ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ނަވާވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : 15 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : ½ 2 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : ތަރުކާރީ ބަރަބޮލެއް ވަރު
ތުއްތު ދަރިފުޅުގެ މަސްތަކާއި، ފުއްޕާމޭ އިތުރަށް
ފުރިހަމަވަމުން ދާނެއެވެ. ސިކުނޑިއޭގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ތުއްތު
ދަރިފުޅުގެ ބޯ ބޮޑުވަމުން އަންނާނެ އެވެ. ހަރުވަމުން އަންނަ ތުއްތު ދަރިފުޅުގެ
ކަށިތަކުގައި ކެލްސިއަމް ހަރުލަމުންދާތީ، މިދުވަސްވަރު މައިމީހާ ކިރު، ޗީޒު، ޔޯގަޓް
ފަދަ ކެލްސިއަމް ގިނައިން ހުންނަ ބާވަތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މި
3 މަހުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ހަރުވަމުންދާ ކަށިތަކުގައި ދުވާލަކު 250
މިލިގްރާމްގެ ކެލްސިއަމް ޖަމާވަމުންދާނެ އެވެ.
ނަވާވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
ފުރަގަސްފަރާތް : މާބަނޑު ދުވަސްވަރު ފުރަގަސް ފަރާތް ފޭބުމަކީ އާންމު
ކަމެކެވެ. ނަމަވެސް ވިހެއުމަށްފަހު މިކަން ލުއިވެދެއެވެ.
ކަށި : ހަރުވަމުން އަންނަ ތުއްތު ދަރިފުޅުގެ ކަށިގަނޑަށް ދުވާލަކު 250މިލިގްރާމްގެ
ކެލްސިއަމް ލިބެމުންދާނެ އެވެ.
ބޯ : ސިކުނޑިއޭގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ތުއްތު ދަރިފުޅުގެ ބޯ ބޮޑުވަމުން
އަންނާނެ އެވެ. މިދުވަސްވަރު ސިކުނޑި އުޅޭނީ އެތައް ބިލިޔަން ނިއުރޯން އެއް
އުފެއްދުމަށް އަވަދިނެތި އެވެ.
ރަހިމު : ބޮޑުވަމުން އަންނަ ރަހިމުން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ
ލޭހޮޅިތަކަށް ފިއްތާތީ، ގިނަ އިރު އުއްޑުން އޮށޯވެ އޮވެއްޖެނަމަ،
އަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ.
ނަވާވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ މަސްތަކާއި، ފުއްޕާމޭ އަވަދިނެތި
ހަރަކާތްތެރިވަމުންދާނީ ރަހިމުން ބޭރުގައި ވެސް އޭގެ މަސައްކަތްތައް ފުރިހަމަ
ކުރެވޭނެ ގޮތް ހެދުމަށް ތައްޔާރުވުމަށެވެ. ސިކުނޑިއޭގެ ތެރޭގައި
ހިފެހެއްޓުމަށްޓަކައި ތުއްތު ދަރިފުޅުގެ ބޯ ބޮޑުވަމުން އަންނާނެ އެވެ. ތުއްތު
ދަރިފުޅުވާނީ ގާތްގަނޑަކަށް ބަޓަރ ނަޓް ނޫނީ ތަރުކާރީ ބަރަބޮލެއް ވަރެވެ.
މައުލޫމާތު :
No comments:
Post a Comment