ފަރުޖުގެ ކެންސަރު
ފަރުޖުގެ ކެންސަރަ(vulvar cancer)ކީ އަންހެނާގެ ކުރިމަތި ފަރާތުން ބޭރަށް ހުންނަ ބަޔަށްޖެހޭ ކެންސަރެވެ. ނޫނީ
ބޭރު ސަތަހައަށް ޖެހޭ ކެންސަރެވެ. އާންމު ގޮެތެއްގައި "ވަލްވާ" އަކީ
އަންހެނާގެ ޖިންސީ ގުނަވަނާއި، ކުޑަކަމުދާ ހޮޅިން ބޭރަށް ހުޅުވިފައިވާ ބައިގެ
ވަށައިގެންވާ ހަމުގެ ބައެކެވެ. މީގެ ތެރޭގައި ފަރުޖުގެ ހޮއި ނުވަތަ ކުރިމަތި
ފަރާތުގެ ދޮރު، ކުޅަނދިލި، އަދި ފަރުޖުގެ ދެތުންފަތް ވެސް ހިމެނެއެވެ.
ފަރުޖުގެ ކެންސަރު އާންމު ކޮށް އުފެދެނީ ކަހައި ހިިރުވުމާއެކު ފަރުޖުގައި އުފެދޭ މުލިހި، ބިހި، ނޫނީ ފާރުކޮޅު ފަދަ އެއްޗެއްގެ ސިފައިގައެވެ. ކޮންމެ އުމުރެއްގައި ފަރުޖުގެ ކެންސަރު ޖެހުނު ނަމަވެސް، އާންމު ގޮެތެއްގައި ކެންސަރު ދެނެގަނެވި، ފާހަގަކުރެވެނީ އުމުރުން ދުވަސްވީ މީހުންގެ ފުށުންނެެވެ، ނޫނީ ކެންސަރު ދެނެގަނެވެނީ އުމުރުން ދުވަސްވާ ފަހުންނެވެ.
ފަރުޖުގެ ކެންސަރުގެ ވައްތަރުތައް
ކެންސަރު އުފެދިގެން އަންނަ ސެލް އަށް ރިޢާޔަތްކޮށް
ފަރުޖުގެ ކެންސަރުތައް އެކި ވައްތަރުތަކަށް ބަހާލެވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ
ވައްތަރުތައް ތިރީގައި މިވަނީ އެވެ.
(ހ) ވަލްވާ ސްކޭމަސް ސެލް ކާސިނޯމާ (vulvar
squamous cell carcinoma): މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ ފަރުޖުގެ ސަތަހައިގައި ހުންނަ ތުނި
ފަތި ނުވަތަ ފަތާ ސެލްތަކުންނެވެ. ނުވަތަ ސްކޭމަސް ސެލްތަކުންނެވެ. ފަރުޖުގެ
ކެންސަރުގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ. ފަރުޖުގެ ސްކޭމަސް ސެލް ތަކަށް
ޖެހޭ ކެންސަރުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިވައްތަރުތައް ރިޢާޔަތްވެގެންދަނީ
ކެންސަރު ފެށިގެން އަންނަ ސްކޭމަސް ސެލް ގެ ވައްތަރަށެވެ.
- ކެރަޓިނައިޒިންގ ޓައިޕް (keratinizing
type): މިއީ ވަލްވާ ސްކޭމަސް
ސެލް ކާސިނޯމާގެ އެންމެ އާންމު ވައްތަރެވެ. އާންމު ގޮތެއްގައި މިވައްތަރުގެ
ކެންސަރު ފާހަގަވަނީ އުމުރުން ދުވަސްވީ މީހުންގެ ކިބައިންނެވެ. މިވައްތަރާއި
ހިޔުމަން ޕެޕިލޯމާ ވައިރަހުން ޖެހޭ އިންފެކްޝަން އަކާއި ގުޅުމެއް ނޯވެއެވެ.
- ބޭސަލޮއިޑް އެންޑް ވާރޓީ ޓައިޕް (basloid
& warty type): މިވައްތަރު އާންމުކޮށް ފާހަގަވަނީ ތަންކޮޅެއް އުމުރުން ހަނގު އަންހެނުންގެ
ފުށުންނެވެ. މިވައްތަރުގެ ކެންސަރާއި ހިޔުމަން ޕެޕިލޯމާ ވައިރަސް އިންޖެހޭ
އިންފެކްޝަން އާއި ގުޅުން އޮވެއެވެ.
- ވެރޫކަސް ކާސިނޯމާ (Verrucous
carcinoma): މިއީ ވަރަށް ނާދިރު
ވައްތަރެކެވެ. މިވައްތަރުގެ ކެންސަރުގެ ސެލްތައް ހެދިބޮޑުވަނީ ވަރަށް ލަހުންނެވެ.
މިވައްތަރުގެ ކެންސަރުގެ ޓިއުމަރު ފެންނަ ފެނުމަށް ހީވާނީ ބޮޑު އުމެއް ހެންނެވެ.
ނަމަވެސް ކެންސަރު ކަން ޔަގީންކުރުމަށްޓަކައި ބަޔޮޕްސީ ހެދުން މުހިއްމެވެ.
(ށ) ވަލްވާ އެޑީނޯކާސިނޯމާ (vulvar
adenocarcinoma): މިވައްތަރުގެ ކެންސަރު
ފެށިގެން އަންނަނީ ފަރުޖުގައި ހުންނަ ގްލޭންޑް ސެލްތަކުންނެވެ. ފަރުޖުގެ
ކެންސަރުޖެހޭ ކޮންމެ 100 މީހުންގެ ތެރެއިން 8 މީހުންނަށް ޖެހެނީ ވަލްވާ
އެޑީނޯކާސިނޯމާ އެވެ. ވަލްވާ އެޑީނޯކާސިނޯމާ އެންމެ އާންމުކޮށް ފެށިގެން އަންނަނީ
ފަރުޖުގެ ދޮރު ނޫނީ ޖިންސީ ގުނަވަނުގެ ދޮރު ކައިރީގައި ހުންނަ "ބާރތޮލިން
ގްލޭންޑް"(Bartholin
gland) ގެ ސެލްތަކުންނެވެ. މިގްލޭންޑް ގައި އުފެދޭ ކެންސަރު ވަރަށް ގިނަ
ފަހަރު ސިސްޓެއް ކަމަށް ހީކޮށް މާބޮޑަށް އަޅާނުލައި ދޫކޮށްލެވޭ ތަން އާދެއެވެ.
(ނ) ވަލްވާ މެލަނޯމާ (vulvar
melanoma): މިވައްތަރުގެ ކެންސަރު
ފެށިގެން އަންނަނީ ފަރުޖުގެ ހަމުގައި ހުންނަ ހަމަށް އޭގެ ކުލަ ގެނެސްދޭ ޕިގްމެންޓް
އުަފައްދާ ސެލްތަކުންނެވެ. މިވައްތަރުގެ ކެންސަރު ބޮޑަށް އުފެދިގެން އަންނަނީ
ހަމުން އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގައެވެ. ނަމަވެސް ފަރުޖު ފަދަ
ހިސާބުތަކުގައި ވެސް މިވައްތަރުގެ ކެންސަރު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.
މިއީ ވަރަށް މަދުން ފެންނަ ކެންސަރުގެ ވައްތަރެކެވެ. ފަރުޖުގެ ކެންސަރުޖެހޭ ކޮންމެ
100 މީހުންގެ ތެރެއިން 6 މީހުންނަށް ޖެހެނީ ވަލްވާ މެލާނޯމާ އެވެ.
މަތީގައި ބަޔާންކުރެވުނު ވައްތަރުތަކުގެ އިތުރުން
ފަރުޖުގައި ސާރކޯމާ އާއި، އަދި ހަމަށްޖެހޭ ބޭސަލް ސެލް ކާސިނޯމާ އުފެދިގެން
ދިއުމަކީ ވެދާނެ ގޮތެކެވެ.
ސަބަބު
ފަރުޖުގެ ކެންސަރު ޖެހޭ ވަކި ސަބަބެއް އަދި މިހާތަނަށް
ހޯދިފައެއް ނުވެއެވެ. ވަރަށް ގިނަ މަގުފަހިކުރާ ކަންތައްތައް ހޯދިފައިވިޔަސް
މިކަންތައްތަކުގެ ސަބަބުން ފަރުޖުގެ ތަބީޢީ ސެލްތައް ކެންސަރުގެ ސެލްތަކަށް
ބަދަލުވެގެންދާ ގޮތް ހޯދުން އަދި އުޅެނީ ފެށުމުގެ މަރުހަލާ ގައެވެ.
ދިރާސާތައް ބުނާގޮތުގައި ފަރުޖުގެ ސްކޭމަސް ސެލް ކާސިނޯމާ
ދެގޮތަކުން ކުރިމަތިވެދާނެ އެވެ. މިވައްތަރުގެ ކެންސަރުގެ ½ ހާލަތުގައި
ހިޔުމަން ޕެޕިލޯމާ ވައިރަސް މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަ ކުރެވެއެވެ.
ހިޔުމަން ޕެޕިލޯމާ ވައިރަސްގެ އިންފެކްޝަން ޖެހުމަށްފަހު ކުރިމަތިވާ ފަރުޖުގެ
ކެންސަރު ފެންނަ ފެނުމަށް ތަފާތު ސިފަތަކެއް ހުރެއެވެ. އާންމު ގޮތެއްގައި
މިވައްތަރުގެ ކެންސަރު ފާހަގަވަނީ ވަލްވާ އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ
ކުރިމަތިވެފައިވާ ތަންތަނާ އެކީގައެވެ. ފަރުޖުގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން
މިވައްތަރުގެ (ސްކޭމަސް ސެލް ކާސިނޯމާ) ކެންސަރު ބޮޑަށް ފެންނަނީ އުމުރުން ހަނގު
މީހުންގެ ފުށުންނެވެ. އަދި ގިނަ ފަހަރު މިވައްތަރު ކެންސަރު ޖެހޭމީހުން ދުންފަތުގެ
އިސްތިއުމާލުކުރާ ކަން ފާހަގަ ކުރެވެއެވެ.
ފަރުޖުގެ ކެންސަރު ކުރިމަތިވާ ދެވަނަ ގޮތުގައި ހިޔުމަން ޕެޕިލޯމާ
ވައިރަސްގެ ދައުރެއް ނޯވެއެވެ. ނޫނީ މިއިންފެކްޝަން އަކާއި ގުޅުމެއް ނޯވެއެވެ.
މިވައްތަރުގެ ކެންސަރު އާންމުކޮށް ދެނެގަނެވެނީ އުމުރުން ދޮށީ އަންހެނުންގެ
ފުށުންނެވެ. މިފަދަ އަންހެނުންގެ ކިބައިގައި ލައިކެން ސްކެލިރޯސަސް ފަދަ ހަމުގެ
ބަލީގެ އިތުރުން ވަލްވާ އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ ހުރުމަކީ އެކަށީގެންވާ
ކަމެކެވެ. ފަރުޖުގެ ކެންސަރު ޖެހިފައިވާ އުމުރުން ދުވަސްވީ އަންހެނުންގެ ޑީއެންއޭ
ޓެސްޓުތަކުން އެޗްޕީވީ އިންފެކްޝަން ފާހަގަ ކުރެވިފައިވަނީ ވަރަށް މަދުންނެވެ.
ނަމަވެސް މިޓެސްޓުތަކުން ނުވަތަ ޑީއެންއޭ ޓެސްޓުތަކުން "ޕީ53 ޓިއުމަރ
ސަޕްރެޝަރ ޖީން"(P53
tumor suppressor gene)
އަށް އައިސްފައިވާ ވިރާސީ ބަދަލުތައް ފާހަގަ ކުރެވިފައި ވެއެވެ. ޕީ53
ވިރާސީ ބަހާ އަކީ ތަބީޢީ ސެލްތައް ކެންސަރުގެ ސެލްތަކަށް ބަދަލުވުމުން
ހިމާޔަތްކުރުމަށް މުހިއްމު ވިރާސީ ބަހާ އެކެވެ. އެހެންކަމުން މިވިރާސީ ބަހާ އަށް
ބަދަލުއައުމުން، ކެންސަރު އުފެދިގެން ދިއުމަށް ފަސޭހަ ވެއެވެ. އެޗްޕީީވީ
އިންފެކްޝަން އާއި އެކު ފަރުޖުގެ ކެންސަރު ކުރިމަތިވާ އުމުރުން ހަނގު އަންހެނުންގެ
ފުށުން ޕީ53 ވިރާސީ ބަހާއަށް އަންނަ ބަދަލުތައް ފާހަގަ ކުރެވެނީ ވަރަށް
މަދުންނެވެ.
މަގުފަހިކުރާ ކަންތައްތައް
(ހ) - އެޗްޕީވީއިންފެކްޝަންޖެހުން : ހިޔުމަންޕެޕިލޯމާވައިރަސްއަކީޖިންސީގުޅުމުގެޒަރީޢާއިންފެތުރޭ ބައްޔެކެވެ. މިއިންފެކްޝަންގެ ސަބަބުން ރަހިމުގެ ދޮރުގެ ކެންސަރު އަދި
ފަރުޖުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. ވަރަށް ގިނަ ޒުވާނުންނާއި،
ޖިންސީގޮތުން ހީވާގި މީހުންނަށް ހިޔުމަން ޕެޕިލޯމާ ވައިރަސް އިން ޖެހޭ
އިންފެކްޝަން ތައް ޖެހެއެވެ. އެކަމަކު ގިނަ މީހުންނަށް މިއިންފެކްޝަން އޭގެ
ޒާތުގައި ރަނގަޅުވެދެއެވެ. ބައެއް މީހުންނަށް ހިޔުމަން ޕެޕިލޯމާ ވައިރަސް އިން
ޖެހޭ އިންފެކްޝަންގެ ސަބަބުން ސެލްތަކަށް ބަދަލު އައިސް، މުސްތަގުބަލްގައި
ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރެ އެވެ. ހިޔުމަން ޕެޕިލޯމާ ވައިރަަސްގެ
ވައްތަރުތަކުގެ ތެރެއިން (ފަރުޖަށް) ކެންސަރު ޖެހުމުގެ ހިރާސް އެންމެ ބޮޑީ
ހިޔުމަން ޕެޕިލޯމާ ވައިރަސް16 އަދި ހިޔުމަން ޕެޕިލޯމާ ވައިރަސް 18 ގެ
ސަބަބުންނެވެ.
(ށ) - ދުންފަތުގެއިސްތިއުމާލުކުރުން : ދުންފަތުގެ
އިސްތިއުމާލުކުރުމަކީ ފަރުޖު ، ކުރިމަތި ފަރާތް ފަދަ ގުނަވަންތަކަށް ކެންސަރުތައް
ކުރިމަތި ކުރުވައި އަދި މިފަދަ ކެންސަރުތަކުގެ އަސަރު ގިނަ ދުވަސްތަކަށް
ދެމިހުންނަ ކަމެކެވެ. ހިޔުމަން ޕެޕިލޯމާ ވައިރަހުން ޖެހޭ އިންފެކްޝަން ޖެހިފައިވާ
މީހަކު، ދުންފަތުގެ އިސްތިއުމާލުކުރާނަމަ ފަރުޖަށް ކެންސަރު ޖެހުމުގެ ފުރުޞަތު
އިތުރަށް ބޮޑުވެގެން ދެއެވެ.
(ނ) - ދިފާއީ ނިޒާމު ބަލިކަށިވެފައިވުން : ދިފާޢީ ނިޒާމު ބަލިކަށިިވެފައިވާ މީހުންނަށް މިސާލަކަށް ހަށިގަނޑުގެ
ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، ދިފާޢީ ބާރު ދަށްވާފަދަ ބޭހެއް ގަވާޢިދުން
ބޭނުންކުރާ މީހުން، އަދި އޭޑްސް ބަލި ޖެހިފައިވާ މީހުންނަށް ފަރުޖުގެ ކެންސަރު
ޖެހުމުގެ ފުރުޞަތު ބޮޑެވެ. މިގޮތަށް ދިމާވާ މައިގަނޑު ސަބަބަކީ މިފަދަ މީހުންގެ
ދިފާޢީ ނިޒާމު ބަލިކަށިވެ، ހިޔުމަން ޕެޕިލޯމާ ވައިރަސް ފަދަ ޖަރާސީމުތަކުން ޖެހޭ
އިންފެކްޝަންތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާތީ އެވެ.
(ރ) - ފަރުޖު ހިމެނޭ ހިސާބުގެ ހަމުގެ
މައްސަލައެއް ހުރުން : މިސާލަކަށް ފަރުޖުުގެ ހިމެނޭ ހިސާބުގައި ލައިކެން
ސްކެލިރޯސަސް(Lichen
Sclerosus) ކިޔާ ހަމުގެ ބައްޔެއް ހުރެއްޖެނަމަ ފަރުޖުގެ ކެންސަރު ޖެހުމުގެ
ހިރާސް އިތުރުވެއެވެ. ލައިކެން ސްކެލިރޯސިސް އަކީ ހަމުގައި ހިރުވައި ކަހާ،
ހަންގަނޑު ތުނިވެގެންދާ ބައްޔެކެވެ.
(ބ) – އުމުރުން މަތިވުން
: ފަރުޖަށް ކެންސަރު ޖެހުމުގެ ފުރުޞަތު އުމުރުން
ދުވަސްވާރަކަށް އިތުރުވެއެވެ. ފަރުޖުގެ ކެންސަރު ޖެހި ދެނެގަނެވޭ މީހުންގެ
އެވްރެޖް އުމުރަކީ 70 - 65 އަހަރެވެ. ފަރުޖުގެ ކެންސަރު ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަކީ އުމުރުން 70 އަހަރަށްވުރެ ދޮށީ
މީހުންނެވެ. %20 އަށްވުރެ މަދު މީހުންނަކީ އުމުރުން 50 އަހަރަށްވުރެ ހަނގު
މީހުންނެވެ.
(ޅ) - ފަރުޖުގައި ކުރިން "ޕްރީ
ކެންސަރަސް ކޮންޑިޝަން" (ކެންސަރަށް މަގުފަހިވެދާނެ ފަދަ ހާލަތް) އެއް ހުރުން
: ފަރުޖުގެ ބަތާނަ ފަށުގައި "ވަލްވާ
އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ"(vulvar intraepithelial neoplasi
/ VIN) ހުރުމަކީ ފަރުޖުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
އާންމު ގޮތެއްގައި ވަލްވާ އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ ގެ ގިނަ ހާލަތްތައް
ކެންސަރަކަށް ބަދަލެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު މަދުން ނަމަވެސް މިފަދަ
ހާލަތްތައް ކެންސަރަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
އަލާމާތްތައް
ފަރުޖުގެ ކެންސަރުގެ އަލާމަތްތައް އެކި ހާލަތުގައި ތަފާތު
ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން ބަރޯސާވަނީ ކެންސަަރުގެ ވައްތަރު އަދި
ނުވަތަ ވަލްވާ އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ ފަދަ ޕްރި ކެންސަރަސް
ހާލަތްތަކުގެ މައްޗަށެވެ.
ފަރުޖުގެ އިންވޭސިވް ސްކޭމަސް ސެލް ކާސިނޯމާ
ފަރުޖުގެ އިންވޭސިވް ސްކޭމަސް ސެލް ތަކުގެ ކެންސަރުގައި
އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި : -
·
ފަރުޖުގެ ހަމުން
ބައެއް އޭގެ ވަށައިގެންވީ ހިސާބާ ތަފާތުކޮށް ހުރުން : މިސާލަކަށް ހަން މާއަލިވުން
ނޫނީ އަދިރިވުން ނޫނީ ރަތްކޮށް ނުވަތަ ފިޔާތޮށިކުލައަށް ހުރުން (ފަރުޖުގެ ހަމުގެ
ކުލައަށް ބަދަލުއައުން)
·
ކުރިމަތި
ފަރާތުން ބޭރުގައި (ފަރުޖުގައި) މުލިހި، އުން، ނުވަތަ ބިހި ޒާތުގެ އެއްޗެހި ނެގުން
ނުވަތަ މިފަދަ އެއްޗެއް ފާރުވެފައި ހުރުން
·
ކުރިމަތި
ފަރާތަށް ތަދުވުން ،ބީހިލުމުން ރިހުން
·
ފަރުޖު ހިރުވައި
ކަހާ ނުވަތަ ދިލަނެގުން
·
ކުޑަކަމުދާއިރު
ތަދުވުން
·
ކުރިމަތި
ފަރާތުގެ ނުވަތަ ފަރުޖުގެ ހަންބޯވުން
·
ކުރިމަތި ފަރާތް
ހުންނަ ގޮތަށް ބަދަލުއައުން
·
މައްސަރު
ތެރޭގައި ނޫނަސް ކުރިމަތި ފަރާތުން ލޭއައުން ނުވަތަ ލޭފޭބުން
·
ރަނގަޅުނުވާ
ފާރުކޮޅެއް އިނުން
ފަރުޖުގެ ސްކޭމަސް ސެލް ކާސިނޯމާގެ ވައްތަރެއް ކަމުގައިވާ
ވެރޫކަސް ކާސިނޯމާގައި ފަރުޖުގައި ކޮލިފްލާވަރ ކަހަލަ ގޮތަކަށް ހުންނަ ބޮޑެތި އުން
ނުވަތަ މުލިހި ފާޑުގެ އެއްޗެހި ނަގައެވެ.
ވަލްވާ އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ
ވަލްވާ އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ ހުންނަ ގިނަ
އަންހެނުންނަށް ގިނަ ފަހަރު އެއްވެސް އުދަނގޫތަކެއް ދިމާލެއް ނުވެއެވެ. މިފަދަ
މީހުންނަށް ކުރިމަތިވާ އެންމެ އާންމު އަލާމާތަކީ ފަރުޖު ހިމެނޭ ހިސާބު ކަހައި
ހިރުވުމެވެ. ނޫނީ ނުފިލައި ހުންނަ ރަނގަޅުނުވާ ހިރުވައި ކެހުމެއް ފަރުޖުގައި
ހުރުމެވެ. ފަރުޖުގެ ތަބީޢީ ހަމާއި، މިފަދަ ހާލަތެއް ކުރިމަތިވެފައިވާ ހަމުގައި
ތަފާތު ހުރުމަކީ ގާތް ކަމެކެވެ. މިފަދަ ހާލަތެއް މެދުވެރިވެފައިވާ ހިސާބުގެ ހަން،
އޭގެ ވަށައިގެންވާ ހަމަށްވުރެ ބޯވެފައި އަލިވާނެ އެވެ. ނަމަވެސް މިފަދަ ހާލަތެއް ދިމާވެފައިވާ
ހިސާބުގެ ހަން އޭގެ ވަށައިގެންވާ ހަމަށްވުރެ ބައެއް ފަހަރު ރަތް،
ފިޔާތޮށިކުލައަކަށް ، ނޫނީ އަނދިރިކޮށް ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފަރުޖުގެ މެލާނޯމާ
ފަރުޖުގައި އުފެދޭ މެލާނޯމާގެ ސަބަބުން ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ކުރިމަތި
ފަރާތުން ބޭރުގައި (ފަރުޖުގައި) މުލިހި، އުން، ނުވަތަ ބިހި ޒާތުގެ އެއްޗެހި ނެގުން
ނުވަތަ މިފަދަ އެއްޗެއް ފާރުވެފައި ހުރުން
·
ުރިމަތި
ފަރާތަށް ތަދުވުން ،ބީހިލުމުން ރިހުން
·
ފަރުޖު ހިރުވައި
ކަހާ ނުވަތަ ދިލަނެގުން
·
ކުރިމަތި
ފަރާތުން ލޭއައުން ނުވަތަ ލޭފޭބުން
ފަރުޖުގެ މެލާނޯމާ ކުރިމަތިވެފައިވާ ހިސާބުގެ ހަމުގެ ކުލަ
އާންމުކޮށް ހުންނަނީ ކަޅުކޮށް ނޫނީ ގަދަ މުށިކުލައިގައެވެ. ނަމަވެސް ބައެއް ފަހަރު
ހުދުކުލައިގައި، ނޫނީ ރަތް ކުލައިގައި، ނޫނީ ފިޔާތޮށީ ކުލައިގައި ނޫނީ އެހެން
ކުލައެއް ގައި ވެސް ހުރެދާނެ އެވެ. ފަރުޖުގެ ކޮންމެ ހިސާބެއްގައި ވެސް މެލާނޯމާ ގެ
އަސަރު ހުރެދާނެ އެވެ. އެންމެ އާންމުކޮށް ހުންނަނީ ކުޅަނދިލި ވަށައިގެންވާ
ހިސާބުގެ ހަމުގައެވެ. ނޫނީ ފަރުޖުގެ ދެތުންފަތު ގައެވެ.
ފަރުޖުގެ މެލާނޯމާ ބައެއް ފަހަރު ކަޅުތިލައެއް ގެ
ގޮތުުގައި ވެސް ފެށިގެން އަތުވެދާނެ އެވެ. އެހެންވީމާ އަހަރުތަކެއް ވަންދެން
އިންނަ ކަޅުތިލައަކަށް ބަދަލުއައުމަކީ ފަހަރުގައި މެލާނޯމާ ކަމަށް ވެސް ވެދާނެ
އެވެ. މިގޮތަށް ޖަހާފައިވާ ކަޅުތިލައެއް މެލާނޯމާއަށް ވެދާނެކަން
ދެނެގަތުމަށްޓަކައި "އޭބީސީޑީއީ"(ABCDE) ރޫލް
ބޭނުންކުރެވިދާނެ އެވެ.
A |
Asymmetry |
އެއްގޮތްނުވުން |
ކަޅުތިލައިގެ ½ އަނެއް ½ އާއި ނުގުޅުން |
B |
Border irregularity |
ބޯޑަރު
ފާހަގަނުވުން |
ކަޅުތިލައިގައި
ބޯޑަރު ރަނގަޅަށް ވަކިނުވުން |
C |
Color |
ކުލަ |
ކަޅުތިލައިގެ
ކުލަ ތަފާތުވުން : ކަޅު،މުށި، ރަތް، ނޫ، ނޫނީ ހުދުކުލައިގައި ވެސް ހުރެދާނެ |
D |
Diameter |
ވަށަމިން |
ކަޅުތިލަ 6
މިލިމީޓަރަށްވުރެ ފުޅާވުން |
E |
Evolving |
ބަދަލުވަމުންއައުން |
ކަޅުތިލައިގެ
ސައިޒު، ބައްޓަން، ކުލަ ދުވަސްވާވަރަކަށް ބަދަލުވަމުން އައުން |
ފަރުޖުގެ އެޑީނޯކާސިނޯމާ
ފަރުޖުގެ ބާރތޮލިން ގްލޭންޑް އިން އުފަންވެގެން އަންނަ
އެޑީނޯކާސިނޯމާގެ އެންމެ އާންމު އަލާމާތަކީ އުން، މުލިހި ނޫނީ ބިހި ޒާތުގެ
އެއްޗެއް ފަރުޖުގެ ދޮރުމަތީގައި ނެގުމެވެ.
ދެނެގަތުން
ކުރިމަތި ފަރާތަށް މައްސަލަ އެއް ދިމާވެފައިވޭތޯ، ނުވަތަ
ކުރިން ނުވާ ކަންތައްތަކެއް އިހުސާސްވޭތޯ އަމިއްލައަށް ބެލިދާނެ އެވެ. މީގެ
އިތުރުން ތިރީގައި މިވާ ކަންތައްތަކުން ވެސް ބަލި ދެނެގަނެވިދާނެ އެވެ.
(ހ) - ފަރުޖު ބަލައި ޗެކުކުރުން : އާންމު ގޮތެއްގައި ފަރުޖުގެ ކެންސަރު ދެނެގަތުމަށްޓަކައި ފަރުޖުގައި އެއްވެސް
ކަހަލަ އާދަޔާ ޚިލާފު ކަމެއް ހުރިތޯ ޑޮކްޓަރުން ބަލައި ޗެކުކުރާނެ އެވެ.
(ށ) - ބޮޑުވާ ބިއްލޫރި ފަދަ އެއްޗަކުން ފަރުޖު
ބެލުން : ބޮޑުވާ ބިއްލޫރި ފަދަ އެއްޗަކުން ފަރުޖު ބަލައި ހެދުމަކީ
އާންމުކޮށް ހަމަލޮލަށް ނުފެންނަ އާދަޔާ ޚިލާފު ކަމެއް ފަރުޖުގައި ހުއްޓަސް އެކަން
ފާހަގަ ކުރެވޭނެ ކަމެކެވެ.
(ނ) - ބަޔޮޕްސީ ހެދުން : ބަޔޮޕްސީ
ހެދުމަށްޓަކައި ފަރުޖުގެ ހަމުން ތަންކޮޅެއް ނަގައިގެން ޓެސްޓު ކުރެވެއެވެ.
ބަޔޮޕްސީ ހެދުމަށްޓަކައި ކެންސަރު ހުރިކަމަށް ޝައްކުކުރެވޭ ހިސާބު
އައްސިކޮށްލުމަށްފަހު ތޫނު ޚަންޖަރަކުން ނޫނީ ތޫނު އަދަވާތަކުން އެތަނުން ހަންކޮޅެއް
ނޫނީ ޝައްކުކުރެވޭ ތަންކޮޅު ނޫނީ ހިސާބު އެއްކޮށް ނެގެއެވެ. ބަޔޮޕްސީ އަށް
ހަންކޮޅު ކަފާލާ ހިސާބު މާބޮޑު ނަމަ ފަހަރުގައި ރޮނދިން އެހިސާބު ފަހާލަން
ޖެހިދާނެ އެވެ.
ކެންސަރުގެ އަސަރު ހުރިކަމަށް ތުހުމަތު ކުރެވޭ ތަންކޮޅު
ކުޑަނަމަ، އެތަންކޮޅު އެއްކޮށް ކަފާލައިގެން ނަގައެވެ.މިގޮތަށް ހެދުމަށް ކިޔަނީ
"އެކްސިސަނަލް ބަޔޮޕްސީ"(excisional
biopsy) އެވެ. ނަމަވެސް ކެންސަރުގެ އަސަރު ހުރި ކަމަށް ތުހުމަތުކުރެވޭ
ތަންކޮޅު ބޮޑުނަމަ، އެތަނުން އެތިކޮޅެއް ނެގެއެވެ. މިގޮތަށް ހެދުމަށް ކިޔަނީ
"ޕަންޗް ބަޔޮޕްސީ"(punch
biopsy) އެވެ.
(ރ) - އިމޭޖިންގ ޓެސްޓުތައް ހެދުން : ފަރުޖުގެ ކެންސަރާއި ގުޅިގެން ހަދައިފައިނޭ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި
އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
v
މޭގެ އެކްސްރޭ
ނެގުން
v
ސީޓީ ސްކޭން
ހެދުން
v
އެމްއާރުއައި
ހެދުން
v
ޕެޓް ސްކޭން
ހެދުން
(ބ) - އެހެނިހެން ޓެސްޓުތައް : ފަރުޖުގެ ކެންސަރާއި ގުޅިގެން ހަދައިފައިނޭ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި
އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
v
ސިސްޓޮސްކަޕީ
ހެދުން
v
ޕްރޮކްޓޮސްކަޕީ
ހެދުން
v
ލޭގެ ޓެސްޓުތައް
ހެދުން
ފަރުޖުގެ ކެންސަރު ދަރަޖަކުރުން
ފަރުޖުގެ ކެންސަރު ހުރިކަން ދެނެގަތުމަށްފަހު ދެން ކުރެވޭ
ކަމަކީ ކެންސަރު ހުރި މިންވަރު ދެނެގަތުމަށްޓަކައި ކެންސަރު ދަރަޖަ ކުރުމެވެ.
ފަރުޖުގެ ކެންސަރު ދަރަޖަ ކުރުމަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި:-
(ހ) ކަށިވަތް (ޅިނދު) ހިމެނޭ ހިސާބު ބެލުން (pelvic
examination): މިހިސާބު ބެލުމުގެ
ބޭނުމަކީ ކެންސަރު ފެތުރިފައިވާކަމުގެ އެއްވެސް ނިޝާނެއް މިހިސާބުގެ
ގުނަވަންތަކުން ފާހަގަވޭތޯ ބެލުމެވެ.
(ށ) ތަސްވީރު ކުރައިދޭ ޓެސްޓުތައް (imaging
tests): ބަނޑާއި މޭގެ އިމޭޖިންގ
ޓެސްޓު ތަކުން އެހިސާބުތަކަށް ކެންސަރު ފެތުރިފައިވާނަމަ ދެނެގަނެވިދާނެ އެވެ.
އާންމުކޮށް ހެދޭ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި އެކްސްރޭ ނެގުން، ސީޓީ ސްކޭން
ހެދުން، އެމްއާރުއައި ހެދުން އަދި ޕެޓް ސްކޭން ހެދުން ފަދަ ކަންތައްތައް
ހިމެނެއެވެ.
ފަރުޖުގެ ކެންސަރު ބަހާލެވިފައިވާ ދަރަޖަތައް
ފަރުޖުގެ ކެންސަރު ދަރަޖަކުރުމަށް ވެސް މައިގަނޑު
ގޮތެއްގައި ތަފާތު 3 ކަމަކަށް ބަލައެވެ.
(1) - ޓިއުމަރުގެ ސައިޒު ނުވަތަ ބޮޑުމިން (T=
Tumor):ކެންސަރުގެ ޓިއުމަރުގެ
ސައިޒު ކިހާ ބޮޑުތޯ؟ އަދި ކެންސަރު ކިހާ ފުނަކަށް ފެތުރިފައިވޭތޯ؟ ކެންސަރުގެ
އަސަރު މަސާނާ ނޫނީ ފުރަގަސް ފަރާތާއި ހަމައަށް ފޯރާފައިވޭތޯ؟
(2) - ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރުން (N=Node): ކިތައް ލިމްފް ގޮށަށް ކެންސަރު ފެތުރިފައިވޭތޯ؟ ލިމްފް
ގޮށްތަކުން ބޭރަށް ވެސް ކެންސަރު ފެތުރިފައިވޭތޯ؟
(3) - ދުރު ހިސާބުތަކަށް ފެތުރުން (M=Metastases): ފަރުޖުގައި އުފެދިފައިވާ ކެންސަރު ދުރު ހިސާބުތަކުގައިވާ
ލިމްފް ގޮށްތަކަށް ފެތުރިފައިވޭތޯ؟ ނޫނީ ދުރުގައިވާ ގުނަވަންތަކަށް
ފެތުރިފައިވޭތޯ؟
ފަރުޖުގެ ކެންސަރު ބަހާލެވިފައިވާ ދަރަޖަތައް ތިރީގައި
މިވަނީ އެވެ.
(1) ދަރަޖަ I: މިއީ ފަރުޖާއި، ފުރަގަސްފަރާތު ދޮރާއި ދެމެދުގައިވާ
ހަމުގައި ކުޑަ ޓިއުމަރެއް ހުރުމެވެ. ހަށިގަނޑުގެ ލިމްފް ގޮށްތަކަށް ނޫނީ އެހެން
ހިސާބުތަކަށް ކެންސަރު ފެތުރިފައެއް ނުހުންނާނެ އެވެ.
(2) ދަރަޖަ II: މިހާލަތުގައި ވަށައިގެންވާ ހިސާބުތަކަށް ޓިއުމަރު
ފެތުރިގެން ދެއެވެ. އެގޮތުން ކުޑަކަމުދާ ހޮޅީގެ ތިރީ ބަޔާއި، އަންހެނާގެ ޖިންސީ
ގުނަވަނާއި، ފުރަގަސް ފަރާތު ދޮރަށް ކެންސަރުގެ އަސަރު ފެތުރެއެވެ.
(3) ދަރަޖަ III: މިހާލަތުގައި އެހިސާބުގެ ލިމްފް ގޮށްތަކަށް ނޫނީ
ހަށިގަނޑުގެ ލިމްފް ގޮށްތަކަށް ކެންސަރުގެ އަސަރު ފެތުރިގެން ދެއެވެ.
(4) ދަރަޖަ IV: މިހާލަތުގައި އެހިސާބުގެ ލިމްފް ގޮށްތަކަށް، ނޫނީ
ހަށިގަނޑުގެ ލިމްފް ގޮށްތަކަށް ކެންސަރު ފެތުރުމުގެ އިތުރުން، ކުޑަކަމުދާ
ހޮޅިއާއި، ޖިންސީ ގުނަވަނުގެ މަތީ ބައިތަކަށް، ނޫނީ މަސާނާ، ފުރަގަސްފަރާތް އަދި
ޅިނދުކަށިގަނޑަށް ކެންސަރުގެ އަސަރު ފެތުރިގެން ދެއެވެ. މީގެ އިތުރުން ހަށިގަނޑުގެ
ދުރު ހިސާބުތަކަށް ވެސް ކެންސަރު ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ފަރުވާ
ފަރުޖުގެ ކެންސަރުގެ ފަރުވާ ބަރޯސާވަނީ ކެންސަރުގެ
ދަރަޖައާއި ކެންސަރުގެ ވައްތަރާއި، ބަލިމީހާގެ އާންމު ޞިއްޙަތަށެވެ. އާންމުކޮށް
ދެވޭ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ އޮޕަރޭޝަންކުރުން، ރޭޑިއޭޝަން ތެރަޕީ ދިނުން،
އަދި ކީމޯތެރަޕީ ދިނުމެވެ.
އޮޕަރޭޝަންކުރުން
ފަރުޖުގެ ކެންސަރަށް ފަރުވާކުރުމަށް
އޮޕަރޭޝަންކުރުން
ފަރުޖުގެ ކެންސަރަށް ފަރުވާ ކުރުމަށް ކުރެވޭ އޮޕަރޭޝަން
ތަކުގެ ތެރޭގައި:-
(ހ) ކެންސަރުގެ އަސަރު ހުރި ހިސާބު ކަފައިނެގުން
: ކެންސަރުގެ އަސަރު ހުރި ހިސާބު ކަފައި ނަގާއިރު،
ކެންސަރުގެ އަސަރު ހުރި ހިސާބުގެ އިތުރުން ވަށައިގެންވާ ދުޅަހެޔޮ ހަމުން ބައެއް
ނޫނީ އެބައިގެ ކައިރިފަށް ވެސް ނަގާނެއެވެ. މިގޮތަށް ދުޅަހެޔޮ ހަމުން ބައެއް ވެސް
ނެގުމުގެ ބޭނުމަކީ ކެންސަރުގެ އަސަރު ހުރި އެއްވެސް ތަންކޮޅެއް ނުނަގައި
ދޫކޮށްނުލެވޭކަން ކަށަވަރު ކުރުމެވެ.
(ށ) ބޮޑު ފުޅާ އޮޕަރޭޝަނެއް ކުރުން : މީގެ ތެރޭގައި ފަރުޖުން ބައެއް ނެގުން، ނޫނީ ފަރުޖު އެއްކޮށް ކަފައިނެގުން
ހިމެނެއެވެ. އާންމުކޮށް މިއޮޕަރޭޝަން ކުރެވެނީ ވަރަށް ބޮޑަށް ކެންސަރުގެ އަސަރު
ހުރިކަމުގައި ވާނަމަ އެވެ. މިއޮޕަރޭޝަން ކުރުމުގެ ކުރިން ކީމޯތެރަޕީ އާއި،
ރޭޑިއޭޝަން ތެރަޕީ ދީގެން ކެންސަރު ޓިއުމަރު ހިންދައި، ސައިޒުން ކުޑަކޮށްލެވޭތޯ
ބަލައެވެ. ފަރުޖުގެ އެއްކޮށް ނެގުމަށް އޮޕަރޭޝަން ކުރުމަކީ އެކަމުގެ ސަބަބުން
ނުރައްކާތައް ދިމާވެދާނެ ކަމެކެވެ. އޭގެ ތެރޭގައި އޮޕަރޭޝަން ކުރި ހިސާބުގައި
އިންފެކްޝަން އުފެދުން، ފާރު ފަސޭހަނުވެ ގިނަ ދުވަސްވުން ފަދަ ކަންތައްތައް
ހިމެނެއެވެ.
ކައިރި ހިސާބުތަކުގައިވާ ލިމްފް ގޮށްތައް
ނެގުމަށް އޮޕަރޭޝަންކުރުން
ފަރުޖުގެ ކެންސަރަކީ އުކުޅުވަޅުގައި ނޫނީ ފައިވަޅުގައި
ހުންނަ ލިމްފް ގޮށްތަކަށް ފެތުރިދާނެ ކެންސަރެކެވެ. އެހެންކަމުން ކެންސަރުގެ
އަސަރު ހުރި ހިސާބު ކަފައި ނެގުމަށް އޮޕަރޭޝަންކުރާއިރު މިހިސާބުގެ ލިމްފް
ގޮށްތައް ވެސް އޮޕަރޭޝަންކޮށްގެން ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ބަލިމީހާގެ
ހާލަތަށް ބަލައި، ބައެއް ފަހަރު މަދުން ނޫނީ ގިނައިން ވެސް ލިމްފް ގޮށްތައް ނަގަން
ޖެހިދާނެ އެވެ. އޮޕަރޭޝަން ކޮށްގެން ލިމްފް ގޮށްތައް ނެގުމަކީ ފައިގައި ދިޔަ
ޖަމާވެ، ފައިދުޅަވުން ކުރިމަތިކޮށްފާނެ ކަމެކެވެ.
ބައެއް ހާލަތްތަކުގައި ޑޮކްޓަރުން "ސެންޓިނެލް ލިމްފް
ނޯޑް ބަޔޮޕްސީ" ހަދައެވެ. މީގެ ބޭނުމަކީ އެންމެ ފުރަތަމަ، އެންމެ ބޮޑަށް
ކެންސަރު ފެތުރުމުގެ ފުރުޞަތު އޮތް ލިމްފް ގޮށްތަކަކީ ކޮބައިކަން ދެނެގަތުމެވެ. އަދި
އޮޕަރޭޝަންކޮށްގެން ވަކިކޮށް ނެގޭ ލިމްފް ގޮށްތަކުގެ މިންވަރު މަދުކުރުމެވެ. އެގޮތަށް
ބެލުމަށްފަހު ޑޮކްޓަރުން ފުރަތަމަ ނަގާނީ އެފަދަ ލިމްފް ގޮށްތަކެވެ. އެލިމްފް
ގޮށްތަކުން ކެންސަރުގެ ސެލްތައް ނުފެނިއްޖެނަމަ، އެހެން ލިމްފް ގޮށްތަކަށް
ކެންސަރުގެ އަސަރު ފެތުރިފައިވުމަކީ ވަރަށް ނާދިރު ކަމެކެވެ.
ރޭޑިއޭޝަން ތެރަޕީ ދިނުން
ރޭޑިއޭޝަން ދިނުމަކީ ކެންސަރުގެ އަސަރުހުރި ސެލްތައް
ރޭޑިއޭޝަން ދީގެން މަރާލުމެވެ. އެގޮތުން ކެންސަރުގެ އަސަރު ހުރި ހިސާބަކަށް ސީދާ
އަމާޒުކުރެވިގެން ރޭޑިއޭޝަަން މެޝިނެއްގެ އެހީގައި ދެވެއެވެ. ބައެއް ފަހަރު
ކެންސަރުގެ ބޮޑެތި ޓިއުމަރުތައް އޮޕަރޭޝަން ކުރުމުގެ ކުރިން ކުޑަކޮށް،
ހިންދާލުމަށްޓަކައި ވެސް ރޭޑިއޭޝަން ތެރަޕީ ދެވެއެވެ.
ކީމޯތެރަޕީދިނުން
ކީމޯތެރަޕީ ދިނުމަކީ ކެމިކަލް ބޭހުގެ ގޮތުގައި
ބޭނުންކޮށްގެން ކެންސަރުގެ ސެލްތައް މަރާލުމެވެ. އާންމު ގޮތެއްގައި ކީމޯތެރަޕީގައި
ބޭނުންކުރެވޭ ބޭސްތައް ދެވެނީ ގުޅަ ބޭހުގެ ސިފައިގައި ނޫނީ ލެޔަށްޖަހާ
އިންޖެކްޝަންގެ ގޮތުގައެވެ. އެހެން ހިސާބުތަކަށް ފަރުޖުގެ ކެންސަރު
ފެތުރިގެންގޮސްފައިވާނަމަ، ކީމޯތެރަޕީ އަކީ އެންމެ ރަނގަޅު ފަރުވާ ކަމުގައި
ބެލެވިދާނެއެވެ. ކީމޯތެރަޕީ އަކީ ވެސް ބައެއް ފަހަރު ބޮޑެތި ޓިއުމަރުތައް
އޮޕަރޭޝަންކޮށްގެން ނެގުމުގެ ކުރިން ޓިއުމަރު ހިންދައި، ސައިޒުން
ކުޑަކޮށްލުމަށްޓަކައި ދީއުޅޭ ފަރުވާ އެކެވެ.
ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ
ކަންތައްތައް
·
ޕެލްވިކް
އެގްޒާމް އާންމުކޮށް ހަދައި ބަލަމުން ގެންދިއުން
·
ދުންފަތާ
ދުރުހެލިވުން
·
އެޗްޕީވީ
އިންފެކްޝަން އިން ރައްކާތެރިވުމަށް ވެކްސިން ދިނުން
·
ގިނަ
ބައިވެރިންނާއެކު ޖިންސީގުޅުން ނުހިންގުން
·
ޖިންސީގުޅުން
ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
ހަވާލާ
·
https://www.mayoclinic.org/diseases-conditions/vulvar-cancer/symptoms-causes/syc-20368051
·
https://www.cancer.org/cancer/vulvar-cancer/about.html
No comments:
Post a Comment