
-          މޭގަނޑާއި، ގުރުދާގެ ދުޅަ ތިރިކޮށްދިނުން
-          ކަދޫ ފަތު ޖޫހަކީ ތަލަވުމަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
-          ކަދޫ ފަތު ޖޫހަކީ ދަތްފަނިކެއުމުން ދުރުކޮށްދޭ އެއްޗެކެވެ.
-          ކަދޫ ފަތު ޖޫހަކީ ރީނދޫވުމުން ދުރުކޮށްދޭ އެއްޗެކެވެ.
މައުލޫމާތު :

No comments:

Post a Comment