Thursday, January 2, 2014

އަލުވި

އަލުވި
އަލުއްވަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ފެނު ކައްކައިގެންނާއި، ރިހަ ކައްކައިގެން، މަސްހުންޏާއި، ތަފާތު ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި އަލުވި ބޭނުންކޮށް އުޅެއެވެ.
ދިވެހި ނަން : އަލުވި / ވިލާތު އަލުވި
އިގިރޭސި ނަން : Potato
ޢިލްމީ ނަން : Solanum tuberosum
އަލުވީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
70 ކިލޯކެލަރީ
ސޯޑިއަމް
6 މިލިގްރާމް
ކާބޯހައިޑްރޭޓް
15.90 ގްރާމް
ޕޮޓޭސިއަމް
455 މިލިގްރާމް
ޕްރޮޓީން
1.89 ގްރާމް
މަޢުދަންތައް
ފެޓް
0.10 ގްރާމް
ކެލްސިއަމް
6 މިލިގްރާމް
ފައިބަރު
2.5 ގްރާމް
ކޮޕަރ
-
ވިޓަމިންތައް
ދަނގަޑު
0.73 މިލިގްރާމް
ފޮލިކް އެސިޑް
18 މައިކްރޯ ގްރާމް
މެގްނީޒިއަމް
22 މިލިގްރާމް
ނިއެސިން
1.149 މިލިގްރާމް
މެންގަނީޒް
0.141 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.279 މިލިގްރާމް
ފޮސްފަރަސް
-     61 މިލިގްރާމް
ޕައިރިޑޮކްސިން
0.239 މިލިގްރާމް
ސިލެނިއަމް
  -
ރައިބޯފްލެވިން
0.038 މިލިގްރާމް
ޒިންކް
0.33 މިލިގްރާމް
ތިއެމިން
0.081 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
71 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
11.4 މިލިގްރާމް
ކެރޮޓީން ބީޓާ
0 މައިކްރޯ ގްރާމް
ވިޓަމިން އީ
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
2.9 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް
























އަލުވިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ބަރުދަން އިތުރުކުރުން : އަލުވީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކާބޯހައިޑްރޭޓް އެވެ. ޕްރޮޓީން ހިމެނެނީ މަދުންނެވެ. އެހެންކަމުން މިއީ ހިކިކޮށް ބަރުދަން ލުއިކޮށް ތިބޭ މީހުންނަށް ބަރުދަން އިތުރުކުރުމަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. އަލުވީގައި ވިޓަމިން ބީގެ ވައްތަރުތަކާއި، ވިޓަމިން ސީ ހުރުމަކީ ކާބޯހައިޑްރޭޓް ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް ބައެއް ދިރާސާތަކުގައި އަލުއްވަކީ ބަރުދަން ލުއިކުރުމަށް ބޭނުންކުރެވިދާނެ ބާވަތެއް ކަމަށް ވެސް ބަޔާންކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ހަޖަމުކުރުން : އަލުވީގައި މައިގަނޑު ގޮތެއްގައި ހުންނަނީ ކާބޯހައިޑްރޭޓް އެވެ. ކާބޯހައިޑްރޭޓަކީ ފަސޭހައިން ހަޖަމުވާ، އަދި ހަޖަމުވުމުގެ މަސައްކަތް ހަލުވިކޮށްދޭ ބާވަތެކެވެ. އެހެންކަމުން މިއީ ތުއްތު ކުދިންނަށް ދެވިދާނެ ބާވަތެކެވެ. ނަމަވެސް އަބަދު އަލުވި ކާނަމަ ބަނޑުގައި ގޭސް އުފެދުމަކީ ވެދާނެ ގޮތެއްކަން ހަދާންކުރަން ޖެހެއެވެ. އަލުވީގައި އެކަށޭނަ މިންވަރަކަށް ފައިބަރު ހުރެއެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ ހަރަކާތް އިތުރުކޮށް، މައިދާ ޖޫސް ދޫކުރުން އިތުރުކޮށް، ހަޖަމުކުރުން ހަލުވިކޮށްދީ، ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ގޮހޮރާއި، ފުރަގަސްފަރާތުގެ ކެންސަރުން ރައްކާތެރިކޮށް ދެއެވެ. ފައިބަރަކީ ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ.

ހަމުގެ ފަރުވާ : އަލުވީގައި ވިޓަމިން ބީގެ ވައްތަރުތަކާ، ވިޓަމިން ސީ، އަދި މައުދަން ތަކުގެ ތެރޭގައި ހިމެނޭ ޕޮޓޭސިއަމް، މެގްނީޒިއަމް، ފޮސްފަރަސް، އަދި ޒިންކު ފަދަ މައުދަން ތައް ހުރެއެވެ. މިވިޓަމިންތަކާއި، މައުދަންތަކަކީ ހަމަށް ބޭނުންތެރި މާއްދާ ތަކެކެވެ. އަލުވި ކައްކައި، ޗަސްކޮށް، އޭގެ ފުށްގަނޑާ، މާމުޔާއި އެއްކޮށްގެން ހަމުގައި އުގުޅުމަކީ ހަމަށް ސާފުކަމާ، އޮމާންކަމާ، ތާޒާކަން ގެނެސްދޭނެ ކަމެކެވެ. މިއީ ހަމުގައި ހުންނަ އޮށާޅައާއި، ލައްތައް ފިލުވައިދޭނެ ކަމެކެވެ. އަލުވި ފުށްގަނޑު ފިހިފައި ހުންނަ ތަންތަނުގައި ހޭކުމަކީ ފިހޭތަންތަން އަވަހަށް ފަސޭހަވެ ރަގަޅުވާނޭ ކަމެކެވެ.

ވިޓަމިން ސީ މަދުވާ ބަލި : ވިޓަމިން ސީ މަދުވުމުންޖެހޭ ބަލި "ސްކާރވީ" އަށް ފަރުވާ ކުރުމަށް އަލުވި ބޭނުންކުރެވިދާނެ އެވެ. 19 ވަނަ ގަރުނުގެ ތެރޭގައި އިގިރޭސީން ސްކާރވީ އަށް ފަރުވާކުރުމަށް އަލުވި ބޭނުންކޮށްފައިވާކަން ތާރީޚު ހެކިދެއެވެ.

ރާއްޖެ ބަލި : އަލުވީގައި ހިމެނޭ ކެލްސިއަމް އަދި މެގްނީޒިއަމް ފަދަ މައުދަން ތަކުގެ ސަބަބުން ރާއްޖެ ބަލީގެ އުދަނގޫތައް ލުއިކުރުމަށް އަލުވި ބޭނުންކުރުން އެހީއަކަށް ވެއެވެ. މީގެ އިތުރުން އަލުވި ކެއްކުމަށް ބޭނުންކުރި ފެނުގެ އެހީގައި ރާއްޖެ ބަލީގެ ސަބަބުން ހުޅުތަކުގައި އުފެދޭ ރިހުމާ، ދުޅަ ތިރިކޮށްދެއެވެ. ރާއްޖެ ބަލީގެ މީހަކު އަލުވި ބޭނުންކުރުމުގައި ވިސްނަންޖެހޭ ނުކުތާ އަކީ އަލުވީގައި ހިމެނޭ ކާބޯހައިޑްރޭޓްގެ ސަބަބުން އަލުވި ބޭނުންކުރުމުން މާބޮޑަށް ފަލަވެ، އެކަމުގެ ނޭދެވޭ އަސަރު ރާއްޖެ ބަލި ޖެހިފައިވާ މީހަކަށް ދިމާވުމަކީ ވެދާނެ ގޮތެއްކަމެވެ.


ދުޅަތިރިކުރުން :  އަލުއްވަކީ ހަށިގަނޑުގައި އެތެރެ އާއި، ބޭރުގައި އުފެދޭ ދުޅަ ތިރިކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަލުއްވަކީ ފަސޭހައިން ހަޖަމުވާ، ވިޓަމިން ސީ، ޕައިރިޑޮކްސިން، އަދި ޕޮޓޭސިއަމް އެކުލެވޭ ބާވަތަކަށް ވުމުން އަލުވި ބޭނުންކުރުމުން ބަނޑާއި، ގޮހޮރުގައި އުފެދޭ ދުޅަތަކާ އުދަނގޫތަކަށް ލުއިކަން ގެނެސްދެއެވެ. އެހެންކަމުން ހަށިގަނޑުގައި އުފެދޭ ތަފާތު ދުޅަތައް ތިރިކުރުމަށް އަލުވީގެ އެހީ ހޯދިދާނެ އެވެ.

ކެންސަރުން ރައްކާތެރިވުން : ބައެއް ވައްތަރުގެ އަލުވީގައި ފްލޭވޮނޮއިޑް އެންޓިއޮކްސިޑެންޓް (ޒިއެޒެންތިން، ކެރޮޓީން) ތައް ވަރަށް ގިނައިން ހުރެއެވެ. މިފަދަ މާއްދާތަކުގެ ސަބަބުން ވަރަށް ގިނަ ކެންސަރުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހަށިގަނޑުގައި އުފައްދައި ދެއެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަލުވީގައި ހިމެނޭ "ކްއެރެސްޓީން" އަކީ ކެންސަރާއި، ޓިއުމަރާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ގާބިލިއްޔަތު ލިބިފައިވާ މާއްދާ އެކެވެ. މީގެ އިތުރުން ވިޓަމިން އޭ އަދި ވިޓަމިން ސީ އަލުވީގައި ހުރުމަކީ ވެސް ތަފާތު ވައްތަރުގެ ކެންސަރުން ރައްކާތެރިވުމަށް އަލުވި ބޭނުންކުރުން އެހީއަކަށްވާނެ ކަމެކެވެ. އަލުވި ފަދަ ބާވަތްތަކުގައި ހުންނަ "ލެކްޓިންސް" އަކީ ކެންސަރުގެ ސެލްތައް އާލާވުން ހުއްޓުވާ އެއްޗެއްކަމަށް ދިރާސާތަކުންވަނީ އެނގިފައެވެ.

ލޭމައްޗަށްދިއުން : ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާ، ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ލޭމައްޗަށްދިއުން ރަގަޅުކުރުމަށް އަލުވި ބޭނުންކުރެވިދާނެ އެވެ. ލޭމައްޗަށް ގޮސްފައިވަނީ ހަކުރު ބައްޔާއި ގުޅިގެން ކަމަށްވާނަމަ، އަލުވި ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ. އަލުވީގައި އެކުލެވޭ ފައިބަރުގެ ސަބަބުން ލޭގެ ސަރުބީ ދަށްކޮށްދީ، އިންސިއުލިންގެ މަސައްކަތް ރަގަޅުކޮށްދިނުމަކީ ލޭގެ ޕްރެޝަރު ދަށްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަލުވީގައި ހިމެނޭ ޕޮޓޭސިއަމް އަކީ ލޭހޮޅިތައް ފުޅާކޮށްލާ އެއްޗަކަށްވުމުން، އަލުވި ބޭނުންކުރުމުން ލޭގެ ޕްރެޝަރު ދަށްވުމަށް އެހީއަކަށް ވެއެވެ.އަލުވީގައި ހުންނަ ލޭގެ ޕްރެޝަރު ދަށްކޮށްދޭ މޮލާރި ތަކަށް ކިޔަނީ "ކިޔުކޮއެމިންސް" އެވެ.  
ސިކުނޑީގެ މަސައްކަތް : ސިކުނޑިއާ ނާރުތަކުގެ މަސައްކަތް ރަގަޅަށް ހިންގުން ބަރޯސާވެފައި އޮންނަނީ ހަކުރުގެ ނިސްބަތް، އޮކްސިޖަން ފޯރުކޮށްދޭ މިންވަރު، ވިޓަމިން ބީ ގެ ވައްތަރުތައް ހުރުން، މައުދަންތަކާ، ބައެއް ކަހަލަ ހޯރމޯންތަކާ، އެމިނޯއެސިޑްތަކާ، ފެޓީ ތައް ހުރުން ފަދަ ކަންތައްތަކުގެ މައްޗަށެވެ. މިބުނެވުނު ހުރިހާ މާއްދާތަކެއް ކަހަލަ ގޮތަކަށް އަލުވީގައި ހުރެއެވެ. އަލުވީގައި ހިމެނޭ ކާބޯހައިޑްރޭޓްގެ ސަބަބުން ހަކުރުގެ މިންވަރު ހަމަމިނެއްގައި ހިފަހައްޓައިދެއެވެ. މިއީ ސިކުނޑި ވަރުބަލިވުން ހުއްޓުވައިދީ، ރަގަޅަށް މަސައްކަތް ކުރުމަށް ބާރުއަޅާނެ ކަމެކެވެ. ސިކުނޑިއަށް އޮކުސިޖަން އަންނަނީ ލޭގައި ހިމެނޭ ހިމޮގްލޯބިންގެ ތެރެއިންނެވެ. ހިމޮގްލޯބިން ގައި ދަގަނޑު ހުރެއެވެ. އަލުވީގައި ވެސް ދަގަނޑު ހުރުމަކީ ސިކުނޑިއަށް ބަރާބަރަށް އޮކުސިޖަން ފޮނުވައިދިނުމަށް ވާގިވެރިވެދޭނެ ކަމެކެވެ. ސިކުނޑިއާއި، ނާރުތަކުގެ މަސައްކަތް ހަލުވިކޮށްދޭ މައުދަން ތަކުގެ ތެރެއިން ފޮސްފަރަސް، ޕޮޓޭސިއަމް އަދި ޒިންކު އަލުވީގައި ހުރެއެވެ. ޕޮޓޭސިއަމް އަކީ ލޭނާރު ފުޅާކުރާ މައުދަނަކަށްވުމުން ސިކުނޑިއަށް ލޭފޯރުކޮށްދިނުން އިތުރުވުމަށް އަލުވި ބޭނުންކުރުން އެހީއަކަށްވާނެ އެވެ.

ހިތުގެ ބަލި : ވިޓަމިން ބީގެ ވައްތަރުތަކާ، ވިޓަމިން ސީ، މައުދަންތަކާ، ފައިބަރުގެ އިތުރުން ކެރޮޓިނޮއިޑް (ލޫޓީން، އަދި ޒިއެޒެންތިން) ތައް އަލުވީގައި ހުރެއެވެ. ކެރޮޓިނޮއިޑް ތަކަކީ ހިތާއި، އެހެން ގުނަވަންތަކުގެ މަސައްކަތަށް ބޭނުންތެރި މާއްދާ ތަކެކެވެ. މީގެ އިތުރުން އަލުވި ބޭނުންކުރުމުން ލޭގެ ހަކުރުގެ ނިސްބަތް މަތިވެ، މާބޮޑަށް ފަލަވުމަކީ ވެދާނެ ގޮތެކެވެ. މާބޮޑަށް ފަލަވުމަކީ ހިތަށް ބާރުބޮޑުވާނެ ކަމެކެވެ. އެހެންކަމުން ފަލަ މީހުންނާއި، ހަކުރު ބަލީގެ އަހުލުވެރިން ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޔަތުގައި އަލުވި ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ.
އެމެރިކާގެ ނަވާރޭ ގައި ހުންނަ "އެގްރިކަލްޗަރަލް ރިސާރޗް ސާރވިސް" އިން ވަނީ އަލުވީގައި 60 އަށްވުރެ ގިނަ ފައިޓޯކެމިކަލް ތަކާ، ވިޓަމިންތައް ހުންނަކަމަށް ހޯދާފައެވެ. މީގެ ތެރެއިން ގިނަ މާއްދާ ތަކަކީ ފްލޭވޮނޮއިޑް ތަކެވެ. ފްލޭވޮނޮއިޑް ތަކަކީ ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދީ، ލޭހޮޅީގެ ތެރޭގައި ސަރުބީ ޖެހުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން އަލުވީގައި ހުންނަ ޕައިރިޑޮކްސިންގެ ސަބަބުން "ހޯމޯ ސިސްޓެއިން" ގެ މިންވަރު ދަށްކޮށްދީ، އެއިން ލޭހޮޅިތަކަށް ގެއްލުންދިނުން ކުޑަކޮށްދެއެވެ. ހޯމޯސިސްޓެއިން ގެ މިންވަރު އިތުރުވެ ގިނަވުމަކީ ސްޓްރޯކާއި، ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ.

ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް : އަލުވީގައި ގިނަ އަދަދަކަށް ވިޓަމިން ބީ6 "ޕައިރިޑޮކްސިން" ހުރެއެވެ. ޕައިރިޑޮކްސިން އަކީ ސެލްތައް އާވެއާލާކޮށްދީ، ނާރުތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، މިޒާޖު ރަގަޅުކޮށްދޭ މާއްދާ އެކެވެ. މިއީ ނާރު ސެލްތަކުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމަށް ބޭނުންވާ "ނިއުރޯޓްރާންސްމިޓަރު" ތައް އުފެއްދުމަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. ނިއުރޯޓްރާންސްމިޓަރު ތަކުގެ ގޮތުގައި ބެލެވޭ "ސިރަޓޮނިން" އަދި "ޑޯޕަމިން" އުފެއްދުމަށް ޕައިރިޑޮކްސިން ބޭނުންވެއެވެ. އަދި މިމާއްދާ ތަކަކީ މިޒާޖު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ މާއްދާތަކެއްވެސް މެއެވެ. ޕައިރިޑޮކްސިން އަކީ އެޑްރީނަލީން ހޯރމޯން އަދި "ގާމާ އެމިނޯބިއުޓައިރިކް އެސިޑް" އުފެއްދުމަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. އެޑްރީނަލީން އަކީ ފިއްތުންތަކާ، ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި ހަށިގަނޑު އެއަށްއިޖާބަ ދިނުމުގައި އޭގެ މަސައްކަތް އަދާކުރާ ހޯރމޯން އެކެވެ.
މައުލޫމާތު :

No comments:

Post a Comment