ތުއްތު ދަރިފުޅު
ހެދިބޮޑުވާގޮތް : ހަތާވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން
(ގާތްގަނޑަކަށް) : ½ 14 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން
(ގާތްގަނޑަކަށް) : 2 ޕައުންޑް
ތުއްތު ދަރިފުޅު ތުއްތު ދަރިފުޅުގެ ލޯ މިހާރު
ހުޅުވައި، ލައްޕާނެއެވެ. އަދި ވަކި ވަގުތުތަކެއްގައި ނިދައި، ހޭލާނެއެވެ.
ފަހަރުގައި އިނގިލި ވެސް ބޮއިފާނެ އެވެ. ސިކުނޑީގައި އާޓިޝޫތައް އުފެދުމާއެކު،
ކުރިޔަށްވުރެ ސިކުނޑި ހަރަކާތްތެރިވާނެ އެވެ. ފުއްޕާމޭ އަދި ރަނގަޅަށް ފުރިހަމައެއް
ނުވާނެއެވެ. ނަމަވެސް މިދުވަސްވަރު އުފަންވެއްޖެނަމަ، މެޑިކަލް އެހީ (ވެންޓިލޭޓަރ،
އޮކްސިޖަން) ތެރިކަމުގައި ފުރާނަ ސަލާމަތްކުރެވިދާނެ އެވެ. ދޭތެރެއިން ދޭތެރެއިން
ތުއްތު ދަރިފުޅު އުކުޑިކޮށްޓާކަން ފާހަގަ ކުރެވިދާނެ އެވެ. އާންމު ގޮތެއްގައި
މިގޮތަށް އުކުޑި ކޮށްޓުން ފަދަ ހަރަކާތްތައް ދެމިހުންނަނީ ހިނދުކޮޅަކަށް
ކަމަށްވުމުން، އޭގެ ސަބަބުން ތުއްތު ދަރިފުޅަށް އެއްވެސް ކަހަލަ އުނދަގުލެއް
ނުވާނެ އެވެ.
ހަތާވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު
ސިފަވާގޮތް
ލޯ : ތުއްތު ދަރިފުޅުގެ ލޯ މިހާރު ހުޅުވައި، ލައްޕާނެއެވެ. އަދި ވަކި ވަގުތުތަކެއްގައި
ނިދައި، ހޭލާނެއެވެ.
އަނގަ : ތުއްތު ދަރިފުޅު ފަހަރުގައި އިނގިލި ބޮއިފާނެއެވެ. ދޭތެރެއިން ދޭތެރެއިން
ތުއްތު ދަރިފުޅު އުކުޑިކޮށްޓާކަން ފާހަގަ ކުރެވިދާނެ އެވެ.
ރަހިމު : ފައިން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ ލޭހޮޅިތަކަށް ބޮޑުވަމުން އަންނަ
ރަހިމުން ފިއްތުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ފައި ވާޅުވެ، އަކުނިވަޔަށް
ދެމުމަކީ ވެދާނެ ގޮތެކެވެ.
ހަތާވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
މިއީ މާބަނޑު ދުވަސްވަރު ތިންމަހުގެ އުސޫލުން
ބަހާލެވޭ ދުވަސްވަރުގެ ތެރެއިން ދެވަނަ 3 މަހުގެ ފަހު ހަފްތާ އެވެ. ތުއްތު
ދަރިފުޅު މިހާރު ގަވާއިދުން ނިދައި، ހޭލައި ހަދާނެއެވެ. ސިކުނޑި ވަރަށް ހީވާގި
ވާނެއެވެ. ފުއްޕާމޭ އަދި ރަނގަޅަށް ފުރިހަމައެއް ނުވާނެއެވެ. ނަމަވެސް
މިދުވަސްވަރު އުފަންވެއްޖެނަމަ، މެޑިކަލް އެހީ (ވެންޓިލޭޓަރ، އޮކްސިޖަން)
ތެރިކަމުގައި ފުރާނަ ސަލާމަތްކުރެވިދާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް
ކޮލިފްލާވަރ އެއް ވަރެވެ.
މައުލޫމާތު :
No comments:
Post a Comment