ކޮބާލްޓް
ކޮބާލްޓް(cobalt) އަކީ ދަޅައެއް ހުންނަ ރިހިއަޅި ކުލައިގެ މައުދަނެކެވެ. މިއީ
ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާންޖެހޭ 21 ކަނީޒުގެ ތެރެއިން މާމަދުން
ބޭނުންވާ ޒާރީ އުންސުރެކެވެ. ކޮބާލްޓް އަކީ ވިޓަމިން ބީ12 ގައި ހިމެނޭ ވަރަށް
މަދުން ހިމެނޭ ބާވަތެކެވެ. އިންސާނާގެ ހަށިގަނޑުގައި ކިތައްމެ މަދުކަމުގައި ވިޔަސް
މިއީ ދުޅަހެޔޮކޮށް ހުރުމަށް ބޭނުންވާ މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2014).
މަސްދަރު
ކޮބާލްޓް
ލިބޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި، ފެހިކަން ގަދަ ފަތްތައް ފަދަ ފަތްޕިލާވެލީގެ
ބާވަތްތައް، ބައެއް ވައްތަރުގެ މަދުތައް، ސީރިއަލްގެ ވައްތަރުތައް ކާއްޞަކޮށް،
އޯޓްސް، ބައެއް ވައްތަރުގެ ކަނޑުމަސް، އަދި މޭގަނޑު ހިމެނެއެވެ. އަދި ކިރުގައި
ވެސް ކޮންމެވެސް ވަރަކަށް މިމާއްދާ އެކުލެވިފައި ވެއެވެ. ފަހުގެ ދިރާސާތައް
ދައްކާގޮތުގައި އާންމުކޮށް ކޮބާލްޓް ލިބެނީ ނުވަތަ %32 ކޮބާލްޓް ލިބެނީ ކިރުން
ކަމަށެވެ. ކޮބާލްޓް ލިބޭ އެހެން ކާނާތަކުގެ ތެރޭގައި ވިޓަމިން ބީ 12 ހުންނަ ތަކެތި
ހިމެނެއެވެ. އޭގެ ތެރޭގައި ކޮބާލްޓް ގިނައިން ހުންނަ ކާނާކަމަށް ބެލެވެނީ ހަންދާ،
، ގޮޅާ، ރާކަނި، ފަދަ ހަރުތޮށިގަނޑެއްގައި ހުންނަ ބޮލިމަހާއި، ކުކުޅު މަސްގަނޑުގެ
ތެރޭގައި ހުންނަ ރަތްކުލަ ގަދަ ނުވަތަ ކަޅު މަހުގައެވެ. މިފަދަ މަސްތަކުގެ 100
ގުރާމުގައި 4 މައިކްރޯގްރާމް ކޮބާލްޓް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014).
ކޮބާލްޓް
ލިއްބައިދޭ މަޞްދަރުތަކުގެ ތެރޭގައި ލެޓިއުސްފަތް، ބޯވެލިފަތް،
ކޮޕީފަތް، ޓާނިޕްޕަތް، ކެބެޖް ފަދަ ފަތްޕިލާވެލީގެ ބާވަތްތައް، ކަދުރު،
ހިކިމޭބިސްކަދުރު، ހިއްކި އެޕްރިކޮޓް، އަދި ހިއްކި ޕްރޫންސް ފަދަ ހިއްކި މޭވާގެ
ބާވަތްތައް، ބާރުލީ، އޯޓްސް ފަދަ ހޯލްގްރެއިންސް ސީރިއަލްގެ ބާވަތްތައް، ކުކުޅުބިސް،
ކިރު، ކިރުގެ އުފެއްދުންތައް، އެއްގަމު މަސް އަދި ކަނޑުމަސް ހިމެނެއެވެ
(ނެޓްމެޑްސް.ކޮމް،2022).
ދިވެހިރާއްޖެއިން
ލިބޭ ކާބޯތަކެތީގައި ކޮބާލްޓް ހުންނަ މިންވަރު
100ގ ގައި |
މައިކްރޯގްރާމް |
100ގ ގައި |
މައިކްރޯގްރާމް |
ޗޮކްލެޓް |
5 |
ޗީޒް |
1.8 |
ބޮލިމަސް |
4.6 |
މުގު |
0.8 |
މަދާއި ހިކިމޭވާ |
4.1 |
ގެރިމަސް |
0.8 |
މޭގަނޑާއިކުރަޑި |
3.3 |
ކަނޑުމަސް |
0.7 |
ބަޓަރު |
1.8 |
ކުކުޅުމަސް |
0.2 |
ކޮބާލްޓްގެ
ވަޒީފާ
ކޮބާލްޓް
ހަށިގަނޑުގައި އަދާކުރާ ރޯލްކަމަށް މިހާތަނަށް އެނގިފައިވަނީ ވިޓަމިން ބީ12 ގެ
މޮލާރީގެ ބައެއްގެ ގޮތުގައި ވިޓަމިން ބީ12 ގެ ވަޒީފާ އަދާކުރުމުގައި
އެހީތެރިވެދިނުމެވެ. ވިޓަމިން ބީ12 އަކީ ލޭގެ ރަތްސެލްތައް އުފެއްދުމާއި،
ކާބޯތަކެތިން ހަށިގަނޑަށް ބޭނުންވާ ހަކަތަ ނެގުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ.
މިއީ ހަށިގަނޑުގައިވާ ދިރުތަކުގެ މަސައްކަތަށް ބޭނުންތެރި މައުދަނެކެވެ. އަދި ލޭގެ
ރަތް ދިރުތައް އުފެއްދުމާއި، ތައިރޮއިޑް ހޯރމޯން އުފެއްދުމާއި، ނާރުތަކުގެ ނިޒާމް
އަށް ލިބޭ ގެއްލުންތައް ފޫބައްދައިދީ، ބެލެހެއްޓުމުގައި ވެސް ވިޓަމިން ބީ12
ބައިވެރިވެއެވެ. ލޭނާރުތަކުގެ ވާންކަން ކުޑަކުރުމަށް ބޭހެއްގެ ގޮތުގައި
ލޭމައްޗަށްދާ މީހުންނަށް ވެސް ކޮބާލްޓް ދީއުޅެއެވެ. ވިޓަމިން ބީ12 އާއި ދަގަނޑު
ހުންނަ ބޭސް ދިނުމުން ލޭގެ ރަތްކަން އިތުރުވަމުން ދިއުން ލަސްވާނަމަ، ކޮބާލްޓް
ހުންނަ ކާނާ ބަލައިގެން ކެއުމަށް ނުވަތަ ކޮބާލްޓް ހުންނަ ބޭހެއް ކެއުމަށް
މުއްތިދާރުން ލަފާދެއެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން
އިންފެކްޝަންތަކުން ރައްކާތެރިކުރުމަށް އެންޓިވައިރަލް އަދި އެންޓިބެކްޓީރިއަލް
ކޮމްޕައުންޑް ތައް އުފެއްދުމުގައި ވެސް ކޮބާލްޓް މުހިއްމު ދައުރެއް އަދާކުރެއެވެ.
ފެޓް، އަދި ކާބޯހައިޑްރޭޓް ގިރިބިންކޮށް، ޕްރޮޓީން އުފައްދައި، ފޮލިކް އެސިޑް އޭގެ
ހީވާގި ވާ ގޮތަށް ބަދަލުކުރުމުގައި ވެސް ކޮބާލްޓް ދައުރެއް އަދާކުރެއެވެ.
ނާރުތަކުގެ ބޭރުގައި އިންނަ މައިއެލިން ފަށަލަ ނެތިގެން ދިއުމުން
ދުރުކޮށްދިނުމުގައި ވެސް ކޮބާލްޓް ބައިވެރިވެއެވެ. މިއީ ނާރުތަކުގެ ސިގުނަލް އެއް
ނާރުން އަނެއް ނާރަށް ފޯރުކޮށްދިނުމުގައި މުހިއްމު ކަމެކެވެ (ނެޓްމެޑްސް.ކޮމް،
2022).
ހަށިގަނޑުގައި
ކޮބާލްޓް
އާދައިގެ
މީހެއްގެ ގައިގައި ހިމެނޭ ކޮބާލްޓްގެ މިންވަރު 1 މިލިގްރާމް އަށްވުރެ ވެސް
މަދުވާނެއެވެ. މިމާއްދާ ހަށިގަނޑުގައި ހުންނަނީ މަސްތައް، ކަށިތައް، ގުރުދާ، އަދި
ފުރަމޭ ގައެވެ (ސާލިހު އަދި ވަހީދު، 2014).
ހަށިގަނޑަށް
ބޭނުންވާ މިންވަރު
ކޮބާލްޓްގެ ކަނޑައެޅިގެންވާ
ވަކި ކެލަމިން (ކެއުމަށް ލަފާދޭ މިންވަރު) އެއް ނޯވެއެވެ. ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާ އިން ލަފާދެނީ 1 މައިކްރޯގްރާމްގެ ކޮބާލްޓް ދުވަހެއްގެ ކެއުމުގައި
ހިމެނުމަށެވެ (ސާލިހު އަދި ވަހީދު، 2014). ނަމަވެސް އެވްރެޖް ގޮތެއްގައި
ބޮޑުމީހަކަށް ދުވާލަކަށް 8-5 މައިކްރޯގްރާމްގެ ކޮބާލްޓް ކާބޯތަކެތީގެ ތެރެއިން
ހަށިގަނޑަށް އެތެރެވާނެ ކަމަށް ލަފާކުރެވެއެވެ (ނެޓްމެޑްސް.ކޮމް، 2022).
ކޮބާލްޓް
މަދުވުން
ކޮބާލްޓް
މަދުވުމުން ދިމާވާ ކަންތައްތަކުގެ ތެރޭގައި ލޭމަދުވުން، ދިރުތައް އުފެދުމުގެ
މަސައްކަތް ދަށަށްދިއުން އަދި ނާރުތައް ހީނަރުވުން ހިމެނެއެވެ. އަދި ތުއްތު ކުދިން
ބޮޑުވުން ލަސްވެއެވެ. އެކަމަކު ކޮބާލްޓް އެކަނި ބޭނުންކުރުމަކުން މިކަމެއް
ރަގަޅެއް ނުކުރެވެއެވެ (ސާލިހު އަދި ވަހީދު، 2014).ކޮބާލްޓް ހަށިގަނޑުގައި
ހުންނަނީ ކޯބަލަމިން ނުވަތަ ވިޓަމިން ބީ12 ގެ ބައެއްގެ ގޮތުގައި ކަމަށްވުމުން
ކޮބާލްޓް މަދުވުމުން ގިނަ ފަހަރު ކުރިމަތިވަނީ ވިޓަމިން ބީ12 މަދުވުމުން
ކުރިމަތިވާ ލޭމަދުވުން ފަދަ މައްސަލަ ތަކެވެ.
ކޮބާލްޓް
އިތުރުވުން
ކޮބާލްޓްގެ
ވިހަވާ މިންވަރެއް ކަމަށް ބަލަނީ ދުވާލަކު 8000 މައިކްރޯގްރާމަށްވުރެ އިތުރަށް
ކެވިގެންނެވެ. އެއީ ވެސް ބަނގުރަލާ އެކުގައެވެ (ސާލިހު އަދި ވަހީދު، 2014).
ކޮބާލްޓް އަށް ވިހަވުމަކީ ހިތުގެ މަސްގަނޑަށް އަނިޔާވާނެ ކަމެކެވެ. މީގެ އިތުރުން
ލޭގެ ރަތްސެލްތައް އިތުރުވުމަކީ ވެސް މެދުވެރިވެދާނެ ކަމެކެވެ. މާގިނައިން
ހަށިގަނޑަށް ކޮބާލްޓް އެތެރެވުމަކީ ތައިރޮއިޑް ގްލޭންޑް ބޮޑުވުން، ތައިރޮއިޑް
ގްލޭންޑްގެ މަސައްކަތްތައް ދަށްވުން، އަދި ލޭގެ ހަކުރުގެ މިންވަރު މަތިކުރުވާނެ
ކަމެކެވެ (ނެޓްމެޑްސް.ކޮމް، 2022).
ހަވާލާ
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.netmeds.com/health-library/post/cobalt-functions-food-sources-deficiency-and-toxicity
No comments:
Post a Comment