Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 17ވަނަ ހަފްތާ



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ސަތާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 5 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 5 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ޓާނިޕެއް ވަރު 

ތުއްތު ދަރިފުޅުގެ ރަބަރުހެން ހުރި މަޑުކަށިތައް މަޑުމަޑުން ހަރުވާން ފަށާނެއެވެ. މަހާއި ގުޅިފައިވާ ފޫޅުދަނޑި، ހެދިބޮޑުވެ، ފަލަވެ، ވަރުގަދަވަމުންދާނެއެވެ. ތުއްތު ދަރިފުޅަށް ހުރިހާ ހުޅުތަކެއް ހަރަކާތް ކުރެވޭނެ އެވެ. މިދުވަސްވަރު ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ދާބޭރުކުރާ ގޮށްތައް އުފެދެން ފަށާނެ އެވެ. 


 
ސަތާރަވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ކަންފަތް : ތުއްތު ދަރިފުޅުގެ އަޑުއިވުމުގެ ހިއްސު އަންނާނީ އުފެދެމުންނެވެ. 

އުޅަބޮށި ހުޅު : ތުއްތު ދަރިފުޅަށް ހުރިހާ ހުޅުތަކެއް ހަރަކާތް ކުރެވޭނެ އެވެ. ރަބަރުހެން ހުރި މަޑުކަށިތައް މަޑުމަޑުން ހަރުވާން ފަށާނެއެވެ. 

ފޫޅު ދަނޑި : މަހާއި ގުޅިފައިވާ ފޫޅުދަނޑި، ހެދިބޮޑުވެ، ފަލަވެ، ވަރުގަދަވަމުންދާނެއެވެ. 

ސަތާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ކަށިތަކާއި، ހުޅުތައް ހަރަކާތްކުރާނެ އެވެ. ކުރިން މަޑުކަށިތަކެއް ހުރި ކަށިތައް މިހާރު ހަރުވާން ފަށާނެ އެވެ. މަހާއި ގުޅިފައިވާ ފޫޅުދަނޑި، ހެދިބޮޑުވެ، ފަލަވެ، ވަރުގަދަވަމުންދާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ޓާރނިޕެއް ވަރެވެ.
މައުލޫމާތު :


No comments:

Post a Comment