Thursday, January 7, 2016

ހެދިބޮޑުވުން : ހަވަނަ މަހުގައި

ކުޑަ ދަރިފުޅުގެ ހެދިބޮޑުވުން : ހަވަނަ މަހުގައި
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ އުމުރުން 6 މަހުގައި ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ. 


މިއުމުރުގައި ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ ހުނަރު / އާތިފީ ހުނަރު :
o       ގެންގުޅޭ މީހުން ދެނެގަންނަށް އެނގުމާއެކު، ގެންގުޅޭ މީހުންނާއި ނުދަންނަ މީހުން ވަކިކުރަން ފެށުން
o       އެހެން މީހުންނާއެކު (ޚާއްޞަކޮށް މަންމައާއި، ބައްޕައާއިއެކު) ކުޅެހަދަން ގަޔާވުން
o       އެހެންމީހުންގެ ޖަޒުބާތީ އިހުސާސްތަކަށް އިޖާބަދިނުން
o       ލޯގަނޑުން އަމިއްލަ ނަފުސު ބަލާހިތްވުން
ބަސްމޮށުންތެރިކަމުގެ ހުނަރު / މުޢާމަލާތުގެ ހުނަރު :
o       އިވޭއަޑުތަކަށް އިޖާބަދިނުމުގެ ގޮތުން އަޑުލެއްވުން
o       "އާ"،"އީ"، "އޫ" ފަދަ އަޑުތައް އުފެއްދުން، ،މަންމަ، ބައްޕަ ފަދަ މީހަކު އަޑެއް އުފެއްދުމުން ފަހަތުން އެއަޑު ލެއްވުން
o       ނަމުން ގޮވުމުން ބަލާލުން
o       ތަފާތު އިހުސާސްތައް އަޑުން ހާމަކުރުން މިސާލު އުފާވުން، ދެރަވުން
o       ބައެއް އަކުރުތަކުގެ އަޑު އުފައްދަން ފެށުން މިސާލަކަށް ބ،މ ފަދަ އަކުރުތައް
ވިސްނުމުގެ ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o       ވަށައިގެން ހުންނަ ތަކެތި (ގަދަ އައްޔާއި ކުލައަށް) ބޯއަނބުރައިގެން ހޯދައިބެލުން
o       އެއްޗެތި އަނގަޔަށްލުން
o       އެއްއަތުން އަނެއް އަތަށް ކުޅޭތަކެތި ބަދަލުކޮށް ހަދަން ފެށުން
o       އަތް ނުފޯރާ ހިސާބު ހުންނަ ކުޅޭ އެއްޗެއް ފެނުމުން، އަތުގެ އެހީގައި އެއެއްޗެއް ނެގޭތޯ ބެލުން
ހަރަކާތްކުރުމުގެ ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o       އެކި ފަރާތް ފަރާތަށް ފުރޮޅުން ނޫނީ އަތާއި ފައިތަޅުވާ ލުކިޖެހުން
o       ބަންޑުން ވަތަށްޖެހުން
o       އެހީއާއި ނުލައި (ނޫނީ ކޮންމެވެސް އެހީތެރިކަމާއެކު) އިށީދެއިނުން
o       އެހީއާއި ލައިގެން ކޮޅަށްހުރުން
o       ކުރިއަށާއި ފަހަތަށް ފިރުކުން : ބައެއް ފަހަރު ފަހަތަށް ފިރުކެމުން ހޭކެމުން ގޮސްދާނެ އެވެ.
ސަމާލުވެލައްވާ :
އަންނަނިވި ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         އަތްފޯރާ ހިސާބު ހުންނަ ތަކެތި ވެސް ނަގަން ނޫޅުން
·         ގެންގުޅޭ މީހުންނަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުދިނުން
·         އިވޭއަޑުތަކަށް އިޖާބަ ނުދިނުން
·         އެއްޗެތި އަނގަޔަށް ލުމަށް އުނދަގޫވުން
·         "އާ"،"އީ"، "އޫ" ފަދަ އަޑުތައް ނުއުފެއްދުން
·         އެކި ފަރާތް ފަރާތަށް ނުފުރޮޅުން
·         ހިނިތުންވެ، އެކިއެކި އަޑު ނުލެއްވުން
·         ހަރުއަރާފައި ނޫނީ މަސްތައް ގުޅަކާފައި ހުންނަހެން ހީވުން
·         ގައިގައި އެއްވެސް ކަހަލަ ވަރެއް ހުންނަހެން ހީނުވުން
މައުލޫމާތު :


No comments:

Post a Comment