ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ނަވާވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : 15 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : ½ 2 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : ތަރުކާރީ ބަރަބޮލެއް ވަރު

ނަވާވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
ފުރަގަސްފަރާތް : މާބަނޑު ދުވަސްވަރު ފުރަގަސް ފަރާތް ފޭބުމަކީ އާންމު
ކަމެކެވެ. ނަމަވެސް ވިހެއުމަށްފަހު މިކަން ލުއިވެދެއެވެ.
ކަށި : ހަރުވަމުން އަންނަ ތުއްތު ދަރިފުޅުގެ ކަށިގަނޑަށް ދުވާލަކު 250މިލިގްރާމްގެ
ކެލްސިއަމް ލިބެމުންދާނެ އެވެ.
ބޯ : ސިކުނޑިއޭގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ތުއްތު ދަރިފުޅުގެ ބޯ ބޮޑުވަމުން
އަންނާނެ އެވެ. މިދުވަސްވަރު ސިކުނޑި އުޅޭނީ އެތައް ބިލިޔަން ނިއުރޯން އެއް
އުފެއްދުމަށް އަވަދިނެތި އެވެ.
ރަހިމު : ބޮޑުވަމުން އަންނަ ރަހިމުން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ
ލޭހޮޅިތަކަށް ފިއްތާތީ، ގިނަ އިރު އުއްޑުން އޮށޯވެ އޮވެއްޖެނަމަ،
އަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ.
ނަވާވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ މަސްތަކާއި، ފުއްޕާމޭ އަވަދިނެތި
ހަރަކާތްތެރިވަމުންދާނީ ރަހިމުން ބޭރުގައި ވެސް އޭގެ މަސައްކަތްތައް ފުރިހަމަ
ކުރެވޭނެ ގޮތް ހެދުމަށް ތައްޔާރުވުމަށެވެ. ސިކުނޑިއޭގެ ތެރޭގައި
ހިފެހެއްޓުމަށްޓަކައި ތުއްތު ދަރިފުޅުގެ ބޯ ބޮޑުވަމުން އަންނާނެ އެވެ. ތުއްތު
ދަރިފުޅުވާނީ ގާތްގަނޑަކަށް ބަޓަރ ނަޓް ނޫނީ ތަރުކާރީ ބަރަބޮލެއް ވަރެވެ.
މައުލޫމާތު :
No comments:
Post a Comment