Wednesday, May 27, 2015

ހުދު ހަނޑޫ

ހުދު ހަނޑޫ
ހުދު ހަނޑުލަކީ ހަނޑުލުގެ ވައްތަރެކެވެ. މިއީ ގޮވާމުގެ ބާވަތެކެވެ. ހަނޑޫ އާއްމު ގޮތެއްގައި ބޭނުންކުރަނީބަތްކައްކާށެވެ. ނަމަވެސް ހަނޑޫ ބޭނުންކޮށްގެން ދިވެހިން ތަފާތުބާވަތްތަކުގެ ކާނާ ތައްޔާރު ކުރާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ތަފާތުވައްތަރުގެ ފޮނި ހެދިކާ، ކުޅި ހެދިކާ ފަދަ ތަކެތި ތައްޔާރުކުރުން، ތަފާތުވައްތަރުގެ ކަނދި، ބަތްޕެން ފަދަ ތަކެތި ތައްޔާރުކުރުން ހިމެނެއެވެ. ހަނޑުލަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި މައިގަނޑު ކެއުމުގެ ތެރޭގައިހިމެނޭ ގޮވާމުގެ ބާވަތެއްކަން ފާހަގަ ކުރެވެއެވެ. ހަނޑުލުގެ މައިގަނޑުގޮތެއްގައި ހުންނަކަން ފާހަގަކުރެވިފައިވަނީ ދެބާވަތެވެ. އެއީ ހުދު ހަނޑުލާއި، ރަތް ހަނޑުލެވެ.
ދިވެހި ނަން : ހުދު ހަނޑޫ
އިގިރޭސި ނަން : White rice (Asian Rice)
ޢިލްމީ ނަން : Oryza (Oryza Sativa)
ހުދު ހަނޑުލުގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
365 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
80 ގްރާމް
ޕްރޮޓީން
7.1 ގްރާމް
ފެޓް
0.66 ގްރާމް
ފައިބަރު
1.3 ގްރާމް
ނިއެސިން
1.6 މިލިގްރާމް
ރައިބޯފްލޭވިން
0.05 މިލިގްރާމް
ތިއެމިން
0.07 މިލިގްރާމް
ޕެންތޯނިކް އެސިޑް
1.01 މިލިގްރާމް
ޕައިރިޑޮކްސިން
0.16 މިލިގްރާމް
ފޮލިކް އެސިޑް
8 މައިކްރޯގްރާމް
ވިޓަމިން އީ
0.11 މިލިގްރާމް
ވިޓަމިން ކޭ
0.1 މައިކްރޯގްރާމް
ސޯޑިއަމް
5 މިލިގްރާމް
ޕޮޓޭސިއަމް
115 މިލިގްރާމް
ކެލްސިއަމް
28 މިލިގްރާމް
ދަގަނޑު
0.08 މިލިގްރާމް
މެގްނީޒިއަމް
25 މިލިގްރާމް
ފޮސްފަރަސް
115 މިލިގްރާމް
ޒިންކު
1.09 މިލިގްރާމް
ކޮޕަރ
0.22 މިލިގްރާމް
މެންގަނީޒް
1.09 މިލިގްރާމް
ސިލެނިއަމް
15.1 މައިކްރޯގްރާމް

ހުދު ހަނޑުލުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ހަށިގަނޑުގައި ވަރުޖައްސައިދިނުން : ހުދު ހަނޑުލަކީ ކާބޯހައިޑްރޭޓުން މުއްސަދި ގޮވާމުގެ ބާވަތެކެވެ. އެހެންކަމުން މިއީ ހަށިގަނޑުގައި ހަކަތައާއި، ވަރު ޖައްސައިދީ، ސިކުނޑީގެ މަސައްކަތް ބަރާބަރަށް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ބާވަތެކެވެ. 

ހަށިގަނޑުގެ ބައްޓަން ރަގަޅުކޮށްދިނުން : ހުދު ހަނޑުލުގައި ހަށިގަނޑުގެ މަސްތައް ހެދިބޮޑުވުމަށް ބޭނުންވާ ތަފާތު އެމިނޯއެސިޑް ތައް ހުރެއެވެ. އެމިނޯއެސިޑް ތަކަކީ ހަށިގަނޑުގެ އެކިއެކި ޓިޝޫތައް ހެދިބޮޑުވުމުގައި ބައިވެރިވާ މާއްދާ ތަކެކެވެ. އެހެންކަމުން ހަށިގަނޑު ބައްޓަން ރަގަޅުކޮށް، ދުޅަހެޔޮކޮށް ހުރުމަށް ކެއުމުގައި ހަނޑޫ(ބަތް) ހިމެނިދާނެ އެވެ. ހަނޑު(ބަތް)ލަކީ ހަމައެކަނި ތަރުކާރީ ކައިގެން އުޅޭ މީހުންނަށް ތަރުކާރީއާއެކު ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. 

ސަރުބީ ނުހުރުން : ހުދު ހަނޑުލަކީ ހަށިގަނޑަށް ފައިދާހުރި ބާވަތެކެވެ. ހުދު ހަނޑުލުގައި ސަރުބީ، ކޮލެސްޓްރޯލް، ނުވަތަ ސޯޑިއަމް (ލޮނެއް) ނުހުރެއެވެ. ނުވަތަ މިމާއްދާތައް ހުންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން ހަމަހަމަ ކެއުމެއް ޚިޔާރުކުރާއިރު އޭގައި ހަނޑޫ(ބަތް) ހިމެނުން މުހިއްމެވެ. ތެލާއި، ސަރުބީ އާއި ލޮނު މަދު ބާވަތެއް ޚިޔާރުކުރުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވެ، އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވުން ފަދަ ކަންކަމުން ދުރުކޮށްދޭނެ ކަމެކެވެ. އަދި ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ.


ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދިނުން : ހުދު ހަނޑުލުގައި ލޮނު މަދުން ހުރުމަކީ ލޭގެ ޕްރެޝަރު މަތި މީހުންނަށް ހަނޑޫ(ބަތް) ބޭނުންކުރުމުން މަންފާވާނެ ކަމެކެވެ. ލޮނަކީ ލޭހޮޅިތައް ހިމަކޮށް، ލޭހޮޅިތަކުގައި ލޭދައުރުވުން މަތިކޮށް، ލޭގެ ޕްރެޝަރު މަތިކޮށްދޭ މައުދަނެކެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ލޮނު މަދުން ހުންނަ ބާވަތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. 

ކެންސަރުން ރައްކާތެރިކޮށްދިނުން : ހުދު ހަނޑުލުގައި ތަފާތު އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. އެގޮތުން ހަނޑުލުގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން އޭ، ފީނޮލިކް ކަމްޕައުންޑް، އަދި ފްލޭވޮނޮއިޑް ކަމްޕައުންޑް ތައް ހިމެނެއެވެ. ހަނޑުލުގައި އެންޓިއޮކްސިޑެންޓް ތައް ހުރުމަކީ އޭގެ ސަބަބުން ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ހުދު ހަނޑުލުގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ހަނޑޫ ބޭނުންކުރުމުން ހަމުގައި ރޫޖެހުންކުޑަކޮށްދީ، ހަމުގެ ދުޅަހެޔޮކަން އިތުރުކޮށް ދެއެވެ. ކުރީ ޒަމާނުގައި ގަދީމީ ބޭސްވެރިކަމުގައި ހަމުގެ ބައެއް ކަހަލަ މައްސަލަތަކަށް ފަރުވާކުރުމަށް ހަނޑޫ ފުޑައިގެންނާއި، ބަތްޕެން ކައްކައިގެން ބޭނުންކޮށް އުޅުނުކަމަށް ބުނެވެއެވެ. 

ވިޓަމިން ތަކުން މުއްސަދިވުން : ހުދު ހަނޑުލުގައި ތަފާތު ވައްތަރުގެ ވިޓަމިން ތަކާއި، މައުދަންތައް ހުރެއެވެ. އެގޮތުން ހަނޑުލުގައި ހުންނަ ވިޓަމިން ތަކުގެ ތެރޭގައި، ނިއެސިން، ތިއެމިން، ރައިބޯފްލޭވިން، އަދި ވިޓަމިން ޑީ ހިމެނެއެވެ. ހަނޑުލުގައި ހުންނަ މައުދަން ތަކުގެ ތެރޭގައި ދަގަނޑު ހިމެނެއެވެ. ތަފާތު ވިޓަމިންތަކާއި މައުދަންތައް ތަކަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، އެކި ބަލިތަކުން ފަސޭހަވުމަށް އެހީތެރިވެދޭނެ މާއްދާ ތަކެކެވެ. 

ބޭރަށްހިންގުން : ހުދު ހަނޑުލުގައި ފައިބަރު މަދުން ހުރުމަކީ ބޭރަށްހިންގުން، ގޮހޮރުގައި ޖަރާސީމު އެޅުން، އަދި މާބަނޑުއިރު ހެދުނު މޭނުބައިކޮށް ހޮނޑުލެވުން ފަދަ އުދަނގޫތަކަށް ލުއިކަން ހޯދައިދިނުމުގައި ހަނޑޫ (ބަތް) ބޭނުންކުރުން އެހީއަކަށް ވާނެކަމެކެވެ. 

މައުލޫމާތު :

No comments:

Post a Comment