ގިތެޔޮ މިރުސް
ގިތެޔޮ މިރުހަކީ
ވަރަށް ގިނަ ބާވަތުގެ ރިހައާއި ކުޅި ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ
ބާވަތެކެވެ. ގިތެޔޮ މިރުސް އާއިލާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މިއީ
ޖުމުލަކޮށް ގިތެޔޮ މިރުހުގެ ހުރިހާ ބާވަތަކަށް ރިއާޔަތްކޮށް ލިޔެފައިވާ
ލިޔުމެކެވެ.
ދިވެހި ނަން : ގިތެޔޮ މިރުސް
|
|
އިގިރޭސި
ނަން : scotch
bonnet pepper
|
|
ޢިލްމީ ނަން
: Capsicum chinense
|
|
މެދު
ސައިޒުގެ އެއް ގިތެޔޮ މިރުހުގައި
|
|
ހަކަތަ
|
18 ކިލޯކެލަރީ
|
ކާބޯހައިޑްރޭޓް
|
4 ގްރާމް
|
ފެޓް
|
0.2 ގްރާމް
|
ފައިބަރު
|
0.7 ގްރާމް
|
ސޯޑިއަމް
|
4 މިލިގްރާމް
|
ޕޮޓޭސިއަމް
|
144 މިލިގްރާމް
|
ގިތެޔޮ
މިރުހުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-
ގިތެޔޮ މިރުހުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހުރެއެވެ.
-
ރަތް ގިތެޔޮ މިރުހުގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހުރެއެވެ. މިއީ ދަގަނޑު
ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
-
ރަތް ގިތެޔޮ މިރުހުގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓީން ހުރެއެވެ. މިއީ
ގަސްގަހާ ގެހިން ލިއްބައިދޭ ވިޓަމިން އޭ ގެ ވައްތަރެކެވެ. އަދި މިއީ ލޮލުގެ
ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ބޭނުންތެރި މާއްދާ އެކެވެ.
-
ގިތެޔޮ މިރުހުގައި ސަރުބީ އެއް ނުހުރެއެވެ. އަދި ސެޗިޔުރޭޓެޑް ފެޓެއް ވެސް
ނުހުރެއެވެ. ސޯޑިއަމް ހުންނަނީ ވަރަށް މަދުންނެވެ. އަދި ހަކަތަ ލިއްބައިދެނީ ވެސް
އެހާ މަދުންނެވެ.
-
ގިތެޔޮ މިރުހުގައި ވިޓަމިން އޭގެ އިތުރުން ވިޓަމިން ބީގެ ވައްތަރުތައް ވެސް
ހުރެއެވެ. އެގޮތުން ވިޓަމިން ބީގެ ވައްތަރު ތަކުގެ ތެރޭގައި ހިމެނޭ ނިއެސިން،
ތިއެމިން އަދި ރައިބޯފްލެވިން ހުންނަކަން ފާހަގަ ކުރެވެއެވެ.
-
ގިތެޔޮ މިރުހުގައި މެގްނީޒިއަމް، އަދި ދަގަނޑު ވެސް އެކަށޭނަ މިންވަރަކަށް
ހުންނަކަން ފާހަގަ ކުރެވެއެވެ.
-
ގިތެޔޮ މިރުހުގައި ވެސް މިރުހުގެ އެކި ވައްތަރުތަކުގައި ހުންނަ
"ކެޕްސައަސިން" ކިޔާ އަލްކަލޮއިޑް ކަމްޕައުންޑެއް ހުރެއެވެ.
ޖަނަވާރުތައް ބޭނުންކޮށްގެން ލެބޯޓަރީގައި ހަދާފައިވާ ދިރާސާތައް ދައްކާގޮތުގައި
ކެޕްސައަސިން ގައި ޖަރާސީމަށް ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، ކެންސަރާ
ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، ހަކުރު ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ
ބާރު، އަދި ތަދުކެނޑުވުމުގެ ބާރު އެކުލެވިގެން ވެއެވެ. އަދި މިމާއްދާގެ ސަބަބުން
ފަލަމީހުންގެ ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމަށް
ވެސް ފާހަގަ ކުރެވިފައި ވެއެވެ.
މައުލޫމާތު
:
No comments:
Post a Comment