މައުދަން
މައުދަން(mineral)
ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް، ހަށިގަނޑަށް ވަރަށް
މަދު މިންވަރަކަށް ބޭނުންވާ "އިންއޯގެނިކް" މާއްދާ ތަކެކެވެ. ބައެއް
މައުދަންތައް ތަންކޮޅެއް ގިނައިން ހަށިގަނޑަށް ބޭނުންވާއިރު، އަނެއްބައި
މައުދަންތައް ބޭނުންވަނީ އެއަށްވުރެ މާމަދުންނެވެ. ޓްރޭސް އެލިމެންޓް(trace elements) ތަކަކީ
ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމަށްޓަކައި މަދުން ނަމަވެސް
ބޭނުންވާ މުހިއްމު ބައިތަކެކެވެ. ޓްރޭސް އެލިމެންޓް ތައް ހަށިގަނޑަށް ބޭނުންވަނީ
ވިޓަމިން ތަކަށްވުރެ ވެސް މަދުންނެވެ. މަޢުދަން ތައް އަދި ޓްރޭސް އެލިމެންޓް
ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންތެރި މާއްދާ ތަކެކެވެ.
ބޭހުގެ ގޮތުގައި ހަށިގަނޑަށް ބޭނުންވާ މައުދަން ނެގުމަށްވުރެ، ކާން
ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން މައުދަންތައް ހަށިގަނޑަށް މާރަނގަޅަށް ނަގައެވެ.
އެކި މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތައް ހަށިގަނޑަށް ބޭނުންވަނީ އެކި
ވަރަށެވެ. އެއީ އެކި މާއްދާތައް ހަށިގަނޑުގެ އެކިއެކި މަސައްކަތްތަކަށް
އެހީތެރިވެދޭތީ އެވެ. މީހެއްގެ އުމުރާއި، ޖިންސާއި، ތަބީޢީ ހާލަތު، އަދި ޞިއްހީ
ދުޅަހެޔޮކަމަށް ރިއާޔަތްކޮށް، އެކި މީހުންނަށް ބޭނުންވާ މިންވަރު ތަފާތު ވުމަކީ
ވެސް އެކަށީގެންވާ ކަމެކެވެ.
މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތަކުން ހަށިގަނޑުގައި
ފުރިހަމަކޮށްދޭ ބައެއް މަސައްކަތްތައް
ތަފާތު މަޢުދަންތަކާއި ޓްރޭސް އެލިމެންޓް ތައް އަދާކުރާ ބައެއް ވަޒީފާތައް
ތިރީގައި މިވަނީ އެވެ.
·
ހަށިގަނޑުގެއޮނިގަނޑުއުފެއްދުމާއިބައްޓަންގެނައުން
·
ހަށިގަނޑުގެ ގުނަވަންތަކުގެ ވަޒީފާ އަދާކުރުމުގައި ވާގިދިނުން
·
ހަށިގަނޑު ބިނާކޮށް ހެފެހެއްޓުން
·
އެންޒައިމް ތަކުގެ މަސައްކަތް ހަރުދަނާކުރުން
·
ހޯރމޯންތައް އުފެދުމުގައި ބައިވެރިވުން
·
ދަތްތަކާއި، ކަށިތައް ވަރުގަދަކުރުން
·
ހަށިގަނޑުގެ ސެލްތަކުގެ އެތެރެއާއި، ބޭރުގައި ހުންނަ ޖިސްމީ ދިޔަތައް
ކޮންޓްރޯލްކުރުން
·
ކާތަކެތި ހަށިގަނޑުގައި ހަކަތަ އަށް ބަދަލުކުރުވުން
މައުދަންތަކާއި، ޓްރޭސް އެލިމެންޓްތައް ލިއްބައިދޭ ކާނާގެ
ބާވަތްތައް
ތަފާތު މައުދަންތައް އަދި ޓްރޭސް އެލިމެންޓްތައް ލިއްބައިދޭ ކާނާގެ
ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، ޕާން، ސީރިއަލް، ކިރާއި، ކިރުގެ
އުފެއްދުންތައް، ތަރުކާރީ އާއި، މޭވާގެ ބާވަތްތައް (ޚާއްޞަކޮށް ހިއްކާފައި ހުންނަ
މޭވާގެ ބާވަތްތައް) އަދި މަދުގެ ބާވަތްތައް ހިމެނެއެވެ.
މުހިއްމު މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތައް
މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތަކުގެ ގޮތުގައި ބެލެވޭ މުހިއްމު
މާއްދާތައް ތިރީގައި މިވަނީ އެވެ.
·
ނިކެލް
·
ބޯރޯން
·
ކެލްސިއަމް
·
ކްރޯމިއަމް
·
ކޮބާލްޓް
·
ކޮޕަރ
·
އަޔަޑިން
·
ވެނޭޑިއަމް
·
މެގްނީޒިއަމް
·
މެންގަނީޒް
·
މޮލިބްޑިނަމް
·
ފޮސްފަރަސް
·
ފްލޮރައިޑް
·
ދަގަނޑު
·
ސެލެނިއަމް
·
ސިލިކަން
·
ސަލްފަރ
·
ޒިންކް
މައުލޫމާތު :
·
ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003
No comments:
Post a Comment