Thursday, January 2, 2014

ފުރެއްދެ އަލަ

ފުރެއްދެ އަލަ
ފުރެއްދެ އަލަ އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ފަލަމަޑީގެ ބާވަތެކެވެ.
ދިވެހި ނަން :  ފުރެއްދެ އަލަ / މާއަލަ
އިގިރޭސި ނަން :  Taro / dasheen
ޢިލްމީ ނަން :  Colocasia Esculenta
ފުރެއްދެ އަލައިގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
112 ކިލޯކެލަރީ
ސޯޑިއަމް
11 މިލިގްރާމް
ކާބޯހައިޑްރޭޓް
26.64 ގްރާމް
ޕޮޓޭސިއަމް
591 މިލިގްރާމް
ޕްރޮޓީން
1.50  ގްރާމް
މަޢުދަންތައް
ފެޓް
0.20 ގްރާމް
ކެލްސިއަމް
33 މިލިގްރާމް
ފައިބަރު
4.1 ގްރާމް
ކޮޕަރ
0.172މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.55 މިލިގްރާމް
ފޮލިކް އެސިޑް
22 މައިކްރޯ ގްރާމް
މެގްނީޒިއަމް
33 މިލިގްރާމް
ނިއެސިން
0.600 މިލިގްރާމް
މެންގަނީޒް
0.383 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.303 މިލިގްރާމް
ފޮސްފަރަސް
-     -
ޕައިރިޑޮކްސިން
0.283 މިލިގްރާމް
ސިލެނިއަމް
12 0.7މައިކްރޯގްރާމް
ރައިބޯފްލެވިން
0.025 މިލިގްރާމް
ޒިންކް
0.23 މިލިގްރާމް
ތިއެމިން
0.095 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
76 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
4.5 މިލިގްރާމް
ކެރޮޓީން ބީޓާ
35 މައިކްރޯ ގްރާމް
ވިޓަމިން އީ
2.83 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
20 މައިކްރޯ ގްރާމް
ވިޓަމިން ކޭ
1 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް


































ފުރެއްދެ އަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
·         ފުރެއްދެ އަލައިން ގިނަ އަދަދަކަށް ހަށިގަނޑަށް ހަކަތަ އާއި ބާރު ލިއްބައިދެއެވެ. ފުރެއްދެ އަލަ އިން ހަކަތަ ލިއްބައިދެނީ އޭގައި ހިމެނޭ ސާސްތާ ކާބޯހައިޑްރޭޓްގެ ގޮތުގައި ބެލެވޭ "އެމިލޯޒް" އަދި "އެމިލޯޒް ޕެކްޓިން" ގެ ސަބަބުންނެވެ. ނަމަވެސް ފުރެއްދެ އަލައިގައި ސަރުބީ އަދި ޕްރޮޓީން ހުންނަނީ އެފަދަ އެހެން ބާވަތްތަކާ އަޅާބަލާއިރު މަދުންކަން ފާހަގަ ކުރެވެއެވެ.
·         ފުރެއްދެ އަލައިގައި ގުލޫޓެން އެއް ނުހުރެއެވެ. ނަމަވެސް ފައިބަރާއި، އެންޓިއޮކްސިޑެންޓްތައް ގިނަ އަދަދަކަށް ހުރެއެވެ. ތަފާތު މައުދަންތަކާއި ވިޓަމިންތައް އެކަށޭނަ މިންވަރަކަށް ހުރެއެވެ.

·         ފުރެއްދެ އަލައިގައި އެންޓިއޮކްސިޑެންޓް ތަކުގެ ގޮތުގައި ބެލެވޭ ބީޓާ ކެރޮޓީން، ކްރިޕްޓޯޒެންތިން އަދި ވިޓަމިން އޭ ހުރެއެވެ. މިމާއްދާތައް ހުރުމަކީ ފުއްޕާމޭ އަދި އަނގަޔާއި ކާތަކެތި ހިނގާހޮޅި ފަދަ ބައިތަކަށް ކެންސަރުން ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ.
·         ފުރެއްދެ އަލައިގައި ވިޓަމިން ބީގެ ވައްތަރުތައް ކަމުގައިވާ ޕައިރިޑޮކްސިން، ފޮލިކް އެސިޑް، ނިއެސިން، ރައިބޯފްލެވިން، ތިއެމިން އަދި ޕެންތޮނިކް އެސިޑް އެކަށޭނަ މިންވަރަކަށް ހުރެއެވެ.
·         ފުރެއްދެ އަލައިގައި ހަށިގަނޑަށް ބޭނުންތެރި މައުދަން ތައް ކަމުގައި ބެލެވޭ ޒިންކު، މެގްނީޒިއަމް، ކޮޕަރ، ދަގަނޑު، އަދި މެންގަނީޒް އެކަށޭނަ މިންވަރަކަށް ހުރެއެވެ. މީގެ އިތުރުން ޕޮޓޭސިއަމް ވެސް ހުރެއެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ގަބޫލުކުރެވިފައިވާ ގޮތުގައި ފުރެއްދެ އަލަ އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށާއި، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. މިކަންކަން މިހެން ހުރުމަކީ ފުރެއްދެ އަލަ ބޭނުންކުރުމުން ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދީފާނެ ކަމެކެވެ.
·         ފުރެއްދެ އަލައިގައި އޮމެގާ -3- ފެޓީ އެސިޑްތަކާއި، އޮމެގާ – 6 – ފެޓީ އެސިޑް ތައް ހުރެއެވެ. އަދި ތަފާތު 18 އެމިނޯއެސިޑް އެކުލެވިގެން ވެއެވެ.
·         2004 ގައި ހަދާފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ފުރެއްދެ އަލަ އަކީ "އިރިޓަބަލް ބަވަލް ސިންޑްރޯމް" ހުންނަ މީހުންނަށާއި، ހަކުރު ބަލީގެ އަހުލުވެރިންނާއި، ދިފާއީ ބާރު ދަށްވެފައިވާ މީހުންނާއި، ލެކްޓޯސް އަށް ތަހައްމަލު ނުކުރެވޭ މީހުންނާއި، ބައެއް ކަހަލަ ކެންސަރު ޖެހިފައިވާ މީހުންނަށް ފައިދާކުރަނިވި ބާވަތެކެވެ. 2005 ގައި ޝާއިއު ކުރި މިދިރާސާގައި ބުނެފައިވަނީ ފުރެއްދެ އަލައިގައި ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ހުރެދާނެ ކަމަށެވެ.
·         ފުރެއްދެ އަލަ އަކީ ރަގަޅަށް ބޮޑުނުވާ ކުދިންނަށް ވެސް ކާންދޭން ރަގަޅު ފައިދާހުރި ބާވަތެކެވެ.
·         ފަހުގެ ދިރާސާއިން ދައްކާގޮތުގައި ފުރެއްދެ އަލައަކީ ހަށިގަނޑުން ވިހަ ސާފުކޮށްދީ، މޭގަނޑު ރައްކާތެރިކޮށްދެނިވި ބާވަތެކެވެ. މީގެ އިތުރުން މިއީ ތަފާތު އެލާރޖީ ހުންނަ މީހުންނަށް ވެސް ބޭނުންކުރަން ރަގަޅު ބާވަތެކެވެ.
މައުލޫމާތު :

No comments:

Post a Comment