Thursday, January 7, 2016

ހެދިބޮޑުވުން : އެއް އަހަރާޢި، ފަސް އަހަރާއި ދެމެދުގައި



ހެދިބޮޑުވުމުގެ މަރުހަލާތައް: 5-1 އަހަރާއި ދެމެދުގައި
ތިރީގައި މިވަނީ ހެދިބޮޑުވުމުގެ މަރުހަލާތަކުގެ ތެރޭގައި ހިމެނިގެން "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކުގެ ތެރެއިން އުމުރުން 6 މަހާއި، 5 އަހަރާއި ދެމެދުގައި ޖިސްމާނީ، ނަފްސާނީ، އަދި ފިކުރީގޮތުން ކުޑަ ދަރިފުޅުގެ ކިބައިން ފާހަގަކުރެވޭނެ މުހިއްމު ކަންތައްތަކެކެވެ. މިއީ ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ވެކްސިން ފޮތުގައި ބަޔާންކުރެވިފައިވާ މިންގަނޑުތަކެކެވެ. 

ފުރަތަމަ 6 މަހުގެ ތެރޭގައި :-
ހަރަކާތް ކުރުމުގެ ހުނަރު
·         ބޯއުފުއްލައިގެން ހިފެހެއްޓުން
·         އަތާއި ފައިތަޅުވާ ލުކިޖެހުން
·         ބަންޑުން ވަތަށް ޖެހުން
·         ކޮންމެވެސް އެހީތެރިކަމާއެކު އިށީނުން
އިހުސާސް އަދި ވިސްނުމުގެ ހުނަރު
·         އަޑުއިވޭ ދިމާލަށް ބޯއެނބުރުން
·         ގަދަ އައްޔާއި ކުލައަށް ބޯއަނބުރައިގެން ބެލުން
ބަސްމޮށުންތެރިކަމާއި، އަދި އިޖުތިމާޢީ ހުނަރު
·         އާދައިގެ އަޑުއަޑު ލެއްވުން
·         ހީލުމުން ރައްދުގައި ހީލުން
·         ގެންގުޅޭ މީހުން ދެނެގަތުން
·         ތަފާތު އިހުސާސްތައް ހަރަކާތުން ނުވަތަ ރުއިމުން ދެއްކުން : މިސާލު ބަނޑުހައިވުން، ބިރުގަތުން
1 އަހަރުގެ ތެރޭގައި:-
ހަރަކާތް ކުރުމުގެ ހުނަރު
·         ކަކުލާއި އަތް ބޭނުންކޮށްގެން ފިރުކުން
·         އެހީތެރިކަމާ ނުލާ އިށީދެއިނުން
·         އެހީތެރިކަމާ ނުލާ ކޮޅަށްހުރުން
·         އެހީތެރިކަމާއެކު ހިނގުން
އިހުސާސް އަދި ވިސްނުމުގެ ހުނަރު
·         ކުދިކުދި ބަސްތައް ދޭހަވުން
·         ހަރަކާތްކުރާ ތަކެއްޗަށް ކަޅި ހިންގުން
·         އެއްޗަކަށް ތަކެތި އަޅާ ނަގަން އެނގުން
ބަސްމޮށުންތެރިކަމާއި، އަދި އިޖުތިމާޢީ ހުނަރު
·         އަމިއްލަ ނަމަށް އިޖާބަދިނުން
·         އެހެން މީހުންނާއި އެއްކޮށް ކުޅޭހިތްވުން
2 އަހަރުގެ ތެރޭގައި :-
ހަރަކާތްކުރުމުގެ ހުނަރު
·         އެކަނި ހިނގުން
·         ބަހެއް ބުނެގެން ނުވަތަ އިޝާރާތުން ބޭނުންވާ ތަކެތި އަންގައިދިނުން
އިހުސާސް އަދި ވިސްނުމުގެ ހުނަރު
·         ވަށްކޮށް ހުންނަ ތަކެއްޗާއި، އެވައްތަރުގެ އެހެން އެއްޗަކާއި ގުޅުވަން އެނގުން
·         ތަފާތު ގޮތްގޮތަށް ރޮނގުއެޅުން / ކުރެހުން
·         ލޯގަނޑުން ނުވަތަ ފޮޓޯއަކުން އަމިއްލަ ސޫރަ ދެނެގަތުން
·         ތަސްވީރު ފޮތުގައި ހުންނަ ކުރެހުން ދެނެގަތުން
·         އާދައިގެ ކުދި އިރުޝާދު އެނގުން : މިސާލަކަށް : ބޯޅަ ގެނެސްދީ
ބަސްމޮށުންތެރިކަމާއި، އަދި އިޖުތިމާޢީ ހުނަރު
·         ޓާޓާ ފަދަ ބަސް ބުނަން އެނގުން
·         މަންމަ ނުވަތަ ބައްޕަ ކޮބައިތޯ އަހަން އެނގުން
·         އާންމުކޮށް ގެންގުޅޭ މީހުން ނެތުމުން ކަންބޮޑުވާން އެނގުން
3 އަހަރުގެ ތެރޭގައި :-
ހަރަކާތް ކުރުމުގެ ހުނަރު
·         އެހީއަކާ ލައިގެން ހަރުފަތަށް އެރުން
ބަސްމޮށުންތެރިކަމާއި، އަދި އިޖުތިމާޢީ ހުނަރު
·         ކުދިކުދި ޖުމުލަ ބޭނުންކުރުން (2 ނުވަތަ 3 ލަފުޒުގެ)
·         ބޭނުންވާ ކަންތައްތައް އަނގައިން ބުނުން (އަހަރެން ބިސްކޯދެއް ބޭނުމެވެ.)
·         ކުރަން ބުނާ ކުދިކުދި ކަންތައްތައް ކުރަން އެނގުން
·         މީހުން ބުނާއެއްޗެއް ތަކުރާރުކުރުން
·         ހީލުން، ބައްދާލުން، ދުވެފައި އައިސް އުރަށްވަނުން، ފަދަ އިހުސާސްތައް އެނގުން
އިހުސާސް އަދި ވިސްނުމުގެ ހުނަރު
·         ހަށިގަނޑުގެ ގުނަވަންތައް ފާހަގަކުރަން އެނގުން
·         ތަކެތީގެ ބައްޓަމާއި ކުލަޔަށް ބަލާފައި ވަކިކުރަން އެނގުން
·         ބަލައިގެން ވަށްބުރެއް ކުރަހަން އެނގުން
4 އަހަރުގެ ތެރޭގައި :-
ހަރަކާތް ކުރުމުގެ ހުނަރު
·         ފަހަރަކު ފައެއް އަޅަމުން، ސިޑިން އަރައި ފޭބުން
·         ފައިން ބޯޅަ ޖަހަން އެނގުން
·         ފަސޭހަ ކަމާއެކު ދުވެހެނދުން
·         އަނބުރައިގެން އެއްޗެތީގެ މަތިޖަހާ ނަގަން އެނގުން
އިހުސާސް އަދި ވިސްނުމުގެ ހުނަރު
·         ވަށްބޮޅު، ގޮޅި، ރަސްގެ، އަމިއްލައަށް ކުރަހަން އެނގުން
·         ކަތުރުން ކަފަން އެނގުން
·         ދަންނަ ވާހަކައެއް ކިޔާދިނުން
·         މަދުވެގެން 2 ކުލައެއްގެ ނަން ބުނެދޭން އެނގުން
ބަސްމޮށުންތެރިކަމާއި، އަދި އިޖުތިމާޢީ ހުނަރު
·         ޖުމުލަ ބޭނުންކުރުން (3 ނުވަތަ 5 ލަފުޒު ބޭނުންކޮށްގެން)
·         އެހެންކުދިންނާއި ގުޅިގެން އުޅުން
5 އަހަރުގެ ތެރޭގައި:-
ހަރަކާތް ކުރުމުގެ ހުނަރު
·         އަމިއްލައަށް ކަންތައްތައް ކުރުން
·         ފުންމުމާއި އަދި ކޮރުން
·         ބޯޅަ ބިންމަތީގައި ޖަހާފައި ހިފުން
އިހުސާސް އަދި ވިސްނުމުގެ ހުނަރު
·         ޚިޔާލީ ކަންތައްތަކާއި، ހަގީގީ ކަންތައްތައް ތަފާތުކުރަން އެނގުން
ބަސްމޮށުންތެރިކަމާއި، އަދި އިޖުތިމާޢީ ހުނަރު
·         ވާހަކަ ކިޔާ ދިނުން
·         މަންމައާއި ބައްޕައަށް ވެގެން ކުޅުން
މައުލޫމާތު :
·         ވެކްސިން ފޮތް

No comments:

Post a Comment