Friday, September 16, 2011

ކަރާ

ކަރާ
ކަރާ އަކީ ބަރަބޮލުގެ ސިފަޔަށް ފިތް ނުޖަހައި އޮންނަ، ވެލެއްގައި އަޅާ މޭވާ އެކެވެ. މިއީ ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. މިއީ ފޮތިކޮށްގެންނާއި، ފަނިގިރައިގެން ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ކޮންމެ ވަގުތަކު ވެސް ބޭނުންކުރެވިދާނެ ރަގަޅު މޭވާ އެކެވެ.

ދިވެހި ނަން : ކަރާ
އިގިރޭސި ނަން : Watermelon
ޢިލްމީ ނަން : Citrullus Vulgaris/ Citrullus Lanatus
ކަރަލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
30 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
7.6 ގްރާމް
ޕޮޓޭސިއަމް
112 މިލިގްރާމް
ޕްރޮޓީން
0.6  ގްރާމް
މަޢުދަންތައް
ފެޓް
0.15 ގްރާމް
ކެލްސިއަމް
7 މިލިގްރާމް
ފައިބަރު
0.4 ގްރާމް
ކޮޕަރ
42 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.24 މިލިގްރާމް
ފޮލިކް އެސިޑް
3 މައިކްރޯ ގްރާމް
މެގްނީޒިއަމް
10 މިލިގްރާމް
ނިއެސިން
0.178 މިލިގްރާމް
މެންގަނީޒް
0.038 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.221 މިލިގްރާމް
ފޮސްފަރަސް
-           
ޕައިރިޑޮކްސިން
0.045 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
-           
ޒިންކް
0.10 މިލިގްރާމް
ތިއެމިން
0.033 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
569 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
8.1 މިލިގްރާމް
ކެރޮޓީން ބީޓާ
303 މައިކްރޯ ގްރާމް
ވިޓަމިން އީ
0.05 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
78 މައިކްރޯ ގްރާމް
ވިޓަމިން ކޭ
-           
ލުޓީން-ޒިއެޒެންތިން
8 މައިކްރޯ ގްރާމް


ލައިކޮޕީން
4325 މައިކްރޯ ގްރާމް






















ކަރާ އިން ލިބޭ ޞިއްޙީ ބައެއް ފައިދާތައް
·         ގުރުދާގެ ބަލިތައް : ކަރާގައި ވަރަށް ގިނައިން ޕޮޓޭސިއަމް ހުރެއެވެ. މިއީ ގުރުދާއިން ވިހަ މާއްދާތައް ސާފުކޮށް ބޭރުކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި މިއީ ޔޫރިކް އެސިޑްގެ ތާސީރު ލޭގައި ދަށްކޮށް، ޔޫރިކް އެސިޑްގެ ސަބަބުން ގުރުދާއަށް ގެއްލުންވެ، ގުރުދާގައި ޔޫރިކް އެސިޑް އެކުލެވޭ ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. ކަރާގައި ގިނައިން ފެނުގެ ބައި ހުންނާތީ، ކަރާކެއުމުން ކުޑަކަމުދިއުން އިތުރުވާނެއެވެ. މިއީ ވެސް ގުރުދާ ސާފުކޮށްދޭނެ ކަމެކެވެ. އަދި ހަމަމިހެން ކަރާ ގައި އެންޓި އޮކްސިޑެންޓް އެކުލެވިގެންވުމަކީ ވެސް ގުރުދާގެ މަސައްކަތް ރަގަޅުވެ، ފުރިހަމަވެ، ގިނަ ދުވަހަށް ރަގަޅުގޮތުގައި ދެމިހުންނާނެ ކަމެކެވެ.
·         ހޫނުވެގެން ސްޓްރޯކްޖެހުމުން ރައްކާތެރިކޮށްދިނުން : ކަރާ އަކީ ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ. ހޫނު ގައުމުތަކުގައި އުޅޭ މީހުން ހޫނު މޫސުމުގެ ދުވަސްވަރު، ކޮންމެ ދުވަހަކު މެންދުރުފަހު، ކަރާ ކައިއުޅެއެވެ. އެއީ ހޫނުގެ ސަބަބުން ސްޓްރޯކްޖެހުން މެދުވެރިވިޔަ ނުދިނުމަށްޓަކައެވެ.
·         ހަކުރު ބަލި : ހަކުރު ބަލީގެ މީހުންނަކީ ކެއުމުގައި ވަރަށް ބަލައިގެން އުޅެންޖެހޭ ބައެކެވެ. އެގޮތުން ކެއުމުގައި ހަކަތައާއި ކެލޮރީ މަދު، ހަކުރު މަދު ކެއުމެއް ޚިޔާރުކުރަން ޖެހެއެވެ. އަދި ރަގަޅަށް ނުކެވޭތީ މިފަދަ މީހުން އަބަދުވެސް ބަނޑުހައިވެގެން އުޅޭކަމުގެ ޝަކުވާ ކުރެއެވެ. މިފަދަ މީހުންނަށް ކަރާ އަކީ ރަގަޅު ކެއުމެކެވެ. ފޮނި ރަހަލާ ނަމަވެސް، ކަރާއިން ލިބޭނީ ވަރަށް މަދު މިންވަރެއްގެ ކެލޮރީ އެކެވެ. އަދި މީގެ އިތުރުން ކަރާގައި ހިމެނޭ ވިޓަމިންތަކާއި ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ މައުދަންތަކަކީ އިންސިއުލިންގެ މަސައްކަތް ރަަގަޅުކޮށް، ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކަރާގައި ހިމެނޭ އާރޖިން އަކީ ވެސް އިންސިއުލިންގެ ސަބަބުން ހަކުރުގެ މިންވަރަށް އަސަރުކުރުމަށް ބާރުފޯރުވާ މާއްދާ އެކެވެ.
·         ހިތުގެ ފަރުވާ : ކަރާ ގައި ކެރޮޓިނޮއިޑް އެއްކަމުގައިވާ "ލައިކޯޕީން"(Lycopene) ހުރެއެވެ. މިއީ ހިތުގެ މަސައްކަތް ރަގަޅުކޮށްދޭ މާއްދާ އެކެވެ. ކަރާގައި ހިމެނޭ ބީޓާ ކެރޮޓީން އަކީ އެންޓި އޮކްސިޑެންޓަކަށްވުމުން އުމުރުން ދުވަސްވުން ލަސްކޮށޮް ދެއެވެ. އަދި އުމުރުން ދުވަސްވުމުން ދިމާވާ ހިތުގެ މައްސަލަތަކުން ދުރުވެއެވެ. ކެރޮޓިނޮއިޑް، ވިޓަމިން ސީ، އަދި ޕޮޓޭސިއަމް ގުޅިގެން ލޭގެ ސަރުބީގެ މިންވަރު ދަށްކޮށް، ހިތަށް ރައްކާތެރިކަން ހޯދައިދެއެވެ.
o       ސަރުބީގެ މިންވަރު ދަށްކުރުން : ކަރަލަކީ ލޭހޮޅީގެ ފާރުގައި ސަރުބީ ތަތްވެ ހަރުލުމުން މިންޖުކޮށް، ރަގަޅު ސަރުބީގެ މިންވަރު މަތިކޮށް، ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. މިއީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
o       ލޭމައްޗަށްދިއުން : ކަރާގައި ޕޮޓޭސިއަމް ހުންނަ ފަދައިން މެގްނީޒިއަމް ވެސް ހުރެއެވެ. މިދެމާއްދާ އަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭނުންތެރި ދެމާއްދާ އެވެ. ކަރާގައި ހިމެނޭ ކެރޮޓިނޮއިޑްގެ ސަބަބުން، ލޭހޮޅީގެ ފާރު ހަރުވެ، ހަލާކުވުން ކުޑަކޮށް ދެއެވެ. މިއީ ލޭގެ ޕްރެޝަރު ދަށްވާނެ ކަމެކެވެ. އެހެނީ ލޭހޮޅީގެ ފާރު ހަރުވެ، ލޭހޮޅި ބެދި، ލޭހޮޅީގެ ތެރޭގައި ޕްރެޝަރާއި އެކު ލޭދައުރުވުމަކީ ލޭމައްޗަށްދިއުމުގެ މައިގަނޑު އެއް ސަބަބެވެ.
o       ހާރޓް އެޓޭކް : ފޮލިކް އެސިޑް އަދި އެހެނިހެން ވިޓަމިންތައް ހުރުމަކީ ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
·         މެކިޔުލަރ ޑިޖެނެރޭޝަން : ކަރަލުގައި ބީޓާ ކެރޮޓީން، ވިޓަމިން ސީ، އަދި ލޫޓީން އާއި ޒިއެޒެންތިން ހުރެއެވެ. މިމާއްދާ ތަކަކީ އުމުރުން ދުވަސްވުމުން މެދުވެރިވާ ލޮލަށް ނުފެނުމުގެ މައްސަލަ، ނުވަތަ މެކިޔުލަރ ޑިޖެނެރޭޝަންގެ މައްސަލައިން ދުރުކޮށްދޭނެ މާއްދާ ތަކެކެވެ. މީގެ އިތުރުން މިމާއްދާ ތަަކަކީ އުމުރުން ދުވަސްވުމުން ލޮލަށް މެދުވެރިވާ ލޯހިކުން، ލޮލުގެ ޕްރެޝަރު މަތިވުން، އަދި ލޮލުގެ މައިނާރު ހަލާކުވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ މާއްދާތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކެރެޓް ކެއުމަށް ވުރެވެސް ލޮލުގެ ދުޅަހެޔޮކަމަށް ރަގަޅީ ކަރާ ބޭނުން ކުރުމެވެ.
·         ޖިންސީ ވަޅޯކަން : ކަރަލުގައި ހިމެނޭ އާރޖިނިން އަކީ ފިރިހެންހަށީގައި ރަގަޅަށް ވަރުނުޖެހުން (ރަގަޅަށް ކޮޅުނުވުން) މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ ޖިންސީ ވަޅޯކަން ކުރިމަތިވެފައިވާ މީހުންނަށް ދިރުން ގެނެސްދެނިވި ކަމެކެވެ. އާރޖިނިން އަކީ ލޭހޮޅިތައް ހަމައަކަށް އަޅުވާލުމުގައި ޝާމިލްވާ ނައިޓްރިކް އޮކްސައިޑް (Nitric Oxide) ގެ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.
·         ކެންސަރުން ރައްކާތެރިވުން : ކަރަލަކީ ލައިކޯޕީންގެ ތަބީޢީ މަޞްދަރެކެވެ. ލައިކޯޕީން އަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ބާރާއި، އެއިން ޞިއްޙަތަށް ކުރާ ފައިދާގެ ސަބަބުން ވަރަށް މުހިއްމު މާއްދާއަކަށް އަބަދުވެސް އޮންނަނީ ވެފައެވެ. ލައިކޯޕީން އަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ލައިކޯޕީން ކާނާއާއެކު ގިނައިން ހަށިގަނޑަށް ލިބުމަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. އެހެން ދިރާސާއެއްގައި އިރުޝާދު ދީފައިވަނީ ލައިކޯޕީން ހިމެނޭ މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދީފާނެ ކަމެއްކަމަށެވެ. މީގެ އިތުރުން ކަރަލުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ވެސް ކެންސަރާއި ހަނގުރާމަކޮށް ކެންސަރުން ރައްކާތެރިކޮށް ދެއެވެ. އެގޮތުން ކެންސަރު ޖައްސަނިވި ފްރީ ރެޑިކަލްތައް ހަލާކުކޮށް ނެތިކޮށްލާ މިންވަރަށް ކަރަލުގައި އެންޓި އޮކްސިޑެންޓް ހުރެއެވެ.
·         ދިފާޢީ ބާރު ރަގަޅުކުރުން : ކަރަލަކީ "ސިޓްރޫލީން"(Citrulline) އިން މުއްސަދި މޭވާ އެކެވެ. ސިޓްރޫލީން އަކީ އާރޖިނިން އަށް ބަދަލުވާ މެޓަބޮލައިޓް އެކެވެ. ކަރާފަނި ބުއިމުން ލޭގައި އާރޖިނިން، އޯރނިތިން، އަދި ސިޓްރޫލީން، ގެ މިންވަރު މަތިވޭތޯ ބެލުމަށް ދިރާސާ ކުރެވުނެވެ. ދިރާސާގެ ނަތީޖާއިން އެނގުނީ ކަރަލުގެ ތެރެއިން ސިޓްރޫލީން ހަށިގަނޑަށް ނެގުމުން، ލޭގައި އާރޖިނިންގެ މިންވަރު މަތިވާ ކަމުގައެވެ.
-          އާރޖިނިން އަކީ ފާރުގަނޑު ފަސޭހަވުމުގަޔާއި، އެމޯނިޔާ ހަށިގަނޑުން ބޭރުކޮށް ހުސްކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ލޭގައި އެމޯނިޔާ ގިނަވުމަކީ ވަރުބަލިވުން، ގުރުދާ އަދި ފުރަމޭގެ ބަލިތައް މެދުވެރިވާނެ ކަމެކެވެ. އާރޖިނިން އަކީ ނައިޓްރިކް އޮކްސައިޑް އުފެއްދުމުގައި ބައިވެރިވާ ތަބީޢީ "ޕްރިކޯރސަރ" (Precursor)އެކެވެ. ދިރާސާއެއްގައި 40 ކުދިންނަށް އާރޖިނިން ކާންދެވުނެވެ. ދިރާސާއިން އެނގުނީ އާރޖިނިން ދިނުމާއި ވިދިގެން ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ތެރެއިން "ލިމްފޮސައިޓް"(Lymphocyte) ތައް އިތުރުވެފައިވާ ކަމެވެ.
·         ހަކަތަ އުފެއްދުން : ކަރަލުގައި ވަރަށް ގިނައިން ވިޓަމިން ބީގެ ބާވަތްތައް ހުރެއެވެ. މިއީ ހަށިގަނޑުގައި ހަކަތަ އުފެއްދުމުގައި ޒިންމާވާ ވިޓަމިންތަކެކެވެ. މީގެ މާނައަކީ ކަރާ ކާނަމަ، ހަކަތައާއި ބާރު ހަށިގަނޑަށް ފޯރުކޮށްދޭ ކަމެވެ. މީގެ އިތުރުން މެގްނީޒިއަމް އަދި ޕޮޓޭސިއަމް ފަދަ ބޭނުންތެރި މާއްދާތައް ކަރަލުން ހަށިގަނޑަށް ލިބެއެވެ. ކަސްރަތު ކުރުމުގެ ކުރިން ބާރު ޖައްސާ ބުއިމެއް ބޯލުމުގެ ބަދަލުގައި އެގަނޑީގައި ކަރާ ބޭނުން ކުރެވިދާނެ އެވެ. ކަރަލުގައި ފެން ގިނައިން ހުރުމަކީ ހަށިގަނޑުގައި ފެނުގެ ނިސްބަތް އެބޭނުންކުރުމުން ރަގަޅުކޮށްދޭ ކަމެކެވެ.
·         އެންޓި އޮކްސިޑެންޓް ތައް : ކަރަލަކީ ތަބީޢީ އެންޓި އޮކްސިޑެންޓް ތަކުގެ އެންމެ ރަގަޅު މަޞްދަރެވެ. އެއީ ވިޓަމިން އޭ އަދި ވިޓަމިން ސީ ގެ ރަގަޅު މަޞްދަރެކެވެ. މިދެވިޓަމިނަކީ ވެސް ދެ އެންޓި އޮކްސިޑެންޓެވެ. އަދި ކަރަލަކީ ބާރުގަދަ އެންޓި އޮކްސިޑެންޓް ބީޓާ ކެރޮޓީންގެ ވެސް ރަގަޅު މަޞްދަރެކެވެ. ކަރަލުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކަކީ ވަރަށް ގިނަ ކަންކަމުން ދުރުކޮށްދޭ މާއްދާ ތަކެކެވެ. އެގޮތުން ކަރާ ބޭނުންކުރުމުން އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ދުރުކޮށް، ރައްކާތެރިކޮށްދޭ ކަންތައްތަކުގެ ތެރޭގައި، ނޭވަޔަށް އުދަގޫކުރުން، ހިތުގެ ބަލިތައް، ކަށިފީވުން، ރާއްޖެބަލި، ޕްރޮސްޓޭޓް ކެންސަރު އަދި ގޮހޮރުގެ ކެންސަރު ހިމެނެއެވެ.
-          ކޮންމެ ކެއުމެއްގައި އެންޓި އޮކްސިޑެންޓް ހިމެނޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ. އެއީ ކާނާގެ އެހެން ބާވަތްތަކުން ނުލިބޭ ފައިދާތައް އެންޓި އޮކްސިޑެންޓްތަކުން ފޯރުކޮށްދޭތީ އެވެ. މީގައި ހިމެނޭ ގިނަގުނަ ފައިދާތަކުގެ ސަބަބުން މިއީ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ވިޓަމިން ތަަކަށްވުރެ ވެސް ފައިދާހުރި މާއްދާ ތަކެކެވެ.
·         އަރިދަފުސް ރޯގާ ޖެހުން ދުރުވުން : ކަރަލުގައި ވިޓަމިން ސީ ހިމެނެއެވެ. މިއީ ދިފާޢީ ބާރު ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ވިޓަމިން ސީ ލިބޭ ކާނާ ބޭނުންކުރާނަމަ، އަރިދަފުސްރޯގާ ފަދަ ބަލިތައް ޖެހުން ދުރުކޮށްދީ، ބަލިޖެހުނު ނަމަވެސް ވަރަށް އަވަހަށް ރަގަޅުވާގޮތް ވެއެވެ.
·         ހުޅުތައް ދުޅަވުން : ކަރަލުގައި ވިޓަމިން ސީ، އަދި ބީޓާ ކެރޮޓީން ފަދަ މާއްދާތައް ހުރުމަކީ ރާއްޖެ ބަލި ފަދަ ހުޅުދުޅަވާ ބަލިތަކުން ކުރިމަތިވާ އުދަގޫތައް ކުޑަކޮށްދީ، އެކަމުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ބަނޑުހިކުން : ބޮޑު ކަރާ ފަނި ތައްޓެއް ބޯލާށެވެ. ހަށިގަނޑުގައި ހިމެނޭ ބޭކާރު ބައިތައް ހަށިގަނޑުން ބޭރުކޮށް ސާފުކުރުމުގައި ކަރަލަކީ ވަރަށް ރަގަޅު މޭވާ އެކެވެ. ކަރަލުގައި ގިނައިން ފެންހުރުމަކީ ފަސޭހައިން ބޮޑުކަމުދިއުމަށް ބާރުއަޅައިދޭ ކަމެކެވެ.
·         ހަށިގަނޑުގައި ފެންހަރުލުން : ކަރާ ކެއުމަކީ ވަރަށް ގިނައިން ކުޑަކަމުދެވޭނެ ކަމެކެވެ. މިސަބަބާހުރެ މައްސަރު ދުވަސްވަރާއި، މާބަނޑު ދުވަސްވަރު ކަރާ ބޭނުންކުރުމުން ކުޑަކަމުދެވޭ މިންވަރު މަތިވެ، ހަށިގަނޑުގައި ފެންހަރުލައި، ފޮއްސިވުމުގެ އުދަގުލުން ދުރުކޮށް ދެއެވެ.
·         އެހެނިހެން ފައިދާތައް :-
o       ކަރަޔަކީ ހަށިގަނޑަށް ފައިދާ ހުރި މީރު މޭވާ އެކެވެ. ފެން ގިނަ އަދަދަކަށް ކަރާގައި އެކުލެވިގެންވާތީ ކަރުހިއްކުން ފިލުވުމުގައި އެހީތެރިވެދެއެވެ. ކަރާކެއުމުން ހަށިގަނޑަށް ފިނިކަމާއި ތާޒާކަން ގެނެސްދެއެވެ
o        ކަރާއިން ލިއްބައިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު ފުރަގަސްފަރާތު ބަލި، ބަނޑުހިކުން، މަސާނާ އަދި ގުރުދާގައި ހިލައުފެދުން، މައިދާ އަދި ގުރުދާ ސާފުކުރުން، ލޮލުގެ ފެނުން ސާފުވުން، ރީދޫވުން، ލޭގެ ޕްރެޝަރ މަތިވުން، އަދި ބޮލުގައި ރިހުން ފަދަ ކަންތައްތައް ކުޑަކުރުމުގައި އެހީތެރިވެދެއެވެ.
o       ކަރާގައި ދަނގަޑު ގިނައަދަދަކަށް އެކުލެވިގެންވެއެވެ. ކަރާކެއުމުން ހޫނުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް ޖެހުމާއި ދުރުހެލިކޮށްދެއެވެ. ކަރާ ކެއުން ބޮޑަށް އެދެވިގެންވަނީ ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން އޮންނަ ވަގުތުގެ ތެރޭގައި ކަމަށް ބުނެވެއެވެ.
މައުލޫމާތު:-

No comments:

Post a Comment