Wednesday, May 27, 2015

ދޮނަޅަ

ދޮނަޅަ
ޒުވާރި އަކީ ވެސް ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ބާވަތެކެވެ.
ދިވެހި ނަން : ދޮނަޅަ
އިގިރޭސި ނަން : Sorghum
ޢިލްމީ ނަން : Sorghum vulgare
ދޮނަޅައިގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
338.9ކިލޯކެލަރީ
ކާބޯހައިޑްރޭޓް
75 ގްރާމް
ޕްރޮޓީން
11.3ގްރާމް
ފެޓް
3.3ގްރާމް
ފައިބަރު
6.3ގްރާމް
ނިއެސިން
2.93 މިލިގްރާމް
ރައިބޯފްލޭވިން
0.14 މިލިގްރާމް
ތިއެމިން
0.24 މިލިގްރާމް
ސޯޑިއަމް
6 މިލިގްރާމް
ޕޮޓޭސިއަމް
350 މިލިގްރާމް
ކެލްސިއަމް
28 މިލިގްރާމް
ދަގަނޑު
4.4 މިލިގްރާމް

ދޮނަޅައިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ހަޖަމުކުރުމަށް އެހީތެރިދިނުން : ދޮނަޅަ އަކީ ކާނާގައި ހިމެނޭ ފައިބަރު އެންމެ ގިނައިން ހުންނަ އެއް ގޮވާމުގެ ބާވަތެވެ. އެންމެ ދޮނަޅަ މުށެއްގައި ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ފައިބަރުގެ %48 ހުރެއެވެ. މީގެ މާނައަކީ ކާތަކެތި ރަގަޅަށް ހަޖަމުވެ ދައުރުވަމުން ދިއުމާއި، ބަނޑުގައި ގޭސްހެދުން، ބަނޑަށް އުދަނގޫވުން، ބަނޑުހަރުވުން، ފަދަ އުދަނގޫތައް ލުއިކޮށްދިނުމެވެ. އެހެންކަމުން މިއީ ބަނޑުހަރުވުން ކުރިމަތިވެފައިވާ މީހުންނަށް ވެސް ބޭނުންކުރެވިދާނެ ބާވަތެކެވެ. 

ކެންސަރުން ރައްކާތެރިކޮށްދިނުން : ކަޅުކުލައިގައި ހުންނަ ދޮނަޅައިގައި "3 ޑިއޮކްސީއެންތޮކްސީއެނިން" ކިޔާ މާއްދާ އެއް ހުރެއެވެ. މިމާއްދާ މަދު މިންވަރަކަށް ހުދު ކުލައިގެ ދޮނަޅައިގައި ވެސް ހުރެއެވެ. މިސޫރީ ޔުނިވަސިޓީގެ އިލްމުވެރިން ހަދާފައިވާ ދިރާސާއަކުން އެނގިފައިވާގޮތުގައި ދޮނަޅައިގައި ހުންނަ މިމާއްދާގެ ސަބަބުން ގޮހޮރުގެ ކެންސަރުގެ ސެލްތައް ހެދިބޮޑުވުން ކުޑަކޮށް ދެއެވެ. މީގެ އިތުރުން ދޮނަޅަ ތޮށީގައި ހުންނަ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ކާތަކެތީގެ ހޮޅީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމަށް ވެއެވެ. އެންޓިއޮކްސިޑެންޓް ތަކަކީ ދުޅަހެޔޮ ސެލްތައް، ކެންސަރުގެ ސެލްތަކަށް ބަދަލުކޮށްލާ، ފްރީރެޑިކަލް ތައް "ނިއުޓްރަލައިޒް"ކޮށް، ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. 


ހަކުރު ބަލިން ރައްކާތެރިކޮށްދިނުން : ޖޯޖިއާ ޔުނިވަސިޓީ އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދޮނަޅައިގެ ބޭރު ތޮށީގައި ގިނަ އަދަދަކަށް ފީނޯލިކް އެސިޑް، އަދި އެންޓިއޮކްސިޑެންޓް ހުންނަ ދޮނަޅަ ބޭނުންކުރުމުން ހަކުރުގެ މޮލާރި ތަކާ، ޕްރޮޓީން ނުވަތަ ސަރުބީގެ މޮލާރިތަކާ އެއްވުން ކުޑަކޮށްދެއެވެ. މިނަތީޖާއިން އަންގައިދެނީ ބައެއް ވައްތަރުގެ ދޮނަޅަ ބޭނުންކުރުމުން ލޭގައި ހަކުރުގެ މިންވަރު ދަށްވުމަށް އެހީތެރިވެދީފާނެ ކަމެވެ. ޓެނިން އިން މުއްސަދި ދޮނަޅައިގައި "ސްޓާރޗް" ހަށިގަނޑަށް ނަގައިދިނުމަށް ހުރަސްއަޅާ އެންޒައިމެއް ހުރެއެވެ. މިއީ ހަށިގަނޑުގައި އިންސިއުލިންގެ މިންވަރާއި، ހަކުރުގެ މިންވަރު، ތަންޒީމުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހަށިގަނޑުގައި އިންސިއުލިން އަދި ހަކުރުގެ މިންވަރު ތަންޒީމު ކުރެވިފައި ހުންނަ ނަމަ، ހަކުރު ބަލީގެ މީހުންނަށް ދޭތެރެ ދޭތެރެއިން ކުރިމަތިވާ ހަކުރު މަތިވެ، ދަށްވުމުގެ މައްސަލަ ކުރިމައްޗެއް ނުވާނެ އެވެ. 

ސަރުބީގެ މިންވަރު ދަށްކޮށްދިނުން : ދޮނަޅައިގައި ގިނަ އަދަދަކަށް ފައިޓޯކެމިކަލްތައް އެކުލެވޭތީ، ނެބްރަސްކާ ޔުނިވަސިޓީގެ އިލްމުވެރިން ދޮނަޅަ ބޭނުންކޮށްގެން ސަރުބީގެ މިންވަރު ދަށްކުރެވިދާނެތޯ ބެލުމަށް ދިރާސާއެއް ހެދިއެވެ. މިދިރާސާ ހެދުމަށް ގާތްގަނޑަކަށް އެއް މަސް ދުވަހުގެ މުއްދަތަށް މުގޮށި މީދަލުގެ ވައްތަރަކަށް އެކި މިންވަރަށް ސަރުބީ ހުރި ދޮނަޅަ ކާންދެވުނެވެ. ދިރާސާއިން ފާހަގަވިގޮތުގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު އެމުގޮށި މީދާތަކުގެ ހަށިގަނޑުގައި ދަށްވެގެން ދިޔައެވެ. އެހެންކަމުން ދޮނަޅަ އަކީ ސަރުބީ ދަށްކުރުމަށް ކެއުމުގައި ހިމެނިދާނެ ގޮވާމުގެ ބާވަތެއްކަމަށް ނިންމުނެވެ. 

ސިލިއެކް ޑިޒީޒް ހުންނަ މީހުން : ދޮނަޅައަކީ ސިލިއެކް ޑިޒީޒް ހުންނަ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ގޮވާމެކެވެ. ސިލިއެކް ޑިޒީޒް އަކީ ފުށް، ބާރުލީ ފަދަ ގޮވާމުގެ ބާވަތްތަކުގައި ހުންނަ "ގުލޫޓަން" ކިޔާ ޕްރޮޓީން އަކާ ނުގުޅުމުން ފެންމަތިވާ ބައްޔެކެވެ. ދޮނަޅައަކީ ސިލިއެކް ޑިޒީޒް ހުންނަ މީހުންނަށް ރައްކާތެރި އެއްޗެއްކަމަށް ގަބޫލުކުރެވިފައިވިޔަސް، އިޓަލީގައި މިކަން ޔަގީންކުރުމުގެ ގޮތުން 5 ދުވަސްވަންދެން ދޮނަޅައިން ތައްޔާރުކުރެވިފައި ހުރި ކާތަކެތި ސިލިއެކް ޑިޒީޒް ހުންނަ މީހުންތަކަކަށް ދެވުނެވެ. 5 ދުވަސް ވީއިރު ވެސް ސިލިއެކް ޑިޒީޒް ހުރި މީހުންގެ ފުށުން ބަލީގެ އަލާމާތެއް (މޭނުބައިކުރުން، ހޮނޑުލުން، ބޭރަށްހިންގުން ފަދަ) ފެނިފައެއް ނުވެއެވެ. އަދި ލޭގައި ސިލިއެކް ޑިޒީޒްހުރިކަން އަންގައިދޭ މާއްދާ ( އެންޓި-ޓްރާންސްގުލޫޓަމިނޭޒް އެންޓިބޮޑީޒް ) ތަކުގެ މިންވަރު ވެސް އިތުރުވެފައެއް ނުވެއެވެ. 

ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން : ދޮނަޅައިގައި މެގްނީޒިއަމް ގިނަ އަދަދަކަށް ހުރެއެވެ. މީގެ މާނައަކީ ހަށިގަނޑުގައި ކެލްސިއަމް ގެ މިންވަރު އެކަށޭނަ ވަރެއްގައި ހިފަހައްޓައިދިނުމެވެ. އެހެނީ މެގްނީޒިއަމް އަކީ ހަށިގަނޑަށް ކެލްސިއަމް ނެގުން އިތުރުކޮށްދޭ މާއްދާ އެކެވެ. މެގްނީޒިއަމް އަދި ކެލްސިއަމް އަކީ ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ކަށިތަކުގެ ހެދިބޮޑުވުމުގައި ބައިވެރިވެ، ބިނދި ރެނދުލާފައިވާ ކަށިތައް އަވަހަށް ރަގަޅުކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެހެންކަމުން ދޮނަޅަ ބޭނުންކުރުމަކީ ކަށިފީވުމުން މިންޖުކޮށްދީ، ހުޅުދުޅަވުން ފަދަ ބަލިތަކުން ދުރުވެހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

ލޭދައުރުކުރުމާއި، ލޭގެ ރަތް ސެލްތައް ހެދިބޮޑުވުމަށް އެހީތެރިވެދިނުން : ދޮނަޅައިގައި ދަގަނޑު، އަދި ކޮޕަރ ހުރެއެވެ. ކޮޕަރ އަކީ ކާތަކެތިން ހަށިގަނޑަށް ދަގަނޑު ނަގައިދިނުމުގައި ބައިވެރިވާ މާއްދާ އެކެވެ. އެހެންކަމުން ދޮނަޅަ ބޭނުންކުރާނަމަ، ދަގަނޑު އުނިވުމުގެ ސަބަބުން ލޭމަދުވުން ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ އެވެ. ހަށިގަނޑުގައި އެކަށޭނަ ވަރަށް ދަގަނޑާއި، ކޮޕަރ އެކުލެވޭނަމަ، ލޭގެ ރަތްސެލްތައް ހެދިބޮޑުވުން އިތުރުވެ، ރަގަޅުވެ، ލޭދައުރުވުން ރަގަޅުވެގެންދާނެ އެވެ. މީގެ އިތުރުން ސެލްތައް ހެދިބޮޑުވުމާއި، ސެލްތައް މަރާމާތުކުރުމަށް އެހީތެރިވެދީ، ބޮލުން އިސްތަށިފެޅުން އިތުރުކޮށްދީ، ހަށިގަނޑުގައި ހަކަތައިގެ މިންވަރު އިތުރުކޮށްދެއެވެ. ދޮނަޅައިގެ އެންމެ މުށެއްގައި ދުވާލެއްގެ މައްޗަށް ބޭނުންވާ %58 ގެ ކޮޕަރ އެކުލެވިގެން ވެއެވެ. 

ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދިނުން : ދޮނަޅައިގައި ނިއެސިން (ވިޓަމިންބީ6) ހުރެއެވެ. ނިއެސިން އަކީ ކާތަކެތި ހަކަތައަށް ބަދަލުކުރުމުގައި ބައިވެރިވާ އަސާސީ މާއްދާ އެކެވެ. ކާތަކެތި ހަކަތައަށް ބަދަލުކުރެވިގެން މެނުވީ ކާތަކެތީގެ ސަބަބުން ހަށިގަނޑުގައި ވަރެއް ނުޖެހޭނެ އެވެ. ދޮނަޅައިގައި ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ނިއެސިންގެ %28 ހުރެއެވެ. އެހެންކަމުން ދޮނަޅަ ބޭނުންކުރުމަކީ ހަށިގަނޑުގައި ހަކަތައާއި، ބާރު ޖައްސައިދޭނެ ކަމެކެވެ. 

މައުލޫމާތު :

No comments:

Post a Comment