Friday, September 16, 2011

ކުއްޅަވައް

ކުއްޅަވައް
ކުއްޅަވައް އަކީ ބިޔަގަހެއްގައި އަޅާ ހުތް ކިހަސް މޭވާ އެކެވެ. މިހުންނަނީ މަތީގައި ބޮޑު ތާފަތެއް ލާފައި، ފުލުގައި ބޮޑުު ނަގުލަށް ހުންނަ ނަރެއް ލައިފައެވެ. ކުއްޅަވައް ގަހަކީ އާންމުކޮށް ފާފަލުގައި ހެދޭ ގަހެކެވެ. 

ދިވެހި ނަން : ކުއްޅަވައް
އިގިރޭސި ނަން : Mangrove Apple
ޢިލްމީ ނަން : Sonneratia Caseolaris /  Sonneratia Alba





ކުއްޅަވައް އިން ލިބޭ ބައެއް  ޞިއްޙީ ފައިދާތައް
·         އެންޓި އޮކްސިޑެންޓް ތައް : ކުއްޅަވައް ގެ ބައެއް ވައްތަރުން ސައިންސްވެރިން ވަނީ އެންޓި އޮކްސިޑެންޓް ހޯދާފައެވެ. އެގޮތުން ހޯދާފައިވާ ދެ އެންޓި އޮކްސިޑެންޓް އަކީ ފްލޭވޮނޮއިޑްގެ ދެބާވަތް ކަމުގައިވާ "ލޫޓިއޯލިން"(Luteolin) އަދި "ލޫޓިއޯލިން -7-ބީޓާ ގުލޫކޯސައިޑް"(Luteolin -7-Beta glucosides) އެވެ. މިބާވަތުގައި ވެސް އެންޓި އޮކްސިޑެންޓެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ގާބިލްކަން ހުންނަކަންވަނީ ހޯދިފައެވެ. އެންޓި އޮކްސިޑެންޓް ތަކަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، އުމުރުން ދުވަސްވުން ލަސްކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. އެހެންކަމުން މިއީ ކެންސަރު އަދި ޓިއުމަރާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެހީތެރިވެދީފާނެ މޭވާއެއް ކަމުގައިވަނީ ބެލެވިފައެވެ.

·         ވައިރަސް އަދި ބެކްޓީރިޔާ ފަދަ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައި ވެއެވެ. އެހެންކަމުން ވައިރަސް އަދި ބެކްޓީރިޔާ ފަދަ ޖަރާސީމްތަކުން ދުރުވެ ހުރުމަށް، ނުވަތަ އެފަދަ ބައްޔެއްޖެހިއްޖެނަމަ، މިމޭވާ ބޭނުންކުރުމުން އަވަހަށް ފަސޭހަވާ ކަމަށް ބުނެވެއެވެ.
 
·         ކުރީ ޒަމާނުގައި : ކުއްޅަވައް ގަހުގެ ބައިތައް ބޭނުންކޮށްގެން :-
o       ކުއްޅަވައް ޖޫސް ލޭމަނާކުރުމުގައި ބޭނުންކޮށްފައި ވެއެވެ.
o       ދުޅައާއި، ތަދާއި، ރިހުން ފިލުވުމަށް ބޭނުންކޮށްފައި ވެއެވެ.
o       ކުއްޅަވައް ފަތް ޗިސްކޮށް، ލޮނާއި އެއްކޮށްގެން ކަނޑައިގެންދާ ތަންތަނާއި، ހަންމަށައިގެން ދާތަންތަނުގައި އަދި ނޫފައިގަންނަ ތަންތަނުގައި އަޅައެވެ.
o       ބަނޑުގައި އަށަގަންނަ ފަނި ބޭރުކުރުމަށް ބޭނުން ކުރެއެވެ.
o       ޅަކުއްޅަވައް ޖޫސް ކެއްސުން ލުއިކުރުމަށް ދީއުޅުނެވެ.
o       ފަތް ހިމުންކޮށްގެން ކުޑަކަމުދާ ތަކެތީގައި ލޭހުރުމާއި، ކަށިވިދުރިއަށް ފަރުވާކުރުމަށް ބޭނުންކޮށްފައި ވެއެވެ.
o       ފުރަގަސް ފަރާތު ބައްޔަށް ފަރުވާކުރުމަށް ވެސް ބޭނުންކޮށްފައި ވެއެވެ.

·         ދިރާސާތަކުން : މިހާތަނަށް ހެދިފައިވާ ދިރާސާތަކުން އަންނަނިވި ބައިތައް އެކުލެވިގެންވާކަމަށް ހޯދިފައި ވެއެވެ.
o       ކާރޑިއެކް ގްލައިކޯސައިޑްސް
o       ފްލޭވޮނޮއިޑްސް
o       އެލްކަލޮއިޑްސް
o       ކާބޯހައިޑްރޭޓްސް
o       ފީނޯލިކް ކަމްޕައުންޑްސް
މައުލޫމާތު:-

No comments:

Post a Comment