ފުއްޕާމޭގެ ކެންސަރު
ފުއްޕާމެޔަކީ ނޭވާލާއިރު ހަށިގަނޑަށް ވަންނަ
އޮކްސިޖަން ލޭގެތެރެއަށް ފޮނުވައިދީ، ހަށިގަނޑުގައި އުފެދޭ ކާބަންޑައި އޮކްސައިޑް
ހަށިގަނޑުން ބޭރަށް ފޮނުވައި ދިނުމުގެ މަސައްކަތްކުރާ ގުނަވަނެކެވެ. ފުއްޕާމޭގެ
ކެންސަރުޖެހިއްޖެނަމަ ފުއްޕާމޭގެ މަސައްކަތް ގަވާއިދުން ކުރުން ހުއްޓާލައެވެ. އަދި
ވަރަށް ހަލުވިކަމާއެކު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކެންސަރުގެ ސެލްތައް
ފެތުރިގެންދެއެވެ. ފުއްޕާމޭގެ ކެންސަރު ވަރަށް ފަސޭހައިން ހަށިގަނޑުގައިވާ ލިމްފް
ގޮށްތައް، އަދި ސިކުނޑި ފަދަ ގުނަވަންތަކަށް ފެތުރިގެންދިއުމަކީ ވެދާނެ ގޮތެކެވެ.
ފުއްޕާމޭގެ ކެންސަރުގެ ވައްތަރުތައް
މައިގަނޑު ގޮތެއްގައި ދެބާވަތެއްގެ ކެންސަރު
ފުއްޕާމޭގައި އުފެދެއެވެ. އޭގެތެރެއިން އެއްބާވަތަކީ ފުއްޕާމޭގެ ކުދި ސެލްތަކުން
އުފައްދާ ކެންސަރު އެވެ. އަނެއްބާވަތަކީ ކުދި ސެލްނޫން އެހެން ސެލްތަކުން އުފައްދާ
ކެންސަރު އެވެ. މިބައިތައް ވަކިކޮށް ދެނެގަނެވޭނީ މައިކްރޮސްކޯޕް އެއްގެ
އެހީގައެވެ. ކުދި ސެލްތަކުގެ ކެންސަރަށްވުރެ ކުދި ނޫން ސެލްތަކުގެ ކެންސަރު
އާންމުކަން ފާހަގަ ކުރެވެއެވެ. ކުދި ނޫން ސެލްތަކުގެ ކެންސަރު އުފެދި، ފެތުރެނީ
އާންމުގޮތެއްގަ ލަހުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން އާންމުކޮށް ކެންސަރު
ޖެހެނީ ފުއްޕާމޭގެ ކުދި ސެލްތަކަށެވެ.
ކުރިން މިބަޔާންކުރި ކޮންމެ ބާވަތެއްގެ
ކެންސަރެއްވެސް ފުއްޕާމޭގައި އުފެދި ފެތުރެނީ ތަފާތު ގޮތްގޮތަށެވެ. އެހެންކަމުން
ފުއްޕާމޭގެ ކެންސަރަށް ފަރުވާ ކުރުމުގައި މިކަންކަން ރަގަޅަށް ދެނެގަންނަށް
ބޭނުންވާނެ އެވެ.
ނޭވާހިނގާހޮޅީގެ ތެރޭގައި ކެންސަރު އުފެދޭގޮތް
ދިމާވެއްޖެނަމަ ނޭވާލުމަށް ދަތިވެ ބައެއް ފަހަރު ނޭވާލާހޮޅި ބެދޭގޮތް ވެއެވެ.
މިގޮތަށް ދިމާވެއްޖެނަމަ ފަރުވާ ދިނުމަށްޓަކައި ކުރެވޭ ތަހްލީލްތަކުގެ ސަބަބުން
ވަރަށް އަވަހަށް ބަލި ދެނެގަނެވޭނެ އެވެ.
ނޭވާ ހިނގާ ހޮޅިއާއި ދުރު ހިސާބެއްގައި
ފުއްޕާމޭގައި ކެންސަރު އުފެދިއްޖެނަމަ، އެކަމުގެ އުދަގޫ މާއަވަހަށް ކުރިމަތިނުވެ
ހުރެދާނެ އެވެ. ނަމަވެސް ފުއްޕާމޭގެ ކެންސަރަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ
ކެންސަރެކެވެ. އެހެންކަމުން ނޭވާހިނގާ ހޮޅިޔާ ދުރު ހިސާބުގައި ފުއްޕާމޭގައި އުފެދޭ
ކެންސަރުގެ އުނދަގޫތައް އިހްސާސް ކުރެވެންފަށާއިރު ފުއްޕާމޭގެ ވަރަށް ބޮޑު
ބަޔަކަށް ބަލީގެ އަސަރު ފެތުރޭގޮތް އޮންނަނީ ދިމާވެފައެވެ. މިގޮތަށް
ދިމާވެއްޖެނަމަ ފުއްޕާމޭގެ ބޭރު ދުލިފަށަށް އޭގެ އަސަރުކޮށް އެހިސާބުގައި
ފެންހެދޭގޮތް ދިމާވެއެވެ.
ބައެއް ފަހަރު ފުއްޕާމޭގައި ކެންސަރު އުފެދެނީ
ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި އުފެދޭ ކެންސަރު ސެލްތައް ފުއްޕާމެޔަށް
ދަތުރުކޮށްގެންނެވެ. ނަމަވެސް އަނެއް ބައި ފަހަރު ސެލް ފުރަތަމަ ވެސް އުފެދެނީ
ފުއްޕާމޭގައެވެ.
ފުއްޕާމޭގެ ކެންސަރު ޖެހުމަށް މެދުވެރިވާ
ސަބަބުތައް
·
ދުންފަތުގެ އިސްތިއުމާލު ކުރުން : ބިޑި،ސުއްޓާ،ސިގިރޭޓް،އަދިގުޑުގުޑާ ބުއިމަކީ
ފުއްޕާމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ. ސިގިރޭޓް ބުއިން ހުއްޓާލާ މީހެއްގެ
ފުއްޕާމޭ އެކަންނުކުރާ މީހެއްގެ ފުއްޕާމެޔާ އެއް ޙާލަތަކަށް ބަދަލުވަނީ
ގާތްގަނޑަކަށް 15 އަހަރު ފަހުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށް
ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އެކަން ނުކުރާ މީހަކަށްވުރެ 30-15 ގުނަ
އިތުރެވެ. ދޭތެރެ ދޭތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާނަމަވެސް ކެންސަރު
ޖެހުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާތާ ގިނަ
ދުވަސްވާވަރަކަށް މި ހިރާސް އިތުރުވަމުންދާނެ އެވެ.
·
ދުންފަތުގެ ދުމަށް ހުށަހެޅުން : ކުރުމާއި، ދުންފަތުގެ ދުމަށް ހުށަހެޅުން :
ބިޑި،ސުއްޓާ،ސިގިރޭޓް،އަދިގުޑުގުޑާ ބޯއިރު ބޭރުވާ ދުމަށް ހުށަހެޅުމަކީ ފުއްޕާމޭގެ
ކެންސަރަށް މަގުފަހިކުރާ ކަމެކެވެ.
·
ސިމެންތި ޓިނުގައި އެކުލެވިފައިވާ ކުޑި ފުއްޕާމެޔަށް ދިއުން
·
ބައެއް ބާވަތުގެ ގޭހުގެ އަސަރު އެކުލެވިފައިވާ މާހައުލުގައި ދިރިއުޅުން :
މިސާލަކަށް ރޭޑަން އަށް ހުށަހެޅުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ހިރާސް
އިތުރުކުރާ ކަމެކެވެ. ރޭޑަން އަކީ ގަލާއި، ހިރަފުހުގައި ހުންނަ ލޮލަށް ނުފެންނަ،
ވަހެއް ނުދުވާ، ރަހައެއް ނުލާ ގޭހެކެވެ.
·
އެސްބެސްޓޯސް ، ވިހާރަކަ ފަދަ
މާއްދާތަކަށް ހުށަހެޅުން
·
އާއިލާގެ ތެރޭގައި ދައުރުވަމުން އައުން : އާއިލާގެ މެންބަރުންގެ ތެރޭގައި
ފުއްޕާމޭގެ ކެންސަރު ޖެހި ނިޔާވެފައިވާ މީހުން ތިބުމަކީ އެއާއިލާގެ އެހެން
މެންބަރުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާނެ ކަމެކެވެ.
·
ރޭޑިޔޭޝަން ތެރަޕީގެ ފަރުވާ ކުރިން ހޯދާފައިވުން
ފުއްޕާމޭގެ ކެންސަރުގެ އަލާމާތްތައް
ފުއްޕާމޭގެ ކެންސަރުގެ އާންމު
އަލާމާތްތައް
·
3-2 ހަފްތާ ވާއިރު ވެސް ރަނގަޅުނުވެ ކެއްސުން
·
ކެއްސާފައި އެއްޗެތި އައުމާއި،އަދިކެއްސާފައި އަންނަ އެއްޗެތީގައި ލޭހުރުން
·
ކެއްސުމާއި، އެކި ޖަރާސީމުގެ ސަބަބުން ފުއްޕާމެޔަށްޖެހޭ ބަލިބަލި ފަސޭހަނުވެ
ގިނަދުވަސްވުން
·
ކެއްސާއިރު މެޔަށް ތަދުވުން
·
ދުވަސްވާހެން ކެއްސުން ބޮޑުވުން
·
ގިނަގިނައިން މޭގައި އަރިދަފުސް ހިފާ ރޯގާޖެހުން
·
ވާގޮތެއް ނޭނގި މާބޮޑަށް ނޭވާކުރުވުން
·
ވާގޮތެއް ނޭނގި މީހާ މާބޮޑަށް ވަރުބަލިވެ، ވަރުދެރަވުން
·
ވާގޮތެއް ނޭނގި މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވުން
·
މޭގައި، ބުރަކަށީގައި، އަތުގައި، ނުވަތަ
ކޮނޑުގައި އަބަދު އަބަދު ރިއްސުން
·
ކާހިތްނުވުން
·
ނޭވާލާއިރު ތޫލިއަޑުހުރުން
މާ އާންމު ނޫން އަލާމާތްތައް
·
އިގިލިތަކުގެ ސިފަޔަށް ބަދަލުއައުން : މިސާލަކަށް އިގިލިތަކުގެ ކޮޅުތައް
ލެނބުން ، ނުވަތަ ބޮޑެތިވުން
·
ގިނަގިނައިން ހުންއައުން
·
ކާތަކެތި ދިރުވަން އުނދަގޫވުން ނުވަތަ ދިރުވާއިރު ތަދުވުން
·
ވަރުދެރަވުން
·
ނޭވަޔަށް އުނދަގޫކުރުން
·
އަޑުކުރަކިވުން
·
މޫނުމަތި ދުޅަވުން
މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް
ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.
ފުއްޕާމޭގެ ކެންސަރުގެ ފަރުވާ
·
އޮޕަރޭޝަންކުރުން
·
ރޭޑިއޭޝަން ދިނުން
·
ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް
ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.ފަރުވާ
ކުރިޔަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ފުއްޕާމޭގައި ބަލި
ފެތުރިފައިވާ ކުޑަބޮޑު މިނުގެ މައްޗަށެވެ. ބަލީގެ ކުރީކޮޅުގައި އެކަން ދެނެގަނެވިއްޖެނަމަ
އޮޕަރޭޝަންކޮށްގެން ބަލީގެ އަސަރު ހުރި ހިސާބު ނެގިދާނެއެވެ. ނަމަވެސް މިއީ އެހާ
ކާމިޔާބު ކަމެއް ނޫނެވެ. ސަބަބަކީ ފުއްޕާމެޔަކީ މުއްސަދި ގޮތެއްގައި
ލޭއެތެރެވަމުންދާ ގުނަވަނަކަށްވާތީ ކެންސަރުގެ ސެލްތައް ވަރަށް ފަސޭހަކަމާއެކު
ފުއްޕާމެޔަށް ދަތުރުކުރާތީ އެވެ.މިއީ ފަސޭހަވުން އުނދަގޫ ކެންސަރު އެކެވެ.
ފުއްޕާމެޔަށް ކެންސަރު ޖެހިއްޖެކަން އެނގެނީ އެބަލީގައި ބޮޑުވަރުވާ ފަހުންނެވެ.
މާނައަކީ ފުއްޕާމޭގެ ބޮޑު ބަޔަކަށް ބަލީގެ އަސަރު ފެތުރޭ ފަހުންނެވެ.
ފުއްޕާމޭގެ ކެންސަރުން ރައްކާތެރިވުމަށް
ކުރެވިދާނެ ކަންތައްތައް
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ދުންފަތުގެ ދުމުން ރައްކާތެރިވުން
·
މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން
މައުލޫމާތު
·
ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ –
2005
·
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ފްލެޔަރ
·
ކެންސަރ – ފުރާނައަށް ނުރައްކާތެރި ބައްޔެއް – ޔާސިރު ޞޯލިހް
No comments:
Post a Comment