Saturday, January 4, 2014

ބޮނޑި ކޮޕީ

ކެބެޖު / ބޮނޑި ކޮޕީ
ބޮޑި ކޮޕީ އަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ތަފާތު ވައްތަރުގެ ސަޓަނި ހެދުމުގައި ބޮޑި ކޮޕީ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : ބޮނޑިކޮޕީ
އިގިރޭސި ނަން : Cabbage
ޢިލްމީ ނަން :(capitata group)    Brassica oleracea
ބޮޑިކޮޕީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
25 ކިލޯކެލަރީ
ސޯޑިއަމް
18 މިލިގްރާމް
ކާބޯހައިޑްރޭޓް
5.8 ގްރާމް
ޕޮޓޭސިއަމް
170 މިލިގްރާމް
ޕްރޮޓީން
1.3  ގްރާމް
މަޢުދަންތައް
ފެޓް
0.1 ގްރާމް
ކެލްސިއަމް
40 މިލިގްރާމް
ފައިބަރު
2.50 ގްރާމް
ކޮޕަރ
-
ވިޓަމިންތައް
ދަނގަޑު
0.47 މިލިގްރާމް
ފޮލިކް އެސިޑް
53 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.234 މިލިގްރާމް
މެންގަނީޒް
0.160 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.212 މިލިގްރާމް
ފޮސްފަރަސް
-     26 މިލިގްރާމް
ޕައިރިޑޮކްސިން
0.124 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.040 މިލިގްރާމް
ޒިންކް
0.18 މިލިގްރާމް
ތިއެމިން
0.061 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
98 އައިޔޫ
ކެރޮޓީން އަލްފާ
33މައިކްރޯ ގްރާމް
ވިޓަމިން ސީ
36.6 މިލިގްރާމް
ކެރޮޓީން ބީޓާ
42މައިކްރޯ ގްރާމް
ވިޓަމިން އީ
ކްރިޕްޓޯޒެންތިން ބީ
26 މައިކްރޯ ގްރާމް
ވިޓަމިން ކޭ
76މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
30 މައިކްރޯ ގްރާމް
ލައިކޮޕީން
-


























ބޮޑިކޮޕީ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ބޮޑިކޮޕީ ބޭނުންކުރުމަކީ ކެންސަރުގެ ސެލްތައް އުފެދި ބޮޑުވުމުން ދުރުކޮށްދޭނެ ކަމެކެވެ. ބޮޑި ކޮޕީގައި ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ތަފާތު މާއްދާތއް ހުރެއެވެ. އެގޮތުން ބޮޑިކޮޕީގައި އެކުލެވޭ މިފަދަ މާއްދާ ތަކުގެ ތެރޭގައި "ލޫޕިއޯލް"، "ޑައިއެންޑޯލައިލްމީތޭން" އަދި "ސިނިގްރިން" ފަދަ މާއްދާތައް ހިމެނެއެވެ. މިމާއްދާތަކުން ހަށިގަނޑުގައި ޓިއުމަރު އުފެދުން ކުޑަކޮށްދޭ، ނުވަތަ ޓިއުމަރު އުފެދުމުން ރައްކާތެރިކޮށްދޭ ޚާއްޞަ އެންޒައިމެއް އުފައްދައެވެ. ޗައިނާގައި ހަދާފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ބޮޑިކޮޕީ، ބްރޮކޮލީ، ކޮލިފްލާވަރ ފަދަ ބާވަތްތައް ބޭނުންކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަ އެވެ.

ބޮޑިކޮޕީގައި ތަފާތު ވައްތަރުގެ ފައިޓޮކެމިކަލްތައް ހުރެއެވެ. އެގޮތުން ބޮޑިކޮޕީގައި ހުންނަ ފައިޓޮކެމިކަލް ތަކުގެ ތެރޭގައި "ތިއޯސައެނޭޓް"، "އިންޑޯލް-3-ކާރބިނޯލް"، "ލޫޓީން"، "ޒީއެޒެންތިން"، "ސަލްފޮރަފޭން"، އަދި "އައިސޯތިއޯސައެނޭޓް" ފަދަ މާއްދާތައް ހިމެނެއެވެ. މިހުރިހާ ފައިޓޮކެމިކަލް ތަކަކީ ވެސް ބާރުގަދަ "އެންޓިއޮކްސިޑެންޓް" ތަކެކެވެ. މިމާއްދާތަކުގެ ސަބަބުން ތަފާތު ވައްތަރުތަކުގެ ކެންސަރުން (އުރަމަތި، ގޮހޮރު، އަދި ޕްރޮސްޓޭޓް ކެންސަރު) ރައްކާތެރިވުމަށް ބޮޑިކޮޕީ ބޭނުންކުރުން އެހީއަކަށް ވެގެންދެއެވެ. މީގެ އިތުރުން ބޮޑިކޮޕީގައި ހުންނަ ބީޓާ ކެރޮޓީން އަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ މާއްދާއެއްކަންވަނީ ގަބޫލުކުރެވިފައެވެ

(ށ) - ބަލިތަކުން ރައްކާތެރިކޮށްދިނުމާއި، ދުޅަތައް ތިރިކުރުމުގެ ބާރު : ބޮޑިކޮޕީ ގައި "ގުލޫޓަމިން" ހުރެއެވެ. ގުލޫޓަމިން އަކީ ދުޅަތައް ތިރިކުރުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ. އެހެންކަމުން ބޮޑިކޮޕީ ބޭނުންކުރުމަކީ ހަށިގަނޑުގައި އުފެދޭ ދުޅައާއި، ތަދާއި، ރިހުން، ފާރު، އަދި އެލާރޖީތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ. ބޮޑިކޮޕީގައި ގިނައަދަދަކަށް ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑު ތަފާތު ބަލިތަކުން ދިފާޢުކޮށްދީ، ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން "ފްރީ ރެޑިކަލް" ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ، ހަށިގަނޑުން ވިހަތައް ބޭރުކޮށް ސާފުކުރުމުގައި ވިޓަމިން ސީ އެހީތެރި ވެދެއެވެ.


(ނ) - ލޮލުގެ ދުޅަހެޔޮކަން : ބޮޑިކޮޕީގައި ބީޓާ ކެރޮޓީން ހުރެއެވެ. ބީޓާ ކެރޮޓީން އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދިނުމާއި، އުމުރުން ދުވަސްވުމުން ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" އިން ރައްކާތެރިކޮށްދިނުމާއި، ލޮލުގައި ފުސްހެދުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ގަވާއިދުން ބޮޑިކޮޕީ ބޭނުންކުރާނަމަ، ލޮލުގެ ފެނުން ސާފުވެ، ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ އެވެ.

(ރ) - ބަރުދަން ލުއިކުރުން : ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ގިނަ ފަހަރު ބޮޑިކޮޕީ ކެއުމުގައި ހިމެނުމަށް ލަފާދީ އުޅެއެވެ. ބޮޑިކޮޕީގައި ފައިބަރު އެކުލެވޭތީ ބޮޑިކޮޕީ ކެއުމުގައި ހިމެނުމުން ފުރިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވޭނެ އެވެ.  މަދުއެތިކޮޅެއް ކެއުމުން ފުރިފައި ހުންނަހެން ހީވާނަމަ ނިސްބަތުން ކެއުމުގައި ބޭނުންކުރެވޭ މިންވަރު ދަށްވެ، ބަރުދަން ލުއިވުމަށް އެހީއަކަށް ވާނެއެވެ. ބޮޑިކޮޕީ އަކީ ކެލަރީ މަދު ކާނާއަކަށް ވުމަކީ ވެސް ބަރުދަން ލުއިކުރުމަށް ބޮޑިކޮޕީ ބޭނުންކުރުން އެހީއަކަށްވާނެ ކަމެކެވެ.

(ބ) - ސިކުނޑީގެ ދުޅަހެޔޮކަން : ބޮޑިކޮޕީގައި ވިޓަމިން ކޭ އަދި އެންތޯސިއެނިން ހުރުން ވެފައިވަނީ ވިސްނުން ރަގަޅު ކޮށްދީ، ސިކުނޑީގެ މަސައްކަތަށް ވާގިވެރިވެދޭ ކަމަކަށެވެ. ވިޓަމިން ކޭ އަކީ ނާރުތަކުގެ ވަށައިގެން ހުންނަ "މައިއެލިން ފަށަލަ" ގައި ހުންނަ "ސްފިންގޯލިޕިޑް" ތައް އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ. ނާރުގެ ވަށައިގެން މިދެންނެވި ފަށަލައަކީ ނާރަށް ލިބޭ އަނިޔާއާއި، ގެއްލުންތަކުން މިންޖުކޮށްދޭނެ އައްޑަނަ އެކެވެ. އެހެންކަމުން ވިޓަމިން ކޭ ހިމެނޭ ކާނާ ބޭނުންކުރުމަކީ ނާރުތައް ހަލާކުވުން، އަލްޒައިމާ ބައްޔާއި، ހަދާންނެތުން ފަދަ ކަންކަމުން ދުރުވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އުމުރުން ދުވަސްވުމުން ޖެހޭ "އަލްޒައިމާ ބަލީ"ގެ ފަރުވާގައި ވެސް ވިޓަމިން ކޭ ގެ ދައުރެއްވާކަމަށް ހޯދިފައި ވެއެވެ. އެއީ މިފަދަ މީހުންގެ ސިކުނޑީގެ ނާރުތަކަށް ލިބޭ ގެއްލުން ބޮޑިކޮޕީ ބޭނުންކުރުމުން ކުޑަކޮށްދޭތީ އެވެ. ބޮޑިކޮޕީގައި އަޔޮޑިން އެކުލެވިގެންވުމަކީ ވެސް ބޮޑި ކޮޕީ ބޭނުންކުރުމުން ސިކުނޑިއާއި ނާރުގެ މަސައްކަތްތަކަށް ދިރުން ގެނެސްދޭނެ ކަމެކެވެ.  

(ޅ) - ކަށީގެ ދުޅަހެޔޮކަން : ބޮޑިކޮޕީގައި ކަށްޓަށް ބޭނުންތެރި މައުދަންތައް ކަމުގައިވޭ ކެލްސިއަމް، މެގްނީޒިއަމް، އަދި ޕޮޓޭސިއަމް ހުރެއެވެ. މިއީ ކަށިފީވުމާ، ކަށިތައް ބަލިވެ ދެރަވުމުން ސަލާމަތްކޮށްދޭ މުހިއްމު މައުދަން ތަކެކެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ބޮޑިކޮޕީ ބޭނުންކުރާނަމަ، ކަށިތައް ވަރުގަދަވެ، ކަށިފީވުން ފަދަ ކަންކަމުން ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ އެވެ. ބޮޑި ކޮޕީގައި ގިނަ އަދަދަކަށް ވިޓަމިން ކޭ ހުރެއެވެ. ވިޓަމިން ކޭ އަކީ ކަށިތަކުގެ އުފެދުމާ ދިރުމަށް، ބޭނުންތެރި މާއްދާއަކަށް ވުމުން، ކާނާގައި އެކަށޭނަ ވަރަކަށް ވިޓަމިން ކޭ އެކުލެވިގެންވުމަކީ ކަށިތައް ވަރުގަދަވެ، ދުޅަހެޔޮވާނެ ކަމެކެވެ.

(ކ) - ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުން : ބޮޑިކޮޕީގައި ޕޮޓޭސިއަމް ހުރުމަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭނެ ކަމެކެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. ޕޮޓޭސިއަމް އަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާއަކަށް ވުމުން، ކާނާގައި ޕޮޓޭސިއަމް ހިމެނުމުން ލޭދައުރުވުން ހަލުވި، ފަސޭހަވެގެން ދެއެވެ. ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް ބޮޑިކޮޕީ ބޭނުންކުރުން އެހީއަކަށް ވެގެން ދެއެވެ. ނުރަގަޅު ކޮލެސްޓްރޯލް ދަށްވުމަކީ ވެސް ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.

(އ) - ވިހަސާފުކުރުން : ބޮޑިކޮޕީ ބޭނުންކުރުމަކީ ހަށިގަނޑުގައި ހުންނަ ވިހަތަކުގެ ގޮތުގައި ބެލެވޭ "ފްރީ ރެޑިކަލް" ތަކާ، ޔޫރިކް އެސިޑް ހަށިގަނޑުން ބޭރުކޮށްދޭނެ ކަމެކެވެ. ބޮޑިކޮޕީއަށް ވިހަ ސާފުކުރުމުގެ ގާބިލިއްޔަތު ލިބިދެނީ އޭގައި ހިމެނޭ ވިޓަމިން ސީ އަދި ސަލްފަރ ގެ ސަބަބުންނެވެ. 

(ވ) - އެހެނިހެން ބައެއް ފައިދާތައް :
·         ބޮޑިކޮޕީ ގައި ވިޓަމިން ބީގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ޕެންތޮނިކް އެސިޑް، ޕައިރިޑޮކްސިން، އަދި ތިއެމިން ގިނަ އަދަދަކަށް ހުރެއެވެ. މިއީ ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމަށް ބޭނުންކުރެވޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ހަށިގަނޑަށް ލިއްބައިދޭންޖެހޭ ވިޓަމިން ތަކެކެވެ.
·         ބޮޑިކޮޕީގައި ޕޮޓޭސިއަމް، މެންގަނީޒް، ދަގަނޑު، އަދި މެގްނީޒިއަމް ފަދަ މައުދަންތައް ހުރެއެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައިވާ ސެލްތަކާ، ދިޔަތަކުގައި ހުންނަ މުހިއްމު މާއްދާ އެކެވެ. މިއީ ހިތުގެ ވިންދު ތަރުތީބުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ. މެންގަނީޒް އަކީ އެންޓިއޮކްސިޑެންޓް އެންޒައިމް "ސްޕީރޮކްސައިޑް ޑިސްމިއުޓޭޒް" ގެ ކޯފެކްޓަރ އެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތައް އުފެދުމަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ.
·         ތަފާތު ވައްތަރުގެ ސަލަޑްތައް ހެދުމުގައި ބޭނުންކުރެވޭ ބޮޑި ކޮޕީ އަކީ ހިތަށް ފައިދާހުރި، ލޭ ސާފުކުރުމުގައި އެހީތެރިވެދޭ ބާވަތެކެވެ. ކެއްސުމާއި، ހަންގަޑު ހުދުވުން ފަދަ ކަންތައްތަކަށް އިސްތިއުމާލުކުރުމަށް ބޭނުންތެރި ބާވަތެކެވެ. ކޮންމެ ވެސް ވަރަކަށް ވައި އުފެދުމަކީ ބޮޑި ކޮޕީ ކެއުމުން ވެދާނެ ގޮތެކެވެ. ބޮޑި ކޮޕީ ބޭނުން ކުރުމުގައި އެންމެ ފައިދާ ހުރި ގޮތަކީ ޖޫހުގެ ގޮތުގައި ބޭނުން ކުރުން ކަމަށް ބުނެވެއެވެ.
·         ވިޓަމިންސީ ގިނައަދަދަކަށް ކެބެޖް ގައި ހިމެނެއެވެ. މައިދާއާއި ގޮހޮރުގައި އުފެދޭ ފާރު ފަސޭހަ ކުރުމަށް ބޮޑި ކޮޕީ އިން ތައްޔާރު ކުރެވިފައިވާ ޖޫހަކީ ވަރަށް ފައިދާ ހުރި އެއްޗެއް ކަމުގައި ބުނެވެއެވެ. ދިރާސާއެއް ހެދުމަށް ޑޮކްޓަރ ޗެއިނޭ ކިޔާ މީހަކު ގޮހޮރުގެ ފާރު އުފެދިފައިވާ ބަލިމީހުންނަށް 450މލ ގެ ބޮޑިކޮޕީ ޖޫސް ދުވާލުގެ އެކިގަޑިތަކުގައި ދިނެވެ. 5 ދުވަސް ފަހުން އެމީހުންގެ ބަނޑުގައި ފާރުގެ ސަބަބުން އުފެދުނު ރިހުން ފިލައި ގޮސް، އަދި 14ދުވަސް ފަހުން ފާރުގަނޑު އެއްކޮށް ފަސޭހަވެ، ރަގަޅުވިކަން ފާހަގަ ކުރެވުނެވެ.
·         ބޮޑި ކޮޕީ ގެ ބޭރުގައި ހުންނަ ފަތްތަކުގައި ވިޓަމިން އޭ އެކުލެވޭ މިންވަރު އެތެރޭގައި ހުންނަ ފަތްތަކަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި ދަނގަޑު އެކުލެވޭ ނިސްބަތް ވެސް ބޭރަށް ހުންނަ ފަތްތަކުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން ލޭދަށްވުން ފަދަ ހާލަތްތަކުގައި ބޮޑި ކޮޕީ ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ.
·         ހުޅުތައް ދުޅަވުން، ހަޖަމު ގޯސްވުން، ލޮލުގެ ފެނުން ފުސްވުން، ފަލަވުން، އަދި ލޭދަށްވުން ފަދަ ހާލަތްތަކުގައި ކެއުމަށް ވަރަށް އެކަށޭނަ ބާވަތެއް ކަމަށް ބޮޑި ކޮޕީ ވަނީ ވެފައެވެ. ބޮޑި ކޮޕީ ކައްކައިގެން ބޭނުން ކުރާނަމަ އެދެވިގެންވަނީ ގިނިމަޑުކޮށް މަދުވަގުތުކޮޅެއްވަންދެން ކައްކައިގެން ބޭނުންކުރުމެވެ. އެއީ މާގިނައިން ކެއްކުމުން އޭގައި ހިމެނޭ ވިޓަމިންސީ އަދި ވިޓަމިންބީ ގެ ބައި އުނިވެގެންދާތީ އެވެ. ކެއްކި ފެންކޮޅު އުކާނުލާ ބޭނުން ކުރެވިދާނެ އެވެ. އެއީ ބޮޑިކޮޕީ ކައްކަން ބޭނުންކުރި ފެނުގައި ވިޓަމިންސީ، ދަނގަޑު، ފޮސްފަރަސް، ކެލްސިއަމް، އަދި މެގްނީޒިއަމް އެކުލެވިގެންވާތީ އެވެ.
މައުލޫމާތު :

No comments:

Post a Comment