ރިފެރިކުރުމުގައި
ދިމާވާ މައްސަލަތައް (ލޮލުގައި ނަންބަރެއް ހުރުން)
ރިފެރިކުރުމުގައި ހުންނަ މައްސަލަތައް، އުނިކަން ނޫނީ ގޯސްތައް(Refractive errors) މިއީ ލޮލަށް ދިމާވާ މައްސަލަ އެކެވެ. ނޫނީ ލޮގެ ފެނުމަށް ދިމާވާ މައްސަލަ ތަކެކެވެ. ރިފެރިކުރުމުގައި މައްސަލައެއް ހުރުން ނޫނީ އުނދަގުލެއް ހުރުމުގެ މާނައަކީ ލޮލުގެ ބައްޓަން އައްޔަށް ރަނގަޅަށް ނުލެނބުމުން ލޯފުސްވުމެވެ. ނުވަތަ ތަންތަނާއި އެއްޗެހި ފުސްކޮށް ފެނުމެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ލޮލުގައި ނަންބަރެއް ހުރުމެވެ. ލޮލުގައި ނަންބަރެއް ހުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނުވަތަ ރިފެރިކުރުމުގައި އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ފުސްވުން(astigmatism)، ދުރުފުސްވުން(myopia)، ކައިރިފުސްވުން(hyperopia) އަދި އުމުރާއި ގުޅިގެން ކައިރިފުސްވުން(presbyopia)، ފަދަ ކަންތައްތައް ހިމެނެއެވެ.
އަލާމާތްތައް
·
ތަންތަނާއި، ތަކެތި ފުސްކޮށް،
ނޫނީ ފަނޑުކޮށް ފެނުން، ނޫނީ ފެނުމަށް
ދަތިވުން
·
ކިޔަން ދަތިވުން / މާކައިރިކޮށްގެން ބެލުން
·
ލޯއަވަރުވުން (esotropia)
·
އެކައްޗެއް ތަކުރާރުކޮށް ފެނުން
·
ފަނޑުކޮށް، ނޫނީ ދުން ފުސްކޮށް ފެނުން
·
ފަނޑުއަލީގެ ވަށައިގެން ވިދުވަރު ހުންނަހެން ހީވުން ނޫނީ
ވިދުވަރެއްގެ ގޮތަށް ފެނުން
·
ލޯ(ފަސޭހައިން) ވާޅުވުން
·
ބޮލުގައި ރިހުން
·
ފޮތެއް ކިޔާއިރު ނޫނީ ކޮމްޕިއުޓަރު ބޭނުންކުރާއިރު
ފޯކަސްކުރަން ދަތިވުން
ސަބަބުތައް
މާގިނައިން ލޮލުގެ ބޭނުންކުރަން ޖެހުމަކީ
ރިފެރިކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ނޫނެވެ. ރިފެރިކުރުމުގައި
ހުންނަ ދަތިތަކުގެ ވައްތަރުތައް މެދުވެރި ކުރުވާ ނޫނީ ކުރިމަތިވާން މެދުވެރިވާ
މައިގަނޑު ސަބަބުތައް ތިރީގައި މިވަނީ އެވެ.
·
ލޮލުގެ ގޮބޮޅީގެ ދިގުމިން : ލޮލުގެ ގޮބޮޅި މާދިގުވުން ނޫނީ
މާކުރުވުމަކީ ވެސް ރިފެރިކުރުމުގައި އުނިކަމެއް މެދުވެރިވެދާނެ ކަމެކެވެ.
·
ލޮލުގެ ހާމަދުލީގެ ބައްޓަމުގައި ހުންނަ މައްސަލަތައް :
މިފަދަ މައްސަލަތަކުން ވެސް ރިފެރިކުރުމުގައި އުނިކަމެއް ހުރެދާނެ އެވެ.
·
ލޮލުގެ ލެންސް މުސްކުޅިވުން : އުމުރުން ދުވަސްވުމުން
ލޮލުގެ ލެންސް ބަދަލުވެ، ރިފެރިކުރުމުގައި އުނިކަމެއް ހުރެދާނެ އެވެ
ރިފެރިކުރުމުގައި ހުންނަ
އުނިކަމުގެ ވައްތަރުތައް / ނޫނީ ލޮލުގައި ނަންބަރެއް ހުރުމަށް ދިމާވާ ސަބަބުތައް
(ހ) - ދުރުފުސްވުން (myopia): ދުރުފުސްވުމުގެ
މާނައަކީ ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ދުރުގައި ހުންނަ
އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. ނޫނީ ދުރުގައި ހުންނަ އެއްޗެހި ،ތަންތަން
ރަނގަޅަށް ނުފެނުމެވެ. އެހެންކަމުން ދުރުފުސްވުމަށް ބައެއް ފަހަރު "ކައިރި
ރަނގަޅަށް ފެނުން"(nearsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ
އާންމުކޮށް ވާރުތަވާ ކަމެކެވެ. އަދި އާންމު ގޮތެއްގައި ކުޑައިރު މިކަން
ފާހަގަކުރެވޭނެ އެވެ. އެގޮތުން މިކަން ބޮޑަށް ފާހަގަކުރެވެނީ އުމުރުން 14-6
އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ ކިބައިންނެވެ. ބެލެވިފައިވާގޮތުގައި
މިއުމުރުފުރާގެ ކުދިންގެ ތެރެއިން މިމުއްދަތުގައި ގިނައިރު ބޭރުތެރޭގައި އުޅޭ
ކުދިންނަށް މިމައްސަލަ (ދުރުފުސްވުން) ދިމާވުމުގެ ފުރުޞަތު ކުޑައެވެ.
ދުރުފުސްވުން ކުރިމަތިވަނީ ލޮލުގެ
ގޮބޮޅި، ނޫނީ ބޯޅަ(eyeball) ކުރިމަތިން ފަހަތަށް ހުންނަށްޖެހޭ ވަރަށް
ދިގުކޮށް ހުރުމުންނެވެ. ނޫނީ އެގޮތަށް އުފެދުމުންނެވެ. މީގެ އިތުރުން ލޮލުގެ
ހާމަދުލި އަދި ލެންސްގައި ހުންނަ މައްސަލައެއްގެ ސަބަބުން ވެސް މިހެން ދިމާވެދާނެ
އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ލޮލަށް ވަންނަ އަލި ސީދާ ލޮލުގެ އަލިދުލީގެ
މައްޗަށް އަމާޒުވުމުގެ ބަދަލުގައި އޭގެ ކުރިމައްޗަށް އަމާޒުވެގެން ދެއެވެ. ވަރަށް
ބޮޑަށް ދުރުފުސްވުން ކުރިމަތިވުމަކީ އެކަމުގެ ސަބަބުން ލޮލުގެ މައްސަލަތަކުގެ
ތެރެއިން ލޮލުގެ އަލިދުލި އޭގެ މަކާނުން ނެއްޓުން ފަދަ ނުރައްކާތައް ކުރިމަތި
ކުރުވައިފާނެ ކަމެކެވެ.
(ހ) - ކައިރިފުސްވުން (hyperopia): ކައިރިފުސްވުމުގެ
މާނައަކީ ދުރުގައި ހުންނަ އެއްޗެހި/ތަންތަން
ސާފުކޮށް ފެނިފައި ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ.
އެހެންކަމުން ކައިރިފުސްވުމަށް ބައެއް ފަހަރު "ދުރު ރަނގަޅަށް ފެނުން"(farsightedness) މިހެން ވެސް ކިޔައި އުޅެއެވެ.
ދުރުފުސްވުމަކީ އާންމުކޮށް ވާރުތަވާ ކަމެކެވެ. މާނައަކީ އުފަންވާއިރު ވެސް ހުރުން
ގާތް ކަމެކެވެ. އަދި އާންމު ގޮތެއްގައި ކުޑައިރު މިކަން ފާހަގަކުރެވޭނެ އެވެ.
ނަމަވެސް ބޮޑުވާވަރަކަށް މިކަން ކުޑަވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އާދައިގެ
ވަރަކަށް ކައިރި ފުސްވުން ކުރިމަތިވެއްޖެނަމަ، ދުރުގައި ހުންނަ އެއްޗެހި/ތަންތަން
ސާފުކޮށް ފެނިގައި ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ފެންނާނީ ފަޑުކޮށް ނޫނީ
ފުސްކޮށެވެ. ނަމަވެސް ވަރަށް ބޮޑަށް ކައިރިފުސްވުން ކުރިމަތިވެއްޖެނަމަ ހުރިހާ
ދުރުމިނެއްގައި ގައިވެސް (ކައިރި އަދި ދުރުވެސް) ފެންނާނީ ފަނޑުކޮށް ނޫނީ
ފުސްކޮށެވެ.
ދުރުފުސްވުން ކުރިމަތިވަނީ ލޮލުގެ
ގޮބޮޅި، ނޫނީ ބޯޅަ(eyeball) ކުރިމަތިން ފަހަތަށް ހުންނަށްޖެހޭ ވަރަށް
ކުރުކޮށް ހުރުމުންނެވެ. ނޫނީ އެގޮތަށް އުފެދުމުންނެވެ. މީގެ އިތުރުން ލޮލުގެ
ހާމަދުލި އަދި ލެންސްގައި ހުންނަ މައްސަލައެއްގެ ސަބަބުން ވެސް މިހެން ދިމާވެދާނެ
އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ލޮލަށް ވަންނަ އަލި ސީދާ ލޮލުގެ އަލިދުލީގެ
މައްޗަށް އަމާޒުވުމުގެ ބަދަލުގައި އޭގެ ފަހަތަށް އަމާޒުވެގެން ދެއެވެ.
(ނ) - އުމުރާއި ގުޅިގެން
ކައިރިފުސްވުން (presbyopia): މިއީ
އުމުރާއި ގުޅިގެން ކައިރި ފުސްވުމެވެ. ނޫނީ ލޮލުގެ ލެންސް ދުވަސްވެ،
މުސްކުޅިވުމެވެ. މިގޮތަށް ދިމާވަނީ އުމުރުން 45-40 އަހަރުވުމަށްފަހު ލޮލުގެ
ލެންސްގައި ހުންނަ އެކި ފަރާތަށް ދެމި، ލެބިހެދުމުގެ ގާބިލިއްޔަތުކަން ދަށްވެ، ހުންނަށްޖެހޭ
ވަރަށްވުރެ ހަރުވެ، އެކަށޭނަ ގޮތުގައި "ފްލެކްސް" ނުކުރެވޭތީ ނޫނީ ނުވާތީ
ނޫނޭ ލެބެންޖޭ ވަރަށް ނުލެބޭތީ އެވެ. މިހާލަތުގައި ލޮލަށް ވަންނަ އަލި ރަނގަޅަށް
ލޮލުގެ އަލިދުއްޔަށް އަމާޒުކުރަށް އުދަނގޫވެއެވެ. ނޫނީ އެގޮތަށް އަމާޒުކުރުން
ހުއްޓެއެވެ. މިގޮތަށް ވުމުން ލޮލަށް ލިބިފައިވާ އަމާޒުކުރުމުގެ ކުޅަދާނަކަން ނޫނީ
ގާބިލިއްޔަތު ގެއްލި، ކައިރި ރާޖީ(range) ތަކުގައި ހުންނަ ތަކެތި ނޫނީ އެއްޗެހި ކިޔަން
އުދަނގޫވެއެވެ. އާންމުކޮށް އުމުރުން ދުވަސްވުމުން ލޮލުގެ ލެންސް އަށް މިބަދަލާއެކު
އެކީގައި ދުރުފުސްވުން، ކައިރިފުސްވުން، އަދި ފުސްވުން ކުރިމަތިވުމަކީ
އެކަށީގެންވާ ކަމެކެވެ.
އުމުރުން 45 އަހަރުވުމަށްފަހު ކޮންމެ
މީހަކަށް ވެސް މިކަން ދިމާވެދާނެއެވެ. ވަރަށް ގިނަ މީހުންނަށް މިހާލަތުގައި
ރިފެރިކުރުމުގައި ދިމާވާ އެހެނިހެން އުނިކަމެއް މިސާލަކަށް ކައިރިފުސްވުން ނޫނީ
ދުރުފުސްވުން ފަދަ ކަމެއް ހުރުމަކީ ވަރަށް ގާތް ކަމެކެވެ.
(ރ) ފުސްވުން (astigmatism): މިގޮތަށް ދިމާވުމުން ކައިރި އަދި ދުރުވެސް ފުސްވާނެއެވެ. މިގޮތަށް
ހުރިހާ ހާލަތެއްގައި (ކައިރި އާއި ދުރުވެސް) ފުސްވުން ކުރިމަތިވަނީ ލޮލުގެ
ކުރިމަތީ ސަތަހަ ނުވަތަ ލޮލުގެ ހާމަދުލީގެ ސަތަހައިގައި ހުންނަންޖެހޭ
"ލެބުމުގައި" އެއްގޮތްކަމެއް ނެތުމުންނެވެ. ނުވަތަ ލޮލުގެ ހާމަދުލި އަދި
ލެންސްގެ ބައްޓަން ތަބީޢީ ގޮތުން ހުންނަންޖެހޭ ގޮތަށް ނުހުރުމުންނެވެ. އާންމު
ގޮތެއްގައި ލޮލުގެ ހާމަދުލީގައި މިބުނާ ލެބުން ހުންނާނީ ހުރިހާ ދިމާލެއްގައި
އެއްވަރަކަށެވެ. އަދި ލޮލުގެ ހާމަދުލީގެ ތެރެއަށް ވަންނަ އަލި ހުންނަނީ ހުރިހާ
ދިމާލަކަށް ނޫނީ ހުރިހާ ފަރާތަކަށް އެއްވަރުވާގޮތަށެވެ. މިގޮތަށް ލޯފުސްވަނީ
ލޮލުގެ ހާމަދުލީގެ ކުރިމަތި ފަރާތުގެ ލެބުން އެއް ދިމާލަކަށް މާބޮޑަށް ލެބިފައި
ހުންނާތީ އެވެ. މިއާދަޔާ ޚިލާފު ބަދަލުގެ ސަބަބުން ހުރިހާ ދުރުމިނެއްގައި ވެސް
ފުސްކަން އިހުސާސް ކުރެވެއެވެ. މާނައަކީ ކައިރިފުސްވުން އަދި ދުރުފުސްވުން ވެސް
ކުރިމަތިވާގޮތް ވެއެވެ.
ބައެއް މީހުންނަކީ މިހާލަތާއެކު އުފަންވާ
މީހުންނެވެ. އަނެއްބައި މީހުންނަށް މިކަން ދިމާވަނީ ކުޑައިރުގައެވެ. ނޫނީ ޒުވާން
އުމުރުގައެވެ. އާންމު ގޮތެއްގައި މިހާލަތު ހުންނަ މީހުންނަށް ރިފެރިކުރުމުގައި
ދިމާވާ އެހެނިހެން އުނިކަމެއް މިސާލަކަށް ކައިރިފުސްވުން ނޫނީ ދުރުފުސްވުން ފަދަ
ކަމެއް ހުރުމަކީ ވަރަށް ގާތް ކަމެކެވެ.
ދެނެގަތުން
ރިފެރިކުރުމުގައި ހުންނަ މައްސަލަތައް
(އުނިކަން ނޫނީ ގޯސްތައް) ދެނެގަނެވެނީ އާންމުކޮށް ލޯ ޗެކުކޮށް ބަލާ ބެލުންތަކުގެ
ތެރެއިންނެވެ. އެގޮތުން ވިޝަން ޗާޓު ބޭނުންކޮށްގެން ލޮލުގެ ފެނުން ހުރިނެތްގޮތް
ބަލައި ދެނެގަނެވޭނެ އެވެ. އަދި އިތުރަށް ވެސް ގުޅުންހުރި ބެލުންތައް ބަލައި،
ޓެސްޓުތައް ހެދޭނެ އެވެ. އަދި މިފަދަ ހާލަތެއް ހުރިނަމަ ލޮލުގެ ނަންބަރު ނަގަން
ލަފާދޭނެ އެވެ. ނޫނީ ލޮލުގެ ނަންބަރެއް ނަގައިދޭނެ އެވެ.
ފަރުވާ
ރިފެރިކުރުމުގައި ހުންނަ ދަތިތައް ނޫނީ
އުނިކަން ހައްލުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ނަންބަރު
އައިނު އެޅުމާއި، ލޮލަށް ލެންސް ލެއްވުމެވެ. މީގެ އިތުރުން ރިފެކުރުމުގައި ހުންނަ
އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ވެސް ކުރެވެއެވެ. އުމުރުން ދުވަސްވުމުން
ކައިރި ފުސްވުން ކުރިމަތިވެފައި، އިތުރު އެހެން މައްސަލައެއް ނެތްކަމުގައިވާނަމަ
ހަމައެކަނި ފޮތްކިޔުމަށް އައިނު ބޭނުންކުރެވިދާނެ އެވެ.
ހަވާލާ
·
https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors#:
·
https://www.umkelloggeye.org/conditions-treatments/refractive-errors
No comments:
Post a Comment