އަންހެނާގެ ޖިންސީގުނަވަން (ކުރިމަތިފަރާތް)
އަންހެނާގެ ޖިންސީގުނަވަން(vagina) އަކީ ރަހިމުގެ ދޮރާއި، ފަރުޖާއި ދެމެދު އިންނަ ހޮޅި އެކެވެ. އަންހެނާގެ ޖިންސީގުނަވަން(vagina) ނުވަތަ އަންހެނާގެ ކުރިމަތިފަރާތް ފެށިފައި އިންނަނީ ރަހިމުގެ ދޮރު ނިމޭ ހިސާބުންނެވެ. މިއީ ބޭރަށް ހުޅުވިފައި އިންނަގުނަވަނެވެ. ޖިންސީގުޅުން ހިންގުމުގެތެރޭގައި ފިރިހެންހަށި ވާޞިލްކުރެވެނީ މިބަޔަށެވެ. އެހެންކަމުން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑުގެ ތެރެއަށް ފިރިހެނާގެ ދަރިފަނިތައް އޮއްސާލެވޭ ނުވަތަ ދޫކޮށްލެވޭ ތަނަކީ ވެސް މިއީ އެވެ.ތުއްތު ކުއްޖަކު ދުނިޔެއަށް އުފަންވާއިރު ރަހިމުން ބޭރަށް ދަރިފުޅު ނިކުންނަ މަގަކީ ވެސް މިއީ އެވެ. އަދި މައްސަރުގެ ލޭ ފަރުޖުގެ ދޮރުން ބޭރުވުމުގެ ކުރިން ރަހިމުން ފަރުޖުގެ ދޮރާއި ހަމައަށް ދަނީ ވެސް އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއިންނެވެ.
އިންސާނާގެ
ހަށިގަނޑު އުފެދިފައިވާ ގޮތަށް ބަލާއިރު މިއީ އެތެރެ ހަށީގެ ގުނަވަންތަކުގެ
ތެރޭގައި ހުންނަ މަޑު މަސްތަކުން އުފެދިފައިވާ އިލާސްޓިކް ހޮޅި އެކެވެ. ނުވަތަ
މަގެކެވެ. ރަހިމުގެ ދޮރުން ފެށިގެން ބޭރަށް ފަރުޖާއި ހަމައަށް އައިސްފައިވާ
މިގުނަވަނުގެ އެވްރެޖް ދިގުމިނުގައި 9-7.5 ސެންޓިމީޓަރު ހުރެއެވެ. އާންމު
ގޮތެއްގައި ކުރިމަތީ ފަރާތުގައި ނުވަތަ ސަތަހައިގެ ދިގުމިނަކީ 7.5 ސމ އެވެ. ފަހަތު
ސަތަހައިގެ ދިގުމިނަކީ 9 ސމ އެވެ. އަންހެނާގެ ޖިންސީ ގުނަވަނަށް ލިބިފައިވާ އެކި
ފަރާތަށް ދެމި ލެނބިހެދުމުގެ ގާބިލިއްޔަތުކަމުގެ ސަބަބުން ޖިންސީ ގުޅުން
ހިންގުމުގެ ތެރޭގައްޔާއި، ވިހެއުމުގެ ތެރޭގައި މިގުނަވަން ދެމި ފުޅާވެގެން
ދިއުމުގެ ފުރުޞަތު އޮވެއެވެ.
އަންހެނާގެ
ޖިންސީ ގުނަވަނުގެ ތެރޭގައި ދިޔަ ދޫކުރާ ގްލޭންޑް ތަކެއް ނުހުރި ނަމަވެސް ޖިންސީ
ގުނަވަނުގެ އެތެރެ ތެތް ކަންމަތީ ބަހައްޓައިދެނީ ރަހިމުގެ ދޮރުން ދޫކުރާ ދިޔަ
ތަކުގެ ސަބަބުންނެވެ. އަންހެނަކު ބާލިޣުވުމަށްފަހު ، އިއްދައިން ކެނޑުމާއި
ހަމައަށް ޖިންސީ ގުނަވަނުގެ ތެރޭގައި "ލެކްޓޯބެސިލަސް އެސިޑޯފިލަސް"(lactobacillus
acidophilus)
ކިޔާ ބެކްޓީރިޔާ އެއް ހުރެއެވެ. މިބެކްޓީރިޔާ އިން ދޫކުރާ ލެކްޓިކް އެސިޑް(lactic acid) އިން އަންހެނާގެ ޖިންސީ ގުނަވަނުގެ ޕީއެޗް 4.9-
3.5 އާއި ދެމެދުގައި ބަހައްޓައިދެއެވެ. މިގޮތުން އުފެދޭ އެސިޑިޓީގެ ސަބަބުން
ދެދޮރު ދޭތެރެއިން ޖިންސީ ގުނަވަނަށް ވަންނަ ޖަރާސީމުތައް ޖިންސީ ގުނަވަނުގެ
އެތެރޭގައި އާލާވެ، ބޮޑުވުމަށް ހުރަސް އަޅައެވެ.
އަންހެނާގެ
ޖިންސީ ގުނަވަން އުފެދިފައިވާގޮތް
ގުޅުންތައް /
އޮންނަ ތަން
·
ކުރިމަތި : އަންހެނާގެ ޖިންސީ ގުނަވަނުގެ ކުރިމަތީގައި
ވަނީ މަސާނާ އާއި ހީސްހޮޅި އެވެ.
·
ފުރަގަސް : އަންހެނާގެ ޖިންސީ ގުނަވަނުގެ ފުރަގަހުގައި
ވަނީ ރެކްޓޯޔުޓެރައިން ޕައުޗް(rectouterine pouch)، ފުރަގަސްފަރާތް އަދި ފުރަގަސްފަރާތު ދޮރެވެ.
·
އަރިމަތި : އަންހެނާގެ ޖިންސީ ގުނަވަނުގެ އަރިމަތިން ވަނީ
ލެވޭޓަރ އޭނައި މަސްކޮޅާ(levatorani muscle)އި، ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅި "ގުރުތާ"(ureter)
އެވެ.
ޖިންސީ
ގުނަވަނުގެ އޮނިގަނޑު
އުފެދިފައިވާ
ގޮތުން އަންހެނާގެ ޖިންސީ ގުނަވަނީ ފައިބަރީމަހުގެ (މަހާއި ފައިބަރުން
އުފެދިފައިވާ) ހޮޅި އެކެވެ. އޭގައި ކުރިމަތީ ފާރަކާއި، ފަހަތު ފާރެއް އެކުލެވިގެން
ވެއެވެ. ޖިންސީ ގުނަވަން ހުރަހަށް ވާގޮތަށް ކަނޑާލައި ބަލާލައިފިނަމަ ސިފަވާނީ
އިގިރޭސި ބަހުގެ "އެޗް"(H) އަކުރުގެ ބައްޓަމެވެ. ޖިންސީ ގުނަވަން
މަތިން ނިމޭކޮޅުގައި ޖިންސީ ގުނަވަން ވަށާލާފައިވަނީ ރަހިމުގެ ދޮރެވެ. މިގޮތަށް
ރަހިމުގެ ދޮރު، ޖިންސީ ގުނަވަން ވަށާލާ ވަށާލުމުން ދެ ފޯރނިކްސް އުފެދިގެން
ދެއެވެ. އެއީ ކުރިމަތީގައިވާ "އެންޓީރިއަރ ފޯރނިކްސް"(Anterior
Fornix)
އާއި، ފަހަތުގައިވާ "ޕޯސްޓީރިއަރ ފޯރނިކްސް"(Posterior
fornix)އެވެ. ޕޯސްޓީރިއަރ
ފޯރނިކްސް އަކީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އެތެރެވާ ދަރިފަނި ނުވަތަ މަނި
ހިފަހައްޓައިދޭ ނޫނީ ބަހައްޓައިދޭ ތަނެކެވެ. އެގޮތުން ޖިންސީ ގުޅުން
ހިންގުމަށްފަހު 30-20 މިނިޓް ވަރުވަންދެން މަނިތައް ދިޔާވުމަށްޓަކައި ޕޯސްޓީއަރ
ފޯރނިކްސްގައި ހިފެހެއްޓިފައި ހުރެއެވެ. މިގޮތަށް މަނިތައް ދިޔާވުމަކީ ރަހިމުގެ
ތެރެއަށް މަނިތައް ވާޞިލްވުމަށް ފަސޭހަވާނެ ކަމެކެވެ.
ހިސްޓޮލޮޖިކަލް
ގޮތުން ބަލާއިރު ޖިންސީ ގުނަވަން އުފެދިފައިވާގޮތް
ހިސްޓޮލޮޖިކަލް
ގޮތުން ބަލާއިރު އަންހެނާގެ ޖިންސީ ގުނަވަން އެކުލެވިގެންވަނީ މައިގަނޑު 4 ފަށަލަ
އެއްގެ މައްޗަށެވެ.
(ހ) ބަތާނަ
ފަށް ނުވަތަ ދުލިފަށަލަ (Mucous
Membrane): އަންހެނާގެ ޖިންސީ
ގުނަވަނުގެ ބަތާނަފަށް އެކުލެވިގެންވަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަލް
ސެލް(Stratified Squamous Epithelial cells)ތަކުގެ މައްޗަށެވެ. މިއީ
އަންހެނާގެ ޖިންސީ ގުނަވަނަށް ރައްކާތެރިކަން ފޯރުކޮށްދޭ ފަށަލަ އެކެވެ.
މިފަށަލައަށް ތެޔޮކަން ގެނެސްދެނީ ރަހިމުގެ ދޮރުން ދޫކުރާ ދިޔައިންނެވެ.
(ށ) އިލާސްޓިކް
ލެމިނާ ޕްރޯޕްރިއާ (Elastic Lamina Propria): މިއީ
ގުޅުވާދެނިވި ސެލޯށީގެ ފަށަލަ އެކެވެ. އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް
ނިކުމެފައި ހުންނަ "ޕެޕިލާ"(papillae)ތައް ނިކުމެފައިވަނީ މިފަށަލައިންނެވެ.
އަންހެނާގެ ޖިންސީ ގުނަވަނުން ނުސާފުލޭ އުފުލާ ބޮޑެތި ލޭހޮޅިތައް ވެސް ހުންނަނީ
މިފަށަލައިގެ ތެރޭގައެވެ. މީގެ އިތުރުން މިފަށަލައިގައި ވަށްކޮށް އެތުރިފައިވާ
މަޑުމަހުގެ ބަންޑަޅިތައް ވެސް ވެއެވެ. މިފަށަލައަށް "އިރެކްޓައިލް ޓިޝޫ"(erectile
tissue)
އޭ ވެސް ކިޔައެވެ.
(ނ) ފައިބަރީ
މަހުގެ ފަށަލަ (Fibromuscular layer / Tunica muscularis): މިއީ
އެތެރޭގައި ވަށްކޮށް އެތުރިފައިވާ މަޑުމަހުގެ ފަށަލަ އަކާއި، ބޭރުގައި ދިގަށް
އެތުރިފައިވާ މަޑު މަހުގެ ފަށަލައެއްގެ މައްޗަށް އެކުލެވިގެންވާ މަޑުމަހުގެ ފަށަލަ
އެކެވެ. މިފަށަލައިގައިވާ މަޑުމަހުގެ ދެފަށަލައިގެ ތެރެއިން ބާރުގަދައީ ދިގަށް
އެތުރިފައިވާ މަސްފަށަލަ އެވެ.
(ރ)
އެޑްވެންޓިޝީއާ (Adventitia): މިއީ
ފައިބަރީ ފަށަލަ އެކެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަނަށް ބާރު ގެނެސްދޭ ފަށަލަ
އެކެވެ.
އަންހެނާގެ
ޖިންސީ ގުނަވަނުގެ މަސައްކަތް ނުވަތަ ވަޒީފާ
·
ޖިންސީގުޅުން ހިންގުން : ފިރިހެންހަށި
އެތެރެވެ، ބޭރުވާ ދަރިފަނި ބަލައިގަނެ، ރަހިމަށް ދަރިފަނިތައް ގެންދިއުމަށް
އެހީތެރިިވެދިނުން
·
ވިހެއުން : ރަހިމުގެ ތެރޭގައި އޮންނަ ދަރިފުޅު
ވިހެއުމުގެ ތެރޭގައި ހަށިގަނޑުން ބޭރުވަނީ ކުރިމަތި ފަރާތުގެ ތެރެއިން ގޮެހެވެ.
·
މައްސަރު : މައްސަރުގެ ލޭ ހަށިގަނޑުން
ބޭރުވަނީ ކުރިމަތި ފަރާތުގެ ތެރެއިން ގޮހެވެ.
·
ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ކުރިމަތި
ފަރާތުގައި ތެތްކަން އުފެއްދުމަށް ބޭނުންވާ ދިޔަދޫކުރުން
·
ބައެއް ކަހަލަ ބޭސްތައް މިސާލަަކަށް ދޭތެރެ
ދުރުކުރާ ބޭސް، ހޯރމޯން ކްރީމް ފަދަ ތަކެތި ހަށިގަނޑަށް
ނެގުން ނޫނީ ދެމުން
ލޭ އަދި ލިމްފް
ދައުރުވުން
އަންހެނާގެ
ޖިންސީގުނަވަނަށް ސާފުލޭ ފޯރުކޮށްދެނީ އިންޓާނަލް އިލިއެކްޓް އާޓަރީ(Internal
iliac artery)
އިން ގޮފިވެގެން އުފެދިފައިވާ "ޔުޓެރައިން އާޓަރީ"(uterine artery)، އަދި
"ވެޖައިނަލް އާޓަރީ"(vaginal artery) އިންނެވެ. ނުސާފުލޭ އަނބުރާ ހިތާއި ދިމާލަށް
ދައުރުކުރަވަނީ ނުވަތަ ގެންގޮސްދެނީ ޔުޓެރައިން ވެއިން(uterine vein)
އިން "ވެޖައިނަލް ޕްލެކްސަސް"(vaginal
plexus)
އަށް ހުސްވެ، އެއަށްފަހު، ވެޖައިނަލް ޕްލެކްސަސް އިން "އިންޓާނަލް އިލިއެކް
ވެއިން"(Internal iliac verin) އަށް ލޭތައް ގޮސް ހުސްވެގެންނެވެ.
އަންހެނާގެ
ޖިންސީ ގުނަވަނުން ލިމްފް ދިޔަ ދައުރުވެ ގޮސް ހުސްވަނީ 3 ދިމާލަކަށެވެ. އެގޮތުން
އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީ ބައިން ލިމްފް ދިޔަތައް ހުސްވަނީ
"އެކްސްޓާނަލް އިލިއެކް ލިމްފް ގޮށް"(external
iliac lymph node) ތަކަށެވެ. އަދި މެދުބައިން ލިމްފް ދިޔަތައް
ހުސްވަނީ "އިންޓާނަލް އިލިއެކް ލިމްފް ގޮށް"(internal
iliac lymph node) ތަކަށެވެ. އަދި އަންހެނާގެ ޖިންސީ
ގުނަވަނުގެ ތިރީބައިން ލިމްފް ދިޔަތައް ހުސްވަނި "އުކުވަޅުވަޅުގައި ތިލަކޮށް
ހުންނަ ލިމްފް ގޮށް"(superficial inquinal lymph node) ތަކަށެވެ.
ނޯޓް : މިއީމައުލޫމާތުފެތުރުމުގެނިޔަތުގައިލިޔެފައިވާލިޔުމެކެވެ.
މައުލޫމާތު :
·
https://www.bartleby.com/107/269.html
·
https://helloclue.com/articles/cycle-a-z/vaginas-101
·
https://teachmeanatomy.info/pelvis/female-reproductive-tract/vagina/
Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/.
Retrieved from http://education.yahoo.com/:
http://education.yahoo.com/reference/gray/
Anne Waugh, A. G. (2009). Ross
and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow:
CHURCHIL, LIVINGSTONE.
No comments:
Post a Comment