ބިލެއްކައްޓަލަ
ބިލެއްކައްޓަލަ އަކީ ދިވެހިންގެ ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ
ބާވަތެކެވެ.
ދިވެހި ނަން
: ބިލެއްކައްޓަލަ
|
|
އިގިރޭސި
ނަން : Wild yam / winged yam / water yam
|
|
ޢިލްމީ ނަން
: Dioscorea alata
|
|
ބިލެއްކައްޓަލައިގެ
ކޮންމެ 100 ގްރާމް ގައި
|
|
ހަކަތަ
|
118 ކިލޯކެލަރީ
|
ކާބޯހައިޑްރޭޓް
|
27.9 ގްރާމް
|
ޕްރޮޓީން
|
1.5 ގްރާމް
|
ފެޓް
|
0.17 ގްރާމް
|
ފައިބަރު
|
4.1 ގްރާމް
|
ނިއެސިން
|
0.552 މިލިގްރާމް
|
ޕައިރިޑޮކްސިން
|
0.3 މިލިގްރާމް
|
ރައިބޯފްލެވިން
|
0.032 މިލިގްރާމް
|
ތިއެމިން
|
0.112 މިލިގްރާމް
|
ވިޓަމިން އޭ
|
7 މައިކްރޯގްރާމް
|
ވިޓަމިން ސީ
|
17.1 މިލިގްރާމް
|
ވިޓަމިން ކޭ
|
2.3 މައިކްރޯ
ގްރާމް
|
ޕޮޓޭސިއަމް
|
816 މިލިގްރާމް
|
ކެލްސިއަމް
|
17 މިލިގްރާމް
|
ދަނގަޑު
|
0.5 މިލިގްރާމް
|
މެގްނީޒިއަމް
|
21 މިލިގްރާމް
|
ފޮސްފަރަސް
|
- 55 މިލިގްރާމް
|
ޒިންކް
|
0.24 މިލިގްރާމް
|
ބިލެއްކައްޓަލަ
އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·
ވިޓަމިން ބީ 6 "ޕައިރިޑޮކްސިން" ބިލެއްކައްޓަލައިގައި ހުރުމަކީ
އެބޭނުންކުރުމުން ހާސްވެކަންބޮޑުވުމާއި، ފިކުރުބޮޑުވުން ފަދަ ކަންކަމުން
ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·
ބިލެއްކައްޓަލައިގައި އެކުލެވޭ ކާބޯހައިޑްރޭޓް ހަކުރަށް ބަދަލުވަނީ
ލަސްލަހުންނެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް
އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ބިލެއްކައްޓަލައަކީ ހަކުރު ބަލީގެ
މީހުންނަށް ވެސް ކޮންމެވެސް މިންވަރަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
·
ބިލެއްކައްޓަލައިގައި މެންގަނީޒް ގިނައިން ހުރުމަކީ އެބޭނުންކުރުމުން
ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭނެ ކަމެކެވެ.
·
ބިލެއްކައްޓަލަ އަކީ ބަނޑުގެ މައްސަލަތަކަށް ލުއިކަން ގެނެސްދީ، ލޭގެ
ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ވާޅުވުމާއި، ވަރުބަލިވުން ކުޑަކުރުން ފަދަ
ކަންތައްތަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
·
ބިލެއްކައްޓަލައަކީ މާބަނޑު ދުވަސްވަރު ދިމާވާ މޭނުބައިކުރުމާއި، ހޮނޑުލުމުގެ
އުދަނގޫތައް ލުއިކުރުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
·
ބިލެއްކައްޓަލައިގައި "ޑައިއޮސްޖެނިން"(diosgenin) ކިޔާ މާއްދާއެއް ހުރެއެވެ.
ސްޓީރޮއިޑް ބޭސް އުފެއްދުމުގައި މިމާއްދާ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
މައުލޫމާތު
:
No comments:
Post a Comment