ކަޅުހުއްތުމޭވާ
ކަޅުހުއްތުމޭވާ އަކީ ވަރަށް ފޮނި މީރު މޭވާ އެކެވެ. މިމޭވާގައި ކާން ބޭނުންކުރަނީ އެތެރޭގެ އޮށްތަކުގެ ބޭރުން އޮންނަ ބައެވެ. ގިނައިން ބޭނުންކުރަނީ ފަނި ގިރަން ކަމަށްވި ނަމަވެސް މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ. މިއީ ދޮންވުމުން މަޑު ރީނދޫ ކުލައިގައި ހުންނަ މޭވާ އެކެވެ. ކަޅުހުއްތުމޭވާ ކެއުމުގެ އިތުރުން ޖޭމު ތައްޔާރުކޮށްގެންނާއި،ފަނިގިރައިގެން ވެސް ބޭނުންކޮށް އުޅެއެވެ.
ދިވެހި ނަން : ކަޅުހުއްތުމޭވާ
|
އިގިރޭސި ނަން : Pond Apple
|
ޢިލްމީ ނަން : Annona Glabra
|
ކަޅުހުއްތުމޭވާ އިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް
· ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކަޅުހުއްތުމޭވާގެ އޮށުގެ "އެކްސްޓްރެކްޓް"(Extract) ގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ކަމްޕައުންޑް ތަކެއް ހުރެއެވެ. އަދި މިކަމްޕައުންޑްތައް ބޭސްވެރިކަމުގެ ތެރޭގައި ފަހަރުގައި ބޭނުންކުރެވިދާނެ ކަމަށް ވެއެވެ.

މައުލޫމާތު:-
No comments:
Post a Comment