Wednesday, May 27, 2015

ރަތް ހަނޑޫ

ރަތް ހަނޑޫ
ރަތް ހަނޑުލަކީ ހަނޑުލުގެ ވައްތަރެކެވެ. މިއީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ބާވަތެކެވެ. މިބާވަތަށް " މުށި ހަނޑޫ" ވެސް ކިއިދާނެ އެވެ.  
ނޯޓް : މިލިޔުމުގައި ބަލާފައިވަނީ އިގިރޭސި ބަހުން ބޭނުންކުރާ "ބްރައުން ރައިސް" އަށެވެ. އިގިރޭސި ބަހުން "ރެޑް ރައިސް" ކިޔާ ބާވަތަކަށް ނޫނެވެ.
ދިވެހި ނަން : ރަތް ހަނޑޫ
އިގިރޭސި ނަން :Brown Rice
ޢިލްމީ ނަން : -
ރަތް ހަނޑުލުގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
370 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
77 ގްރާމް
ޕްރޮޓީން
7.9 ގްރާމް
ފެޓް
2.92 ގްރާމް
ފައިބަރު
3.5 ގްރާމް
ނިއެސިން
5.09 މިލިގްރާމް
ރައިބޯފްލޭވިން
0.09 މިލިގްރާމް
ތިއެމިން
0.40 މިލިގްރާމް
ޕެންތޯނިކް އެސިޑް
1.49 މިލިގްރާމް
ޕައިރިޑޮކްސިން
0.51 މިލިގްރާމް
ފޮލިކް އެސިޑް
20 މައިކްރޯގްރާމް
ވިޓަމިން އީ
0.59 މިލިގްރާމް
ވިޓަމިން ކޭ
1.9 މައިކްރޯގްރާމް
ސޯޑިއަމް
7 މިލިގްރާމް
ޕޮޓޭސިއަމް
223 މިލިގްރާމް
ކެލްސިއަމް
23 މިލިގްރާމް
ދަގަނޑު
1.47 މިލިގްރާމް
މެގްނީޒިއަމް
143 މިލިގްރާމް
ފޮސްފަރަސް
333 މިލިގްރާމް
ޒިންކު
2.02 މިލިގްރާމް
ކޮޕަރ
- މިލިގްރާމް
މެންގަނީޒް
3.74 މިލިގްރާމް
ސިލެނިއަމް
- މައިކްރޯގްރާމް

ރަތް ހަނޑުލުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ހަކުރު ބަލީގެ މީހުންނަށް ރަގަޅު ބާވަތަކަށްވުން : ރަތް ހަނޑުލަކީ ހަކުރު ބަލީގެ މީހުންނާއި، ހަކުރު މަތިކޮށް ހުންނަ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ބާވަތެކެވެ. އެއީ ރަތް ހަނޑުލަކީ "ގްލައިސިމިކް އިންޑެކްސް" ދަށް ބާވަތަކަށް ވާތީ އެވެ. ގްލައިސިމިކް އިންޑެކްސް ދަށް ބާވަތްތައް ބޭނުންކުރުމުން ކުއްލިއަކަށް އިންސިއުލިން އިތުރުވުން ދަށްކޮށް، ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ. ރަތް ހަނޑުލަކީ ސާސްތާ ކާބޯހައިޑްރޭޓް ގެ ބާވަތެކެވެ. ސާސްތާ ކާބޯހައިޑްރޭޓް ހުންނަ ބާވަތްތަކަކީ އެބާވަތްތަކުގައި ހުންނަ ހަކުރު ލަސްލަހުން މަޑުމަޑުން ލޭގެ ތެރެއަށް ދޫކުރާ ބާވަތްތަކެކެވެ. މިހެންވުމުން ކުއްލިއަށް ހަކުރު މަތިވެގެންދިއުން ހުއްޓުވައިދެއެވެ. 


އެންޓިއޮކްސިޑެންޓް ގިނައިން ހުރުން : ރަތް ހަނޑުލަކީ ތަފާތު ވައްތަރުތަކުގެ އެންޓިއޮކްސިޑެންޓް ތަކުން މުއްސަދި ބާވަތެކެވެ. މިހެންވުމުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުމުން ރައްކާތެރިކޮށްދެއެވެ. ރަތް ހަނޑުލުގައި މުހިއްމު އެންޓިއޮކްސިޑެންޓް އެންޒައިމެއް ކަމުގައިވާ "ސްޕީރޮކްސައިޑް ޑިސްމިއުޓޭޒް" ހުރެއެވެ. މިއީ ހަކަތަ އުފެއްދުމުގައި މަސައްކަތުގައި "އޮކްސިޑޭޝަން" ގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދޭ އެންޒައިމެކެވެ. 

އާދަޔާ ޚިލާފަށް ފަލަވުމުން ދުރުކޮށްދިނުން : ރަތް ހަނޑުލަކީ އާދަޔާ ޚިލާފަށް ފަލަވިޔަނުދީ، ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކޮށް އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ބާވަތެކެވެ. ހެދިފައިވާ ދިރާސާތައް ދައްކާގޮތުގައި ރަތް ހަނޑޫ ފަދަ ގޮވާމުގެ ބާވަތްތައް ބޭނުންކުރުމަކީ ބޮޑީމާސް އިންޑެކްސް، އަދި ހަށިގަނޑުގައި ފެޓް ހިމެނޭ ނިސްބަތް ދަށްކޮށްދޭ ކަމެކެވެ. ރަތް ހަނޑުލަކީ އެންޓިއޮކްސިޑެންޓް އެންޒައިމެއް ކަމުގައިވާ "ގުލޫޓަތިއޯން ޕީރޮކްސިޑޭޒް"ގެ މަސައްކަތް ހަލުވިކޮށްދޭ ބާވަތެކެވެ. މިއެންޒައިމް އަކީ އާދަޔާ ޚިލާފަށް ފަލަމީހުންގެ ހަށިގަނޑުގައި ރަގަޅު ސަރުބީގެ މިންވަރު މަތިކޮށްދޭ އެންޒައިމެކެވެ. މީގެ އިތުރުން ފައިބަރު ހުރުމުގެ ސަބަބުން ރަތް ހަނޑޫ ބޭނުންކުރުމުން ފުރިފައި ހުރިކަމުގެ އިހުސާސް ގެނެސްދީ، ކާނާ ބޭނުންކުރެވޭ މިންވަރު މަދުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން އެކަށޭނަ ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުމަށް އެހީތެރިކަން ލިބިގެން ދެއެވެ. 

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ހަނޑުލުގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ހަނޑޫ ބޭނުންކުރުމުން ހަމުގައި ރޫޖެހުންކުޑަކޮށްދީ، ހަމުގެ ދުޅަހެޔޮކަން އިތުރުކޮށް ދެއެވެ. ރަތް ހަނޑުލުގައި ދުޅަތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިގެން ވެއެވެ. އެހެންކަމުން ހަމުގެ ތަފާތު މައްސަލަތައް ހުންނަ މީހުން، ރަތް ހަނޑޫ ބޭނުންކުރުމުން އެމައްސަލަތަކަށް ލުއި ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ރަތް ހަނޑުލު ތޮށިން ހަދާފައި ހުންނަ ތެލުގައި އެންޓިއޮކްސިޑެންޓް ތަކުގައި އެކުލެވޭ ބާރު ހުރެއެވެ. އެންޓިއޮކްސިޑެންޓް ތަކަކީ ލޭގެ ސަރުބީގެ މިންވަރު ދަށްކޮށްދީގެން، ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ރަތް ހަނޑުލުގައި ފައިބަރު ހުރުމަކީ ވެސް ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. ރަތް ހަނޑުލަކީ ސިލެނިއަމް އިން މުއްސަދި ބާވަތެކެވެ. ސިލެނިއަމް އަކީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ އެކެވެ. ރަތްހަނޑުލަކީ ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ، ލޭހޮޅިތައް ބެދުމުގެ ފުރުޞަތު ކުޑަކޮށްދޭ ބާވަތެކެވެ. މިކަމުގެ ސަބަބުން ލޭމައްޗަށްދިއުމާއި، ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެއެވެ. ހެދިފައިވާ ދިރާސާތައް ލަފާދޭގޮތުގައި ރަތް ހަނޑުލުގައި ލޭމައްޗަށްދިއުމާއި، ލޭހޮޅިތައް ހަރުވުމަށް މަގުފަހިކުރާ "އެންޖީއޯޓެންސިން2" އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. 

ހަޖަމުކުރާ ނިޒާމްގެ ދުޅަހެޔޮކަން ދެމެހެއްޓުން  : ރަތް ހަނޑުލަކީ ހަޖަމުކުރާ ނިޒާމް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. ރަތް ހަނޑުލުގައި ފައިބަރު ގިނައިން ހުރުމަކީ އެބޭނުންކުރުމުން ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ބަނޑު ފަސޭހަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ފައިބަރުގެ ސަބަބުން ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ފުރިފައި ހުންނަ ކަހަލަ އިހުސާސެއް ގެނެސްދެއެވެ. މީގެ އިތުރުން ފައިބަރަކީ ގޮހޮރުގައި އެކި ކަހަލަ ވިހަތައް ތަތްލިޔަނުދީ ހިފަހައްޓައިދޭ މާއްދާ އެކެވެ.

ލޭގެ ސަރުބީ އެއްވަރެއްގައި ހިފަހައްޓައިދިނުން : ރަތް ހަނޑުލަކީ ލޭގެ ސަރުބީ އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ ބާވަތެކެވެ. ހެދިފައިވާ ދިރާސާތަކުން އެނގޭގޮތުގައި ރަތް ހަނޑުލުގައި ކޮލެސްޓްރޯލް ދަށްކުރުމުގެ ބާރު ހުރެއެވެ. އަދި ކޮލެސްޓްރޯލް ބައިބައިކޮށް ހަލާކުކުރުމުގެ މަސައްކަތް ތަންޒީމުކޮށް ހިންގުމަށް އެހީތެރިވެދެއެވެ. ހަށިގަނޑުގައި ތެޔޮ، ސަރުބީ، އަދި ހަކުރުފަދަ ބާވަތްތަކުގެ ފައިދާ ލިބިގަތުމަށް ހިންގާ މެޓަބޮލިޒަމްގެ މަސައްކަތަށް ބޭނުންވާ މުހިއްމު ކާނާގެ ބައިތައް ރަތް ހަނޑުލުގައި ހުރެއެވެ. ރަތް ހަނޑުލުގައި ތަބީޢީގޮތުން އުފެދިފައި ހުންނަ ތެލުގެ ސަބަބުން، ލޭގައި ކޮލެސްޓްރޯލްގެ މިންވަރު ހަމައަކަށް އެޅުވުމަށް އެހީތެރިވެދެއެވެ.
ކެންސަރުން ރައްކާތެރިކޮށްދިނުން : ރަތް ހަނޑުލަކީ ގޮހޮރު ކެންސަރު، އުރަމަތީގެ ކެންސަރު، އަދި ލޭގެ ކެންސަރުން ރައްކާތެރިކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އެއީ ރަތްހަނޑުލުގައި އެންޓިއޮކްސިޑެންޓް ތަކާއި، ފައިބަރު ގިނައިން ހުންނާތީ އެވެ. ފައިބަރަކީ ހަށިގަނޑަށް ވަންނަ ކެންސަރު ޖައްސަނިވި ވިހަތަކާ ތަތްވުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ. މިހެންވުމުން ގޮހޮރުގެ ފާރުތަކުގައި ވިހަތައް ތަތްވިޔަނުދީ ހިފަހައްޓައި، ވިހަތައް ހަށިގަނޑުން ބޭރުކޮށްދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރަތް ހަނޑުލުގެ ތޮށީގައި ޓްރައިސިން، ކެފޭއިކް އެސިޑް، އަދި ފެރޫލިކް އެސިޑް ފަދަ ފީނޮލިކް ކަމްޕައުންޑްތައް ހުރެއެވެ. މިކަމްޕައުންޑް ތަކަކީ އުރަމަތި، އަދި ގޮހޮރުގެ ކެންސަރުގެ ސެލްތައް އުފެދި އާލާވުމަށް ހުރަސްއަޅާ ކަމްޕައުންޑް ތަކެކެވެ. 

ސިކުނޑިއާއި، ނާރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ރަތްހަނޑުލަކީ ސިކުނޑިއާއި ނާރުތަކުގެ މަސައްކަތަށް އެހީތެރިވެދޭ ބާވަތެކެވެ. ސިކުނޑީގައި މެޓަބޮލިޒަމްގެ މަސައްކަތްތައް ފުރިހަމަކުރުމަށް ރަތް ހަނޑޫ ބޭނުންކުރުމުން އެހީތެރިކަން ލިބެއެވެ. އެއީ ރަތް ހަނޑުލުގައި ގިނައަދަދަކަށް ވިޓަމިން ބީގެ ބާވަތްތަކާއި، މެންގަނީޒް ފަދަ މައުދަންތައް ހުންނާތީ އެވެ. ރަތް ހަނޑުލުގައި މެގްނީޒިއަމް ހުރުމަކީ އެކަމުގެ ސަބަބުން ހަށިގަނޑުގައި ކެލްސިއަމްގެ މަސައްކަތްތައް އެއްވަރެއްގައި ހިފަހައްޓައިދީ، ނާރުތަކާ، މަސްތަކުގެ މަސައްކަތްތައް ތަންޒީމުކޮށް ހިންގުމަށް އެހީތެރިވެދޭ ކަމެކެވެ. ކުއްލިއަކަށް ނާރުސެލްތަކުގެ ތެރެއަށް ކެލްސިއަމް ވަދެ، ނާރުތައް ހީވާގިކުރުން މެގްނީޒިއަމްގެ ސަބަބުން ދަށްވެއެވެ. މިއީ ނާރުތަކާއި، މަސްތައް ހަމައަކަށް އަޅުވައިދީ، ކުއްލި ކުއްލިއަކަށް މަސްތައް ކުރުގެޅި، މަސްގުޅަކެއުމުން މިންޖުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން އޮކްސިޑޭޝަން ގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންތަކުން ރައްކާތެރި ކުރުމަށް، ރަތް ހަނޑުލުގައި ހިމެނޭ ވިޓަމިން އީ އަކީ ވެސް ބޭނުންތެރި މާއްދާ އެކެވެ. 

ނިދިނައުމުން ދުރުކޮށްދިނުން : ރަތް ހަނޑުލަކީ ނިދިނައުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. އެއީ ރަތް ހަނޑުލުގައި ނިދުމަށް ވާގިވެރިވެދޭ މިލަޓޯނިން ހޯރމޯން ހުންނާތީ އެވެ. މިހޯމޯން އަކީ ނާރުތައް ހަމައަކަށް އަޅުވައި، ނިދި ޖައްސައިދިނުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ. 

ދިފާޢީ ބާރު ރަގަޅުކޮށްދިނުން : ރަތް ހަނޑުލުގައި ތަފާތު ވިޓަމިންތަކާ، މައުދަންތަކާ، ހަށިގަނޑަށް ބޭނުންވާ އެހެނިހެން އަސާސީ މާއްދާތައް އެކުލެވިގެން ވެއެވެ. ވިޓަމިންތަކާ މައުދަންތައް ގިނައިން ހުރުމަކީ ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުކޮށްދޭނެ ކަމެކެވެ. ދިފާއީ ބާރު ރަގަޅުވުމަކީ ބަލިތަކުން ދުރުކޮށްދީ، އަވަހަށް ބަލިތަކުން ފަސޭހަކޮށްދޭނެ ކަމެކެވެ. 

ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ރަތް ހަނޑުލަކީ ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ރަތް ހަނޑުލަކީ މެގްނީޒިއަމް އިން މުއްސަދި ބާވަތެކެވެ. މެގްނީޒިއަމް އަކީ ކެލްސިއަމްއާއި ގުޅިގެން ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ބައިވެރިވާ މާއްދާ އެކެވެ. އެހެންކަމުން ރަތް ހަނޑުލަކީ ހުޅުތައް ދުޅަވުމާއި، ކަށިފީވުން ފަދަ ކަށީގެ މައްސަލަތައް ހުންނަ މީހުންނަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.  

މައުލޫމާތު :

No comments:

Post a Comment