މިއަދަކީ ދުނިޔޭގެ ހެޕަޓައިޓިސް
ދުވަސް
މިއަދު 28 ޖުލައި އަކީ ދުނިޔޭގެ ހެޕަޓައިޓިސް
ދުވަހެވެ. މިއަހަރު ދުނިޔޭގެ ހެޕަޓައިޓިސް ދުވަހަށް ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރަކީ " ހެޕަޓައިޓިސް އިން
ރައްކާތެރިވުމަށް މިހާރު މަސައްކަތްފަށާ" މިއެވެ. މިޝިއާރު
އަމާޒުކޮށްފައިވަނީ ހެޕަޓައިޓިސް ޖެހުމުން ރައްކާތެރިކޮށްދީ، ހެޕަޓައިޓިސް
ޖެހިގެން މީހުން މަރުވާ ނިސްބަތް މަދުކުރުމަށް މަސައްކަތް ކުރުމުގެ މައްޗަށެވެ.
ވައިރަސް ތަކުގެ ސަބަބުން ޖެހޭ ހެޕަޓައިޓިސް ގެ
ތަފާތު ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ވައްތަރުތަކުގެ ތެރޭގައި
ހެޕަޓައިޓިސް އޭ، ހެޕަޓައިޓިސް ބީ، ހެޕަޓައިޓިސް ސީ، ހެޕަޓައިޓިސް ޑީ، އަދި ހެޕަޓައިޓިސްއީ ހިމެނެއެވެ. އެތައް ސަތޭކަ މިލިޔަން މީހުންނަށް މިވައިރަސްތަކުގެ ސަބަބުން
ހެޕަޓައިޓިސް (ފުރަމޭ ދުޅަވުން) ކުރިމަތިވާއިރު، އަހަރަކު 1.5 މިލިޔަން މީހުން،
އަދި ދުވާލަކު ހެޕަޓައިޓިސް ޖެހިގެން 4000 މީހުން ދުނިޔެ ދޫކުރާކަމަށް ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި އެންމެ ގިނަ
މީހުން މަރުވަނީ ހެޕަޓައިޓިސް ބީ، އަދި ހެޕަޓައިޓިސް ސީ ޖެހިގެންކަން ފާހަގަކޮށްލެވެއެވެ.
މިދެވައްތަރުގެ ހެޕަޓައިޓިސްގެ ޖެހިފައިވާ 400 މިލިޔަން މީހުން ދުނިޔޭގައި
އެބަތިއްބެވެ. ހަދާން ބަހައްޓަންވީ ހެޕަޓައިޓިސް ގެ ވައްތަރުތަކަކީ ވައިރަސް
ތަކަކުން ޖެހޭ ބަލިތަކަކަށް ވުމުން މިއީ ރައްކާތެރިވެވިދާނެ ބަލިތަކެކެވެ.
ނަމަވެސް ހިތާމަ އަކީ ގިނަ މީހުންނަށް މިކަން ނޭނގޭކަމެވެ.
ހެޕަޓައިޓިސް އަކީ ފަރުވާނުކޮށްފިނަމަ، އޭގެ
ސަބަބުން ފުރަމޭގައި ލަކުނުލައި، ފުރަމޭގެ ކެންސަރުޖެހި، އަދި ފުރަމޭގެ މަސައްކަތް
ހުއްޓުމަކަށް ގެނެސްދާނެ ބައްޔެކެވެ.
ދުނިޔޭގެ ހެޕަޓައިޓިސް ދުވަހުގެ ގޮތުގައި 28 ޖުލައި
ފާހަގަކުރަނީ ފުރަތަމަ ފަހަރަށް ހެޕަޓައިޓިސް ބީ ވައިރަސް ހޯއްދަވައި، އަދި
ހެޕަޓައިޓިސް ބީ އާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ވެކްސިނެއް ތައްޔާރުކުރައްވައި،
ނޯބެލް ގެ ޝަރަފްވެރި އިނާމު ޙާޞިލްކުރެއްވި، ޕްރޮފެސަރ ބެރޫޗް ސެމުއެލް ބްލަމްބާރގް ގެ އުފަންދުވަހާއި،
ގުޅުވައިގެންނެވެ.
2015 ވަނަ އަހަރުގެ ދުނިޔޭގެ ހެޕަޓައިޓިސް
ދުވަހާއި، ގުޅުވައިގެން އާންމުންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު
މެސެޖުތަކަކީ:-
·
ހެޕަޓައިޓިސް އިން ރައްކާތެރިވޭ – މަގުފަހިވާ ކަންތައްތައް ދެނެގަނޭ!
o ރައްކާތެރިނޫން ލޭ، ރައްކާތެރި ނޫން
އިންޖެކްޝަން، އެކަކަށް ބޭނުންކޮށްފައިހުރި، އިންޖެކްޝަން ޖެހުމަށް ބޭނުންކުރާ
ތަކެތި އަނެކަކަށް ބޭނުންކުރުން ފަދަ ކަންކަމަކީ ހެޕަޓައިޓިސް ޖައްސާނެ
ކަންތައްތަކެވެ.
·
ހެޕަޓައިޓިސް އިން ރައްކާތެރިވޭ – ރައްކާތެރިގޮތުގައި އިންޖެކްޝަން ޖެހުމަށް
ބާރުއަޅުއްވާ!
o ރައްކާތެރި ނޫންގޮތުގައި އިންޖެކްޝަން
ބޭނުންކޮށްގެން އަހަރަކު 2 މިލިޔަން މީހުންނަށް ހެޕަޓައިޓިސް ޖެހެއެވެ. އެންމެ
ފަހަރަކު ސިރިންޖު ބޭނުންކުރުމުގެ އާދަ އަށަގަނެވިއްޖެނަ، މިފަދަ އިންފެކްޝަންތައް
މަދުކުރެވިދާނެ އެވެ.
·
ހެޕަޓައިޓިސް އިން ރައްކާތެރިވޭ – ކުޑަކުދިންނަށް ވެކްސިން ދެއްވާ!
o އަހަރަކު 780 ހާސް މީހުން ހެޕަޓައިޓިސް
ބީ ޖެހިގެން މަރުވެއެވެ. ވެކްސިން ޖަހައިގެން މުޅި އުމުރަށް ހެޕަޓައިޓިސް ބީ އިން
ރައްކާތެރިވެވިދާނެ އެވެ.
·
ހެޕަޓައިޓިސް އިން ރައްކާތެރިވޭ – ޓެސްޓުކުރޭ – ފަރުވާ ހޯދާ!
o ހެޕަޓައިޓިސް ބީ، އަދި ހެޕަޓައިޓިސް ސީ
އަށް ފަރުވާކުރެވިދާނެ އެކަށޭނަ ބޭސްތައް އުފައްދާފައި ހުރެއެވެ.
ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް ،
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކުރުމަށް
ފުރަތަމަ ނިންމީ 10 މެއި 2010 ވަނަ އަހަރު އޮތް، އެޖަމްއިއްޔާގެ 63 ވަނަ އަހަރީ
ބައްދަލުވުމުގައެވެ. އަދި ކުރިން ފާހަގަކުރަމުން އައި ތާރީޚު 19 މެއިގެ ބަދަލުގައި
28 ޖުލައި ދުނިޔޭގެ ހެޕަޓައިޓިސް ގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމި
އެވެ.
ދުނިޔޭގެ ހެޕަޓައިޓިސް
ދުވަހަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ
ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް
ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި
ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޞިއްޙަތު ދުވަސް،
ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް،
ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް،
އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ.
Hello. How do you get your fonts to display properly? I'm trying to write an article in Dhivehi and it's Boli font.
ReplyDelete