Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 26ވަނަ ހަފްތާ



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ސައްބީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 14 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 3/2 1 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : "ފެހި ފިޔާ" ބޮނޑިއެއް ވަރު 

ތުއްތު ދަރިފުޅުގެ ކަންފަތަށް ގޮސްފައިވާ ނާރު މިހާރު އަންނާނީ އުފެދެމުންނެވެ. އެހެންކަމުން ތުއްތު ދަރިފުޅުގެ އަޑުއިވުން ކުރިޔަށްވުރެ ރަނގަޅުވަމުން އަންނާނެއެވެ. ތުއްތު ދަރިފުޅު އެތެރެއަށާއި، ބޭރަށް ނޭވާލާއިރު ފެންދުލީގައި ހުންނަ ފެން ކޮންމެވެސް މިންވަރަކަށް އެތެރެކުރާނެއެވެ. މިއީ ފުއްޕާ އުފެދުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނޭވާލުމުގެ މިހަރަކާތަކީ އުފަންވުމަށްފަހު ނޭވާލުމަށް ކުރެވޭ ރަނގަޅު ފަރިތަކުރުމެކެވެ. ތުއްތު ދަރިފުޅުގެ ގައިގައި ސަރުބީ ޖަހައި، ރޫފަ ރަނގަޅުވަމުން ދާނެއެވެ. ބަނޑުގައިވާ ދަރިފުޅަކީ ފިރިހެން ކުއްޖެއްނަމަ، އެކުއްޖާގެ އޮށް މަޑުމަޑުން އުރަވަޅި އާއި ދިމާލަށް ތިރިއަށް ޖެހެން ފަށާނެއެވެ. މިކަމަށް ގާތްގަނޑަކަށް 3-2 މަސް ހޭދަވާނެއެވެ. 

ސައްބީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ބުރަކަށި : ބުރަކަށީގައި ރިއްސައިފާނެއެވެ. މިއީ މާބަނޑުވުމުން އިތުރުވާ ހޯރމޯންތަކާއި، މައިބައިދައިގެ ހުޅުތަކާއި، އެއްސުންތަކަށް ދޫކަން ލިބުމުން ދިމާވާ ކަމެކެވެ. 



ކަންފަތް : ކުޑަދަރިފުޅުގެ ކަންފަތަށް ގޮސްފައިވާ ނާރު މިހާރު އަންނާނީ އުފެދެމުންނެވެ. އެހެންކަމުން ތުއްތު ދަރިފުޅުގެ އަޑުއިވުން ކުރިޔަށްވުރެ ރަނގަޅުވަމުން އަންނާނެއެވެ.

ޖިންސީ ގުނަވަން : ބަނޑުގައިވާ ދަރިފުޅަކީ ފިރިހެން ކުއްޖެއްނަމަ، އެކުއްޖާގެ އޮށް މަޑުމަޑުން އުރަވަޅި އާއި ދިމާލަށް ތިރިއަށް ޖެހެން ފަށާނެއެވެ. މިކަމަށް ގާތްގަނޑަކަށް 3-2 މަސް ހޭދަވާނެއެވެ. 

ސައްބީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅު އެތެރެއަށާއި، ބޭރަށް ނޭވާލާއިރު ފެންދުލީގައި ހުންނަ ފެން ކޮންމެވެސް މިންވަރަކަށް އެތެރެކުރާނެއެވެ. މިއީ ފުއްޕާ އުފެދުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނޭވާލުމުގެ މިހަރަކާތަކީ އުފަންވުމަށްފަހު ނޭވާލުމަށް ކުރެވޭ ރަނގަޅު ފަރިތަކުރުމެކެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް "ފެހި ފިޔާ" ބޮނޑިއެއް ވަރެވެ. 

މައުލޫމާތު :


No comments:

Post a Comment