ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ނަވާރަވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : 6 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : ½8 އައުންސް
ތުއްތު ދަރިފުޅުގެ ސައިޒު
(ގާތްގަނޑަކަށް) : ގަދީމީ ޓޮމާޓޯއެއް ވަރު

ނަވާރަވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
ސިކުނޑި : މިއީ ތުއްތު ދަރިފުޅުގެ އިހުސާސްތައް އުފުލައިދޭ ބައިތައް އުފެދުމުގައި
އެންމެ މުހިއްމު ދުވަސްވަރެވެ. ތުއްތު ދަރިފުޅުގެ ސިކުނޑިން ބީހުން، އަޑުއިވުން،
ފެނުން، ވަސްދުވުން، އަދި ރަހަލުން ފަދަ ކަންކަމަށް ޚާއްޞަ ހިސާބުތައް ކަނޑައަޅައި
ނިންމާނެއެވެ.
ފައި : ތުއްތު ދަރިފުޅުގެ އަތްފައި މިހާރު ހުންނާނީ ހަށިގަނޑުގެ އެހެން ބައިތަކެކޭ
އެއްފަދައިން (އެބައިތަކާ އެއްވަރަށް) އުފެދި ބޮޑުވެފައެވެ.
ބޮލުގެ ހަން : ބޮލުގެ ހަމުގައި އިސްތަށި ފަޅަން ފަށާނެ އެވެ.

ނަވާރަވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބީހުން، އަޑުއިވުން، ފެނުން،
ވަސްދުވުން، އަދި ރަހަލުން ފަދަ އިހުސާސްތައް މިހާރު ދާނީ އުފެދެމުންނެވެ.
ފަހަރުގައި ތިބާ ދައްކާ ވާހަކަ އަޑުއިވިދާނެ އެވެ. އެހެންކަމުން މިދުވަސްވަރު
ބަނޑުގައި ތުއްތު ދަރިފުޅު އޮތް ނަމަވެސް މައިމީހާއަށް އެދަރިފުޅާއި މުޚާތަބުކޮށް
ވާހަކަ ދައްކައި، ލަވަކިޔައިދީ ހެދިދާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް "ގަދީމީ"
ޓޮމާޓޯ އެއްވަރެވެ.
މައުލޫމާތު :
No comments:
Post a Comment