ލޯ
ލޯ(Eye) ނުވަތަ ލޮލަކީ އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިއްމު އެއްގުނަވަނެވެ. އިންސާނާ އަށް ލިބިފައިވާ ހިއްސު ތަކުގެ ތެރެއިން ފެނުމުގެ ހިއްސު ލިބިދިނުމުގެ މެދުވެރިޔަކީ ލޮލެވެ. ނުވަތަ ފެނުން ފުރިހަމަކޮށްދެނީ ލޮލުގެ އެހީގައެވެ.
ލޮލުގައި
އެކުލެވިގެންވާ ފަށަލަތައް
ލޯ އެކުލެވިގެންވަނީ
މައިގަނޑު 3 ފަށަލަ އެއްގެ މައްޗަށެވެ. އެއީ :-
1. ބޭރުގައިވާ ފައިބަރީ (ރައްކާތެރިކޮށްދެނިވި) ފަށަލަ (outer
protective layer): މިފަށަލައިގެ ފަހަތު 6/5 ބައި އިންނަނީ ހުދުކޮށެވެ. މިއީ
ހުދުކަޅި(Sclera) އެވެ. ކުރިމަތީ 1/6 އިންނަނީ އެތެރެ ފެންނަގޮތަށް، ސާފުކޮށެވެ.
މިއީ ލޮލުގެ ހާމަދުލި(cornea) އެވެ. އަލީގެ ދޯދިތައް ލޮލުގެ ތެރެއަށް ވަންނަނީ ލޮލުގެ ހާމަދުލި
ހުރަސްކޮށެވެ.
2. މެދުތެރޭ ލޭނާރީ/ ލޭއެކުލެވޭ ފަށަލަ (middle
vascular layer / uveal tract): މިފަށަލަ އަކީ "ޔުވެއަލް ޓްރެކްޓް"(uveal tract) ގެ ގޮތުގައި ވެސް ބަލައެވެ. މިފަށަލައިގައި ލޭހޮޅިތައް ހުރެއެވެ. ފަހަތުން
ކުރިމައްޗަށް ވާގޮތަށް މިބައި އެތުރިފައިވަނީ ކޮރޮއިޑް، ސިލިއަރީ ބޮޑީ އަދި ކަޅުކަޅީގެ
މައްޗަށެވެ. އެހެންކަމުން އުފެދިފައިވާގޮތުން މިފަށަލައިގައި ފަހަތު ބައިގައި
ކޮރޮއިޑް ހިމެނޭ އިރު، ކުރިމަތީ ބައި އެކުލެވިގެންވަނީ ކަޅުކަޅި(iris) އަދި ސިލިއަރީ ބޮޑީ(ciliary
body) ގެ މައްޗަށެވެ. ނޫނީ ކުރިމަތިން ކަޅުކަޅި، މެދުތެރޭގައި ސިލިއަރީ
ބޮޑީ، އަދި ފަހަތު ބައިގައި ކޮރޮއިޑް ހިމެނޭ ގޮތަށެވެ. ކަޅުކަޅި އަކީ ލޮލުގެ
ލެންސް(crystalline
lens)ގެ ކުރިމަތިން އިންނަ ކަޅު ބައެކެވެ. ކަޅުކަޅީގެ މެދުގައި
ވަށްކޮށް އިންނަ ހުޅުވުމެއް އިނދެއެވެ. އެއީ ލޮލުގެ ކޮއި(pupil) އެވެ. ލޮލުގެ
ބޯޅައިގެ ނުވަތަ ލޮލުގެ ފަހަތު 6/5 ބަޔަކީ މިފަށަލައިގައި ކޮރޮއިޑް އެވެ. ކޮރޮއިޑް
ފަހަތުން ދެމެދުން ކުރިޔަސް ނުވަތަ ކުރިމައްޗަށް ގޮސް، ލޮލުގެ އަލިދުލީގައި ހިމެނޭ
"އޯރާ ސިރޭޓާ" އާއި ހަމައަށް ގޮސްފައި ވެއެވެ. ކޮރޮއިޑް ކަޅުކަޅި އާއި
ގުޅުވާދެނީ ސިލިއަރީ ބޮޑީ އިންނެވެ.
3. އެތެރޭގައިވާ ނާރީ (ފަތިނާރީ) ފަށަލަ (inner nervous
layer): މިއީ މައިގަނޑު ގޮތެއްގައި ލޮލުގެ އަލިދުލި އެވެ.
މިބައިގައި ފޮޓޯސެންސިޓިވް ރިސެޕްޓަރުތައް ކަމުގައިވާ "ކޯންސް"(Cones) އަދި "ރޮޑްސް"(Rods) އެކުލެވިގެން
ވެއެވެ. މިފަށަލަ ކުރިމަތިން ގޮސް ނިމިފައިވަނީ ސިލިއަރީ ބޮޑީ ގެ ފަހަތުން
"އޯރާ ސިރޭޓާ"(Ora
serrata) ހިސާބުގައެވެ. މިފަށަލައިގެ ނުވަތަ ލޮލުގެ އަލިދުލީގެ ފަހަތު
ބައިގައި އިންނަ ކުޑަ ސަރަހައްދަކަށް "މެކިޔުލާ ލޫޓިއާ"(Macula lutea) އޭ ކިޔައެވެ. މެކިޔުލާ ލޫޓިއާގެ މެދުގައިވާ ހޮޔަށް ނުވަތަ
އަޑިކޮޅަށް ކިޔަނީ "ފޮވެއާ ސެންޓްރާލިސް"(Fovea centralis) އެވެ.
ލޯބެހިގެންވާ
ބައިތައް
ލޮލަކީ ތަފާތު ބައިތައް އޭގައި ހިމެނިފައިވާ ގުނަވަނެކެވެ. ލޮލުގައި ހިމެނޭ މައިގަނޑު ބައިތައް ތިރީގައި މިވަނީ އެވެ. އެގޮތުން ލޮލުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ލޮލުގެ އޯބިޓް، ލޮލުގެ ބޮޑި، ލޮލުގެ ރަވަ، ލޮލުގެ ކަޅުކަޅި، ލޮލުގެ ހުދުކަޅި، ލޮލުގެ ކޮއި، ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލިފަށަލަ، ލޮލުގެ ހާމަދުލި، ލޮލުގެ އަލިދުލި، ލޮލުގެ ލެންސް، އަދި ލޮލުގެ މައިނާރު ފަދަ މުހިއްމު ބައިތައް ހިމެނެއެވެ.
ލޮލުބޯޅަ ނުވަތަ ލޯ، އަދި އޭގެ ވަށައިގެންވާ ވަޒީފީ މަސްތަކުގެ ފަށަލައިގެ ވަށައިގެން އޯބިޓްގެ ތެރޭގައި ހުންނަ ސަރުބީތައް ހުރެއެވެ. ލޯ ވިދިފައި ނޫނީ ހިފެހެއްޓިފައި ނޫނީ ހަރުލައި ހުންނަނީ މިސަރުބީ ތަކުގެ މަތީގައެވެ. އެހެން ކަމުން މިސަރުބީތައް ސިފަކުރެވެނީ ލޮލަށް ބާލީހެއްގެ ގޮތުގައެވެ. މިސަރުބީތަކުގެ މަތީގައި އަމާންކަމާއެކު ލޮލަށް އެކި ފަރާތަށް ދައުރުވެ، ލެނބި، އުދަނގުލަކާ ނުލައި، ހަރަކާތްތެރިވެވެއެވެ.
ލޮލުގެ ކަށީގެ އޯބިޓަކީ ލޯ ހިފެހެއްޓުމަށް ކަށިން އުފެދިފައިވާ ސޮކެޓެކެވެ. މިއީ ލޯ އެތަނެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ކަށިން އުފެދިފައިވާ ހުސް ޖާގައެކެވެ. ނުވަތަ ކަށިން އުފެދިފައިވާ ހޮއެކެވެ. އާންމު ގޮތެއްގައި ލޮލުގެ އޯބިޓް އިންނަނީ 4 ފަރާތާއި، ކޮޅު ހިމެނޭ ގޮތަށް ޕިރަމިޑެއްގެ ބައްޓަމަށް، ބޮލުގެ ނާށިގަނޑުގައި ހިމެނޭ ކަށިތަކުން ބައެއް ކަށިތައް ހިމެނިގެން އުފެދިފައެވެ. ބޭރުފުށުން ލޮލަށް ލިބޭ އެކި ކަހަލަ އަނިޔާތަކުން އޯބިޓްގެ ސަބަބުން ލޮލަށް ރައްކާތެރިކަން ލިބެއެވެ. ޕިރަމިޑެއްގެ ބައްޓަމަށް އޯބިޓް އިންނައިރު އޭގެ ކޮޅު ނުވަތަ އޭޕެކްސް(Apex) އިންނަނީ ބޮލުގެ ނާށިގަނޑުގެ ތެރެއަށް ވާގޮތަށެވެ.
ލޮލުގެ ބޮޑިއަކީ ލޮލުގެ މައްޗާއި ތިރިން، ލޯ ރައްކާތެރިކުރުމަށް ލެވިފައިވާ ދެފަށަލަ އެވެ. މިއީ ލޮލުގެ ކުރިމަތިން ލޯނިވައިކޮށްދޭ ނިވާފަތް ގަނޑެކެވެ. މިއީ މަސްކިޔުލޯފައިބްރަސް(musculofibrous) ނުވަތަ ހަމުގެ ތުނި ފަށަލަ އެކެވެ. ލޮލަށް ލިބޭ އަނިޔާތަކުން ލޯ ރައްކާތެރިކޮށްދޭ، ގަދަ އައްޔަށް ހުށަހެޅުމުން ލޯ މިންޖުކޮށްދެނީ ލޮލުގެ ބޮޑިއެވެ. ލޮލުގައި އުފެދޭ ކަރުނަ މުޅި ލޮލުގެ ބޯޅައިގެ ސަތަހަ މައްޗަށް ފަތުރައި، ލޮލުގެ ތެތްކަން(ތެޔޮކަން) އެއްވަރެއްގައި ހިފަހައްޓައިދިނުމުގައި އެހީތެރިވެދެނީ ލޮލުގެ ބޮޑިއެވެ. ލޮލުގެ ބޮޑީގެ އެހީގައި އެސްފިޔަ ޖެހުމުން ލޮލުގެ ތެރެއަށް ނުވަތަ ހާމަދުލީގެ މައްޗަށް ކަރުނަތައް ފެތުރި، ލޮލުގެ ހާމަދުލި ހިކުމުން ނުވަތަ ހިކިގެންދިއުމުން ރައްކާތެރިކޮށްދެއެވެ.
ލޮލުގެ ރަވައަކީ ލޮލުގެ ކައިރިފަށެވެ. މިއީ ލޮލުގައި އެސްފިޔަފަޅައިފައި ހުންނަތަން ވެސް މެއެވެ. މިއީ ލޯ ރައްކާކޮށް ހިމާޔަތްކޮށްދޭ ހަމުގެ ތުނި ފަށަލަ އެކެވެ. ލޮލުގެ ރަވައިގައި އެކުލެވޭ ހަމަކީ އިންސާނާގެ ހަށިގަނޑުގައިވާ ހަންގަނޑުގައި ހިމެނޭ އެންމެ ތުނި ހަމެވެ. މިބޯމިއަން ގްލޭންޑް ތައް ހުންނަނީ ލޮލުގެ ރަވައިގެ ތެރޭގައެވެ. ކަރުނަ އިގެ ތެރޭގައި ހިމެނޭ ސަރުބީ ނުވަތަ ތެލުގެ ބައި ދޫކުރަނީ މިބުނި ގްލޭންޑް ތަކުންނެވެ. މީގެ އިތުރުން ލޮލުގެ ރަވައިގެ ތެރޭގައި ދާ ބޭރުކުރާ ގްލޭންޑް ތައް ވެސް ހިމެނެއެވެ. ތަފާތު 6 ފަށަލައެއް ލޮލުގެ ރަވައިގެ ތެރޭގައި ހިމެނެއެވެ.
ލޮލުގެ ކަޅުކަޅި އަކީ ލޮލުގެ ތެރޭގައި ލޮލަށް ވަންނަ އަލި ލޮލުގެ ހާމަދުއްޔަށް ވާޞިލްވުން ކޮންޓްރޯލްކޮށްދޭ ފަށަލައެކެވެ. ލޮލުގެ މެދުގައި ކަޅު ކުލައަށް ފެންނަން އިންނަ ބަޔަކީ ކަޅުކަޅި އެވެ. މިބައި އެކުލެވިފައިވަނީ ޕިގްމެންޓެޑް ފައިބްރޯވެސްކިއުލަރ ޓިޝޫ އިންނެވެ. ލޮލުން އެންމެ ބޮޑަށް ނިކުމެފައި އިންނަ ބަޔަކީ ވެސް މިއީ އެވެ. ކަޅުކަޅި އަކީ ލޮލުގެ ކޮއިގެ ވަށައިގެން ހުންނަ ބާރުގަދަ މަސްކޮޅެކެވެ. ކަޅުކަޅީގެ ބޭނުމަކީ ލޮލުގެ ކޮއިގެ ސައިޒު ބަދަލުކޮށްދީގެން ލޮލަށް ވަންނަ އަލީގެ މިންވަރު ކޮންޓްރޯލް ކުރުމެވެ.
ލޮލުގެ ހުދުކަޅި އަކީ އަކީ ލޮލުތެރޭގައި ހުދުކޮށް ފެންނަން އިންނަ ބައެވެ. މިއީ ލޮލުގެ ރައްކާތެރިކަމަށްޓަކައި ލޮލުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލަ އެކެވެ. މިފަށަލައިގައި ކޮލަޖަން އެންޑް ފައިބަރު ޓިޝޫ ހިމެނެއެވެ.
ލޮލުގެ ކޮޔަކީ ލޮލުގެ ކަޅުކަޅީގެ މެދުގައި ވަށްކޮށް ހުންނަ ލޯވަޅު އެއް ނުވަތަ ތަންކޮޅު އެކެވެ. ލޮލަށް އަލިވަންނަނީ މިތަނުގެ ތެރެއިންނެވެ. މިބައި އަލިގަދަވާ ވަރަކަށް ކުޑަވެ އަނދިރިވާ ވަރަކަށް ބޮޑުވެއެވެ.
ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުންޔަކީ ލޮލުގެ ހުދުކަޅިއާއި، ލޮލުގެ ރަވައިގެ ތެރެއިން ލެވިފައިވާ ތުނި ދުލި ފަށަލަ އެކެވެ. މިދުލިފަށް އެކުލެވިގެންވަނީ ސެލް ތަކާއި، އޭގެ ދަށުގައިވާ ބޭސްމެންޓް މެންބްރޭން ގެ މައްޗަށެވެ. މައިގަނޑު ގޮތެއްގައި މިތާގައި ހުންނަނީ އެޕިތީލިއަލް ޓިޝޫ އެވެ. ދަވަ، އަދި ކަރުނަ އުފައްދައިގެން ލޯ ތެތްކަން މަތީ ބެހެއްޓުމަށް މިފަށަލަ އެހީތެރި ވެދެއެވެ. ކުދިކުދި ލޮލަށް ނުފެންނަ ޖަރާސީމްތައް ހަށިގަނޑަށް ވަނުން މިފަށަލައިގެ ސަބަބުން މަނާޚޮށްދެއެވެ.
ލޮލުގެ ހާމަ ދުންޔަކީ ލޮލުގެ އެންމެ ބޭރުގައި ލޮލުގެ ކުރިމަތީ ބައިގައި ރައްކަލެއްގެ ގޮތުން ހުންނަ ވަރުގަދަ އެތެރެ ފެންނަ ދުއްޔެކެވެ. ލޮލުގެ ބޯޅައިގައި އެންމެ ބޭރުގައިވާ ފައިބަރީ ފަށަލައިގެ 1/6 ބައި ނުވަތަ %15 ހިއްސާކުރަނީ ލޮލުގެ ހާމަ ދުއްޔެވެ. ލޮލުގެ ހާމަ ދުއްޔާއި، ހުދުކަޅިއަކީ އެކަތި އަނެކައްޗާއި ގުޅިފައިވާ ދެ ސިލޯއްޓެވެ.
ލޮލުގެ ހާމަ ދުއްޔަކީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުއްޔާއި ގުޅިފައިވާ އެއްޗެކެވެ. މި ދެސިލޯށި ގުޅޭ ހިސާބަށް ކިޔަނީ "ލިމްބަސް"(limbus) އެވެ. ލޮލުގެ ހާމަ ދުއްޔަށް ފަތިނާރު އައިސްފައިވަނީ 5 ވަނަ ކްރެނިއަލް ނާރވް އިން ކުރިފަޅައި ނިކުންނަ އޮފްތަލްމިކް ފަތިނާރު ގެ ގޮތްޕެއް ކަމުގައިވާ ސިލިއަރީ ގޮފިންނެވެ.
ލޮލުގެ އަލި ދުއްޔަކީ ލޮލުގެ ފަހަތުގައިވާ އަލި އިހްސާސްކުރެވޭ ނާރުތައް ހުންނަ ދުއްޔެވެ. އިންސާނާއަށް ލޮލަށް ފެނުމުގެ ޒިންމާ އަދާކުރާ ލޮލުގައި ހިމެނޭ މައި ސެލޯށި ނުވަތަ ޓިޝޫ އަކީ ލޮލުގެ އަލި ދުއްޔެވެ. ލޮލުގެ އަލި ދުލި ހަލާކުވެއްޖެނަމަ ލޮލުގެ ފެނުން ގެއްލި ދިއުމަކީ ގާތް ކަމެކެވެ.
ލޮލުގެ މައިނާރަކީ ސިކުނޑިއާއި ލޯ ގުޅުވައިދޭ ވަޞީލަތެވެ. އެހެންކަމުން ލޮލުގެ މައިނާރުގެ ބޭނުމަކީ ލޮލުގެ އަލިދުލި ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން ސިކުނޑިއަށް މެސެޖް ފޮނުވުމެވެ. ލޮލުގެ މައިނާރުގެ މައްސަލަ ދިމާވެއްޖެނަމަ ލޮލުގެ ފެނުން ގެއްލި ދިއުމަކީ ވެސް ގާތް ކަމެކެވެ. ލޮލުގެ ލެންސް އަކީ އެތެރެ ފެންނަ ލޮދިކޮޅަކުން އުފެދިފައިވާ އެއްޗެކެވެ. ލެންސުގެ ބޭނުމަކީ އަލިދޯދިތަކުގެ މިސްރާބު ބަދަލުކުރުމެވެ.
ލޮލުގެ މައިގަނޑު ވަޒީފާ އަކީ އިންސާނާއަށް ފެނުމުގެ ހިއްސު ފުރިހަމަކޮށްދިނުމެވެ. މިހިއްސު ފުރިހަމަ ކޮށްދިނުމުގައި އެކި ސިފަސިފައިގައި އެކި ގޮތްގޮތުން ލޮލުގައި ހިމެނޭ އިސްވެ ބަޔާންކުރެވުނު އެކިއެކި ސެލޯށިތައް ބައިވެރި ވެއެވެ. ލޮލުގައިވާ ސެލޯށިތަކުގެ އިތުރުން ލޮލުގެ މަސްތަކާއި، ލޭނާރުތަކާއި، ލޮލުގެ މައިނާރަކީ ވެސް ލޮލުގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށް އަމަލީގޮތުން ބައިވެރިވާ ޒިންމާވާ ސެލޯށިތަކެކެވެ.
ލޮލަކީ ތަފާތު ބައިތައް އޭގައި ހިމެނިފައިވާ ގުނަވަނެކެވެ. ލޮލުގައި ހިމެނޭ މައިގަނޑު ބައިތައް ތިރީގައި މިވަނީ އެވެ.
ލޮލުގެ އޯބިޓް
ލޮލުގެ އޯބިޓް(eye orbit) ނުވަތަ ލޮލުގެ ކަށީގެ އޯބިޓަކީ ލޯ ހިފެހެއްޓުމަށް ކަށިން އުފެދިފައިވާ ސޮކެޓެކެވެ. މިއީ ލޯ އެތަނެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ކަށިން އުފެދިފައިވާ ހުސް ޖާގައެކެވެ. ނުވަތަ ކަށިން އުފެދިފައިވާ ހޮއެކެވެ. އާންމު ގޮތެއްގައި ލޮލުގެ އޯބިޓް އިންނަނީ 4 ފަރާތާއި، ކޮޅު ހިމެނޭ ގޮތަށް ޕިރަމިޑެއްގެ ބައްޓަމަށް، ބޮލުގެ ނާށިގަނޑުގައި ހިމެނޭ ކަށިތަކުން ބައެއް ކަށިތައް ހިމެނިގެން އުފެދިފައެވެ. ބޭރުފުށުން ލޮލަށް ލިބޭ އެކި ކަހަލަ އަނިޔާތަކުން އޯބިޓްގެ ސަބަބުން ލޮލަށް ރައްކާތެރިކަން ލިބެއެވެ. ޕިރަމިޑެއްގެ ބައްޓަމަށް އޯބިޓް އިންނައިރު އޭގެ ކޮޅު ނުވަތަ އޭޕެކްސް(Apex) އިންނަނީ ބޮލުގެ ނާށިގަނޑުގެ ތެރެއަށް ވާގޮތަށެވެ.
ލޮލުބޯޅަ(eyeball) ނުވަތަ ލޯ، އަދި އޭގެ ވަށައިގެންވާ ވަޒީފީ މަސްތަކުގެ ފަށަލައިގެ ވަށައިގެން އޯބިޓްގެ ތެރޭގައި ހުންނަ ސަރުބީތައް(orbital fat) ހުރެއެވެ. ލޯ ވިދިފައި ނޫނީ ހިފެހެއްޓިފައި ނޫނީ ހަރުލައި ހުންނަނީ މިސަރުބީ ތަކުގެ މަތީގައެވެ. އެހެން ކަމުން މިސަރުބީތައް ސިފަކުރެވެނީ ލޮލަށް ބާލީހެއްގެ ގޮތުގައެވެ. މިސަރުބީތަކުގެ މަތީގައި އަމާންކަމާއެކު ލޮލަށް އެކި ފަރާތަށް ދައުރުވެ، ލެނބި، އުދަނގުލަކާ ނުލައި، ހަރަކާތްތެރިވެވެއެވެ.
ލޮލުގެ ބޮޑި
ލޮލުގެ ބޮޑި(Eye lid) އަކީ ލޮލުގެ މައްޗާއި ތިރިން، ލޯ ރައްކާތެރިކުރުމަށް ލެވިފައިވާ ދެފަށަލަ އެވެ. ލޮލުގެ ބޮޑި(Eye lid) އަކީ ލޮލުގެ މައްޗާއި ތިރިން، ލޯ ރައްކާތެރިކުރުމަށް ލެވިފައިވާ ދެފަށަލަ އެވެ. މިއީ ލޮލުގެ ކުރިމަތިން ލޯނިވައިކޮށްދޭ ނިވާފަތް ގަނޑެކެވެ. މިއީ މަސްކިޔުލޯފައިބްރަސް(musculofibrous) ނުވަތަ ހަމުގެ ތުނި ފަށަލަ އެކެވެ. ލޮލަށް ލިބޭ އަނިޔާތަކުން ލޯ ރައްކާތެރިކޮށްދޭ، ގަދަ އައްޔަށް ހުށަހެޅުމުން ލޯ މިންޖުކޮށްދެނީ ލޮލުގެ ބޮޑިއެވެ. ލޮލުގައި އުފެދޭ ކަރުނަ މުޅި ލޮލުގެ ބޯޅައިގެ ސަތަހަ މައްޗަށް ފަތުރައި، ލޮލުގެ ތެތްކަން(ތެޔޮކަން) އެއްވަރެއްގައި ހިފަހައްޓައިދިނުމުގައި އެހީތެރިވެދެނީ ލޮލުގެ ބޮޑިއެވެ. ލޮލުގެ ބޮޑީގެ އެހީގައި އެސްފިޔަ ޖެހުމުން ލޮލުގެ ތެރެއަށް ނުވަތަ ހާމަދުލީގެ މައްޗަށް ކަރުނަތައް ފެތުރި، ލޮލުގެ ހާމަދުލި ހިކުމުން ނުވަތަ ހިކިގެންދިއުމުން ރައްކާތެރިކޮށްދެއެވެ.
ލޮލުގެ ރަވަ
ލޮލުގެ ރަވަ(Eye lid
margin) އަކީ ލޮލުގެ ކައިރިފަށެވެ. މިއީ ލޮލުގައި އެސްފިޔަފަޅައިފައި ހުންނަތަން ވެސް މެއެވެ. މިއީ ލޯ ރައްކާކޮށް ހިމާޔަތްކޮށްދޭ ހަމުގެ ތުނި ފަށަލަ އެކެވެ. ލޮލުގެ ރަވައިގައި އެކުލެވޭ ހަމަކީ އިންސާނާގެ ހަށިގަނޑުގައިވާ ހަންގަނޑުގައި ހިމެނޭ އެންމެ ތުނި ހަމެވެ. މިބޯމިއަން ގްލޭންޑް ތައް ހުންނަނީ ލޮލުގެ ރަވައިގެ ތެރޭގައެވެ. ކަރުނަ އިގެ ތެރޭގައި ހިމެނޭ ސަރުބީ ނުވަތަ ތެލުގެ ބައި ދޫކުރަނީ މިބުނި ގްލޭންޑް ތަކުންނެވެ. މީގެ އިތުރުން ލޮލުގެ ރަވައިގެ ތެރޭގައި ދާ ބޭރުކުރާ ގްލޭންޑް ތައް ވެސް ހިމެނެއެވެ. ތަފާތު 6 ފަށަލައެއް ލޮލުގެ ރަވައިގެ ތެރޭގައި ހިމެނެއެވެ.
ލޮލުގެ ކަޅުކަޅި
ލޮލުގެ ކަޅުކަޅި(Iris) އަކީ ލޮލުގެ ތެރޭގައި ލޮލަށް ވަންނަ އަލި ލޮލުގެ ހާމަދުއްޔަށް ވާޞިލްވުން ކޮންޓްރޯލްކޮށްދޭ ފަށަލައެކެވެ.. ލޮލުގެ މެދުގައި ކަޅު ކުލައަށް ފެންނަން އިންނަ ބަޔަކީ ކަޅުކަޅި އެވެ. މިބައި އެކުލެވިފައިވަނީ ޕިގްމެންޓެޑް ފައިބްރޯވެސްކިއުލަރ ޓިޝޫ އިންނެވެ. ލޮލުން އެންމެ ބޮޑަށް ނިކުމެފައި އިންނަ ބަޔަކީ ވެސް މިއީ އެވެ. ކަޅުކަޅި އަކީ ލޮލުގެ ކޮއިގެ ވަށައިގެން ހުންނަ ބާރުގަދަ މަސްކޮޅެކެވެ. ކަޅުކަޅީގެ ބޭނުމަކީ ލޮލުގެ ކޮއިގެ ސައިޒު ބަދަލުކޮށްދީގެން ލޮލަށް ވަންނަ އަލީގެ މިންވަރު ކޮންޓްރޯލް ކުރުމެވެ.
ލޮލުގެ ހުދުކަޅި
ލޮލުގެ ހުދުކަޅި(Sclera) އަކީ އަކީ ލޮލުތެރޭގައި ހުދުކޮށް ފެންނަން އިންނަ ބައެވެ. މިއީ ލޮލުގެ ރައްކާތެރިކަމަށްޓަކައި ލޮލުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލަ އެކެވެ. މިފަށަލައިގައި ކޮލަޖަން އަދި ފައިބަރު ޓިޝޫ ހިމެނެއެވެ. ހުދުކަޅިއަށް އިގިރޭސިން "ސްކެލިރާ" މިނަން ދެވިފައިވާ އޭގެ "ހަރުކަމަށް" ރިޢާޔަތްކޮށްގެންނެވެ.
ލޮލުގެ ކޮއި
ލޮލުގެކޮއި(Pupil) އަކީ ލޮލުގެ ކަޅުކަޅީގެ މެދުގައިވާ ހުޅުވުމެކެވެ. ނުވަތަ މިއީ ލޮލުގެ ކަޅުކަޅީގެ މެދުގައި ވަށްކޮށް ހުންނަ ލޯވަޅެއް ނުވަތަ ތަންކޮޅެކެވެ. ލޮލަށް އަލިވަންނަނީ މިތަނުގެ ތެރެއިންނެވެ. މިބައި އަލިގަދަވާ ވަރަކަށް ކުޑަވެ އަނދިރިވާ ވަރަކަށް ބޮޑުވެއެވެ. ލޮލަށް ވަންނަ އަލީގެ މިންވަރު ވަކި ވަރެއްގައި ހިފަހައްޓައިދެނީ ލޮލުގެ ކޮޔެވެ. ލޮލުގެ ކޮއި އިންނަނީ ލޮލުގެ ކަޅުކަޅީގެ މެދުގައެވެ. އާންމު ގޮތެއްގައި ދެލޮލުގެ ލޮލުގެ ކޮއިގެ ސައިޒު ވެސް ހުންނާނީ ގާތްގަނޑަކަށް އެއްވަރަކަށެވެ. އާންމު ގޮތެއްގައި އައްޔަށް ހުށަހެޅުމުން ލޮލުގެ ކޮއި، ކުރުގެޅި ކުޑަވެފައި، އަދިރިވުމުން ލޮލުގެ ކޮއި ފުޅާވެ، ބޮޑުވާނެ އެވެ. ލޮލުގެ ކޮއި އައްޔަށް ހުށަހެޅުމުން ކުޑަވެ، އަދިރިއަށް ހުށަހެޅުމުން ބޮޑުވެ، ނުދާނަމަ އޭގެ މާނައަކީ ލޮލުގެ ކޮއިގައި ކޮންމެވެސް ކަހަލަ ޞިއްޙީ މައްސަލައެއް ހުރުމެވެ.
ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި
ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި(Conjunctiva) އަކީ އަކީ ލޮލުގެ ހުދުކަޅިއާއި، ލޮލުގެ ރަވައިގެ ތެރެއިން ލެވިފައިވާ ތުނި ދުލި ފަށަލަ އެކެވެ. މިދުލިފަށް އެކުލެވިގެންވަނީ ސެލް ތަކާއި، އޭގެ ދަށުގައިވާ ބޭސްމެންޓް މެންބްރޭން ގެ މައްޗަށެވެ. މައިގަނޑު ގޮތެއްގައި މިތާގައި ހުންނަނީ އެޕިތީލިއަލް ޓިޝޫ އެވެ.
ދަވަ، އަދި ކަރުނަ އުފައްދައިގެން ލޯ ތެތްކަން މަތީ ބެހެއްޓުމަށް މިފަށަލަ އެހީތެރި ވެދެއެވެ. ކުދިކުދި ލޮލަށް ނުފެންނަ ޖަރާސީމްތައް ހަށިގަނޑަށް ވަނުން މިފަށަލައިގެ ސަބަބުން މަނާޚޮށްދެއެވެ.
ލޮލުގެ ހާމަދުލި
ލޮލުގެ ހާމަދުލި(Cornea) އަކީ ލޮލުގެ އެންމެ ބޭރުގައި ލޮލުގެ ކުރިމަތީ ބައިގައި ރައްކަލެއްގެ ގޮތުން ހުންނަ ވަރުގަދަ އެތެރެ ފެންނަ ދުއްޔެކެވެ. ލޮލުގެ ބޯޅައިގައި އެންމެ ބޭރުގައިވާ ފައިބަރީ ފަށަލައިގެ 1/6 ބައި ނުވަތަ %15 ހިއްސާކުރަނީ ލޮލުގެ ހާމަ ދުއްޔެވެ. ލޮލުގެ ހާމަ ދުއްޔާއި، ހުދުކަޅިއަކީ އެކަތި އަނެކައްޗާއި ގުޅިފައިވާ ދެ ސިލޯއްޓެވެ.
ލޮލުގެ ހާމަ ދުއްޔަކީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުއްޔާއި ގުޅިފައިވާ އެއްޗެކެވެ. މި ދެސިލޯށި ގުޅޭ ހިސާބަށް ކިޔަނީ "ލިމްބަސް" އެވެ. ލޮލުގެ ހާމަ ދުއްޔަށް ފަތިނާރު އައިސްފައިވަނީ 5 ވަނަ ކްރެނިއަލް ނާރވް އިން ކުރިފަޅައި ނިކުންނަ އޮފްތަލްމިކް ފަތިނާރު ގެ ގޮތްޕެއް ކަމުގައިވާ ސިލިއަރީ ގޮފިންނެވެ.
ލޮލުގެ އަލިދުލި
ލޮލުގެ އަލިދުލި(Retina) އަކީ ލޮލުގެ ފަހަތުގައިވާ އަލި އިހްސާސްކުރެވޭ ނާރުތައް ހުންނަ ދުއްޔެވެ ލޮލުގެ އަލިދުލި (Retina)
އަކީ އިންސާނާގެ ފެނުމަށް ޒިންމާވުމުގައި ބައިވެރިވާ ސެލޯއްޓެކެވެ. ލޮލުގެ އަލި ދުއްޔަކީ ލޮލުގެ ފަހަތުގެ 2/3 ބައި ނިވައިކޮށްދޭ ނާރީ ސެލޯށީގެ ނުވަތަ ނާރީ ދިރުތަކުގެ ފަށަލަ(Nerve tissue
layer) އެކެވެ. އަލިލޮލަށް އެޅި އިންސާނާއަށް ފެނުމުގެ އިހުސާސްތައް ފެށިގެން އަންނަ ހިސާބަކީ މިއީ އެވެ. ސިކުނޑިއާއި ލޯ ލޮލުގެ މައިނާރުގެ ޒަރީޢާއިން ގުޅުވައިދޭ އެއްޗަކީ ނާރީ ސެލޯށިތަކުން އުފެދިފައިވާ ލޮލުގެ އަލިދުއްޔެވެ. އަލި އިހުސާސްކޮށް، ނަގައިދީ، އަލީގެ ސިގުނަލްތައް ސިކުނޑިއަށް ފޮނުވުމުން އަހަރެމެންނަށް ފެންނަގޮތް ވެއެވެ.
ލޮލުގެ މައިނާރު
ލޮލުގެ މައިނާރު(Optic nerve) އަކީ ލޮލުގެ މަސައްކަތްތައް ޚާއްޞަކޮށް
ފެނުމުގައި ޒިންމާވާ މައިގަނޑު ނާރެވެ. ލޮލުގެ މައިނާރުގެ ބޭނުމަކީ ލޮލުގެ އަލިދުލި ބޭނުންކޮށްގެން ނުވަތަ މެދުވެރިކޮށްގެން ސިކުނޑިއަށް މެސެޖް ފޮނުވުމެވެ. ލޮލުގެ އަލިދުލީގެ މެދުގައި އިންނަނީ ލޮލުގެ މައިނާރު(optic nerve) އެވެ. ލޮލުގެ މައިނާރު އިންނަނީ ވަށް-ކުކުޅު ބިސްބުރު ބައްޓަމަކަށް ހުދުކުލައިގައެވެ. މިނާރުގެ ވަށަމިނުގައި 2×1.5 މިލިމީޓަރު ހުރެއެވެ. ލޮލުގެ މައިނާރުގެ މެދުތެރެއިން ލޮލުގެ ތެރެއަށް ލޮލަށް ލޭގެންގޮސްދޭ ލޭނާރުތައް ވަދެފައި ވެއެވެ.
ލޮލުގެ ލެންސް
ލޮލުގެ ލެންސް(lens) އަކީ އެތެރެ ފެންނަ ލޮދިކޮޅަކުން އުފެދިފައިވާ އެއްޗެކެވެ. ލެންސުގެ ބޭނުމަކީ އަލިދޯދިތަކުގެ މިސްރާބު ބަދަލުކުރުމެވެ. ލޮލުގެ ލެންސް(lens)އަކީ އެތެރެ ފެންނަގޮތަށް ދެފަރާތުން ވަށްބުރެއްގެ ސިފަޔަށް(biconvex) ލޮލުގެ ކަޅުކަޅީގެ ފަހަތުގައިވާ ޖިސްމެކެވެ. ނުވަތަ ބައެކެވެ. ލޮލުގެ ލެންސް ގެ މަސައްކަތަކީ ލޮލަށް އެޅޭ އަލީގެ ދޯދިތައް ނުވަތަ ލޮލަށް ފެންނަ މަންޒަރު (ތަސްވީރު) ތައް ލޮލުގެ ފަހަތުގައިވާ ލޮލުގެ އަލިދުއްޔަށް ފޯކަސް ކުރުވުމެވެ. ނުވަތަ އަމާޒުކުރުވުމެވެ. މިއީ ތަބީއީ ލެންސް އެކެވެ. ލޮލުގެ ފެނުމުގެ 1/3 ބައި އުފެދިގެން ދިއުމުގައި ނުވަތަ ފުރިހަމަވުމުގައި ލެންސް ހިއްސާ ވެއެވެ.
ސިލިއަރީ ބޮޑީ
ސިލިއަރީ ބޮޑީ(Ciliary body) އަކީ ލޯ ގުދުރަތީ ގޮތުން އުފެދުމުގައި ބެހިފައިވާ 3 ފަށަލައިގެ
ތެރެއިން ލޮލުގެ މެދުގައިވާ ލޭނާރީ ފަށަލައިގައި ކޮރޮއިޑް އާއި ކަޅުކަޅިއާއި
ދެމެދުގައި ހިމެނޭ ބައެކެވެ. މިފަށަލައިގައި ދެން ހިމެނެނީ ލޮލުގެ ކަޅުކަޅި އާއި،
ކޮރޮއިޑް އެވެ. މިއީ އެކޫއިއަސް ހިޔުމަރ އުފައްދާ ތަން ވެސް މެއެވެ. މިއީ ލޮލުގައި
ހިމެނޭ "ޔުވެއަލް ޓްރެކްޓް"ގެ ކުރިމަތީ ބައެވެ.
ކޮރޮއިޑް
ކޮރޮއިޑް(Choroid) އަކީ ލޮލުގެ މެދުތެރޭ ލޭއެކުލެވޭ ފަށަލައިގައި ނުވަތަ ލޭނާރީ
ފަށަލައިގައި ހިމެނޭ 3 ބައިގެ ތެރެއިން ބަޔެކެވެ. މިއީ ކަޅު މުށި ނުވަތަ ޗޮކްލޭޓް
ކުލައަށް ހުންނަ ލެއިން މުއްސަދި، ތުނި ދުއްޔެކެވެ. ލޮލުގެ މެދުތެރޭ ލޭއެކުލެވޭ
ފަށަލައިގެ ނުވަތަ ލޭނާރީ ފަށަލައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮރޮއިޑް
އެވެ. އެގޮތުން ލޮލުގެ ބޯޅައިގެ ނުވަތަ ލޮލުގެ ފަހަތު 6/5 ބަޔަކީ މިފަށަލައިގައި
(މެދުތެރޭ ލޭއެކުލެވޭ/ ލޭނާރީ ފަށަލައިގައި) ކޮރޮއިޑް އެވެ.
އެކޫއިއަސް
ހިޔުމަރ
އެކޫއިއަސް ހިޔުމަރ(Aqueous
humor) އަކީ ލޮލުގެ ކުރިމަތީބައިގައި ހުންނަ ސާފު
ދިޔައެކެވެ. މިއީ ލޮލުގެ ކަޅުކަޅިން ލޯ ބައިކޮށްދޭ ދެބައިގެ ތެރޭގައި ހިމެނޭ
ނުވަތަ ބެލެވޭ ލޮލުގެ ކަޅުކަޅިއާއި ހާމަ ދުއްޔާއި ދެމެދުގައިވާ "އެންޓީރިއަރ
ޗެމްބަރ"(anterior
chamber) އާއި، ލޮލުގެ ކަޅުކަޅިއާއި
ލޮލުގެ ލެންސް އާއި ދެމެދުގައިވާ "ޕޯސްޓީރިއަރ ޗެމްބަރ"(posterior
chamber) ފުރާލަދޭ، އެތެރެ ފެންނަ، ތުނި އަދި ސާފުކޮށް ހުންނަ
"އަލްކަލައިން"(alkaline) ދިޔައެކެވެ. އާންމު ގޮތެއްގައި މިދިޔައިގައި އޮކްސިޖަންގެ
ޕްރެޝަރު(O2 tension) މަތިވާނެއެވެ.
ވިޓްރީއަސް
ހިޔުމަރ
ވިޓްރީއަސް ހިޔުމަރ(vitreous
humor)އަކީ ލޮލުގެ އަލިދުއްޔާއި ލޮލުގެ
ލެންސް އާއި ދެމެދުގައިވާ ބައިގައި ނުވަތަ "ވިޓްރީއަސް ޗެމްބަރ"(Vitreous
chamber) ގައި ދުލިފަށައަކުން
ނިވާކުރެވިފައިޥާ އެތެރެ ފެންނަ ސާފު ޖެލީގަނޑެއް-ފަދަ އެއްޗެކެވެ. ވިޓްރީއަސް
ހިޔުމަރ އަށް ބައެއް ފަހަރު ވިޓްރީއަސް ބޮޑީ(Vitreous body) ވެސް ކިޔައެވެ. ލޮލުގައި ހިމެނޭ 3 ޗެމްބަރުގެ ތެރެއިން އެންމެ
ބޮޑު ޗެމްބަރ އަކީ ވިޓްރީއަސް ޗެމްބަރ އެވެ. މިބައި އިންނަނީ ކުރިން ވެސް ބުނިހެން
ލޮލުގެ ފަހަތުގައި ލޮލުގެ ލެންސް އާއި ލޮލުގެ އަލިދުއްޔާއި ދެމެދުގައެވެ.
ނޯޓް : މިލިޔުމުގައި ލޮލުގެ އެކިބައިތަކާއި، ބައެއް ކަށިތަކަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ބައެއް ނަންތަކަކީ ދިވެހި ބަހުން ކުރިން ލިޔެފައިވާ ފޮތް، މަޒުމޫނު ފަދަ ލިޔުންތަކުން ނަކަލުކުރެވިފައިވާ ލިޔުންތަކެވެ. އަނެއްބައި ނަންތަކަކީ އެނަމާއި، ހުންނަ ތަނާއި، ގުޅުވައިގެން އަމިއްލައަށް އެނަންނަމަށް ހެދިފައިވާ ނުވަތަ ދީފައިވާ ދިވެހި ނަންނަމެވެ. ނަކަލު ކުރެވިފައިވާ ނަންތަކާއި، އަމިއްލައަށް ދީފައިވާ ނަންތަކަކީ އެންމެ އެކަށީގެންނުވާ ނަންތަކަށްވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ހަވާލާ
·
https://www.britannica.com/science/human-eye
·
https://teachmeanatomy.info/head/organs/eye/
·
https://www.hopkinsmedicine.org/health/conditions-and-diseases/anatomy-of-the-eye
·
https://www.umkelloggeye.org/conditions-treatments/anatomy-eye
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
No comments:
Post a Comment