Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 34ވަނަ ހަފްތާ



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ސައުރަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 18 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¾4 ޕައުންޑް އަށްވުރެ އިތުރު
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ކެންޓަލޫޕް(ފޮނިކެކުރި) އެއް ވަރު

ތުއްތުދަރިފުޅުގެ ހަށިގަނޑުގައި ފެޓްގެ ފަށަލަތައް ޖަމާވެ، ހަރުލުމުން ތުއްތު ދަރިފުޅުގެ ބައްޓަން ރީތިވެ، ވަށްވެގެންދާނެ އެވެ. ފެޓަކީ އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހަން ވެސް ކުރިޔަށްވުރެ އޮމާން ވާނެއެވެ. ތުއްތު ދަރިފުޅުގެ ސެންޓްރަލް ނާރުތަކުގެ ނިޒާމު ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. ފުއްޕާމޭ ވެސް ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. ދުވަސްނުފުރާ ވިހައިފާނެތީ ބިރުގަންނަނަމަ، ވިސްނަންވީ ބަނޑަށް 37-34 ހަފްތާއާއި ދޭތެރޭގައި އުފަންވާކުދިންނަށް އެހެން މާބޮޑު މައްސަލައެއް ނެތްނަމަ، ވިހެއުމަށްފަހު މާބޮޑު ކަންތައްތަކެއް ކުރިމަތިނުވެ ސަލާމަތްވުމަކީ ގާތް ކަމެކެވެ. ބައެއް ފަހަރު މިމުއްދަތުގައި އުފަންވާ ކުދިން ކުޑަ ދުވަސްކޮޅަކު ނާސަރީގައި ބާއްވައިފާނެ އެވެ. ނޫނީ ކުޑަ ދުވަސްކޮޅަކަށް ބަލިވެއުޅެފާނެ އެވެ. 

ސައުރަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެޓް : ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ފެޓްގެ ފަށަލަތައް ޖަމާވެ، ހަރުލަމުންދާނެއެވެ. ފެޓަކީ އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. 

ފުއްޕާމޭ : ތުއްތު ދަރިފުޅުގެ ފުއްޕާމޭ މިހާރު ވެސް ހުންނާނީ ވަރަށް ބޮޑަށް ފުރިހަމަވެފައެވެ. މިދުވަސްވަރު އުފަންވާ %99 ކުދިން ސަލާމަތް ކުރެވޭނެ އެވެ. ގިނަކުދިންގެ ދިގުދެމިދާ މައްސަލަތަކެއް ނުހުންނާނެ އެވެ. 

ސައުރަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ނާރުތަކުގެ ނިޒާމާއި، ފުއްޕާމޭ އަންނާނީ ފުރިހަމަވަމުންނެވެ. 37-34 ހަފްތާ އާއި ދެމެދުގައި އުފަންވާ ކުދިން ގިނަ ފަހަރު މައްސަލަތަކެއް ދިމާނުވެ ސަލާމަތް ކުރެވެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކެންޓަލޫޕް(ފޮނިކެކުރި) އެއް ވަރެވެ.
މައުލޫމާތު :

No comments:

Post a Comment