Wednesday, May 27, 2015

އޯޓު



ފިއްތި ގޮދަން
އޯޓު ނުވަތަ ފިއްތި ގޮދަނަކީ ފިއްތައިފައި ހުންނަ ގޮތަށް ހުންނަ ހިމަގޮދަނެވެ. މިއީ ހިމަގޮދަނުގެ ބާވަތެކެވެ.
ދިވެހި ނަން : ފިއްތިގޮދަން
އިގިރޭސި ނަން : Oat
ޢިލްމީ ނަން : Avena Sativa
ފިއްތި ގޮދަނުގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
390 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
66 ގްރާމް
ޕްރޮޓީން
17 ގްރާމް
ފެޓް
6 ގްރާމް
ފައިބަރު
11 ގްރާމް
ނިއެސިން
0.961 މިލިގްރާމް
ރައިބޯފްލޭވިން
0.139 މިލިގްރާމް
ތިއެމިން
0.763 މިލިގްރާމް
ޕެންތޯނިކް އެސިޑް
1.349 މިލިގްރާމް
ޕައިރިޑޮކްސިން
0.119 މިލިގްރާމް
ފޮލިކް އެސިޑް
56 މައިކްރޯގްރާމް
ސޯޑިއަމް
2 މިލިގްރާމް
ޕޮޓޭސިއަމް
429 މިލިގްރާމް
ކެލްސިއަމް
54 މިލިގްރާމް
ދަގަނޑު
4.72 މިލިގްރާމް
މެގްނީޒިއަމް
177 މިލިގްރާމް
ފޮސްފަރަސް
523 މިލިގްރާމް
ޒިންކު
3.97 މިލިގްރާމް
މެންގަނީޒް
4.916 މިލިގްރާމް

ފިއްތި ގޮދަނުން ލިއްބައިދޭ ބައެއް ޞިއްޙީ ފައިދާތައް
ލޭގައި ސަރުބީގެ މިންވަރު ދަށްކުރުން : އޯޓުގައި ކާނާގައި ހިމެނޭ ފައިބަރުގެ ދެވައްތަރު ވެސް ހުރެއެވެ. އެއީ ފެނަށްގިރޭ ފައިބަރާއި، ފެނަށްނުގިރޭ ފައިބަރެވެ. އޯޓުގައި ހުންނަ ފެނަށްގިރޭ ފައިބަރުގެ އެންމެ މުހިއްމު ވައްތަރަކީ "ބީޓާ ގުލޫކަން" އެވެ. މިއީ ލޭގެ ސަރުބީ ދަށްކޮށްދޭ ފައިބަރުގެ ވައްތަރެކެވެ. ފެނަށްގިރޭ ފައިބަރު ހަޖަމުކުރާ ނިޒާމުން ދައުރުވުމުގެ ތެރޭގައި ބައިބައިވެ، ކޮލެސްޓްރޯލް އާއި ގުޅުންހުރި މާއްދާތައް ހިފަހައްޓައިދޭ ޖެލް އެއް އުފައްދައެވެ. އެގޮތުން ހިފަހައްޓައިދޭ ކޮލެސްޓްރޯލް އާއި ގުޅުންހުރި މާއްދާ އަކީ ކޮލެސްޓްރޯލް ގިނައިން ހުންނަ ބައިލް އެސިޑް އެވެ. މިގޮތުން ފައިބަރު ބައިބައިވެގެން އުފެދޭ ޖެލް، ބައިލް އެސިޑް ހިފެހެއްޓުމުން، ލޭގެ ތެރެއަށް ކޮލެސްޓްރޯލް ދިއުން މަދުވެގެން ދެއެވެ. އެގޮތުން ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްވުމަކާ ނުލައި، ނުރަގަޅު ކޮލެސްޓްރޯލް ހިފެހެއްޓިގެންދެއެވެ. މީގެ އިތުރުން އޯޓުގައި ޓޮކޯޓްރައިއީނޯލް ކިޔާ އެންޓިއޮކްސިޑެންޓް އެއް ހުރެއެވެ. މިއީ ޓޮކޯފީރޯލް އާއި ގުޅިގެން ވިޓަމިން އީ އުފެއްދުމުގައި ބައިވެރިވާ މާއްދާ އެކެވެ. ޓޮކޯޓްރައިއީނޯލް އަކީ ކޮލެސްޓްރޯލް އުފެއްދުން މަދުކޮށް، ލޭގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. 


ލޭގައި ހަކުރުގެ މިންވަރު ހަމައަކަށް އެޅުވުން : އޯޓުގައި ހިމެނޭ ފެނަށްގިރޭ ފައިބަރު ބީޓާ ގުލޫކަން ގެ ސަބަބުން ކެއުމަށްފަހު ލޭގައި ހަކުރުގެ މިންވަރު މަތިވެގެން ދިއުން ދަށްކުރެއެވެ. އަދި ކެއުމުގެ ކުރިން ލޭގައި ހަކުރުގެ މިންވަރު ދަށްވުން ލަސްކުރެއެވެ. އޯޓުގައި ހުންނަ ފައިބަރު ބީޓާ ގުލޫކަން، ހަޖަމުވުމުން، ބަނޑާއި، ގޮހޮރުގައި ހުންނަ ތަކެތީގެ އޮލަކަން އިތުރުކޮށްދޭ ޖެލް އެއް އުފައްދައެވެ. މީގެ ސަބަބުން ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓް ހަޖަމުވުން ދަށްކޮށް، ލޭގެ ތެރެއަށް ހަކުރު (ގުލްކޯޒު) ދޫކުރުން ދަށްކުރެއެވެ. މީގެ މާނައަކީ ކުއްލިއަކަށް ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދެއެވެ. 

ކެންސަރާ ދެކޮޅަށް މަސައްކަތްކުރުން : އެހެން ގޮވާމުގެ ބާވަތްތަކެކޭ އެއްފަދައިން، އޯޓުގައި ވެސް ފައިޓޯކެމިކަލް ތައް ހުރެއެވެ. ގަބޫލުކުރެވިފައިވާ ގޮތުގައި ފައިޓޯކެމިކަލް ތަކަކީ ކެންސަރު ޖެހުމުގެ ފުރުޞަތު ދަށްކޮށްދޭ މާއްދާ ތަކެކެވެ. އޯޓުގައި ހިމެނޭ މިފަދަ އެއް ފައިޓޯއެސްޓަރަޖަން އަކީ ލިގްނަން އެވެ. ލިގްނަން އަކީ އުރަމަތީގެ ކެންސަރު ފަދަ ހޯރމޯން އާއި ގުޅުންހުރި ކެންސަރުތައް ޖެހުމުގެ ފުރުޞަތު ދަށްކޮށްދޭ ފައިޓޯކެމިކަލް އެކެވެ. މީގެ އިތުރުން ޕްރޮސްޓޭޓް ކެންސަރު، ބިސްރަވައިގެ ކެންސަރު އަދި ރަހިމުގެ މަސްގަނޑަށްޖެހޭ ކެންސަރުގެ ފުރުޞަތު ކުޑަކޮށްދެއެވެ. ދިރާސާތައް ދައްކާގޮތުގައި ފައިބަރު ގިނައިން ހުންނަ ކާނާ ބޭނުންކުރާ އަންހެނުންގެ އެސްޓްރަޖަންގެ މިންވަރު ދަށްވެ، އުރަމަތީގެ ކެންސަރު ދަށްވުމަށް މަގުފަހިވެއެވެ.

ހިތުގެ ބަލިތައް ޖެހުމާއި، ލޭމައްޗަށްދިއުމުން ރައްކާތެރިކޮށްދިނުން : ގަވާއިދުން އޯޓު ބޭނުންކުރުމަކީ ހިތުގެ ބަލިތައް ޖެހުމާއި، ލޭގެ ޕްރެޝަރު މަތިވުމުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ދިރާސާއެއްގައި ބައިވެރިވި މީހުން، ގަވާއިދުން ކޮންމެ ދުވަހަކު ހެދުނު ސީރިއަލް (އޯޓުހުރި) ބޯތަށްޓެއް ބޭނުންކުރުމުން، އެމީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު %29 ދަށްވެގެންދިޔަކަމަށް ފާހަގަކުރެވުނެވެ. އޯޓުގައި ހިމެނޭ ލިގްނަން އަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ފައިޓޯކެމިކަލް އެކެވެ.

ގޮހޮރުގެ މަސައްކަތް ރަގަޅުކޮށްދިނުން : އޯޓަކީ ފައިބަރުން މުއްސަދި ބާވަތެކެވެ. ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ގޮހޮރުގެ ހަރަކާތް ތަންޒީމުކޮށްދޭ ކަމެކެވެ. ފައިބަރުގެ ސަބަބުން ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑުފަސޭހަކޮށްދީ، ބަނޑުހަރުވުމުން ރައްކާތެރިކޮށްދެއެވެ. މިއީ ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. 

ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރުމަށް އެހީތެރިވެދިނުން : އޯޓުގައި ހުންނަ ފައިބަރު ބީޓާ ގުލޫކަން، ހަޖަމުވުމުން، ބަނޑާއި، ގޮހޮރުގައި ހުންނަ ތަކެތީގެ އޮލަކަން އިތުރުކޮށްދޭ ޖެލް އެއް އުފައްދައެވެ. މީގެ ސަބަބުން ބަނޑުހުސްވުން ދަށްކޮށްދީ، ފުރިފައި ހުންނަ ކަމުގެ އިހުސާސެއް ގެނެސްދެއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބިގެން ދެއެވެ. ފަހުގެ ދިރާސާއަކުން ދައްކާފާއިވާގޮތުގައި ގަވާއިދުން ކެއުމުގައި "އޯޓުމީލް" ބޭނުންކުރާ ކުދިން އާދަޔާޚިލާފަށް ފަލަވުމުގެ ފުރުޞަތު ކުޑައެވެ. 

ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން : އޯޓަކީ ކާބޯހައިޑްރޭޓް އިން މުއްސަދި ބާވަތަކަށް ވުމުން އޯޓު ބޭނުންކުރުމުން ހަށިގަނޑުގައި ހަކަތައާއި، ވަރުޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. ކަސްރަތުކުރަން ފެށުމުގެ ގަޑިއެއްހާއިރު ކުރިން، އޯޓު ބޭނުންކުރުމުން، ހަށިގަނޑުގައި ވަރުޖެހި، ގިނައިރު ވަންދެން ކަސްރަތުކުރުމުގައި ދެމިހުރެވޭކަމަށް ދިރާސާތަކުން ދައްކައެވެ. 

ތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުން : ލެބޯޓްރީ ދިރާސާ އެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޯޓުގައި ހިމެނޭ ފައިބަރު ބީޓާ ގުލޫކަން އަކީ ބެކްޓީރިޔާ އިން ޖެހޭ އިންފެކްޝަން ތަކާ ދެކޮޅަށް ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެގޮތުން ބީޓާ ގުލޫކަންގެ ސަބަބުން ނިއުޓްރޯފިލް ތައް އިންފެކްޝަން ހުރި ހިސާބަށް ވާޞިލްވުން ހަލުވިކޮށްދީ، ބެކްޓީރިޔާ ނައްތާލުމުގައި އެހީތެރިވެދެއެވެ. 

މައުލޫމާތު :

No comments:

Post a Comment