Thursday, January 2, 2014

ކުރުކުރު ކައްޓަލަ

ކުރުކުރު ކައްޓަލަ
ކުރުކުރު ކައްޓަލަ އަކީ ދިވެހިންގެ  ކެއުމުގައި މަދުން ނަމަވެސް ބޭނުންކުރާ ފަލަމަޑީގެ ބާވަތެކެވެ. ކުރުކުރު ކައްޓަލަ އަކީ މަތިވައް ފަތް ހެން ހުންނަ ވެލެއްގައި އަޅާ ގޮނޑިއެކެވެ. ކުރުކުރު ކައްޓަލަ ހުންނަނީ ކުދިކޮށެވެ. ބޭރުގައި ނަރުވާ ތަކެއް ފަޅާފައި ހުންނާނެ އެވެ. ބޭރު ހުންނަނީ ކަޅު މުށި ކުލައިގައެވެ.
ދިވެހި ނަން :  ކުރުކުރު ކައްޓަލަ
އިގިރޭސި ނަން :  Yam
ޢިލްމީ ނަން :   Discorea Esculenta / Discorea fasciculata
ކުރުކުރު ކައްޓަލައިގެ ކޮންމެ 100 ގްރާމް ގައި
ނޯޓް : ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ވައްތަރުތަކަށް ވުމުން މިވައްތަރުތަކުގެ ފައިދާ ވަރަށް އެއްގޮތެވެ. އެހެންކަމުން މިތާގައި ބަލާލެވިފައިވަނީ ޖުމުލަކޮށް މިދެންނެވި ވައްތަރުތަކުގެ 100 ގުރާމުގައި ކާނާގެ ތަފާތު ބައިތައް ހިމެނިފައިވާ މިންވަރެވެ.
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
108 ކިލޯކެލަރީ
ސޯޑިއަމް
9 މިލިގްރާމް
ކާބޯހައިޑްރޭޓް
27.88 ގްރާމް
ޕޮޓޭސިއަމް
816 މިލިގްރާމް
ޕްރޮޓީން
1.53  ގްރާމް
މަޢުދަންތައް
ފެޓް
0.17 ގްރާމް
ކެލްސިއަމް
17 މިލިގްރާމް
ފައިބަރު
4.1 ގްރާމް
ކޮޕަރ
0.178މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.54 މިލިގްރާމް
ފޮލިކް އެސިޑް
23 މައިކްރޯ ގްރާމް
މެގްނީޒިއަމް
21 މިލިގްރާމް
ނިއެސިން
0.552 މިލިގްރާމް
މެންގަނީޒް
0.397 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.314 މިލިގްރާމް
ފޮސްފަރަސް
-     55 މިލިގްރާމް
ޕައިރިޑޮކްސިން
0.293 މިލިގްރާމް
ސިލެނިއަމް
12 0.7 މައިކްރޯގްރާމް
ރައިބޯފްލެވިން
0.032 މިލިގްރާމް
ޒިންކް
0.24 މިލިގްރާމް
ތިއެމިން
0.112 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
138 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
17.1 މިލިގްރާމް
ކެރޮޓީން ބީޓާ
83 މައިކްރޯ ގްރާމް
ވިޓަމިން އީ
0.35 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
2.3 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް








































ކުރުކުރު ކައްޓަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އިގައި ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ގިނަ އަދަދަކަށް ހުރެއެވެ. ޕައިރިޑޮކްސިން އަކީ ލޭހޮޅި ތައް ހަލާކުކޮށް އެމިނޯއެސިޑް "ހީމޯސިސްޓެއިން" ބައިބައިކުރުމަށް ބޭނުންވާ މާއްދާ އެކެވެ. ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ސަރުބީގެ މިންވަރު ރަގަޅަށްހުރެމެ، ހާރޓް އެޓޭކްޖެހޭ ގިނަމީހުންގެ ހީމޯސިސްޓެއިން ގެ މިންވަރު މަތިވެފައި ހުންނަކަން ފާހަގަ ކުރެވެއެވެ. ހީމޯސިސްޓެއިން މަތިވެ ގިނަވުމަކީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން ޕައިރިޑޮކްސިން ހިމެނޭ ކާނާ ބޭނުންކުރުން ވެފައިވަނީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަކަށެވެ.


ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އިގައި ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ. ސޯޑިއަމް ގިނަވެ، ޕޮޓޭސިއަމް މަދުވުމަކީ ލޭމައްޗަށްދިއުމަށް މަގުފަހިވާނެ ކަމެކެވެ.

ފަލަމަޑީގެ މިވައްތަރު ތަކުގައި "ޑައޯސްކޯރިން" ކިޔާމާއްދާއެއް ހުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޑައޯސްކޯރިން އަކީ ގުރުދާގައި ލޭހިނގުން އަވަސްކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދޭ މާއްދާ އެކެވެ. މިވައްތަރު ތަކުގައި ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ލޭގެ ޕްރެޝަރު ލޭގެ ޕްރެޝަރު ދަށްކޮށްދޭ މާއްދާ އެކެވެ. އެގޮތުން ވިޓަމިން ސީގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ލޭހިގުން ރަގަޅުކޮށްދީ، ހިތުގެ މަސައްކަތް ހުއްޓުން، ސަރުބީ މަތިވުން، ލޭހޮޅިތައް ހަރުއެރުން ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ރައްކާތެރިކޮށްދެއެވެ.

(ށ) - ކެންސަރުން ރައްކާތެރިކޮށްދިނުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އިގައި ވިޓަމިން ސީ އެކުލެވިގެންވުމަކީ ފްރީރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މާނައަކީ އަނގަ، ކަރު، ގޮހޮރު، ބަނޑު، ކާތަކެތި ހިނގާހޮޅި، ފުއްޕާމޭ، ފަދަ ކެންސަރުގެ ބާވަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ އެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ވިޓަމިން އީ އުފެއްދުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.

(ނ) - ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އިގައި ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން ސީގެ 30 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާއީ ބާރު ރަގަޅުކޮށްދީ ލޮލުގެ މައްސަލަތައް މެދުވެރިވުން ކުޑަކޮށްދޭ މާއްދާ އެކެވެ.

(ރ) - ބަރުދަން ލުއިކޮށްދިނުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އިގައި ފައިބަރު ގިނަ އަދަދަކަށް ހުރެއެވެ. ފައިބަރު ގިނައިން ހުރުމަކީ މިބާވަތްތައް ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދޭނެ ކަމެކެވެ. މާނައަކީ ނިސްބަތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބިގެންދިއުމެވެ. މީގެ އިތުރުން މިބާވަތްތަކުގެ ހުންނަ ކާބޯހައިޑްރޭޓް ބައިބައިވެ، ލޭގެ ތެރެއަށް ދަނީ ވަރަށް ލަހުންނެވެ. އަދި ހަކަތަ ވެސް ލިއްބައިދެނީ މަދުން ކަމަށްވުމުން މިއީ ބަރުދަން ލުއިކުރުމަށް ބޭނުންކުރެވިދާނެ ބާވަތްތަކަކަށް ވެގެންދެއެވެ.

(ބ) - ސިކުނޑިއާއި ނާރުތަކަށް ފައިދާވުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އިގައި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. ޕޮޓޭސިއަމް އަކީ ނާރުތަކާއި މަސްތަކުގެ މަސައްކަތަށް ބޭނުންތެރި މައުދަނެކެވެ. މަސްތައް ކުރުގެޅި ހަމައަކަށް އެޅުމާއި، ނާރުތައް ހީވާގިވެ ހަރަކާތްތެރިވުން ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ ނިސްބަތެއްގެ މައްޗަށް ބަރޯސާވާކަން ފާހަގަ ކުރެވެއެވެ. ހަށިގަނޑުގައިވާ ނާރުތަކާއި، މަސްތަކުގެ ސެލްތަކުގެ ބޭރު ފަށަލައިގެ ޕޮޓޭސިއަމް އެތެރެވެ ބޭރުވުމަށް ޚާއްޞަ ދޮރުތަކެއް ހުރެއެވެ. އެގޮތުން މިދޮރު ބަންދުވެއްޖެނަމަ، ނުވަތަ ހަށިގަނޑަށް ޕޮޓޭސިއަމް ލިބުން މަދުވެއްޖެނަމަ މަސްތަކާއި ނާރުތަކުގެ މަސައްކަތަށް ބުރޫއެރުމަކީ ވެދާނެ ގޮތެކެވެ.

(ޅ) - ލޭގައި ހަކުރު ކޮންޓްރޯލްކުރުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އިގައި ހުންނަ ކާބޯހައިޑްރޭޓް ބައިބައިވެ، ލޭގެ ތެރެއަށް ދަނީ ވަރަށް ލަހުންނެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވެ، ދަށްވުމަށް ހުރަސްއަޅާނެ ކަމެކެވެ. އަދި މިއީ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ކ) - އިއްދައިން ކެނޑުމުން ކުރިމަތިވާ އުދަނގޫތައް ލުއިކޮށްދިނުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ ފަދަ ބާވަތްތަކަކީ އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތްތަކެކެވެ. އެހެނީ އެފަދަ މީހުންނަށް ބޭނުންތެރި އެންޒައިމް ތަކެއް (ހޯރމޯންގެ ދައުރު އަދާކޮށްދޭ) މިބާވަތްތަކުގައި ހުރެއެވެ. މީގެ އިތުރުން މިބާވަތްތަކުގައި ޕައިރިޑޮކްސިން ހުރެއެވެ. ޕައިރިޑޮކްސިން އަކީ އިއްދައިން ކެނޑެން އުޅޭ ދުވަސްވަރު ކުރިމަތިވާ މާޔޫސްކަމާއި ހިތްހަމަނުޖެހުން ފިލުވާލުމަށް ބޭނުންކުރެވިދާނެ ވިޓަމިނެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ މޭނުބައިކުރުމާއި ހޮނޑުލެވުމުގެ އުދަނގޫ ލުއިކުރުމަށް ވެސް ޕައިރިޑޮކްސިން އަކީ ބޭނުންތެރި ވިޓަމިނެއްކަން ފާހަގަކޮށްލެވެއެވެ.

ފާހަގަ ކުރެވިފައިވާ ގޮތުގައި ސްޓީރޮއިޑް ހޯރމޯންގެ ބައެއް ވައްތަރުތައް ފެކްޓަރީ ގައި އުފެއްދުމަށް ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ ފަދަ ބާވަތްތައް ބޭނުންކޮށްފައި ވެއެވެ.

(އ) - މުސްކުޅިވުން ލަސްކުރުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ ފަދަ ބާވަތްތައް ބޭނުންކުރުމަކީ އޭގައި ހިމެނޭ ޕައިރިޑޮކްސިން ފަދަ މާއްދާތަކުގެ ސަބަބުން މުސްކުޅިވުން ލަސްކޮށްދޭނެ ކަމެކެވެ. ޕައިރިޑޮކްސިން އަކީ އިސްތަށްޓަށް ކަޅުކުލަ ގެނެސްދޭ މިލެނިން އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ  ފަދަ ބާވަތްތަކުގައި ހިމެނޭ ބީޓާ ކެރޮޓީން އަދި ވިޓަމިން ސީ ފަދަ މާއްދާތަކުގެ ސަބަބުން ހަމުގައި ރޫޖެހުން ލަސްކޮށްދެއެވެ.

(ވ) - އިސްތަށި ފޭބުވުން ހުއްޓުވުން : ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ ފަދަ ބާވަތްތަކުގައި ދަގަނޑު އެކަށޭނަ ވަރަކަށް ހުރެއެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްގައި ހީމަގްލޯބިން އުފުލައިދީ، ބޮލުގެ ހަންގަނޑަށް ލޭދައުރުވުން އިތުރުކޮށްދޭ މާއްދާ އެކެވެ. ހަށިގަނޑުގައި ދަގަނޑު މަދުވުމަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް އިސްތަށި ފޭބުން މެދުވެރި ކުރުވާ ކަމެކެވެ. އެހެންކަމުން ގަވާއިދުން މިދެންނެވި ބާވަތްތައް ބޭނުންކުރުމަކީ އިސްތަށީގެ ހެދިބޮޑުވުން ރަގަޅުކޮށްދީ ، އިސްތަށި ފޭބުން ހުއްޓުވާނެ ކަމެކެވެ. މީގެ އިތުރުން މިފަދަ ބާވަތްތަކުގައި ހިމެނޭ ވިޓަމިން އޭގެ ސަބަބުން ބޮލުގެ ހަމުގައި ތެޔޮހެދި ހަންފޮޅުން ހުއްޓުވައެވެ. މިއީ ވެސް ބޮލުން އިސްތަށި ފޭބުން ހުއްޓުވާނެ ކަމެކެވެ. މީގެ އިތުރުން ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ ފަދަ ވައްތަރުތަކުގައި ވިޓަމިން އޭ، ބީޓާ ކެރޮޓީން އަދި އެންޓޯސައެނިން ފަދަ މާއްދާތައް ހުރުމަކީ އިސްތަށިގަނޑު ވަރުގަދަވެ، ފުރިހަމަވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(މ) - އެހެނިހެން ފައިދާތައް :
·         ކުރުކުރު ކައްޓަލައިގައި މައިގަނޑު ގޮތެއްގައި ހުންނަނީ ސާސްތާ ކާބޯހައިޑްރޭޓް އަދި ޑައެޓްރީ ފައިބަރެވެ. އެހެންކަމުން ލޭގައި ހަކުރުގެ މިންވަރު ކުރުކުރު ކައްޓަލަ ބޭނުންކުރި ނަމަވެސް މަތިވަނީ ވަރަށް ލަސްލަހުންނެވެ.
·         ކުރުކުރު ކައްޓަލައިގައި ފައިބަރު އެކަށޭނަ މިންވަރަކަށް ހުރެއެވެ. ފައިބަރަކީ ބަނޑުހިކުން ލުއިކޮށްދީ، ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ގޮހޮރުގެ ބަތާނަ ފަށުގައި ވިހަ މާއްދާތައް ތަތްވިޔަނުދީ ހިފަހައްޓައިގެން ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކުރުވައެވެ.
·         ކުރުކުރު ކައްޓަލައިގައި ވިޓަމިން ބީގެ ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި ތިއެމިން، ރައިބޯފްލެވިން، ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ޕެންތޮނިކް އެސިޑް، ފަދަ ވިޓަމިންތައް ހިމެނެއެވެ. މިވިޓަމިން ތަކަކީ ހަށިގަނޑުގައި ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންތެރި ވިޓަމިން ތަކެކެވެ.
·         ކުރުކުރު ކައްޓަލައިގައި ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދީ، ފާރު ފަސޭހަވުން އަވަސްކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކަށިތައް ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ކުރުކުރު ކައްޓަލައިގައި މަދު މިންވަރަކަށް ނަމަވެސް ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން ހުރެއެވެ. މިދެމާއްދާ އަކީ ވެސް އެންޓިއޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ މާއްދާ ތަކެކެވެ.
·         ކުރުކުރު ކައްޓަލައިގައި ތަފާތު ވައްތަރުގެ މައުދަންތައް ހިމެނެއެވެ. އެގޮތުން ކެލްސިއަމް، މެގްނީޒިއަމް، ފޮސްފަރަސް، ޒިންކު، ޕޮޓޭސިއަމް، ދަގަނޑު، ކޮޕަރ، ސިލެނިއަމް ފަދަ މާއްދާ ތައް ހުރެއެވެ. މިމާއްދާތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވާ މާއްދާ ތަކެކެވެ.
ނޯޓް : ކުރުކުރު ކައްޓަލަ، ބިލެއް ކައްޓަލަ، ތުނޑު ކައްޓަލަ، މަތިވައް ކައްޓަލަ އަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ވައްތަރުތަކަށް ވުމުން މިވައްތަރުތަކުގެ ފައިދާ ވަރަށް އެއްގޮތެވެ. އެހެންކަމުން މިއިން ކޮންމެ ވައްތަރެއްގެ ފައިދާގައި ވަކި ވައްތަރެއްކަމަށް ބަޔާންކޮށްފައި ވިޔަސް، ޖުމުލަކޮށް މިބާވަތްތަކުން ލިބިދޭ ފައިދާތައް މިލިޔުމުގައި ބަޔާންކޮށްފައި މިވަނީ އެވެ.
މައުލޫމާތު :

No comments:

Post a Comment