ދުންފަތުގެ
އިސްތިއުމާލުކުރުން: ހައިރާންކުރުވަނިވި ހަގީގަތްތައް
ދިވެހި
ރާއްޖޭގައި:
1-
އެއްދުވަހުގެތެރޭގައި މާލޭގެ މަގުމަތިން 71 ކިލޯ ނުވަތަ 83834 ސިގިރެޓް ހުސްކުރި ފޮށި ފެނިފައިވޭ!
2-
އާސަންދައިން ހޭދަކުރެވޭ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން ހޭދަކުރެވޭ 5 ބައްޔަކީ
ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތައްކަން ފާހަގަކުރެވޭ!
3-
ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ޅަ އުމުރަކީ 9
އަހަރު ކަމަށް ދިރާސާތަކުން ދައްކާ!
4- މަސްތުވާތަކެތި ބޭނުން ކޮށްފައިވާ
މީހުންގެތެރެއިން % 100 މީހުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ ދުންފަތުގެ
އިސްތިޢުމާލު ކުރުމުން ކަމަށް ރާއްޖޭގެ ދިރާސާއިން ދައްކާ!
5-
ދުންފަތުގެ އިސްތިއުމާލުކުރުމަށް ދިވެހިން އަހަރަކު ގާތްގަނޑަކަށް 1 ބިލިޔަން
ރުފިޔާ ޚަރަދުކުރޭ!
6-
ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން ކޮންމެ 4 މީހުންގެ ތެރެއިން އެކަކު
މަރުވެފައިވަނީ (%27) ސީދާ ދުންފަތުގެ ސަބަބުން!
ފުރާވަރު
އުމުރުގެ ކުދިންނާއި ޒުވާނުން:
2011
ވަނަ އަހަރު ރާއްޖޭގައި ހިންގި ގްލޯބަލް ޔޫތު ޓޮބޭކޯ ސާރވޭ އިން ދެއްކި ގޮތުގައި
ސާރވޭގައި ބައިވެރިވި 2641 ކުދިންގެ ތެރެއިން:
·
%11.2
ކުދިން ކޮންމެ ވެސް ސިފައެއްގައި ދުންފަތުގެ އިސްތިއުމާލުކުރޭ! އޭގެތެރެއިން %4.3
ކުދިން ސިގިރޭޓް ބޯއިރު، %2.5 ކުދިން ގުޑުގުޑާ ބޯކަން ފާހަގަކުރެވޭ!
·
3/1
ކުދިން ދިރިއުޅޭ ގޭގައި އެހެން މީހުން ދުންފަތުގެ އިސްތިއުމާލުކުރޭ!
·
ކޮންމެ 5 ކުދިންގެ ތެރެއިން 2 ކުދިން ދުންފަތުގެ ދުމަށް ހުށަހެޅޭ!
·
ކޮންމެ 5 ކުދިންގެ ތެރެއިން 2 އަށްވުރެ ގިނަކުދިންގެ މައިންބަފައިންގެ
ތެރެއިން ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިއުމާލުކުރޭ!
·
ކޮންމެ 10 ކުދިންގެ ތެރެއިން ގާތްގަނޑަކަށް 9 ކުދިން ގަބޫލުކުރާގޮތުގައި
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަންޖެހޭ!
·
ކޮންމެ 10 ކުދިންގެ ތެރެއިން 1 ކުއްޖެއްގެ އަތުގައި ސިގިރޭޓް ބްރޭންޑްގެ ލޯގޯ
ޖަހާފައި އޮންނަ އެއްޗެއް އޮވޭ!
·
ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެންކުދިން ބަލާބެލުމަށް މާ ރީތި ކަމަށް
ޤަބޫލް ކުރަނީ ހަމައެކަނި %10.5 ކުދިންނެވެ!
·
ދުންފަތުގެ އިސްތިއުމާލުކުރާ އަންހެންކުދިން ބަލާބެލުމަށް މާ ރީތި ކަމަށް
ޤަބޫލް ކުރަނީ ހަމައެކަނި %7 ކުދިންނެވެ!
·
ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެންކުދިންގެ ރަހުމަތްތެރިން ގިނަ ކަމަށް %32.9 ކުދިން
ގަބޫލުކުރޭ!
·
%11.5
ކުދިން ގަބޫލުކުރާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ އަންހެންކުދިންގެ ރަހުމަތްތެރިން މާގިނަ!
ދުނިޔޭގައި:
7-
ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ނުކުޅެދުންތެރިކަން މެދުވެރިވެ، އަދި ހަނގު
އުމުރުގައި މަރުވާ އެންމެ އާންމު ސަބަބެއްކަމަށް ފާހަގަކުރެވިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން!
8-
ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އެންމެ އާންމުކޮށް މީހުން މަރުވާ އަށް ބަލީގެ
ތެރެއިން ތަފާތު ހަ ބައްޔެއް ޖެހުމަށް މަގުފަހިކުރާ ކަމެއް!
9-
އެންމެ ސިގިރޭޓަކުން މީހާގެ އުމުރުން 11 މިނިޓް ކުރުކޮށްލާކަމަށް ދިރާސާތަކުން
ދައްކާ!
10-
ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހާގެ އުމުރުން 19 އަހަރު ކުރުކޮށްލާ ކަމެއްކަމަށް
ދިރާސާތަކުން ދައްކާ!
11-
ފަހުގެ ދިރާސާތައް ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3
މީހުންގެ ތެރެއިން 2 މީހުން ޅައުމުރުގައި މަރުވޭ!
12-
ދުންފަތުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި ކޮންމެ 6 ސިކުންތަކުން އެކަކު
ދުނިޔެ ދޫކުރޭ!
13-
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު
6 މިލިއަން މީހުން ދުނިޔެދޫކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކާ! މީގެ ތެރެއިން
6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން
ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުން!
14-
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކޮށް، އެކަމާއި ދެކޮޅަށް އެކަށޭނަ ފިޔަވަޅުތަކެއް
ނޭޅިއްޖެނަމަ 2030 ވަނަ އަހަރަށް ދާއިރު ދުންފަތުގެ ސަބަބުން ދުނިޔެދޫކުރާ މީހުންގެ
އަދަދު 8 މިލިޔަނަށް އަރާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާކުރޭ!
15- ވޯރލްޑް ބޭންކުގެ ދިރާސާތަކުން ދައްކާގޮތުގައި ދުންފަތުގެ ސިނާއަތުން
ޤައުމަކަށް އިގުތިޞާދީ ގޮތުން ބަލާއިރު ޖުމުލަކޮށް ލިބެނީ ގެއްލުން!
މިހިސާބުތަކުން ދައްކާ ގޮތުގައި ސިނާއަތަށް ލިބޭ ފައިދާއާއި ޓެކްސް އިން ލިބޭ
ފައިދާއަށް އަޅާކިޔާ އިރު ޞިއްޙީ ގެއްލުންތަކަށް ކުރަން ޖެހޭ ޚަރަދު ގިނަވޭ! އަދި މީގެ
އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ފުއްދުންތެރިކަން ދަށްވުމުން
ދިމާވާ ގެއްލުންތައް އިތުރުވެގެންދޭ!
16-
ދިރާސާތައް ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3 މީހުންގެ
ތެރެއިން 2 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވޭ! އަދި
ކޮންމެ 3 މީހުންގެ ތެރެއިން އެކަކު ހުއްޓާލުމަށް މަސައްކަތްކުރޭ! ނަމަވެސް އެހެން
މީހުންގެ އެހީތެރިކަމާ ނުލާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލެވެނީ އެންމެ
%3-2 މީހުންނަށް!
No comments:
Post a Comment