ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : އަށާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : ½5 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : 7 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : ބޮޑުމިރުސް (ބެލްޕެޕަރ) ވަރު

އަށާރަވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
ލޭހޮޅިތައް : ތުއްތު ދަރިފުޅުގެ ލޭނާރުތަކާއި، ލޭހޮޅިތައް ހަމުގެ ދަށުން ފެންނަން
ހުންނާނެ އެވެ.
ކަންފަތް : ކަންފަތް މިހާރު ހުންނާނީ ބޮލުތެރެއިން ނިކުމެ، އެހުންނަންޖެހޭ ތަނުގައެވެ.

މަސް : ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ސްކޭން ކޮށްފާނެ އެވެ. އެއީ ކުޑަ
ދަރިފުޅު ހެދިބޮޑުވާ ގޮތް ބެލުމަށްޓަކައެވެ. އަދި ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި
ޢައިބެއް ހުރިތޯ އާއި، މަސް އޮތް ތަން ވެސް ސްކޭންގެ އެހީގައި ދެނެގަނެވިދާނެ
އެވެ.
އަށާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ އަތްފައި ހަރަކާތްކުރާނެ އެވެ.
މައިމީހާއަށް ފަހަރުގައި ތުއްތު ދަރިފުޅުގެ މިހަރަކާތްތައް ތޮޅުމުގެ ސިފައިގައި
އިހުސާސް ކުރެވިދާނެ އެވެ. ނާރުތަކުގެ ވަށައިގެން ރައްކާތެރިވުމުގެ ގޮތުން ލެވޭ
"މައިއެލިން ފަށަލަ" ލެވޭނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް
ބެލްޕެޕަރ (ބޮޑުމިރުސް) އެއް ވަރެވެ.
މައުލޫމާތު :
No comments:
Post a Comment