ޒައިތޫނި
ޒައިތޫންޏަކީ ވަރަށް
ގިނައިން ކެއުމުގައި ބޭނުންކުރެވޭ ބާވަތެކެވެ.
ދިވެހި ނަން : ޒައިތޫނި
|
|||
އިގިރޭސި ނަން : Olive
|
|||
ޢިލްމީ ނަން : Olea Europaea
|
|||
ދަޅުގައި ބަންދުކޮށްފައި ހުންނަ
ޒައިތޫނީގެ ކޮންމެ 100 ގްރާމް ގައި
|
|||
އަސާސީ މާއްދާތައް
|
ލޮނުގެ ބާވަތްތައް
|
||
ހަކަތަ
|
115 ކިލޯކެލަރީ
|
ސޯޑިއަމް
|
735 މިލިގްރާމް
|
ކާބޯހައިޑްރޭޓް
|
6.26 ގްރާމް
|
ޕޮޓޭސިއަމް
|
8 މިލިގްރާމް
|
ޕްރޮޓީން
|
0.84 ގްރާމް
|
މަޢުދަންތައް
|
|
ފެޓް
|
10.68 ގްރާމް
|
ކެލްސިއަމް
|
88 މިލިގްރާމް
|
ފައިބަރު
|
3.2 ގްރާމް
|
ކޮޕަރ
|
0.251މައިކްރޯ ގްރާމް
|
ވިޓަމިންތައް
|
ދަނގަޑު
|
3.30 މިލިގްރާމް
|
|
ފޮލިކް އެސިޑް
|
0 މައިކްރޯ ގްރާމް
|
މެގްނީޒިއަމް
|
4 މިލިގްރާމް
|
ނިއެސިން
|
0.037 މިލިގްރާމް
|
މެންގަނީޒް
|
0.020 މިލިގްރާމް
|
ޕެންތޮނިކް އެސިޑް
|
0.015 މިލިގްރާމް
|
ފޮސްފަރަސް
|
- 3 މިލިގްރާމް
|
ޕައިރިޑޮކްސިން
|
0.009 މިލިގްރާމް
|
ސިލެނިއަމް
|
12 0.9މައިކްރޯގްރާމް
|
ރައިބޯފްލެވިން
|
0 މިލިގްރާމް
|
ޒިންކް
|
0.22 މިލިގްރާމް
|
ތިއެމިން
|
0.003 މިލިގްރާމް
|
ފައިޓޯނިއުޓްރިއެންޓްތައް
|
|
ވިޓަމިން އޭ
|
403 އައިޔޫ
|
ފައިޓޯސްޓީރޯލް
|
221މިލިގްރާމް
|
ވިޓަމިން ސީ
|
0.9 މިލިގްރާމް
|
ކެރޮޓީން ބީޓާ
|
237މައިކްރޯ ގްރާމް
|
ވިޓަމިން އީ
|
1.65 މިލިގްރާމް
|
ކްރިޕްޓޯޒެންތިން ބީ
|
9 މައިކްރޯ ގްރާމް
|
ވިޓަމިން ކޭ
|
1.4މައިކްރޯ ގްރާމް
|
ލުޓީން-ޒިއެޒެންތިން
|
221 މިލިގްރާމް
|
ޒައިތޫނިން
ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ސަރުބީ
ދަށްކުރުން : ޒައިތޫނީގައި ހިމެނޭ
މޮނޮއަންސެޗިޔުރޭޓެޑް ފެޓް އަދި ޕޮލީފީނޯލް ތަކަކީ ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ
ތަތްވެ، ލޭހޮޅިތައް ހިމަވުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީ ޖަހައި، ލޭހޮޅިތައް ހިމަވުމަކީ ހާރޓް އެޓޭކް
ޖެހުމާއި، ސްޓްރޯކް ޖެހުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ކެންސަރުން
ރައްކާތެރިކޮށްދިނުން : ޒައިތޫނީގައި ހިމެނޭ މުހިއްމު
އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި، ޕޮލީފީނޯލްތައް، ވިޓަމިން އީ، އަދި ބީޓާ
ކެރޮޓީން ހިމެނެއެވެ. އެންޓިއޮކްސިޑެންޓް ތަކަކީ ތަފާތު ބާވަތްތަކުގެ ކެންސަރުން
ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން އުމުރުން ދުވަސްވުން
ލަސްކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ވެސް އެންޓިއޮކްސިޑެންޓް ތައް
އެހީތެރިވެދެއެވެ.
ޒައިތޫނީގައި ހިމެނޭ
އެންތޯސައެނިން ތަކަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި އަދި ދުޅަތިރިކޮށްދޭ
މާއްދާއެއްގެ ގޮތުގައި ހަރަކާތްތެރި ވެގެން ކެންސަރުން ރައްކާތެރިވުމަށް
އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ޒައިތޫނީގައި ހިމެނޭ އޮލީކް އެސިޑަކީ
އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި
ޒައިތޫނީގައި ހިމެނޭ "ހައިޑްރޮކްސީޓައިރަސޯލް" އަކީ ވެސް ސެލްތަކުގެ
ޑީއެންއޭ އަށް ބަދަލު ގެނުވައި، އާދަޔާ ޚިލާފު ސެލްތައް އުފެއްދުމަށް ހުރަސްއަޅާ
މާއްދާ އެކެވެ.
ކަށިތައް
ވަރުގަދަކުރުން : ޒައިތޫނީގައި ކަށީގެ ދުޅަހެޔޮކަމަށް
ބޭނުންތެރި ކެލްސިއަމް، ވިޓަމިން ޑީ، އަދި ފޮސްފަރަސް ހުރެއެވެ. މިއީ ކަށިތައް
ހެދިބޮޑުވެ، އާލާވުމާއި، ކަށިތައް ވަރުގަދަވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
އެހެންކަމުން ގަވާއިދުން ޒައިތޫނި ބޭނުންކުރާނަމަ "ރިކެޓްސް" އަދި
ކަށިފީވުން ފަދަ މައްސަލަތަކުން މިންޖުވުމަށް އެހީތެރިވެދޭނެ އެވެ.
ދިރާސާތަކުން
ދައްކާގޮތުގައި ޒައިތޫނީގައި ހިމެނޭ ފީނޯލިކް ކަމްޕައުންޑް ގެ ގޮތުގައި ބެލެވޭ
"ހައިޑްރޮކްސީޓައިރަސޯލް"، އަދި "އޮލިޔުރަޕިން" އަކީ
ކެލްސިއަމް ކަށިތަކުގެ ތެރޭގައި ހިފަހައްޓައިދޭ، ކަށިތައް ހެދިބޮޑުވުމަށް
އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެހެންކަމުން ގަވާޢިދުން ކެއުމުގައި ޒައިތޫނި
ހިމެނުމަކީ ކަށިތައް ވަރުގަދަވާނެ ކަމެކެވެ.
ހިތުގެ
ދުޅަހެޔޮކަން ދެމެހެއްޓުން : ޒައިތޫނީގައި ހިމެނޭ
ޕޮލީފީނޯލް ތަކަކީ ސަރުބީ ދަށްކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުން ޕޮލީފީނޯލް ތަކަކީ
ލޭހޮޅިތައް ފުޅާކޮށްދީ، ގަނޑުލޭކޮޅުތައް ލޭހޮޅިތަކުގައި އުފެދުން ކުޑަކޮށްދީ،
ހިތުގެ މަސައްކަތް ލުއިކޮށްދީ، ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ
މާއްދާ ތަކެކެވެ.
ޒައިތޫނީގައި ހިމެނޭ
މޮނޮއަންސެޗިޔުރޭޓެޑް ފެޓްގެ ގޮތުގައި ބެލެވޭ އޮލީކް އެސިޑް އާއި ހިތުގެ ބަލިން
ރައްކާތެރިވުމާއި ގުޅުމެއް ވާކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ. އޮލީކް
އެސިޑަކީ ލޭގެ ޕްރެޝަރު ވެސް ދަށްކޮދޭ މާއްދާއަކަށްވުމުން މިއީ ވެސް ހިތުގެ
ދުޅަހެޔޮކަން އިތުރުކުރުމަށް ޒައިތޫނި ބޭނުންކުރުން ބާރަކަށް ވާކަމަށް ވެއެވެ.
ޒައިތޫނީގައި ހިމެނޭ
ފީނޯލިކް ކަމްޕައުންޑެއްގެ ގޮތުގައި ބެލެވޭ "ހައިޑްރޮކްސީޓައިރަސޯލް"
އަކީ ލޭގަނޑުވުން ހުއްޓުވާ، ލޭދިޔާކޮށްދޭ މާއްދާ އެކެވެ. މާނައަކީ ގަނޑުލޭކޮޅު
އުފެދި، ލޭހޮޅީގެ ލޭދައުރުވުމަށް ހުރަސްއެޅުން ހުއްޓުވައިދޭ މާއްދާ އެކެވެ.
ވިހަ
ސާފުކުރުން : ޒައިތޫންޏަކީ މޭގަނޑާއި ގޮހޮރުން ވިހަ
ސާފުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. ޒައިތޫނީގައި ހުންނަ ފައިބަރުގެ ސަބަބުން ގޮހޮރުގައި
ވިހަ ތަތްލުމުން ދުރުކޮށްދީ، ގޮހޮރުގައި ހުންނަ ވިހަ ފައިބަރާއެކު ބޭރުކޮށްދީ،
ބަނޑުހިކުމުން ރައްކާތެރިކޮށްދެއެވެ.
ހަމުގެ
ދުޅަހެޔޮކަން ދެމެހެއްޓުން : ޒައިތޫނީގައި ހިމެނޭ
އެންޓިއޮކްސިޑެންޓް ތަކަކީ ހަމުގެ ޞިއްޙަތަށް ބޭނުންތެރި މާއްދާ ތަކެކެވެ.
އެގޮތުން ފްރީރެޑިކަލްތަކުން ހަމަށް ލިބޭގެއްލުން އެންޓިއޮކްސިޑެންޓް ތަކުގެ
ސަބަބުން ކުޑަކޮށްދެއެވެ. މީގެ އިތުރުން ޒައިތޫނީގައި ގިނަ އަދަދަކަށް ބީޓާ
ކެރޮޓީން ހުރެއެވެ. މިއީ ހަން ފަށަލަ އާކޮށްދީ ހަމަށް ދިރުންގެނެސްދޭ މާއްދާ
އެކެވެ.
ދުޅަތިރިކުރުން
: ޒައިތޫނީގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން
ޒައިތޫނި ބޭނުންކުރުމުން ދުޅަތައް ތިރިކޮށްދެއެވެ. އެގޮތުން މަސްތައް، ހުޅުތައް،
ކަށިތައް، ޓެންޑަންތައް، ލިގަމެންޓްތައް، އަދި އެހެނިހެން ޓިޝޫތަކުގައި ހުންނަ
ރިހުމާއި ދުޅަ ތިރިކޮށްދެއެވެ. ޚާއްޞަކޮށް ރާއްޖެ ބައްޔާއި، ހުޅުދުޅަވުމުގެ ތަފާތު
ވައްތަރުތައް ހުންނަ މީހުންނަށް ޒައިތޫންޏަކީ ފައިދާހުރި ބާވަތެއްކަމަށް
ބެލެވިފައި ވެއެވެ.
ހަޖަމު
ރަގަޅުކުރުން : ޒައިތޫންޏަކީ ފައިބަރުން މުއްސަދި ބާވަތެކެވެ.
ފައިބަރަކީ ހަޖަމު ރަގަޅުކޮށްދޭ މާއްދާ އެކެވެ. ފައިބަރަކީ ކުޑަގޮހޮރާއި،
ބޮޑުގޮހޮރުގެ ހަރަކާތް އިތުރުކޮށް ހަލުވިކޮށްދީ، ބަނޑުހިކުމުން ރައްކާތެރިވުމަށް
އެހީތެރިވެދޭ މާއްދާ އެކެވެ. ފައިބަރު ކެއުމުން ފުރިފައި ހުންނަ އިހުސާސެއް
ގެނެސްދީ ބަނޑުހައިހޫނުކަން އަންގައިދޭ ހޯރމޯން "ޣްރެލިން" ދޫކުރުން
ހުއްޓުވައެވެ. ނަތީޖާއެއްގެ ގޮތުން މާގިނައިން ކެއުމާއި ދުރުކުރުވައެވެ.
އެހެންކަމުން ހަޖަމު ރަގަޅުކޮށްދިނުމުގެ އިތުރުން ފައިބަރުގެ ސަބަބުން ބަރުދަން
ލުއިވުމަށް ވެސް އެހީތެރިކަން ލިބިގެން ދެއެވެ.
ލޭ
ރަގަޅުކޮށްދިނުން : ޒައިތޫނީގައި ކޮޕަރ އަދި ދަގަނޑު
ގިނަ އަދަދަކަށް ހުރެއެވެ. މިއީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންތެރި
މާއްދާ ތަކެކެވެ. އެހެންކަމުން ޒައިތޫންޏަކީ ލޭގެ ރަތް ސެލްތައް އުފައްދައިދީ،
ލޭދަށްވުމުން ދުރުވެ ހުރުމަށް އެހީތެރިވެދޭ ބާވަތެކެވެ.
ބެކްޓީރިޔާތަކާއި
ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވުން : ޒައިތޫނީގައި ހިމެނޭ "އޮލިޔުރަޕިން" ގެ ސަބަބުން ބެކްޓީރިޔާތަކާއި
ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހަށިގަނޑަށް ލިބެއެވެ. އެހެން ގަވާއިދުން
ޒައިތޫނި ބޭނުންކުރާނަމަ ބެކްޓީރިޔާގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ޖެހުމާއި
ދުރުކޮށްދޭނެ އެވެ.
މައުލޫމާތު
:
No comments:
Post a Comment