Monday, December 23, 2013

ކޮޕީ ފަތް

ކޮޕީ ފަތް
ކޮޕީ ފަތަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތުގެ ބާވަތެކެވެ.
ދިވެހި ނަން : ކޮޕީ ފަތް
އިގިރޭސި ނަން : Collard greens
ޢިލްމީ ނަން : Brassica oleracea (acephala group).
ކޮޕީ ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
30 ކިލޯކެލަރީ
ސޯޑިއަމް
20 މިލިގްރާމް
ކާބޯހައިޑްރޭޓް
5.69 ގްރާމް
ޕޮޓޭސިއަމް
169 މިލިގްރާމް
ޕްރޮޓީން
2.45  ގްރާމް
މަޢުދަންތައް
ފެޓް
0.42 ގްރާމް
ކެލްސިއަމް
145 މިލިގްރާމް
ފައިބަރު
3.60 ގްރާމް
ކޮޕަރ
0.039މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.19 މިލިގްރާމް
ފޮލިކް އެސިޑް
166 މައިކްރޯ ގްރާމް
މެގްނީޒިއަމް
9 މިލިގްރާމް
ނިއެސިން
0.742 މިލިގްރާމް
މެންގަނީޒް
0.276 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.267 މިލިގްރާމް
ފޮސްފަރަސް
-
ޕައިރިޑޮކްސިން
0.165 މިލިގްރާމް
ސިލެނިއަމް
12 1.3މައިކްރޯގްރާމް
ރައިބޯފްލެވިން
0.130 މިލިގްރާމް
ޒިންކް
0.13 މިލިގްރާމް
ތިއެމިން
0.054 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
6668 އައިޔޫ
ކެރޮޓީން އަލްފާ
ވިޓަމިން ސީ
35.3 މިލިގްރާމް
ކެރޮޓީން ބީޓާ
3842މައިކްރޯ ގްރާމް
ވިޓަމިން އީ
2.26 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
80 މައިކްރޯ ގްރާމް
ވިޓަމިން ކޭ
510.8މައިކްރޯގްރާމް
ލުޓީން-ޒިއެޒެންތިން
8932މައިކްރޯ ގްރާމް























ކޮޕީ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ކޮޕީ ފަތުން ހަކަތަ ލިއްބައިދެނީ ވަރަށް މަދުންނެވެ. މިފަތުގައި ސަރުބީއެއް ނުހުރެއެވެ. ނަމަވެސް ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެން ވެއެވެ. ކޮޕީ ފަތުގައި ފައިބަރު ހުރުމުގެ ސަބަބުން ކޮޕީ ފަތް ބޭނުންކުރުމުން ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ބަނޑު ފަސޭހަކޮށް ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ފުރަގަސްފަރާތުން ބަލިން މިންޖުކޮށްދީ، ގޮހޮރުން ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ފެހިކުލައިގެ ފަތްތަކުގައި ހުންނަ "ގުލޫކޮސިނަލޭޓް" އިން އުފެދޭ "ސަލްފޮރަފޭން" އަކީ ބަނޑާއި ގޮހޮރުގެ ބަތާނަ ފަށުގައި "ހެލިކޮބެކްޓަރ ޕައިލޯރި" ކިޔާ ޖަރާސީމެއް، ތަތްވެ، ހަރުލުމުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ކޮޕީ ފަތަކީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގައި ބައިވެރިވާ ފައިޓޯނިއުޓްރިއެންޓް ތަކާ، އެންޓިއޮކްސިޑެންޓް ތަކުން މުއްސަދިވެފައިވާ ބާވަތެކެވެ. އެގޮތުން ކޮޕީފަތުގައި އެކުލެވޭ ފައިޓޯނިއުޓްރިއެންޓް ތަކުގެ ތެރޭގައި، "ޑައި-އިންޑޯލައިލް-މީތޭން"، "ސަލްފޮރަފޭން" ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާތަކުގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރުގެ ކެންސަރު، އަދި ބިސް އުފައްދާ ތަނުގެ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިކަން ލިބޭކަން ދިރާސާތަކުން ވަނީ ހޯދިފައެވެ. މިމާއްދާތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް އާލާވުން ކުޑަކޮށްދީ، ކެންސަރުގެ ސެލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. "ޑައި-އިންޑޯލައިލް-މީތޭން" އަށް ބެކްޓީރިޔާ، އަދި ވައިރަސްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާކަމަށް ހޯދިފައި ވެއެވެ.
ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރެއް ކަމުގައިވާ ފޮލިކް އެސިޑް ހުރެއެވެ. ފޮލިކް އެސިޑަކީ ހަށިގަނޑުގައި ޑީއެންއޭ އުފެއްދުމުގައި ބައިވެރިވެ، ނާރުތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ލޭގެ ރަތް ސެލްތައް އުފެއްދުމުގައި ބައިވެރިވެ، މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެއްދުމުން ރައްކާތެރިކޮށްދޭ ވިޓަމިނެކެވެ. މީގެ އިތުރުން ފޮލިކް އެސިޑަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދީފާނެ ވިޓަމިނެއް ކަމަށް ބެލެވިފައި ވެއެވެ.
ފޮލިކް އެސިޑަކީ ހަށިގަނޑުގައި "ހޯމޯސިސްޓެއިން" ގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މިއީ ކަށިފީވުން ކުރިމަތިވެފައިވާ މީހުންނަށް ކަށިތަކުގައި ރެނދުލުމާއި، ބިދުމުން ރައްކާތެރިކޮށްދީފާނެ މާއްދާއެއްކަމަށް ބެލެވިފައި ވެއެވެ.
ކޮޕީ ފަތުގައި ގިނައަދަދަކަށް ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ފްރީރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކުރާ އެންޓި އޮކްސިޑެންޓެއްގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދޭ މަޞްދަރެކެވެ. އެހެން ކަމުން ވިޓަމިން ސީ ބޭނުންކުރާނަމަ އަރިދަފުސްރޯގާ ފަދަ ތަފާތު ބަލިތަކަށް ހުށައެޅުމުގެ ފުރުޞަތު ކުޑަވާނެ އެވެ.
ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުރެއެވެ. ވިޓަމިން އޭ މައިގަނޑު ގޮތެއްގައި ހުންނަނީ "ބީޓާ ކެރޮޓީން" ގެ ގޮތުގައެވެ. އަދި އެންޓިއޮކްސިޑެންޓްގެ ގޮތުގައި ބެލެވޭ ؛ ލިޕޯއީކް އެސިޑް، ލޫޓީން، ޒިއެޒެންތިން، އަދި ކްރިޕްޓޯޒެންތިން ފަދަ މާއްދާތައް ހުރެއެވެ. ވިޓަމިން އޭ އަކީ ހަމާއި، ކަށިތަކާ، ދަތްތަކާ، ތެތްދުލިފަށަލަތަކާ، އަދި ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ވިޓަމިނެކެވެ. ވިޓަމިން އޭގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ތަފާތު ވައްތަރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ. އެގޮތުން ހިތުގެ ބަލިތަކާއި، ކެންސަރާއި، ލޯފުސްވުން ފަދަ ބަލިތަކުން ރައްކާތެރިވެ ހުރުމުގައި ވިޓަމިން އޭ އެހީތެރިވެދެއެވެ. ވިޓަމިން އޭ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދޭ ވިޓަމިނެކެވެ. ލޫޓީން އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، އުމުރުން ދުވަސްވުމުން ކުރިމަތިވާ "މެކިޔުލަރ ޑިޖެނެރޭޝަން" އިން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ލިޕޯއީކް އެސިޑަކީ ވިޓަމިން ސީ އަދި ވިޓަމިން އީ އަލުންއުފެއްދުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެކެވެ. ހަށިގަނޑުގައި ހަކަތަ އުފެއްދުމުގައި ލިޕޯއީކް އެސިޑްގެ ދައުރެއްވާތީ، ލޭގައި ހަކުރުގެ މިންވަރު ތަންޒީމު ކުރުމުގައި ލިޕޯއީކް އެސިޑްގެ ދައުރެއް އޮވެދާނެތޯ މިހާރު ވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.
ކޮޕީ ފަތުގައި ގިނައަދަދަކަށް ވިޓަމިން ކޭ ހުރެއެވެ. ވިޓަމިން ކޭ އަކީ ކަށިތަކުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ އެކެވެ. އުމުރުން ދުވަސްވުމުން ޖެހޭ އަލްޒައިމާ ބަލި ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި ވެސް ވިޓަމިން ކޭގެ ދައުރެއްވާކަން ފާހަގަ ކުރެވިފައި ވެއެވެ. ވިޓަމިން ކޭ މައިގަނޑު އެއް މަސައްކަތަކީ ހަށިގަނޑުގައި ހިނގާ ލޭމަނާކުރުމުގެ މަސައްކަތުގައި ބައިވެރިވުމެވެ. ވިޓަމިން ކޭގެ ސަބަބުން ކެލްސިއަމް ހަށިގަނޑުގައި މަސައްކަތްކުރުން ހަލުވިކޮށްދީ، ކަށިތައް ތުނިވިޔަނުދީ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން ކަށިފީވުމުން ރައްކާތެރިކޮށްދެއެވެ.
ކޮޕީ ފަތުގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ހިމެނޭ ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ތިއެމިން، އަދި ޕެންތޮނިކް އެސިޑް ފަދަ ވިޓަމިން ތައް ހުރެއެވެ.
ކޮޕީ ފަތުގައި ކެލްސިއަމް އެކުލެވިގެން ވެއެވެ. ކެލްސިއަމް އަކީ ދަތުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ކަށިފީވުމުން ރައްކާތެރިކޮށްދޭނެ މާއްދާ އެކެވެ.
މައުލޫމާތު :


No comments:

Post a Comment