މުހިއްމު ސަފުހާތައް

Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 28ވަނަ ހަފްތާ



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : އަށާވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 14.8 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) :  ¼ 2 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ބޮޑު ދިގު ބައްޓެއް ވަރު 

ތުއްތު ދަރިފުޅުގެ ލޮލުގައި މިހާރު އެސްފިޔަ ހުންނާނެ އެވެ. އެސްފިޔަ ޖަހާނެއެވެ. ރަހިމު ހުރަސްކޮށް، ތުއްތު ދަރިފުޅުގެ ގަޔަށްއެޅޭ އަލި ތުއްތު ދަރިފުޅަށް ފާހަގަވާނެ އެވެ. ސިކުނޑީގައި އެތައް ބިލިޔަން ނިއުރޯން އެއް ދާނީ އުފެދެމުންނެވެ. ރަހިމުން ބޭރަށް ނިކުތުމަށް ދަރިފުޅު ތައްޔާރުވަމުންދާތީ، ފެޓް ނުވަތަ ސަރުބީގެ ފަށަލަތައް ތުއްތު ދަރިފުޅުގެ ގައިގައި އުފެދެމުންދާނެއެވެ. 



އަށާވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ލޯ : ތުއްތު ދަރިފުޅުގެ ލޮލުގައި މިހާރު އެސްފިޔަ ހުންނާނެ އެވެ. ބޭރުން މައިމީހާގެ ބަނޑަށް އަލިއެޅުމުން ތުއްތު ދަރިފުޅުގެ ބޯ އަލިއެޅުނު ފަރާތް ނޫން ފަރާތަށް އަނބުރައިހަދާނެއެވެ. 

ފެޓް : ރަހިމުން ބޭރަށް ނިކުތުމަށް ދަރިފުޅު ތައްޔާރުވަމުންދާތީ، ފެޓް ނުވަތަ ސަރުބީގެ ފަށަލަތައް ތުއްތު ދަރިފުޅުގެ ގައިގައި އުފެދެމުންދާނެއެވެ. 

ރަހިމު : ތުއްތު ދަރިފުޅުގެ ތޮޅުން ކުރިޔަށްވުރެ ބޮޑަށް މިހާރު މައިމީހާއަށް އިހުސާސް ކުރެވޭނެ އެވެ. 

އަށާވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ލޮލުގެ ފެނުން އަންނާނީ އުފެދެމުންނެވެ. ފަހަރުގައި ބޭރުން އަންނަ އަލިތައް ތުއްތު ދަރިފުޅަށް އިހުސާސް ކުރެވިދާނެ އެވެ. އެސްފިޔަތައް ހުންނާނީ އުފެދިފައެވެ. އެސްފިޔަ ޖަހާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ބޮޑު ދިގު ބައްޓެއް ވަރެވެ. 

މައުލޫމާތު :


No comments:

Post a Comment