Wednesday, December 25, 2013

ހިމެރި ތޮޅީ

ހިމެރި ތޮޅި
ހިމެރި ތޮޅި އަކީ މަދުން ނަމަވެސް ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ހިމެރި ތޮޅި
އިގިރޭސި ނަން : Lima pole beans / lima beans
ޢިލްމީ ނަން : Phaseolus Lunatus
ހިމެރި ތޮޅީގެ އޮށުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
338 ކިލޯކެލަރީ
ސޯޑިއަމް
18 މިލިގްރާމް
ކާބޯހައިޑްރޭޓް
63.38 ގްރާމް
ޕޮޓޭސިއަމް
1724 މިލިގްރާމް
ޕްރޮޓީން
21.46 ގްރާމް
މަޢުދަންތައް
ފެޓް
0.69 ގްރާމް
ކެލްސިއަމް
81 މިލިގްރާމް
ފައިބަރު
19 ގްރާމް
ކޮޕަރ
0.740މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
7.51 މިލިގްރާމް
ފޮލިކް އެސިޑް
395 މައިކްރޯ ގްރާމް
މެގްނީޒިއަމް
224 މިލިގްރާމް
ނިއެސިން
1.537 މިލިގްރާމް
މެންގަނީޒް
1.672 މިލިގްރާމް
ޕެންތޮނިކް އެސިޑް
1.355 މިލިގްރާމް
ފޮސްފަރަސް
-     385 މިލިގްރާމް
ޕައިރިޑޮކްސިން
0.512 މިލިގްރާމް
ސިލެނިއަމް
12 7.2މައިކްރޯގްރާމް
ރައިބޯފްލެވިން
0.202 މިލިގްރާމް
ޒިންކް
2.83 މިލިގްރާމް
ތިއެމިން
0.507 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އީ
0.72 މިލިގްރާމް
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
6 މައިކްރޯ ގްރާމް
ކެރޮޓީން ބީޓާ
0 މައިކްރޯ ގްރާމް





















ހިމެރި ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

(ހ) - ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުން : ހިމެރި ތޮޅީގައި ހުންނަ ފައިބަރަކީ ބަނޑުން ހަށިގަނޑަށް ފެން ނެގުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެގޮތުން ހަށިގަނޑަށް ފެންނެގުމުން ހިމެރި ތޮޅިން ހަށިގަނޑަށް ލިބޭ ކާބޯހައިޑްރޭޓްގެ މެޓަބޮލިކް ރޭޓް ދަށްކުރާ ޖެލް އެއް އުފައްދައެވެ. މިހެންވުމުން ކުއްލިއަކަށް ހަކުރުގެ މިންވަރު މަތިވުން ކުޑަކޮށްދޭނެ އެވެ. މީގެ އިތުރުން ކާބޯހައިޑްރޭޓް ހަށިގަނޑަށް ނެގުން ލަސްކުރާ ޕްރޮޓީން ވެސް ހިމެރިތޮޅީގައި ހުރެއެވެ. މިސަބަބާހުރެ ހިމެރި ތޮޅި އަކީ ހަކުރު ބަލީގެ އަހުލުވެރިންނަށް ބޭނުންކުރެވިދާނެ ފައިދާހުރި ތޮޅިއެއްގެ ގޮތުގައި ބެލެވެއެވެ.

(ށ) - ސަލްފައިޓް ގެ ބާރު ދުއްވާލުން : ސަލްފައިޓް އަކީ ކާތަކެތި ގިނައިރު ހަލާކުނުވެ ބެހެއްޓުމަށް ބޭނުންކުރާ ކެމިކަލް އެކެވެ. ސަލްފައިޓްގެ ބާރު ދުއްވާލުމަށް ޒިންމާވާ "ސަލްފައިޓް އޮކްސިޑޭޒް" އެންޒައިމްގެ މުހިއްމު ބައެއް ކަމުގައިވާ "މޮލީބްޑީނަމް" ހިމެރި ތޮޅީގައި ހުރެއެވެ. ކާތަކެތީގައި ސަލްފައިޓް އިތުރުވުމުން ދިމާވެދާނެ އުދަނގޫތަކުގެ ތެރޭގައި ބޮލުގައި ރިހުން، ހިތުގެ ވިންދު އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކޮންމެ ދުވަހަކު ޖޯޑެއްގެ ހިމެރި ތޮޅި ބޭނުންކުރާނަމަ މިއުދަނގޫތައް ކުރިމައްޗެއް ނުވާނެ އެވެ.

(ނ) - ހަޖަމު ރަގަޅުކޮށްދިނުން : ދިރާސާތަކުން ދައްކާގޮތުގައި ހިމެރި ތޮޅީގައި ހިމެނޭ ފައިބަރުގެ ސަބަބުން ބަނޑުހިކުމުން ދުރުކޮށްދީ ބަނޑުފަސޭހަކޮށް ދެއެވެ. މީގެ އިތުރުން "އިރިޓަބަލް ބަވަލް ސިންޑްރޯމް" ފަދަ ގޮހޮރަށް ޖެހޭ ބަލިތަކުން ދުރުކޮށްދެއެވެ. ޑައެޓްރީ ފައިބަރު ބޮޑު ގޮހޮރުގެ ތެރޭގައި ހުރެ ރާމާވުމަކީ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާތައް ބޮޑު ގޮހޮރުގެ ތެރޭގައި އިތުރުވުމަށް އެހީވެދޭ ކަމެކެވެ. މިބެކްޓީރިޔާ ތަކަކީ ބޮޑު ގޮހޮރުގެ ތެރޭގައި ހަށިގަނޑަށް ގެއްލުންދެނިވި ބެކްޓީރިޔާތައް އަށަގަތުމަށް ހުރަސްއަޅާ ޖަރާސީމު ތަކެކެވެ. ފައިބަރަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށް ގޮހޮރުގެ ކެންސަރު މިންޖުވުމަށް ވެސް މުހިއްމު މާއްދާ އެކެވެ.

(ރ) - ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ހިމެރި ތޮޅީގައި ފައިބަރު ހުރުމަކީ އެބޭނުންކުރުމުން ލޭގައި ސަރުބީ ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފައިބަރަކީ ކޮލެސްޓްރޯލް އުފެއްދުމަށް ބޭނުންވާ ބައިލް އެސިޑް ތަކާއި ތަތްވެ، ބައިލް އެސިޑްތައް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ހިމެރި ތޮޅީގައި އެކަށޭނަ މިންވަރަކަށް މެގްނީޒިއަމް އަދި ފޮލިކް އެސިޑް ވެސް ހުރެއެވެ. ފޮލިކް އެސިޑް އަކީ ހީމޯސިސްޓެއިން ގެ މިންވަރު ދަށްކޮށްދޭ ވިޓަމިނެކެވެ. ލޭގައި ހީމޯސިސްޓެއިން މަތިވުމަކީ ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން ހިމެރި ތޮޅީގައި ގިނަ އަދަދަކަށް ހުންނަ މެގްނީޒިއަމް އަކީ ވެސް ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ ތަކެކެވެ. މެގްނީޒިއަމް އަކީ ލޭހޮޅިތައް ފުޅާކޮށް ލޭހޮޅިތައް ހަމައަކަށް އަޅުވައިދޭ މައުދަނެކެވެ. އެގޮތުން ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކޮށްދީ ހުރިހާ ހިސާބަކަށް އޮކުސިޖަން ފޯރުވައިދިނުމަށް މެގުނީޒިއަމް އެހީތެރިވެދެއެވެ.

(ބ) - ހަކަތަ ފޯރުކޮށްދިނުން : ހިމެރި ތޮޅި އަކީ ލަސްލަހުން އަންދާ ކާބޯހައިޑްރޭޓް އިން މުއްސަދި ބާވަތެކެވެ. މީގެ އިތުރުން ހަށިގަނޑަށް އެކަށޭނަ މިންވަރަކަށް ހިމެރި ތޮޅިން ދަގަނޑު ލިއްބައިދެއެވެ. ދަގަނޑަކީ ހަކަތަ އުފެއްދުމަށާއި، މެޓަބޮލިޒަމްގެ މަސައްކަތްތަކަށް، އަދި ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ. މިހެންވުމުން ލޭމަދުމީހުންނަށާއި، މައްސަރު ކަންތައް ޖެހިފައިވާ މީހުންނަށް ހިމެރި ތޮޅިއަކީ ފައިދާހުރި ބާވަތެކެވެ.

(ޅ) - ޕްރޮޓީން އިން މުއްސަދިވުން : ހިމެރި ތޮޅިއަކީ ޕްރޮޓީން ވަރަށް ގިނައިން އެކުލެވޭ ބާވަތެކެވެ. އެހެންކަމުން މިއީ ހަށިގަނޑު ހެދިބޮޑުވުމަށް އެހީތެރިވެދޭނެ ބާވަތެކެވެ. މީގެ އިތުރުން ޕްރޮޓީން އަކީ އިސްތަށިތަކާއި ނިޔަފަތި ތަކުގެ ދިރުމަށް ވެސް ބޭނުންތެރި އެއްޗެކެވެ. މީގެ އިތުރުން މަސްތަކުގެ ބާރު ރަގަޅުކޮށް، ވާޅުކަމާއި ވަރުބަލިކަން މަސްތަކުން ފިލުވާލަނީ ޕްރޮޓީންގެ އެހީގައެވެ.

(ކ) - ކަށިތައް ވަރުގަދަވުން : ހިމެރި ތޮޅީގައި ކަށިތަކަށް ބޭނުންވާ މުހިއްމު މައުދަން ތަކުގެ ތެރޭގައި ހިމެނޭ ކެލްސިއަމް، ފޮސްފަރަސް، މެގްނީޒިއަމް، އަދި މެންގަނީޒް ހުރެއެވެ. މިމާއްދާ ތަކަކީ ކަށިތައް އުފެއްދުމަށާއި، ކަށިތައް ވަރުގަދަކުރުމަށް، އަދި ކަށިފީވުމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ މާއްދާ ތަކެކެވެ.

(އ) - އެހެނިހެން ފައިދާތައް :
-          އެންޓިއޮކްސިޑެންޓްތައް ގިނައިން ހުރުން
-          ހާރޓް އެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަކުރުން
-          ކޮޕަރ ގިނަ އަދަދަކަށް ހުރުން
-          ހަށިގަނޑަށް ބޭނުންތެރި ތަފާތު ވިޓަމިންތަކާއި މައުދަންތައް ހުރުން
ނޯޓް : ހިމެރި ތޮޅީގައި ގުރުދާގައި ހިލަ ހުންނަ މީހުންނާއި، ގައުޓް ފަދަ ހުޅުގެ މައްސަލަ ހުންނަ މީހުން ބޭނުންކުރުން އެދެވިގެންވާ ބާވަތެއް ނޫނެވެ. އެހެނީ ހިމެރި ތޮޅީގައި ގިނަ މިންވަރަކަށް ހުންނަ "ޕިޔޫރިން" އަކީ ޔޫރިކް އެސިޑް އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
މައުލޫމާތު :



No comments:

Post a Comment