މާބަނޑު ދުވަސްވަރު - ހޫނުވުން
މާބަނޑު ދުވަސްވަރު
އާދަޔާ ޚިލާފަށް ހޫނުވުމަކީ އާންމު ކަމެކެވެ. ބަލިވެއިންނަ ކޮންމެ 3 އަންހެނުންގެ
ތެރެއިން އެއް އަންހެނަކަށް ހޫނުވުމުގެ މައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ.
މިގޮތުން ހޫނުވުން ބޮޑަށް ކުރިމަތިވަނީ ރޭގަނޑުގައި ކަން ފާހަގަ ކުރެވެއެވެ. ހަށިގަނޑަށް
ހޫނުކަން އިހުސާސްވުން އާންމުގޮތެއްގައި އިތުރުވަނީ މާބަނޑުވުމަށްފަހު ފަހު 6
މަހުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ. ވިހެއުމަށްފަހު ގާތުންދޭ ދުވަސްވަރު ވެސް
ބައެއް މީހުންނަށް މިހޫނުކަން އިހުސާސްކުރެވޭ ގޮތްވެއެވެ.
ސަބަބު
މާބަނޑުވުމާއި
ގުޅިގެން ހަށިގަނޑުގައި ދައުރުވާ ހޯރމޯންތަކުގެ މިންވަރަށް އަންނަ ބަދަލުގެ
ސަބަބުން (ބެލެވޭ ގޮތުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަދުވުމުގެ ސަބަބުން)
ހަމުގެ ތެރެއަށް ލޭފޮނުވައިދިނުން އިތުރުވެގެން ދެއެވެ. އެކަމުގެ ނަތީޖާއެއްގެ
ގޮތުން މާބަނޑުމީހާއަށް ހޫނުކަން އިހުސާސް ކުރެވެއެވެ. އެންމެ އާންމުކޮށް ހޫނުކަން
އިހުސާސްވަނީ ބޮލާއި، ކަނދުރާއާއި، މޭމައްޗަށެވެ. ބައެއް ފަހަރު ހޫނުކަން
އިރުކޮޅަކަށް ދެމިހުރެދާނެ އެވެ. ނޫނީ ދެތިން މިނިޓަށް ދެމިގެން ހިނގައިދާނެއެވެ.
ހަށިގަނޑު ފިނިކުރަން މަސައްކަތްކުރާ މިންވަރު އިތުރުވާ ވަރަކަށް ދާހިއްލުން
އިތުރުވާކަން ފާހަގަ ކުރެވިދާނެ އެވެ.
މާބަނޑުވުމަށް ފަހު
ހަށިގަނޑުގައި ހިގާ ''މެޓަބޮލިޒަމް''(Metabolism)ގެ މަސައްކަތް އިތުރުވުން
ހަށިގަނޑުގައި ހޫނު އުފައްދާ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭހޮޅިތައް
ފުޅާވެ، ހޫނުމިން މައްޗަށް ދެއެވެ. ހޫނު ދުވަސްވަރެއްނަމަ މިގޮތަށް ހަށިގަނޑުގައި
އުފެދޭ ހޫނުގެ މިންވަރުވެސް އިތުރުވެއެވެ.
މާބަނޑު
ދުވަސްވަރު އިހުސާސްކުރެވޭ ހޫނުކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު
އާދަޔާ ޚިލާފަށް އިހުސާސްކުރެވޭ ހޫނުވުމުގެ މައްސަލައިން މުޅިން މިންޖެއް
ނުވެވޭނެއެވެ. ނަމަވެސް މިކަން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ
އެވެ.
- ގަޔަށް ދޫކޮށް ފަހާފައި ހުންނަ އަލި ކުލަކުލައިގެ ހެދުންލުން
- ފަށުވި، ނޫނީ ކަފަ ފޮތިން ފަހާފައި ހުންނަ ހެދުންލުން
- ނިދާކޮޓަރީގެ ފިނިހޫނުމިން އެކަށޭނަ ވަރެއްގައި ބެހެއްޓުން : މާބޮޑަށް ހޫނުކަން އިހުސާސްކުރެވޭ ދުވަސްވަރު އެކަށޭނަ ފިނިމިނެއްގައި ބެހެއްޓިދާނެ އެވެ.
- ގިނަގިނައިން ފެންވެރުން
- ބޭރަށްދާއިރު ތެތް ޓިޝޫ އެއް ފަދަ އެއްޗެއް ދަބަހުގައި ބޭއްވިދާނެއެވެ. މާބޮޑަށް ހޫނުކަން އިހުސާސްވުމުން މިފަދަ ޓިޝޫއަކުން މޫނު ސާފުކޮށް ފުހެލެވިދާނެއެވެ.
- ބޭރަށް ނިކުންނައިރު ކުޑައެއް ފަދަ އެއްޗެއް ހިޔަލުގައި އުޅުން
- ބޭރަށްދާއިރު ފެންފުޅިއެއް ފަދަ އެއްޗެއް އެކުގައި ގެންދިއުން
- ގިނަގިނައިން ދިޔާތަކެތި ބުއިން
- އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް އަދި ކެފެއިން އެކުލެވޭ ބުއިންތައް ބުއިން މަދުކުރުން
- ފެން ގިނައިން ހުންނަ ކާބޯތަކެތި ކެއުމުގައި ހިމެނުން : މިސާލަކަށް ކަރާ، ސްޓޯބެރީ ފަދަ ބެރީގެ ވައްތަރުތައް، ލެޓަސް ފަތް، ބޮޑު ކެކުރި، ފަދަ ފެން ގިނަ ބާވަތްތައް ކެއުމުގައި ހިމެނިދާނެ އެވެ.
މައުލޫމާތު
:
No comments:
Post a Comment