Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް 4ވަނަ މަސް



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ހަތަރުވަނަ މަސް
މިހާރު ތުއްތު ދަރިފުޅުގެ ދިގުމިނުގައި 5.5 އިންޗި ހުންނާނެ އެވެ. ބަރުދަނުގައި ގާތްގަނޑަކަށް 5 އައުންސް ވަރު (140ގްރާމް) ހުންނާނެ އެވެ. ކަށިތައް ރަބަރު ފަދަ މަޑުކަށިން، ހަރުކަށްޓަށް ބަދަލުވާން ފަށާނެއެވެ. މިދުވަސްވަރު ކުޑަދަރިފުޅުގެ ހަށިގަނޑު ހުންނަނީ ސާފު ފިޔާތޮށި ކުލައަށެވެ. ބުމަޔާއި އެސްފިޔަތައް ފާޅުވާން ފަށައެވެ. ކުއްޖާގެ މޫނު ބޮޑުވަމުން އާދެއެވެ. ކުއްޖާގެ ބޮޑުމިނުގެ(ސައިޒުގެ) ދެބައިކޮށްފައި އެއްބައި ހިއްސާ ކުރަނީ ބޮލެވެ. ކަރު އާދަޔާޚިލާފަށް ދިގެވެ.
ކުޑަކުއްޖާ ގުޑުން، ހެލިފެލިވެ އުޅުން، ނިދުން، ހޭލުން، ދިރުވުން، ފަދަ ކަންތައް ކުރަން ފަށައެވެ. މިކަމުގެ ސަބަބުން މައިމީހާ އަށް ދަށްބަނޑުގެ ތިރިން ލުއި އިހްސާސެއް ކުރެވޭނެއެވެ. މިއިހްސާސް އަށް ކިޔަނީ ''ކްއިކްނިންގ''(Quickening)އެވެ. މިއީ މައިމީހާއަށް ކުޑަދަރިފުޅުގެ އިހްސާސް ފުރަތަމަ ކުރެވޭ ދުވަސްވަރެވެ. ހަތަރުވަނަ މަސް ނިމޭ ހިސާބު ކުއްޖާ 10-8އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 6އައުންސް ހުރެއެވެ.
·         ހެދިބޮޑުވަމުން އަންނަ ދަރިފުޅު އިތުރަށް ފުރިހަމަވަމުން އާދެއެވެ.
·         އަތާއި، އިނގިލިތައް ވެސް މިދުވަސްވަރު ފުރިހަމަ ވެއެވެ.
·         ކަށިތައް މަޑުމަޑުން ވަރުގަދަވާން ފަށައެވެ.
·         ފެންދުލީގެ ތެރޭގައި އޮވެގެން އޭގެ ފެންބުއިމުން ހީސް ވެސް އުފެދެން ފަށައެވެ. 
ހަތަރުވަނަ މަހުގައި ހިމެނެނީ :
·         17 ވަނަ ހަފްތާ
·         18 ވަނަ ހަފްތާ
·         19 ވަނަ ހަފްތާ
·         20 ވަނަ ހަފްތާ

ސަތާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 5 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 5 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ޓާނިޕެއް ވަރު  

ތުއްތު ދަރިފުޅުގެ ރަބަރުހެން ހުރި މަޑުކަށިތައް މަޑުމަޑުން ހަރުވާން ފަށާނެއެވެ. މަހާއި ގުޅިފައިވާ ފޫޅުދަނޑި، ހެދިބޮޑުވެ، ފަލަވެ، ވަރުގަދަވަމުންދާނެއެވެ. ތުއްތު ދަރިފުޅަށް ހުރިހާ ހުޅުތަކެއް ހަރަކާތް ކުރެވޭނެ އެވެ. މިދުވަސްވަރު ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ދާބޭރުކުރާ ގޮށްތައް އުފެދެން ފަށާނެ އެވެ.
ސަތާރަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ކަންފަތް : ތުއްތު ދަރިފުޅުގެ އަޑުއިވުމުގެ ހިއްސު އަންނާނީ އުފެދެމުންނެވެ. 

އުޅަބޮށި ހުޅު : ތުއްތު ދަރިފުޅަށް ހުރިހާ ހުޅުތަކެއް ހަރަކާތް ކުރެވޭނެ އެވެ. ރަބަރުހެން ހުރި މަޑުކަށިތައް މަޑުމަޑުން ހަރުވާން ފަށާނެއެވެ. 

ފޫޅު ދަނޑި : މަހާއި ގުޅިފައިވާ ފޫޅުދަނޑި، ހެދިބޮޑުވެ، ފަލަވެ، ވަރުގަދަވަމުންދާނެއެވެ. 

ސަތާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ކަށިތަކާއި، ހުޅުތައް ހަރަކާތްކުރާނެ އެވެ. ކުރިން މަޑުކަށިތަކެއް ހުރި ކަށިތައް މިހާރު ހަރުވާން ފަށާނެ އެވެ. މަހާއި ގުޅިފައިވާ ފޫޅުދަނޑި، ހެދިބޮޑުވެ، ފަލަވެ، ވަރުގަދަވަމުންދާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ޓާރނިޕެއް ވަރެވެ.

އަށާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½5 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 7 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ބޮޑުމިރުސް (ބެލްޕެޕަރ) ވަރު 

ތުއްތު ދަރިފުޅު އުޅޭނީ އަތްފައި ހަރަކާތް ކުރުމުގައި އަވަދިނެތި އެވެ. ކަންފަތް ހުންނާނީ އޭގެ އާޚިރު މަގާމަށް ގޮސްފައެވެ. ލޭހޮޅިތައް ހަމުގެ ދަށުން ފެންނަށް ހުންނާނެ އެވެ. ނާރުތަކުގެ ވަށައިގެން ރައްކާތެރިވުމުގެ ގޮތުން ލެވޭ "މައިއެލިން ފަށަލަ" ލެވޭނެ އެވެ. ރަހިމުގައި އޮތީ އަންހެންކުއްޖެއްނަމަ، ބިސްދަތުރުކުރާ ހޮޅިއާއި، ރަހިމު އުފެދި، އޭގެ މަގާމުގައި ގާއިމުވާނެ އެވެ. ރަހިމުގައި އޮތީ ފިރިހެން ކުއްޖެއްނަމަ، ފިރިހެން ހަށި ފާހަގަވެ އެނގޭވަރު ވިޔަސް، ސްކޭންކުރާއިރު ފަހަރުގައި ނުފެނިދިއުމަކީ ވެދާނެ ގޮތެކެވެ.

އަށާރަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ލޭހޮޅިތައް : ތުއްތު ދަރިފުޅުގެ ލޭނާރުތަކާއި، ލޭހޮޅިތައް ހަމުގެ ދަށުން ފެންނަން ހުންނާނެ އެވެ.

ކަންފަތް : ކަންފަތް މިހާރު ހުންނާނީ ބޮލުތެރެއިން ނިކުމެ، އެހުންނަންޖެހޭ ތަނުގައެވެ.

ފައި : ތުއްތު ދަރިފުޅުގެ އުޅޭނީ އަތް ފައި ހަރަކާތްކުރުމުގައި އަވަދިނެތި އެވެ. ބަނޑު ތޮޅުމަކީ ތުއްތު ދަރިފުޅު އަތްފައި ހަރަކާތްކުރުމުން މައިމީހާއަށް ކުރެވޭ އިހުސާސެކެވެ. 

މަސް : ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ސްކޭން ކޮށްފާނެ އެވެ. އެއީ ކުޑަ ދަރިފުޅު ހެދިބޮޑުވާ ގޮތް ބެލުމަށްޓަކައެވެ. އަދި ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއް ހުރިތޯ އާއި، މަސް އޮތް ތަން ވެސް ސްކޭންގެ އެހީގައި ދެނެގަނެވިދާނެ އެވެ. 

އަށާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ އަތްފައި ހަރަކާތްކުރާނެ އެވެ. މައިމީހާއަށް ފަހަރުގައި ތުއްތު ދަރިފުޅުގެ މިހަރަކާތްތައް ތޮޅުމުގެ ސިފައިގައި އިހުސާސް ކުރެވިދާނެ އެވެ. ނާރުތަކުގެ ވަށައިގެން ރައްކާތެރިވުމުގެ ގޮތުން ލެވޭ "މައިއެލިން ފަށަލަ" ލެވޭނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ބެލްޕެޕަރ (ބޮޑުމިރުސް) އެއް ވަރެވެ.

ނަވާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 6 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½8 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ގަދީމީ ޓޮމާޓޯއެއް ވަރު 

ތުއްތު ދަރިފުޅަށް އިހުސާސް ގެނެސްދޭ ނާރުތަކުގެ ނިޒާމު މިހާރު އުފެދެން ފަށާނެ އެވެ. މިއީ ތުއްތު ދަރިފުޅުގެ އިހުސާސްތައް އުފުލައިދޭ ބައިތައް އުފެދުމުގައި އެންމެ މުހިއްމު ދުވަސްވަރެވެ. ތުއްތު ދަރިފުޅުގެ ސިކުނޑިން ބީހުން، އަޑުއިވުން، ފެނުން، ވަސްދުވުން، އަދި ރަހަލުން ފަދަ ކަންކަމަށް ޚާއްޞަ ހިސާބުތައް ކަނޑައަޅައި ނިންމާނެއެވެ. ބައެއް ހޯދުންތައް ހެކިދޭގޮތުގައި ފަހަރުގައި ތިބާ ދައްކާ ވާހަކަ ތުއްތު ދަރިފުޅަށް އަޑުއިވިދާނެ އެވެ. އެހެންކަމުން މިދުވަސްވަރު ބަނޑުގައި ތުއްތު ދަރިފުޅު އޮތް ނަމަވެސް މައިމީހާއަށް އެދަރިފުޅާއި މުޚާތަބުކޮށް ވާހަކަ ދައްކައި، ލަވަކިޔައިދީ ހެދިދާނެއެވެ. އަތްފައި ހުންނާނީ އޭގެ މަގާމުގައެވެ. 

ނަވާރަވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ސިކުނޑި : މިއީ ތުއްތު ދަރިފުޅުގެ އިހުސާސްތައް އުފުލައިދޭ ބައިތައް އުފެދުމުގައި އެންމެ މުހިއްމު ދުވަސްވަރެވެ. ތުއްތު ދަރިފުޅުގެ ސިކުނޑިން ބީހުން، އަޑުއިވުން، ފެނުން، ވަސްދުވުން، އަދި ރަހަލުން ފަދަ ކަންކަމަށް ޚާއްޞަ ހިސާބުތައް ކަނޑައަޅައި ނިންމާނެއެވެ.

ފައި : ތުއްތު ދަރިފުޅުގެ އަތްފައި މިހާރު ހުންނާނީ ހަށިގަނޑުގެ އެހެން ބައިތަކެކޭ އެއްފަދައިން (އެބައިތަކާ އެއްވަރަށް) އުފެދި ބޮޑުވެފައެވެ. 

ބޮލުގެ ހަން : ބޮލުގެ ހަމުގައި އިސްތަށި ފަޅަން ފަށާނެ އެވެ. 

ރަހިމު : ދަށްބަނޑުގައި ބައެއް ފަހަރު ތަދެއް ހުރެފާނެ އެވެ. މިއީ ރަހިމު ހިފަހައްޓައިދޭ ލިގަމެންޓްތައް ދެމުމުން ދިމާވެދާނެ ކަމެކެވެ.

ނަވާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބީހުން، އަޑުއިވުން، ފެނުން، ވަސްދުވުން، އަދި ރަހަލުން ފަދަ އިހުސާސްތައް މިހާރު ދާނީ އުފެދެމުންނެވެ. ފަހަރުގައި ތިބާ ދައްކާ ވާހަކަ އަޑުއިވިދާނެ އެވެ. އެހެންކަމުން މިދުވަސްވަރު ބަނޑުގައި ތުއްތު ދަރިފުޅު އޮތް ނަމަވެސް މައިމީހާއަށް އެދަރިފުޅާއި މުޚާތަބުކޮށް ވާހަކަ ދައްކައި، ލަވަކިޔައިދީ ހެދިދާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް "ގަދީމީ" ޓޮމާޓޯ އެއްވަރެވެ. 

ވިހިވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 1/2 6 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½10 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ދޮންކެޔޮ ވަކެއް ވަރު
ތުއްތު ދަރިފުޅު ރަހިމުގައި ހޭދަކުރާ ފުރަތަމަ 20 ހަފްތާގެ ތެރޭގައި ބޮލުން ފެށިގެން ފައިގެ އިނގިލިތަކާއި ހަމައަށް ދިގުމިން ނެގުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ މިމުއްދަތުގައި ތުއްތު ދަރިފުޅު އޮންނާނީ ފައި ކުރުގަޅުވާލައިގެން، ބޮދައިގެން ކަމަށްވާތީ އެވެ. 

މިދުވަސްވަރު ތުއްތު މާގިނައިން ފެންދުލީގައި ހުންނަ ފެން ބޯނެއެވެ. މިއީ ތުއްތު ދަރިފުޅު ހަޖަމުކުރަން ދަސްކުރުމަށް ލިބިދޭ ފަރިތަކުރުމެކެވެ. ތުއްތު ދަރިފުޅުގެ ބޮޑު ގޮހޮރުގައި ބޮޑުކަމު ނަޖިސް ޖަމާކުރަމުން ގެންދާނެއެވެ. ބޮޑުކަމު ނަޖިސް ހުންނާނީ ތަތްކޮށް ކަޅުކުލައިގައެވެ. ތުއްތު ދަރިފުޅު އުފަންވުމުން ފުރަތަމަ އަންނަ ބޮޑުކަމު ނަޖިހަކީ މިއީ އެވެ. 

ވިހިވަނަ ހަފްތާ : ތުއްތު ދަރިފުޅު ސިފަވާގޮތް
ބޮޑު ގޮހޮރު : ތުއްތު ދަރިފުޅުގެ ބޮޑު ގޮހޮރުގައި ބޮޑުކަމު ނަޖިސް ޖަމާކުރަމުން ގެންދާނެއެވެ. ތަތްކޮށް، ކަޅުކުލައިގައި ހުންނަ ތުއްތު ދަރިފުޅުގެ ބޮޑުކަމު ނަޖިހުގައި އެކުލެވެނީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ އެތެރޭ ބައިތަކުން ނެއްޓިދާ ސެލްތަކާއި، ހަޖަމީ ދިޔަތަކާއި، ތުއްތު ދަރިފުޅަށް ދިރުވޭ ފެންދުލީގައި ހުންނަ ފެނެވެ. ތުއްތު ދަރިފުޅު އުފަންވުމުން ފުރަތަމަ އަންނަ ބޮޑުކަމު ނަޖިހަކީ މިއީ އެވެ. 

ހަން : ތުއްތު ދަރިފުޅުގެ މުޅި ހަމުގައި މިހާރު ހުންނާނީ ކިނދު ހޭކިފައެވެ. ކިނދަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އުގުޅިފައި ހުންނަ ހުދު ކުލައިގެ ތެޔޮ، ތަތް އެއްޗެކެވެ. ތުއްތު ދަރިފުޅު ފެންދުލީގައި ހޭދަކުރާ ދިގު މުއްދަތުގެ ތެރޭގައި، ތުއްތު ދަރިފުޅުގެ ހަން ހިމާޔަތްކޮށްދޭ އައްޑަނަ އަކީ ކިނދެވެ. 

ރަހިމު : ރަހިމުގެ މަތީބައި (ފަންޑަސް) މިހާރު ހުންނާނީ ފޫޅާއި އެއްހަމައެއްގައެވެ. 

ވިހިވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅަށް މިހާރު ކާތަކެތި ދިރުވައި ހެދޭނެއެވެ. ހަޖަމުކުރާ ނިޒާމުން ބޮޑުކަމު ނަޖިސް އުފައްދާނެއެވެ. ތަތްކޮށް، ކަޅުކުލައިގައި ހުންނަ ތުއްތު ދަރިފުޅުގެ ބޮޑުކަމު ނަޖިހަކީ އުފަންވުމަށްފަހު ފުރަތަމަ އަންނަ ބޮޑުކަމު ނަޖިހެވެ. ބައެއް ފަހަރު ވިހެއުމުގެ ތެރޭގައި މިނަޖިސް ފުރަގަސް ފަރާތުން ބޭރުވެދާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ދޮންކެޔޮ ވަކެއް ވަރެވެ.
މައުލޫމާތު :




No comments:

Post a Comment