Wednesday, May 27, 2015

ކުދިބަތް



ކުދިބަތް
ކުދިބަތަކީ ގޮވާމުގެ ބާވަތެކެވެ. މިގަންނަނީ ނާބަންނަހުއިގެ މާގަނޑު ކަހަލަ ރީތި އެއްކޮޅަށް ހިމަ ކުރާގަނޑެއްގައެވެ.
ދިވެހި ނަން : ކުދިބަތް
އިގިރޭސި ނަން : Proso Millet/Common Millet
ޢިލްމީ ނަން : PanicumMiliaceum
ކުދިބަތުގެ ކޮންމެ 170 ގުރާމުގައި (އެއްޖޯޑުގައި)
ހަކަތަ
605 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
124.27 ގްރާމް
ޕްރޮޓީން
18.02ގްރާމް
ފެޓް
2.89ގްރާމް
ފައިބަރު
2.89ގްރާމް
ނިއެސިން
3.4 މިލިގްރާމް
ރައިބޯފްލޭވިން
0.26 މިލިގްރާމް
ތިއެމިން
0.09 މިލިގްރާމް
ޕެންތޯނިކް އެސިޑް
1.6 މިލިގްރާމް
ޕައިރިޑޮކްސިން
0.34 މިލިގްރާމް
ފޮލިކް އެސިޑް
22.1 މައިކްރޯގްރާމް
ވިޓަމިން ކޭ
2.2 މައިކްރޯގްރާމް
ސޯޑިއަމް
3.4 މިލިގްރާމް
ޕޮޓޭސިއަމް
289 މިލިގްރާމް
ކެލްސިއަމް
15.3 މިލިގްރާމް
ދަގަނޑު
3.57 މިލިގްރާމް
މެގްނީޒިއަމް
142.8 މިލިގްރާމް
ފޮސްފަރަސް
272 މިލިގްރާމް
ޒިންކު
4.59 މިލިގްރާމް
ކޮޕަރ
0.65 މިލިގްރާމް

ކުދިބަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
އުމުރުން ދުވަސްވުން ލަސްކޮށްދިނުން : ކުދި ބަތުގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އެންޓި އޮކްސިޑެންޓް ތަކަކީ ހަށިގަނޑަށް ގެއްލުންދެނިވި، ފްރީ ރެޑިކަލްތައް ހަށިގަނޑުން ބޭރުކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ފްރީ ރެޑިކަލް ތަކަކީ ހަށިގަނޑުގައި ހިންގާ އެކިއެކި މަސައްކަތްތަކުގެ ތެރެއިން އުފެދިގެން އަންނަ މާއްދާ ތަކެކެވެ. މިމޮލާރި ތަކުގެ ސަބަބުން ސެލްތައް ހަލާކުކޮށް، ވަރުބަލިކޮށްލުމުގެ ނަތީޖާ އަކީ އަވަހަށް މުސްކުޅިވުމަށް މަގުފަހިވުމެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން ކުދިބަތް ބޭނުންކުރުމަކީ އުމުރުން ދުވަސްވުން ލަސްކޮށް، ކުޑަކޮށްދޭނެ ކަމެކެވެ.

ނާރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކުދިބަތުގައި ލެސިތިން ހުރެއެވެ. ލެސިތިން އަކީ ނުސީދާ ގޮތެއްގައި ނާރުތަކަށް ބާރު ފޯރުވައި، ނާރުތަކުގެ މަސައްކަތް ފުރިހަމައަށް ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. ކުދިބަތަކީ ނާރުތަކުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރުކޮށްދޭކަމަށް ފާހަގަކުރެވިފައިވާ ބާވަތެކެވެ.


ޕެލެގްރާ އިން ރައްކާތެރިކޮށްދިނުން : ޕެލެގްރާ އަކީ ވިޓަމިން ބީގެ ވައްތަރެއް ކަމުގައިވާ ނިއެސިން ހަށިގަނޑުގައި މަދުވުމުން ފެންމަތިވާ ބައްޔެކެވެ. މިބަލިޖެހުމުން ހަމުގައި ތޮށިލައި، ހިކިވެ، ހަރުވެ، ތޮށި ފޮޅެއެވެ. ކުދިބަތުގައި ނިއެސިން ހުރުމަކީ ނިއެސިން މަދުވުމުން ފެންމަތިވާ ޕެލެގްރާ ފަދަ ބަލިތަކަށް ކުދިބަތް ބޭނުންކުރުން އެހީއަކަށް ވާނޭ ކަމެކެވެ. 

ކަށިތައް ވަރުގަދަކޮށްދިނުން : ކުދިބަތުގައި ގިނަ އަދަދަކަށް ކެލްސިއަމް ހުރެއެވެ. މިއީ ކަށިތަކުގެ ދުޅަހެޔޮކަމަށް ބޭނުންވާ މާއްދާ އެކެވެ. އެންމެ ފަސޭހައިން ހަށިގަނޑަށް ކެލްސިއަމް ނެގެނީ ކުދިބަތުން ކަމަށް ބުނެވެއެވެ. ޚާއްޞަ ގޮތެއްގައި ހެދިބޮޑުވަމުން އަންނަ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށް، ކުދިބަތް ބޭނުންކުރެވިދާނެ އެވެ. އެއީ މިފަދަ މީހުންނަށް ކެލްސިއަމް ބޭނުންތެރިކަން މުހިއްމު ވާތީ އެވެ. 

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން :ދެކުނު ކޮރެޔާގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި ގޮވާމުގެ ބާވަތްތައް ބޭނުންކުރުމަކީ ހިތުގެ ބަލިތައް ޖެހުން ކުޑަކޮށް، ދުރުކޮށްދޭނެ ކަމެކެވެ. އެގޮތުން މިދިރާސާގައި 4 ހަފްތާގެ މުއްދަތަށް، ކުދިބަތް، ބިންބި، ބާދިރީ ފަދަ ގޮވާމުގެ ބާވަތްތައް މީދަލަށް ކާންދިނުމުން ފާހަގަވީ، މިފަދަ ބާވަތްތައް ކާންނުދޭ މީދާތަކަށްވުރެ، މިބާވަތްތައް ކާންދިން މީދާތަކުގެ ހަށިގަނޑުގައި ލޭގައި ސަރުބީގެ މިންވަރު ދަށްވެގެން ދިޔަ ކަމެވެ. 

ލޭގައި ސަރުބީގެ މިންވަރު ދަށްކުރުން : ޖަނަވާރުތަކަށް ހެދިފައިވާ ދިރާސާތައް ދައްކާގޮތުގައި ކުދިބަތަކީ ލޭގައި ސަރުބީގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. ކުދިބަތަކީ ލޭގައި ރަގަޅު ސަރުބީގެ މިންވަރު މަތިކޮށްދޭ އެއްޗެކެވެ. ލޭގައި ރަގަޅު ސަރުބީގެ މިންވަރު މަތިވުމަކީ ކޮލެސްޓްރޯލްގެ މެޓަބޮލިޒަމް، އިތުރުވެ، ކޮލެސްޓްރޯލްގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ކުދިބަތް ފާޑުގެ ގޮވާމުގެ ބާވަތްތަކުގައި ހިމެނޭ ފައިޓިކް އެސިޑްގެ ސަބަބުން ވެސް، ލޭގައި ސަރުބީގެ މިންވަރު ދަށްކޮށް ދެއެވެ. 

ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދިނުން : ކުދިބަތް ފާޑުގެ ގޮވާމުގެ ބާވަތްތަކުގައި ހުންނަ ގަސްގަހާގެހީގައި ހުންނަ ލިގްނަން ހަށިގަނޑުގައި ޖަނަވާރުގައި ހުންނަ ލިގްނަން އަށް ބަދަލުވެއެވެ. މިގޮތަށް ލިގްނަނަށް ބަދަލުކުރުވަނީ ގޮހޮރުގައި ހުންނަ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާތަކުންނެވެ. ލިގްނަން އަކީ އުރަމަތީގެ ކެންސަރު ފަދަ ކެންސަރުތަކުން ރައްކާތެރިކޮށްދޭ މާއްދާ އެއްކަމަށް ބެލެވިފައި ވެއެވެ. މީގެ އިތުރުން މިފަދަ ގޮވާމުގެ ބާވަތްތަކަކީ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިކުރާ ސީރިއެކްޓިވް ޕްރޮޓީންގެ މިންވަރު ދަށްކޮށްދޭ ބާވަތްތަކެއްކަން ފާހަގަ ކުރެވެއެވެ. 

ފިތުހިލައިން ރައްކާތެރިކޮށްދިނުން : ކުދިބަތް ފަދަ ގޮވާމުގެ ބާވަތްތަކަކީ ފިތުހިލައިން ރައްކާތެރިކޮށްދޭ ބާވަތްތަކެއްކަމަށް ވަނީ ބެލެވިފައެވެ. އެއީ މިފަދަ ގޮވާމުގެ ބާވަތްތަކުގައި ހިމެނޭ ފައިބަރުގެ ސަބަބުން، ފިތުހިލަ އުފެދުމަށް މަގުފަހިވާ ކަމެއްކަމުގައިވާ އާދަޔާ ޚިލާފަށް ގިނައިން ބައިލްދޫކުރުން ކުޑަކޮށް، އެކަމަށް ފައިބަރުގެ ސަބަބުން ހުރަސްއަޅާތީ އެވެ. 

މައުލޫމާތު :

No comments:

Post a Comment