Thursday, January 7, 2016

ހެދިބޮޑުވުން : ހަތަރުވަނަ މަހުގައި

ކުޑަ ދަރިފުޅުގެ ހެދިބޮޑުވުން : ހަތަރުވަނަ މަހުގައި
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހުންނަގޮތް ފާހަގަކުރެވިގެންދާނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ކުޑަ ދަރިފުޅުގެ އުމުރުން 4 މަހުގައި ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތައް ހުންނަށް ޖެހޭނެގޮތް ބަލާލަމާ ހިނގާށެވެ. 

މިއުމުރުގައި ގިނަ ކުދިން ކުރާނެ ކަންތައްތައް
އިޖުތިމާޢީ ހުނަރު / އާތިފީ ހުނަރު :
o       ހީލުމުން ރައްދުގައި ހީލުން (މީހުންނަށް ބަލާފައި ހިނިތުންވުން)
o       އެހެން މީހުންނާއެކު ކުޅެހަދަން ގަޔާވުން، ފަހަރުގައި ކުޅުން ހުއްޓާލުމުން ރުއިފާނެ އެވެ.
o       ހިނިތުންވުން، އާފުރުން ފަދަ މޫނުމައްޗަށް ގެންނަ ހަރަކާތްތައް ކޮޕީކުރުން
ބަސްމޮށުންތެރިކަމުގެ ހުނަރު / މުޢާމަލާތުގެ ހުނަރު :
o       އެކި ކަހަލަ އަޑުއަޑު ލެއްވުން
o       އެކި އިހުސާސްތަކާއެކު އަޑުލެއްވުން، އިވޭ އަޑާއެއްގޮތަށް އަޑުލެއްވުން
o       ތަފާތު އިހުސާސްތައް ހަރަކާތުން ނުވަތަ ރުއިމުން ދެއްކުން : މިސާލު ވަރުބަލިވުން، ބަނޑުހައިވުން، ބިރުގަތުން

ވިސްނުމުގެ ހުނަރު (އުނެގުން، ވިސްނުން، މައްސަލަ ހައްލުކުރުން) :
o       އުފާވެފައިކަން ނޫނީ ދެރަވެފައިކަން އިހުސާސުން ދެއްކުން
o       އަޅާލުމާއި، ބައްދައި، ލޯބިކޮށްލުން ފަދަ ކަންކަމަށް އިޖާބަދިނުން
o       އެއްއަތުން ކުޅޭ ތަކެތީގައި ހިފުން
o       ކުޅޭ އެއްޗެއް ފެނުމުން، ލޮލާއި، އަތުގެ އެހީގައި އެއެއްޗެއް ނެގޭތޯ ބެލުން
o       އެއްފަރާތުން އަނެއް ފަރާތަށް ހަރަކާތްކުރާ ތަކެއްޗަށް ކަޅިހިންގުން
o       މީހުންގެ މޫނަށް ރަނގަޅަށް ބެލުން
o       ގެންގުޅޭ މީހުން ދެނެގަތުން
ހަރަކާތްކުރުމުގެ ހުނަރު / ޖިސްމާނީ ހެދިބޮޑުވުން :
o       އެހީތެރިކަމަކާ ނުލައި، ބޯއުފުއްލައި ހިފެހެއްޓުން (ކަދުރާ ހަރުލުން)
o       ތަނެއްގައި ބާއްވާފައި އޮންނައިރު ފައިވިއްދާފައި ކުރިޔަށްދާން މަސައްކަތްކުރުން
o       ބަންޑުން ވަތަށް ޖެހުން
o       ކުޅޭ އެއްޗެތީގައި ހިފައި ތަޅުވަން އެނގުން
o       އަނގަޔަށް އަތްލުން
o       ބަންޑުން އޮންނައިރު އުޅަބޮށިން ވިއްދުން
ސަމާލުވެލައްވާ :
އަންނަނިވި ކަންތައްތައް ކުޑަ ދަރިފުޅުގެ ފުށުން ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
·         ހަރަކާތްކުރާއިރު ކަޅި ނުހިންގުން
·         މީހުންގެ މޫނަށް ބަލާފައި ހިނިތުން ނުވުން
·         ކަދުރާ ހަރުނުލުން
·         އެކި ކަހަލަ އަޑުއަޑު ނުލެއްވުން
·         އަނގަޔަށް އަތްނުލުން
·         ތަނެއްގައި ބާއްވާފައި އޮންނައިރު ފައިވިއްދާފައި ކުރިޔަށްދާން މަސައްކަތް ނުކުރުން
·         އެކި ފަރާތް ފަރާތަށް ރަނގަޅަށް (ލޯ) ކަޅި ނުހިންގުން
މައުލޫމާތު :


No comments:

Post a Comment