Wednesday, December 25, 2013

މުގު ތޮޅި

މުގު ތޮޅި
މުގު ތޮޅި އަކީ މަދުން ނަމަވެސް ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : މުގު ތޮޅި
އިގިރޭސި ނަން :  Pigeon pea
ޢިލްމީ ނަން : Cajanus cajan
މުގު ތޮޅީގެ ކޮންމެ 100 ގްރާމް ގައި

މުގުތޮޅީގެ ޅައޮށުގައި
މުގުތޮޅީގެ ހަރުއޮށުގައި
ހަކަތަ
136 ކިލޯކެލަރީ
343 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
23.88 ގްރާމް
62.78 ގްރާމް
ޕްރޮޓީން
7.2 ގްރާމް
21.7 ގްރާމް
ފެޓް
1.64 ގްރާމް
1.46 ގްރާމް
ފައިބަރު
5.1 ގްރާމް
15 ގްރާމް
ފޮލިކް އެސިޑް
173 މައިކްރޯ ގްރާމް
456 މައިކްރޯ ގްރާމް
ނިއެސިން
2.2 މިލިގްރާމް
2.965 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.68 މިލިގްރާމް
1.266 މިލިގްރާމް
ޕައިރިޑޮކްސިން
0.068 މިލިގްރާމް
0.283 މިލިގްރާމް
ރައިބޯފްލެވިން
0.17 މިލިގްރާމް
0.187 މިލިގްރާމް
ތިއެމިން
0.4 މިލިގްރާމް
0.643 މިލިގްރާމް
ކޯލީން
45.8 މިލިގްރާމް
0.000 މިލިގްރާމް
ވިޓަމިން ސީ
39 މިލިގްރާމް
0.000 މިލިގްރާމް
ވިޓަމިން އީ
0.39 މިލިގްރާމް
0.000 މިލިގްރާމް
ވިޓަމިން ކޭ
24 މައިކްރޯ ގްރާމް
0.000 މިލިގްރާމް
ސޯޑިއަމް
5 މިލިގްރާމް
17 މިލިގްރާމް
ޕޮޓޭސިއަމް
552 މިލިގްރާމް
1392 މިލިގްރާމް
ކެލްސިއަމް
42 މިލިގްރާމް
130 މިލިގްރާމް
ދަނގަޑު
1.6 މިލިގްރާމް
5.23 މިލިގްރާމް
މެގްނީޒިއަމް
68 މިލިގްރާމް
183 މިލިގްރާމް
މެންގަނީޒް
0.574 މިލިގްރާމް
1.791 މިލިގްރާމް
ފޮސްފަރަސް
-     127 މިލިގްރާމް
-     367 މިލިގްރާމް
ޒިންކް
1.04 މިލިގްރާމް
2.76 މިލިގްރާމް

މުގު ތޮޅިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

ޕްރޮޓީން އިން މުއްސަދިވުން : މުގުތޮޅި އަކީ ޕްރޮޓީން އިން މުއްސަދި ކާނާގެ ބާވަތެކެވެ. ޕްރޮޓީން އާންމުކޮށް މަހުގެ ބާވަތްތަކާއި ކުކުޅު ބިސް ފަދަ ތަކެއްޗާއި ޚިލާފަށް މުގުތޮޅި ފަދަ ބާވަތްތައް ބޭނުންކުރުމުން ޕްރޮޓީން އަށް އެލާރޖީވުމުގެ މައްސަލަ ކުޑައެވެ. ޕްރޮޓީން އިން މުއްސަދި ބާވަތަކަށް ވުމުން ތުއްތު ކުދިންނަށް މުގުތޮޅި ބޭނުންކުރުމަކީ މަސްތަކާއި ގުނަވަންތައް ހެދިބޮޑުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ވިޓަމިންތަކާއި މައުދަންތައް ހަށިގަނޑަށް ފޯރުކޮށްދިނުން : މުގުތޮޅި އަކީ ތަފާތު ވިޓަމިންތަކާއި މައުދަންތަކުން މުއްސަދިވެފައިވާ ބާވަތެކެވެ. އެގޮތުން މުގުތޮޅީގައި ހިމެނޭ ވިޓަމިން ތަކުގެ ތެރޭގައި ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ބެލެވޭ ތިއެމިން، ނިއެސިން، ރައިބޯފްލެވިން، ޕައިރިޑޮކްސިން، ފޮލިކް އެސިޑް، އަދި ވިޓަމިން އޭ، ފަދަ ބާވަތްތައް ހިމެނެއެވެ. މުގުތޮޅީގައި ހިމެނޭ މައުދަންތަކުގެ ތެރޭގައި ކެލްސިއަމް، ދަގަނޑު، މެގްނީޒިއަމް، ކޮޕަރ، ސިލެނިއަމް، ފޮސްފަރަސް، ޕޮޓޭސިއަމް، ޒިންކު، އަދި ސޯޑިއަމް ހިމެނެއެވެ. މިހުރިހާ ވިޓަމިންތަކާއި މައުދަންތަކަކީ ތުއްތު ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންތެރި މާއްދާތަކަކަށް ވުމުން ތުއްތު ދަރިފުޅުގެ ކެއުމުގައި މުގުތޮޅި ޝާމިލް ކުރުމަކީ ބޭނުންތެރި ކަމެކެވެ.

މުގުތޮޅީގައި ވިޓަމިން ސީ އަދި ވިޓަމިން ކޭ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދީ، ތަފާތު ބަލިތަކުން ދުރުވެހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ވިޓަމިން ކޭ އަކީ ލޭގަނޑުކޮށްދީ، ލޭމަނާކޮށްދިނުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ.

މޭގަނޑަށް ރައްކާތެރިކަން ފޯރުކޮށްދިނުން : ކޮންމެ ދުވަހަކު ގަވާޢިދުން މުގުތޮޅި ކެއުމުގައި ހިމެނުމަކީ މޭގަނޑުގެ ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ. ދިރާސާއެއްގައި މޭގަނޑަށް ބަލިޖެހިފައިވާ މީދަލަކަށް މުގުތޮޅިން ނަގާފައިވާ "އެކްސްޓްރެކްޓް" ދެވުނެވެ. އަދި ފަހުން އެނގުނު ގޮތުގައި މީދަލުގެ މޭގަނޑުގައި ހުރި މައްސަލަ މީދަލަށް ކާންދެވުނު މުގުތޮޅީގެ އެކްސްޓްރެކްޓްގެ ސަބަބުން ވަރަށް ބޮޑަށް ރަގަޅުވެގެން ދިޔައެވެ. އެހެންކަމުން ގަވާއިދުން ކެއުމުގައި މުގުތޮޅި ބޭނުންކުރުމަކީ މޭގަނޑު ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ.

ޖަރާސީމު ނައްތާލުމުގެ ބާރު ލިބިފައިވުން : ދިރާސާތަކުން ދައްކާގޮތުގައި މުގުތޮޅިން ތައްޔާރުކުރެވުނު އެކްސްޓްރެކްޓް ގައި ޖަރާސީމުތައް މަރައި ނައްތާލުމުގެ ބާރު އެކުލެވިފައި ވެއެވެ. އެގޮތުން ތަފާތު ބެކްޓީރިޔާތައް މުގުތޮޅީގެ އެކްސްޓްރެކްޓް ބޭނުންކޮށްގެން ނައްތާލެވިފައިވާކަމަށް ދިރާސާތަކުން ދައްކައެވެ.


ފަނި ނައްތާލުމުގެ ބާރު ލިބިފައިވުން : މުގުތޮޅީގައި ބަނޑުގައި އަށަގަންނަ ފަނިތައް މަރައި ނައްތާލުމުގެ ބާރު ހުރެއެވެ. ފަނިވުމަކީ ކުޑަކުދިންނަށް ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. އެހެންކަމުން ކުޑަކުދިންނަށް ގަވާއިދުން މުގުތޮޅި ދޭނަމަ ބަނޑުގައި އެފަދަ ފަނިތައް އާލާވުމަށް ހުރަސްއަޅާނެ އެވެ.

ހަޖަމު ރަގަޅުކޮށްދިނުން : މުގުތޮޅީގައި ޑައެޓްރީ ފައިބަރު ހުރެއެވެ. މިއީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ހަޖަމު ރަގަޅުކޮށްދީ، ބަނޑު ފަސޭހަކޮށްދޭ މާއްދާ އެކެވެ. ބަނޑުހިކިފައިވާ މީހުންގެ ބަނޑު ފަސޭހަކޮށްދީ، ބަނޑު ހިކުމުގެ އުދަނގޫ ލުއިކޮށްދިނުމަށް މުގުތޮޅީގެ ބޭނުން ހިފިދާނެ އެވެ.

އެހެނިހެން ފައިދާތައް :
-          ގަދީމީ ބޭސްވެރިކަމުގައި ވައިނޮޅި ދުޅަވުން، ނިއުމޯނިޔާ، ކެއްސުން، ކަރުތެރެ ހަލާކުވުން، އަރިދަފުސް ރޯގާ ފަދަ ނޭވާލާ ނިޒާމްގެ މައްސަލަތަކަށް ފަރުވާ ކުރުމުގައި މުގުތޮޅި ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ބަނޑުގައި ރިހުން، ކަންފަތުގައި ރިހުން، އެކި ބާވަތުގެ ފާރު، އެކި ބާވަތުގެ ދުޅަތަކާއި ތަދުތައް ފިލުވުން ފަދަ މައްސަލަތަކަށް ފަރުވާ ކުރުމުގައި މުގުތޮޅި ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ހަމުގެ ތަފާތު މައްސަލަތަކަށް ފަރުވާ ކުރުމުގައި ވެސް މުގުތޮޅި ބޭނުންކޮށްފައި ވެއެވެ.
-          ގަދީމީ ބޭސްވެރިކަމުގައި ލޭދަށްވުން، ބޭރަށްހިންގުމުގެ ވައްތަރުތައް، ރީނދޫވުން، ހުންއައުން، ވެއްޓޭބަލި، ފިޓުޖެހުން، ހަކުރުބަލި، ރީނދޫ ހުން، މޭގަނޑު ދުޅަވުން، މައްސަރު ކަންތަކުގެ އުދަނގޫތައް، ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް އަދި ސްޓްރޯކްޖެހުން ފަދަ ކަންކަމަށް ފަރުވާ ކުރުމުގައި މުގުތޮޅި ބޭނުންކޮށްފައި ވެއެވެ.
ނޯޓު: މުގުތޮޅި މާގިނައިން ބޭނުންކުރުމަކީ ވައި އުފެދޭނެ ކަމެކެވެ. ހިތުގެ ބަލި ހުންނަ މީހުންނާއި، ބަނޑުގައި ފާރު ހެދިފައިވާ މީހުން މުގުތޮޅި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
މައުލޫމާތު :

No comments:

Post a Comment